އިތުރު މީހަކު ނިޔާވެ ރާއްޖޭގެ އަދަދު 193އަށް އަރައިފި
ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ އުމުރުން 60 އަހަރުގެ މީހެކެވެ. އެއީ އަންހެނެކެވެ. މިއީ މިބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވި 193 ވަނަ މީހާއެވެ. މިބަލީގައި އިއްޔެ ވެސް ވަނީ މީހަކު ނިޔާވެފައެވެ. އެއީ 56 އަހަރުގެ މީހެކެވެ. މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 33 އެވެ. މި ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 ވަނަ ދުވަހު […]