މާލޭގެ މަގުތަކުގައި ބޭނުންނުކުރެވޭ ހާލަތުގައި ހުރި އެއްގަމު އުޅަނދުތައް ނަގަންފަށައިފި
މާލޭގެ މަގުތަކުގައި ގިނަ ދުވަސްވެފައިވާ، ހަލާކުވެ ނުދުއްވާ ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ. މާލެ ސިޓީ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ތެރޭގައި އުކާލެވިފައި، ބޭނުން ނުކުރެވޭ ހާލަތުގައި ހުރި އުޅަނދުތައް ނެގުމުގެ ޚާއްޞަ އޮޕެރޭޝަނެއް މިއަދު ފެށިފައިވާ ކަމަށެވެ. އަދި މި އޮޕެރޭޝަން ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކަމަށް ވެސް މުޢިއްޒު ފާހަގަ ކުރެއްވިއެވެ. Male thereygai ukaalaafai, beynun […]