ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން، ށ. މިލަންދޫ މޮނިޓަރިން ހާލަތުން ނަގައިފިއެވެ. މިލަންދޫ މޮނިޓަރިން ހާލަތުން ވީއްލާފައި މިވަނީ އެރަށް މޮނިޓަރިން ހާލަތަށް ގެނައިތާ 21 ދުވަސް ފަހުންނެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ ހުސްވި މެއި މަހުގެ 20 ވަނަ ދުވަހުގެ 18:01 އިން ފެށިގެންނެވެ. އެ ހާލަތުން ވީއްލީ 9 ޖޫން 23:57 އިން ފެށިގެންނެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މިލަންދޫ ސިއްހީ މަރުކަޒުގެ ފްލޫ ކްލިނިކަށް ދެއްކި ކުޑަކުއްޖަކު ކޯވިޑަށް ޕޮޒިޓިވް […]
ތިލަދުން
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހދ. ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ. އެސިޓީ މޮނިޓަރިން ހާލަތަށް ގެނައީ މިއަދު ފުލޫ ކުލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން، އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ. މިމީހާ އަކީ މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެއްކަމަށް މަޢުލޫމާތުލިބިފައިވެއެވެ. ބަލީގެ އަލާމަތްތައް ހުރެގެން އެމީހާ ވަނީ ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދައްކާފަ އެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، އެސިޓީ މޮނީޓަރިންގެ ހާލ...
އަޙްމަދު އަރުޝަމް
ކޯވިޑް-19ގެ ސަބަބުން މޮނިޓަރިން ހާލަތުގައި އޮތް ށ. މިލަންދޫ އެހާލަތުން އާންމު ހާލަތަކަށް ދިއުމަށް ރަށުގައި ބަލި ފެތުރިފައިވާ މިންވަރު ވަޒަން ކުރުމަށް ނެގި 150 ރެންޑަމް ސާމްޕަލް ވެސް ނެގެޓިވްވެއްޖެއެވެ. އެރަށުގައި ބަލިފެތުރިފައި ވޭތޯ ބެލުމަށް އެންމެފަހުން ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނެގީ ހުސްވި މޭމަހު ފަހުކޮޅުއެވެ. އެ ސާމްޕަލްތައް ވެސް ވަނީ ނެގެޓިވްވެފައެވެ. އެފަހަރު 200 ރެންޑަމް ސާމްޕަލެއް ނެގިއެވެ. މިލަންދޫ ސިއްހީ މަރުކަޒުން މިރޭ ވިދާޅުވީ، އެރަށް މޮނިޓަރިން ހާލަތުން އާންމު ހާލަތަކަށް […]
ޔުމްނާ ޢަލީ
ކޯވިޑް19 ގެ ރާއްޖެއަށް ފެތުރި މިބައްޔަށް ޕޮޒިޓިވް ވަމުންދާ މީހުންގެ ނިސްބަތް އިތުރުވެފައިވާއިރު ހދ. އަތޮޅުގެ 9 ރަށެއްގައި 108 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ހާމަކޮށްފި އެވެ. ކޭއާރުއެޗްއިން މިރޭ އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު މިއަދު އެކަނިވެސް އެކިރަށްރަށުން 23 މީހަކު ވަނީ އަލަށް ޕޮޒިޓިވްވެފައެވެ. މިއަދު ބަލިން ފަސޭހަވެފައިވަނީ 21 މީހެކެވެ. އަލަށް ޕޮޒިޓީވް ވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 31 ފުރަބަންދު، ކޮންޓެކްޓް ޓްރޭސިންއިން 57 މީހަކާއި...
