ޗައިނާއިން "ރާމާ މަކުނު" ވައިރަސް ޖެހި މީހަކު މަރުވެއްޖެ
ރާމާ މަކުނުން ޖެހޭ ވައިރަސް ޖެހި ޗައިނާއިން މީހަކު މަރުވެއްޖެއެވެ. “މަންކީ ބީ ވައިރަސް” ނަމަކަށް ކިޔާ ވައިރަހުގެ ސަބަބުން ބަލިޖެހި، މަރުވެފައިވަނީ ޖަނަވާރުންގެ ބަލިތައް ތަހުލީލުކުރުމުގައި އުޅޭ ޗައިނާގެ ޑޮކްޓަރެކެވެ. އޭނާއަށް ވައިރަސްގެ އަސަރު ކުރީ މަރުވެފައި އޮތް ދެ ރާމާ މަކުނުގެ ދިރާސާތަކެއް ކުރަނިކޮށް ކަމަށް ބޭރުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. އޭނާ ތަހުލީލު ކުރަމުން އައީ މަކާކް ބާވަތުގެ ރާމާ މަކުނުތަކެކެވެ. ބޭރުގެ މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި މި ވައިރަހުގެ ސަބަބުން އޭނާގެ ނާރުތަކ...