މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މއ.ޕެރިސްގެ އަލްއުސްތާޛާ މަރްޔަމް ޝަމްޢާ އިސްމާޢީލް އެވެ. އަލްއުސްތާޛާ މަރްޔަމް ޝަމްޢާ މި މަގާމަށް އައްޔަން ކުރެއްވުމުގެކުރިން ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލީގަލް ކޮންސަލްޓަންޓުގެ މަޤާމު އަދާކުރައްވާފައެވެ. އަދި އޭގެ ކުރިން ހިއ...
އަޙްމަދު އަރުޝަމް
ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި ދައްޕަރު ބާއްވައިގެން އެތަން ތަރައްގީކުރުމުގައި، އެއްވެސް ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ފިއްލަދޫ ކައުންސިލުން ބުނެފިއެވެ. ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ދައްޕަރު ބޭރުކޮށްލީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިދިޔަ އާދިއްތަ ދުވަހުއެވެ. އެކަމަކު ދައްޕަރަކީ ފިއްލަދޫއާ އެއް ފަސްގަނޑަކަށް އޮންނަ ފިއްލަދޫގެ އުތުރުބައެވެ. އެކަމާ ގުޅިގެން ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ދައްޕަރަކީ ކައުންސިލްގެ މުދާވެސް ހުރިތަނެއް ކަމަށެވެ. އަދި އެކަމާއިގުޅިގ...
ޝިއުނާ އާދަމް
އަންނަ މަހު 15 ވަނަ ދުވަހުން ފެށިގެން ވެމްކޯއިން ކުނި ނަގާ އުސޫލަށް ބަދަލު ގެންނަން އެ ކުންފުނިން ނިންމައިފިއެވެ. ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ވެމްކޯއިން ވަނީ މަގުމައްޗަށް ކުނި ނެރުމަށް ގޭބިސީތަކަށް އަންގައިފައެވެ. ނަމަވެސް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުނިބަހައްޓަން ޖެހޭނީ އެ އިމާރާތެއްގެ އެންމެ ތިރީ ފްލޯގައެވެ. ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މުވައްޒަފުންނަށް އިމާރާތުގެ ތިރީ ބަޔަށް ވަދެވޭ ގޮތް ހަދާފައި ހުންނަން ޖެހޭނެ ކަމަށެވެ. […]
އަޙްމަދު ވަހީދު
ރާއްޖޭގައި އިސްލާމް މާއްދާ ކިގަވައިދޭން ބޭނުންކުރަމުން އަންނަ އިސްލާމް ފޮތްތަކުގައި ހަރުކަށި ފިކުރަށް ބާރުދޭ ފަދަ ވާހަކަތަކެއް ހުރި ކަމަށް ލާދީނީ ފިކުރާ އެއްގޮތަށް ވާހަކަ ފަތުރާ ބަޔަކު ބުނެގެން ސިޔާސީ މަގްސަދެއްގައި އެ ފޮތަށް އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެ ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފިއެވެ. އިސްލާމް ފޮތްތަކުގައި ހަރުކަށި ފިކުރަށް ބާރުދޭ ވާހަކަތަކެއް ހުރި ކަމަށާއި، ފޮތް ބަދަލުކުރުމުގެ ވާހަކަތައް ފެންމަތިވެފައިވަތީ އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިސްލާމް މު...
ޝިއުނާ އާދަމް
ހއ. ކެލާގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސުޕަރލީގު ފުޓު ބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފި އެވެ. ސުޕަރލީގު ފުޓުބޯޅަ މުބާރާތަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރަށުފެންވަރުގެ މުބާރާތެކެވެ. ނަމަވެސް، 2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ޕެންޑެމިކާއި ގުޅިގެން އެ އަހަރުގެ މުބާރާތް ބޭއްވޭ ގޮތް ވަނީ ނުވެފައެވެ. މި މުބާރާތަކީ ކެލާ ކައުންސިލާ އެރަށުގައި ހިންގާ ކުލަބް ޖަމިއްޔާތައް ގުޅިގެން އިންތިޒާމް ކުރާ މުބާރާތެކެވެ. […]
އަޙްމަދު އަރުޝަމް
މޯލްޑިވްސް އިސްލާމިކް ބޭންކުގެ އިންޓަނެޓް ޕޭމަންޓް ގޭޓްވޭ ‘އެމްއައިބީ ގްލޯބަލް ޕޭ’ ތައާރަފު ކޮށްފިއެވެ. މި ގޭޓްވޭ މެދުވެެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ބައިނަލްއަގުވާމީ ކާޑުތައް ބޭނުންކުރެވޭނެކަމަށް އެމްއައިބީން ބުންޏެވެ. އެމްއައިބީ ގްލޯބަލް ޕޭގައި ބޭނުންކުރަނީ މާސްޓަ ކާޑް ޕޭމަންޓް ގޭޓްވޭއެވެ. މި ގޭޓްވޭއަކީ ސެކިއުރިޓީގެ ގޮތުން ވަރުގަދަ ފީޗާތަކެއް ހިމެނޭ ގޭޓްވޭއެއް ކަމަށް އިސްލާމިކްބޭންކުން ބުންޏެވެ. އެމްއައިބީ ގްލޯބަލް ޕޭއާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެ ބޭންކުން ބުނީ މި ގޭޓްވޭ މެދު...