އިބްރާހިމް އަސްވާޤް
ދިވެހި ބަހުން ލިޔާ ލިޔުންތަކުގެ ފުރިހަމަކަން އިތުރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ބުނުންތަކެއް ހުރެއެވެ. އޭގެތެރޭގައި ހަރުބަސް، މުސްކުޅިބަސް، ބޯދާބަސް، މިސާލު، މިސާލުބަސް، މަޖާޒު އަދި މަޖާޒީ މިސާލު ފަދަ ބުނުންތައް ހިމެނެއެވެ. ތަފާތު ނަންނަމުގައި މިބަސްތައް ބޭނުން ކުރެވެމުން އައި ނަމަވެސް މި ހުރިހާ ބަސްތަކަކުން ކޮށްދެނީ އެއްކަމެއް ކަމުގައި ދެންނެވިދާނެއެވެ. އެއީ ލިޔުންތައް އިތުރަށް ފުރިހަމަކޮށް ރީތިކުރުމެވެ. ހުރިހައި މިސާލުބަސްތަކަކީ އޭގައި ހަޤީޤަތެއް އެކުލެވިގެންވާ ބުނުމެކެވެ. މިސާލުބ...
އިބްރާހިމް ޚަލީލް
ހދ. ކުޅުދުއްފުށި ސިޓީ ފުލޫ ކުލިނިކަށް ދެއްކި މީހަކާއި އެކު އިތުރު 3 މީހުން އެރަށުން ޕޮޒިޓިވް ވެއްޖެ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދެއްވި ގޮތުގައި ފުލޫ ކުލިނިކުން ނެގުނު ސާންޕަލްއިން ޕޮޒިޓިވްވެފައިވަނީ 45 އަހަރުގެ ފިރިހެނެކެެވެ. މިމީހާ އަކީ މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެއްކަމަށް މަޢުލޫމާތުލިބިފައިވެއެވެ. ބަލީގެ އަލާމަތްތައް ހުރެގެން އެމީހާ ވަނީ ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދައްކާފަ އެވެ. މީގެ އިތުރުން އެރަށުން ޕޮޒިޓިވް ވެފައިވާ އިތުރު 3 މީހުންނަކީ ފުރަބަންދުގައި ތިބި […]
އަލީ އާދިލް
އިންޑިއާގައި ބްލެކް ފަންގަސް ބަލި ފެތުރެމުންދަނީ ކަންބޮޑުވާ މިންވަރަކަށްކަމަށް އެގައުމުގެ ސިއްހަތާބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ. ސިއްހަތާބެހޭ ވަޒީރު ހަރްޝް ވަރުދަން އެ ގައުމުގެ މީޑިއާތަކަށް ވިދާޅުވީ ބުލެކްފަންގަސް ޖެހޭ މީހުންގެ އަދަދު އިންޑިއާގެ ސްޓޭޓްތަކުގައި ވަރަށް ބޮޑަށްއިތުރުވަމުންދާކަމަށެވެ. އެގޮތުން މިހާތަނަށް 28،000 އަށްވުރެ ގިނަމީހުންނަށް އެބަލި ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަރްޝް ވިދާޅުވީ މިއީ ކަންބޮޑުވާން ޖެހޭ އަދަދެއް ކަމަށާއި ބަލި ކޮންޓްރޯލް ކުރުމަށް އެޅެންހުރި ފިޔަވަޅުތ...
އަޙްމަދު ވަހީދު
މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ “ނަފްރަތުގެ އަމަލު”ގެ ބިލަކީ “ދީނީ ހޭލުންތެރިކަން ހަނިކޮށް މަނާކުރުމަށް” ފަރުމާކޮށްފައިވާ ސެކިއުލަރ ބިލެއްކަމަށް ރ. މީދޫ ކައުންސިލުން ބުނެފި އެވެ. އެކައުންސިލުން މިހެން ބުނެފައިވަނީ އެކައުންސިލްގެ 5 މެމްބަރުން ސޮއިކުރައްވާ މިއަދު ނެރެފައިވާ މިބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ، މި ބިލުގެ ސަބަބުން ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ޚިޔާލު ފާޅުކ...
