ހދ. ކުޅުދުއްފުށީ ސިޓީގެ ވިޔަފާރި ވެރިންނަށް އަމާޒުކޮށްގެން ވިޔަފާރިއާއި އިންސާނީ ހައްޤާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. މި ސެޝަންއަކީ ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ފަރާތުން އެ ސިޓީގެ ވިޔަފާރި ވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ސެޝަންއެކެވެ. އެޗްއާރުސީއެމް އިން ކުރިއަށް ގެންދާ “އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމް” ގެ ދަށުން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގުޅިގެން އެ ސިޓީގައި ކުރިއަށް...
އިބްރާހިމް ޚަލީލް
ލާމަރުކަޒީ ގާނޫނުގެ އަސާސުތަކާއި ޚިލާފަށް ސަރުކާރުން ކަންކަން ކުރުމުގެ ވިސްނުމެއް ނެތްކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ދައްޕަރު ވަކި ކުރުމާގުޅިގެން އެކަމާއި ފިއްލަދޫ ކައުންސިލާ އެއްވެސް މަޝްވަރާއެއްކޮށްފައިނުވާތީ އުފެދިފައިވާ ކަންބޮޑުވުމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ދައްޕަރަކީ ރިއަލްއެސްޓޭޓް ޓޫރިޒަމަށް ތަރައްގީ ކުރާ ރ...
އަލީ އާދިލް
ކ. ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އާޒިމް ވިދާޅުވީ، އެ ރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި މަސް ތެރޭގައި ފަށާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހައެއ...
އަޙްމަދު ވަހީދު
ބާސެލޯނާއަށް ކުޅެމުންއައި ފްރާންސްގެ ފޯވާޑް އެންޓޯނިއޯ ގްރީޒްމަން އެ ޓީމް ދޫކޮށް ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާގެ ކުރީގެ ކުލަބް ކަމުގައިވާ އެތުލެޓިކޯ މެޑްރިޑާއި ގުޅިއްޖެއެވެ. ގްރީޒްމަން އެތުލެޓިކޯ މެޑްރިޑަސް ގެނެސްފައި ވަނީ 2014 ވަނަ އަހަރު ރެއާލް ސޮސިއެޑާޑުންނެވެ. އެ އަހަރުން ފަށައިގެން 2019 އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ފަސް އަހަރެއްހާ ދުވަހު އޭނާ ވަނީ އެތުލެޓިކޯގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެ ފަސް އަހަރު އޭނާ އެތުލެޓިކޯއަށް ކުޅުނު 257 މެޗުގައި 133 […]
އިބްރާހިމް ޚަލީލް
ރ. އަލިފުށި ބިން ހިއްކުމާއި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫޫއުގެ ދަށުން، އަލިފުށީގެ 50.05 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްޤީއާއި ގެދޮރުވެރިކަަމަށްހާއްސަކޮށްގެން ހިއްކާ ބިމެވެ. މީގެ އިތ...
އަޙްމަދު ވަހީދު
ހދ.ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި 08 ކުލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ފިނޭންސް މިނިސްޓްރީން 30 އޯގަސްޓް 2021 ގައި ކޮށްފައިވާ އިޢުލާނުގައި ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ 8 ކުލާސް ރޫމްގެ އިތުރުން ސ. މަރަދޫފޭދޫ އިރުޝާދިއްޔާ ސްކޫލުގައި 12 ކްލާސްރޫމާއި ލެބް އަދި އޮފީސް އިމާރާތް ކުރުމުގެ މަސައްކަތާއި، ސ.އަތޮޅު މަދަރުސާގައި 06 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސަ...
އިބްރާހިމް ޚަލީލް
ހއ. ފިއްލަދޫ ކައުންސިލާއި އަދި އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާން ވިދާޅުވެއްޖެއެވެ. ހަމްދާން މިހެން ވިދާޅުވީ “ފިއްލަދޫގެ އިޚްތިޞާސްގައި ދައްޕަރު އޮތަސް ތަރައްގީ ކުރެވޭނެ” މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގައެވެ. ހަމްދާން ވިދާޅުވެފައި ވަނީ، ފިއްލަދޫ ކައުންސިލްގެ ރައީސްއާ އިއްޔެވެސް، މިއަދުވެސް އެކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވ...