އަޙްމަދު ވަހީދު
ސ. ހިތަދޫ އިހުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށްގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ ޝިޕްމެންޓް ސައިޓަށް ގެންދިޔައީ އާދީއްތަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން 234,297 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 800 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 284 މީޓަރުގެސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވ...
އަޙްމަދު ވަހީދު
ހދ. ނޮޅިވަރަމުގައި ހަލުވިކަމާއެކު ކޮވިޑް-19 ބަލި ފެތުރެމުންދާތީ އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ. އެރަށު ކައުންސިލުން ހާމަކުރެއްވިގޮތުގައި އެރަށުގައި އެޅި ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެރަށުން ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކެއް ފެނި، ހަލުވިކަމާއެކު ރަށުތެރޭގައި ބަލި ފެތުރެމުންދާތީ އެވެ. އެގޮތުން، އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 18:00 ފެށިގެން ހެނދުނު 06:00 އަށް ކާފިއުގެ ވަގުތު އިތުރުކުރުމާއި ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނިކުންނައިރު...
އަޙްމަދު އަރުޝަމް
ތިލަފުށީގައި ކުނި އެންދުން ހުއްޓާލުމާއެކު އެ ސަރަހައްދުގެ ވައި ސާފުވާން ފަށައިފިއެވެ. ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ޓްވީޓު ކުރެއްވި ފޮޓޯއަކުން ފެންނަނީ ތިލަފުށިން ކުރިން ނުފެންނަ ރީތި މަންޒަރެކެވެ. ކުނި އުކާލާ ސަރަހައްދުގެ މިފޮޓޯއިން ފެންނަނީ ވައި ސާފުވެފައިވާ މިންވަރެވެ. އާދަމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިއްޔެ ހަވީރު އެ ސަރަހައްދުން ދުން އަރާތަން ފެނުނީ ވަރަށް މަދުން ކަމަށެވެ. އާއްމުކޮށް މި ސަރަހައްދަކީ އަބަދު ދުން އަރާސަރަހައްދެކެވެ. މީގެ ސަބަބުން ކައިރި ރަށްތަކަށް […]
އަޙްމަދު ވަހީދު
ހދ. ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތްތައް އެމްޑަބްލިޔުއެސްސީއިން ފަށައިފިއެވެ. މި މަޝްރޫއުގެ ދަށުން، މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތެވެ. އަދި ފެނާއި ނަރުދަމާ ނިޒާމްޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ހިރިމަރަދޫއަށް ގެންގޮސްފައެވެ. މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 8.06 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވ...
އަޙްމަދު ވަހީދު
ބިމުކުލި ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ މިލިއަނެއްހާ ރުފިޔާގެ “ދަރަނި” ބޭންކަ އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ދައްކައިފި އެވެ. ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް “ތިލަދުން” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިފައިސާ އެކައުންސިލަށް ދައްކާފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ. މޭޔަރު ވިދާޅުވީ ބީއެމްއެލް އިން ދައްކާފައިވަނީ, -/929600 (ނުވަ ލައްކަ ނަވާވީސް ހާސް ހަސަތޭކަ) ރުފިޔާ ކަމަށެވެ. ބީއެމްއެލްއިން މިފައިސާ ދައްކާފައިވަނީ ސިޓީ ކައުން...
އިބްރާހިމް އަސްވާޤް
ހދ. އަތޮޅު ކައުންސިލުގެ ތަރައްޤީ އަދި ފައިނޭންޝަލް ޕްލޭން އެކުލަވާލުމަށް ލޯކަލް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން ފަށައިފިއެވެ. މިގޮތުން ހދ. އަތޮޅު ކައުންސިލުން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ އެ ކައުންސިލްގެ ކުރިއަށް އޮތް 5 އަހަރުގެ ތަރައްޤީ ޕްލޭން އަދި ފައިނޭންޝަލް ޕްލޭން އެކުލަވާލާ ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ލޯކަލް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް “އެކްސްޕްރެޝަން އޮފް އިންޓަރެސްޓ...
އަޙްމަދު އަރުޝަމް
ހދ. ނޮޅިވަރަންފަރު މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ މިއަދު ހެނދުނު 7:41 އިން ފެށިގެންނެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނެސް އެޗްޕީއޭއިން ނޮޅިވަރަންފަރު ކައުންސިލަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން އެ އިދާރާގެ ހުއްދަނެތި ނޮޅިވަރަންފަރަށް އެރުމާއި، ފޭބުން މަނާކޮށްފައިވާ ކަމަށް އެ ލިޔުމުގައި...