އިބްރާހިމް އަސްވާޤް
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހދ. ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ އެރަށު ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން، އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ. އެ ދެބެއިން ޕޮޒިޓިވްވިކަން އެނގުނީ ހަވީރު 4 ޖަހާކަށް ހާއިރުއެވެ. އެއީ ބަލީގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެބެއިންނެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާތީ، ޑޮކްޓަރަށް ދައްކަން ސިއްހީ...
ޝިއުނާ އާދަމް
ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މަޚްލޫފް މަސްއޫލިއްޔަތުން އެކަހެރިކުރީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމް.އެމް.ޕީ.އާރު.ސީ) ގެ ޚިޔާނާތުގެ މައްސަލައާއި އޭނާގެ މައްޗަށް ދައުވާ ކުރަން މިއަދު ފޮނުވުމުން ކަމަށެވެ. “ޕީޖީން ގޮތެއް ނިންމެވުމާއި ހަމައަށް މަޚްލޫފް މަސައްކަތުން އެކަހެރިވުމަށް ވާނީ އެންގިފައި” މަބްރޫކް ވިދާޅުވިއެވެ. އެމްއެމްޕީއާރުސީ...
ޔުމްނާ ޢަލީ
ހދ. ހަނިމާދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިނިއުޓީ އޮފިސަރ ޒުބައިދާ އިބްރާޙީމް “ތިލަދުން”އަށް ވިދާޅުވީ، އެ ދެބެންނަކީ ބަލީގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެބެންކަމަށެވެ. އޭގެ ތެރޭގައި ހަނިމާދޫ ސްކޫލްގެ ގްރޭޑް 9 ގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރަކު ހިމެނެއެވެ. “އަލާމާތްތައް ހުރެގެން އެ ދެބެން ދެއްކީ، ރޯގާގެ އަލާމާތް ހުއްޓަސް އަޅުގަނޑުމެން މިދަނީ ޓެސްޓް ކުރަމުން، އިއްޔެ ކުރީ ދުވަހު […]
ޔުމްނާ ޢަލީ
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމް.އެމް.ޕީ.އާރު.ސީ) ގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅައިފި ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެ އެވެ. އޭސީސީއިން މިއަދު ވިދާޅުވީ، އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލައާގުޅިގެން، ގ.ހާފްސީ، އަޙްމަދު މަޚުލޫފު އާއި އަޙްމަދު މުބީންގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް...
އަލީ އާދިލް
ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫއުގެ 96 އިންސައްތަ މަސައްކަތް ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، ފެންހިންދާ ޕަމްޕް ސްޓޭޝަން ހަރުކުރުމުގެ 98އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، ފެންހިންދާ ނިޒާމެއް ޤާއިމު ކުރުމާއި، މަގުތަކުގައި ތާރު އެޅުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ސްޕީޑް ބްރޭކަރުހަރުކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ...
އަޙްމަދު ވަހީދު
ޖިންސީ އަނިޔާއާގުޅޭ 7 ދަޢުވާއެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ބޭސް ފަރުވާއަށް ރާއްޖޭން ވަޑައިގަތުމަށް ދިން ހަތަރު މަހުގެ މުއްދަތު ހަމަވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެން، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ އަނިޔާކުރިކަމުގެ 7 ދަޢުވާއެއް ކުރީގެ ޓޫރިޒަމް ޢަލީ ވަޙީދުގެ މައްޗަށް އުފުލުމާ ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް 19 ޖަނަވަރީ 2021 ގައި ކްރިމިނަލް ކޯޓުން އަމުރުކޮށް، މައްސަލަތަކުގެ ޝަރީޢަތް ފެށުމަށްފަހު ޕާސްޕޯޓު ހިފެހެއްޓުމަށް ކުރި...