އަލީ އާދިލް
ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ އޮތް ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ. މިގޮތުން ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އިތުރު ކުރުމާއިގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން މިއަދު ކުރެއްވި ޢިއުލާނެއްގައި ވިދާޅުވީ ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކަކީ ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ ދަށުން 2 އަހަރު ދުވަހުގެ މުއްދަތަ...
ތިލަދުން
ކޯވިޑުން ދިފާއުގައި ވެކްސިން ނުޖަހައި ތިބި މީހުންނަށް ވިޔަފާރިތަކުން ބައެއް ހިދުމަތްތައް ނުދޭން އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެެވެ. އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަަށް މިއަދުން ފެށިގެން ޖިމާއި ސެލޫންތަކުން ހިދުމަތް ދިނުން މަނާވާނެ ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އިމްޕޯޓް މުދާ ވިއްކާ ތަންތަނުންނާއި ކާބޯތަކެތި ވިއްކާ ތަންތަނުން ވެސް ވެކްސިން ފުރިހަމަ ނުކުރާ މީހުންނާ މެދު ފިޔަވަޅު އަޅަންޖެހޭނެއެވެ. އެގޮތުން، ވެކްސިން ފުރިހަމ...
އަޙްމަދު ވަހީދު
ހދ. ކުމުންދޫ ސްކޫލުގައި 12 ކްލާސްރޫމް އަޅައިދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފިއެވެ. މިގޮތުން މިނިސްޓްރީ އޮފް ފިނޭންސް ކޮށްފައިވާ ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ ކުމުންދޫ ސްކޫލުގައި 12 ކްލާސްރޫމް އަޅައިދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެހެންކަމުން މިމަސައްކަތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާކަމަށް ފިނޭންސް މިނިސްޓްރީގެ އެ ޢިއުލާންގައި ވިދާޅުވެފަވެއެވެ. މި މަޝްރޫޢުއާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމ...
ޔުމްނާ ޢަލީ
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ ނެގިތާ ދެ ހަފުތާ ފަހުން އަނެއްކާ ވެސް އެ ލިސްޓުގައި ރާއްޖެ ހިމަނައިފިއެވެ. އެ ގައުމުން ބުނީ މިއަދުން ފެށިގެން ރާއްޖެއިން އަބޫދާބީއަށް ދާ އެއްވެސް މީހަކު ކަރަންޓީން ވާން ނުޖެހޭނެ ކަމަށެވެ. އެ ގައުމުން ގްރީން ލިސްޓުގައި ގައުމުތައް ހިމަނަނީ އެ ގައުމެއްގައި ކޯވިޑް-19 ފެތުރެމުން އަންނަ ވަރަށް ބަލައެވެ. މި ލިސްޓުގައި ރާއްޖޭގެ އިތުރުން 58 ގައުމެއް ވަނީހިމަނައިފައެވެ. އަބޫދާބީގެ ގްރީން ލިސްޓުގައި […]
އަޙްމަދު ވަހީދު
ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް އިތުރު 23 މީހުން ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 63 އަށް އަރައިފިއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، އޯގަސްޓް 30 ވަނަ ދުވަހު ނެގުނު ސާމްޕަލްތަކެއްގެ ނަތީޖާ ރޭގައި ލިބުނުއުރު އިތުރު 23 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާތަނަށް ނެގެމުން އަންނަނީ 28 އޯގަސްޓް ކްލަސްޓާއާއި ގުޅުންހުރި މީހުންގެ ސާމްޕަލްތައް ކަމަށާއި، އަދި ރެންޑަމް ސާމްޕަލް ނެގުމުގެ […]
ޙުސައިން ޝަހުދީ
ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 1 ގައި ތައުލީމު ހާސިލް ކުރާ ދަރިވަރުންގެ ‘ކްރިއޭޓިވް އާރޓް’ މާއްދާ ކިޔަވަދޭއިރު ދަރިވަރުންގެ ފޮތެއް މިއަހަރު ނޯންނާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ވިދާޅުވެއްޖެ އެވެ. އެ މިނިސްޓްރީން އިއްޔެ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ގުރޭޑު 1 ގެ މުޤައްރަރުތައް އިސްލާޙު ކޮށްފައިވާތީ 2021 ގެ ދިރާސީ އާ އަހަރު ގުރޭޑު 1ގައި ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ، މި ގެނެވުނު އިސްލާޙާ އެއްގޮތަށް ތައްޔާރުކޮށްފައިވާ އާ ފޮތް ބައެއްކަމަށެވެ. އެގޮތުން […]
އަޙްމަދު އަރުޝަމް
ނ. ކުޑަފަރީ ކައުންސިލުން ދުނިޔޭގެ މޫސުމަށް އަންނަބަދަލުތަކާ ދެކޮޅަށް ތެދުވެއްޖެއެވެ. ކުޑަފަރީ ކައުންސިލުން މިކަމުގައި އިސްނަގާފައި މިވަނީ ުނިޔެ ހޫނުވުމަށް މަގު ފަހި ކުރާ ގްރީން ހައުސް ގޭސް ޖައްވަށް ދޫ ކުރާ މިންވަރު މަދުކުރުމަށާއި ފޮސިލް ފިއުލް ބޭނުން ކުރުމާ ދެކޮޅަށް ރާއްޖެއިން ވަކާލާތު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްފައިވަނިކޮށެވެ. އެކަމާ ގުޅިގެން ކުޑަފަރީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ރާއްޖެއިން ގްރީން ހައުސް ގޭސްތައް ބޭރު ކުރާ މިންވަރު މަދުވި ނަމަވެސް، ދުނިޔެ […]
ޝިއުނާ އާދަމް
ޗައިނާގެ 18 އަހަރުން ދަށުގެ ކުޑަކުދިންނަށް އޮންލައިން ގޭމްތަކުގެ ސަބަބުން ނުރައްކާ ބޮޑުވެފައިވާތީ، ގޭމް ކުޅެވޭ ވަގުތު މަދުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ. އެޤައުމުގެ އޮންލައިން ގޭމިންގް ޕްލެޓްފޯމްތަކުން ބުނެފައިވަނީ ގޭމް ކުޅުމަށް ކުޑަކުދިން އެޑިކްޓްވެފައިވާކަމަށާއި، މިކަމަށް އޮތް ހަމައެކަނި ހައްލަކީ ގޭމް ކުޅުމަށް ހޭދަވާ ވަގުތު މަދުކުރުންކަމަށެވެ. ބްލޫމްބަރގް ސައިޓިންގެ ސްޓޭޓް މީޑިއާއިން އާންމުކޮށްފައިވާ ގޮތުގައި އަންނަ ހަފްތާއިން ފެށިގެން އޮންލައިންކޮށް ގޭމް ކުޅެވޭނީ ހަތްފާއަ...
އަޒްފާ ރަޝީދު
ރިހިވެލި ރިސޯޓަށް ބަޔަކު އަރާ ހަމަނުޖެހުން ހިންގަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. އެ މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 4 ޖެހި އިރު ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ އިތުރު ހަމަނުޖެހުމެއް ހިންގިޔަ ނުދިނުމަށް ފުލުހުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެރަށަށް އަރާ ތިބި މީހުންނާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ޝިއުނާ އާދަމް
ހއ. މުރައިދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގެ އެކި ސަރަހައްދުތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މުރައިދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ޝިފާޒާ މުޙައްމަދު “ތިލަދުން”އަށް ވިދާޅުވީ، އެ ކޮމެޓީން މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައި ވަނީ އެރަށުގައި ހިޔާދޭ ގަސްތައް އާލާކޮށް ހެއްދުމުގެ މަގްޞަދުގައި ކަމަށެވެ. ރަށުގެ ބައެއް ސަރަހައްދުތަކުގައި ހިޔާދޭ ބޮޑެތި ގަސް މަދުވުމުގެ ސަބަބުން ވަރަށް ހޫނުގަދަކަން ފާހަގަ ކުރައްވ...
ޔުމްނާ ޢަލީ
ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާރޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ނ. މާފަރުގައި އަޅާފައިވާ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް އެރަށުގައި ރޭ ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ. މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައއވާ ވާހަކަފުޅު ދައްކަވަ...
އަޙްމަދު އަރުޝަމް