މިސާލު ބަސް: "ސަލީމްބެއަށް ވީ ތަންކޮޅު"
އެއީ ސަލީމްބެގެ އެކުވެރި އަހުމަދުގެ ފިހާރައެވެ. ފިހާރަ ހުރީ ރާނާ ނިމިފައެވެ. ހިޔާކުރުމަށް ބޭނުންވާނެ ސާމާނު ހޯދައި އެ އިމާރާތް ހިޔާކުރުމުގެ ތައްޔާރީތައްވެ ގާތްގަނޑަކަށް ނިމުމަކަށް ދަނީއެވެ. ހިޔާކުރުމަށް ބޭނުންވާނެ ވަކަރާއި ފަތި ފަދަ ތަކެއްޗަކީ ރަށުން ލިބެން ހުންނަ ތަކެއްޗަށް ވުމުން، އެ ތަކެތި ހޯދުމުގައި މާބޮޑު ތަކުލީފެއް އުފުލާކަށް ނުޖެހުނެވެ. ނަމަވެސް ފުރާޅުގައި ޖަހަން ބޭނުންވާ ޓިނު އެއީ ރަށުން ގަންނަން ލިބެން ހުންނަ އެއްޗެއް ނޫނެވެ. ނުވަދިހައިގެ އަހަރުތަކެވެ. ދުވަސްވަރަކީ މުޢާސަލާތީ ޚިދުމަތާއި...