ޙުސައިން ޝަހުދީ
ހއ. ފިއްލަދޫގެ އިހްތިސާސް އިން ވަކިކޮށް ދައްޕަރުން ނާޖާއިޒް ފައިދާ ނެގުން ހުއްޓާލަން އިދިކޮޅުން ގޮވާލައިފިއެވެ. ހއ. ފިއްލަދޫގެ އިހްތިސާސްއިން ދައްޕަރު ބޭރުކޮށްލީ އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގާރާރަކުންނެވެ. އެކަމާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނުގައި ބުނީ ދައްޕަރު ފިއްލަދޫ ކައުންސިލްގެ އިޚްތިޞާޞްގެ ތެރެއިން ވަކިކުރުމަށް ނިންމެވި ޤަރާރު އަނބުރާ ގެންދަވާ، ސެކަންޑް ހޯމް ޕްރޮޖެކްޓްގެ ނަމުގައި ދައްޕަރު ބޭރުގެ ބަޔަކަށް ވިއްކާލައިގެން ނާޖާއިޒްގޮތުގައި މަންފާ ހޯދުމަށް ކުރ...
ޝިއުނާ އާދަމް
ބާރުގަދަ “އައިޑާ” ތޫފާނުން ރައްކާތެރިވުމަށް އެމެރިކާއިން ފިޔަވަޅުތައް އަޅަން ފަށައިފިއެވެ. އެމެރިކާގެ މޫސުން ލަފާކުރާ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އައިޑާ ތޫފާންގެ ނުރައްކާތެރިކަން ބޮޑުވެ ގަލްފް އޮފް މެކްސިކޯ ސަރަޚައްދުގައި ދިރިއުޅޭ އެތަށް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ކަމާބެހޭ ފަރާތްތަކާއި ވަނީ ހަވާލުކޮށްފައެވެ. ގަލްފް އޮފް މެކްސިކޯގެ ތެރެއިން އެމެރިކާގެ ދެކުނު އައްސޭރިއާއި ކައިރިން ކަނޑުގެ ސަރަހައްދުގައި މިހާރު އުފެދިފައި ހުރި ތޫފާން “އައިޑާ”ގެ ބާރު...
އަޒްފާ ރަޝީދު
ހދ.ކުމުންދޫ ނޭޗާރ ޕާކް (ވެހިސަރާ) ސަރަހައްދުގެ ކޮންސެޕްޓް ޑިޒައިންއާއި އެންވަޔަރަންމެންޓް އިންސްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. ކުމުންދޫ (ވެހިސަރާ) ނޭޗަ ޕާކަކީ ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމްޢިއްޔާއާއި އެ ޖަމްޢިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއްކަމުގައިވާ ޒީރު ސްޕޯޓްސް ކުލަބުގެ ފަރާތުން އެރަށު ކަނޑޫފަލުގައި ތަރައްޤީ ކޮށްފައިވާ ޕާކެކެވެ. މި ޕާކުގެ ފެންގަނޑު މެދުގައި ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލުމަށް ހަޓަކާއި އަ...
އިބްރާހިމް ޚަލީލް
ކޯވިޑް-19 އިން ރައްކާތެރިވުމަށް ސިންގަޕޫރުގެ 5.7 މިލިއަން މީހުންގެ އާބާދީގެ 80 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާކަމަށް އެޤައުމުން ހާމަކޮށްފިއެވެ. މިއަދަދާއި އެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރަމުން އަންނަ ޤައުމުތަކުގެ ލިސްޓުގައި ސިންގަޕޫރު ހިމެނިފައިވާކަމަށް އެޤައުމުގެ ހެލްތް މިނިސްޓްރީއިން ވަނީ ހާމަކޮށްފައިވެއެވެ. މިއީ ސިންގަޕޫރު ފަދަ ކުޑަ ޤައުމަކުން ކޯވިޑް 19 އާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކާއި އަޅާބަލާއިރު ލިބުނު އިތުރު ކުރިއެރުމެއްކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރައ...
އަޒްފާ ރަޝީދު
އެމްޕީއެލް އިން ސްޕޮންސާ ކުރާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކުންފުނިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ފަސް ކޯހަކަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެއީ ބޭރު ގައުމުގައި ކިޔެވުމުގެ ހަތަރު ފުރުސަތާއި ރާއްޖޭގައިކިޔެވުމުގެ އެއް ފުރުސަތެވެ. މި ކޯސްތަކަށް އެދި އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެއެވެ. އެމްޕީއެލް އިން ފުރުސަތު ހުޅުވާލި ކޯސްތައް މެރިޓައިމް އެންޑް ލޮޖިސްޓިކްގެ ޑިގްރީ މެރިޓައިމް އޮޕަރޭޝަންސްގެ ޑިގްރީ ނޭވަލް އާކިޓެކްޗާގެ ޑިގްރީ އޮކިއުޕޭޝަނަ...
އަޙްމަދު ވަހީދު