އަލީ އާދިލް
42 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތްކޮށް ދެއްވި ހއ. ދިއްދޫ “ތިލަދޫ” މުޙައްމަދު ނަޞީރު އިއްުޔެ ރިޓަޔާ ކުރަށްވައިފިއެވެ. އޭނާ ރިޓަޔާ ކުރެއްވިއިރު ހުންނެވީ ތިލަދުންމަތީ އުތުރުބުރީ (ހއ) އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރގެ މަޤާމުގައެވެ. މުޙައްމަދު ނަޞީރު ސަރުކާރުގެ ޚިދުމަތަށް އެންމެ ފުރަތަމަ ވެންނެވީ 29 މާރިޗް 1979 ގައި އެއަރ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓަރީކަމުގެ މަގާމަށެވެ. އޭގެފަހުން އިނގިރޭސި ވިލާތުން ހެޑްމާސްޓަރކަމުގެ ކޯސް ފުރިހަމަ ކުރައްވާ 1981 ގައި ތަޢުލީމީ ދާއިރާއާ ގުޅިވ...
ޝިއުނާ އާދަމް
ހއ. ދިއްދޫ ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި ޖަހާފައިވާ ހިލަތަކުގެ ތެރެއަށް އެއްވެސް ޒާތެއްގެ ކުންޏެއް ނޭޅުމަށް ދިއްދޫ ކައުންސިލްގެ އިދާރާއިން އެދެފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ދިއްދޫ ހިއްކި ސަރަގައްދުގެ މޫދަށާއި ހިލަތަކުގެ ތެރެއަށް ކުނީގެ އިތުރުން ކެއިން ބުއިމަށް ބޭނުންކުރާ ކުނިވާޒާތުގެ ތަކެތި އަޅަމުންދާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށެވެ. ކުނިވާޒާތުގެ ތަކެތި އެޅުމުގެ ސަބަބުން އެ ސަރަހައްދުގައި ވަސްނުބައިވެ ބުޅަލާއި އަދި އެ...
އިބްރާހިމް ޚަލީލް
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މައުލޫމާތާއި ހިންގާ ހަރަކާތްތަކުގެ އިތުރުން އެހެނިހެން ކަންކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން “މޯލްޑިވްސް މީޑިއާ ކައުންސިލް ކުއިޒް 2021” ނަމުގައި އޮންލައިން ކުއިޒެއް ބާއްވަން ނިންމައިފިއެވެ. މިކުއިޒް ބޭއްވުމަށް ހަމަޖެހިފައިވަނީ 1 ޖުލައި 2021 ފެށިގެން 30 ޖުލައި 2021 ގެ ނިޔަލަޔަށްކަމުގައި އެމްއެމްސީ ވިދާޅުވެއެވެ. އަދި ކުއިޒުގައި ބައިވެރިވުމަށް ރަޖިސްޓްރީވާން ހުޅުވާލާ މުއްދަތަކީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 15 […]
ތިލަދުން
މާލޭ ސިޓީކައުންސިލްގެ ޖަލްސާތައް ލައިވްކޮށް ދެއްކުމަށް އެ ކައުންސިލްގެ ފުރަތަމަ ޖަލްސާގައި ފާސްކޮށްފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު ޑރ. މުޢިއްޒު މިއަދު ކުރެއްވި ދެ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މާލޭ ސިޓީ ކައުންސިލަކީ ދެފުއްފެންނަ ގޮތަށް ހިންގާ ކައުންސިލަކަށް ހެދުމަށްޓަކައި، އެ ކައުންސިލްގެ ޖަލްސާތައް ލައިވް ކުރުމަކީ ކައުންސިލްގެ ފުރަތަމަ ރަސްމީ ޖަލްސާގައި ފާސްކޮށްފައިވާ އެސްއޭޕީގައި ކަނޑައަޅާ ފާސްކޮށްފައި އޮތް ކަމެއް ކަމަށެވެ. އެކަމަށްޓަކައި ސިޓ...
އަލީ އާދިލް