ކޯވިޑް-19ގެ ހާއްސަ ހާލަތާއި ގުޅިގެން ށ. މިލަންދޫގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް، އެރަށުން ނަގަމުންދާ ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާ ލިބެންދެން ދެމިއޮންނާނެ ކަމަށް މިލަންދޫ ކައުންސިލުން ބުނެފިއެވެ. މިލަންދޫ ކައުންސިލުން ބުނީ ކޯވިޑްގެ ހާއްސަ ހާލަތާއި، ގުޅިގެން މިލަންދޫގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް މިހާރު ނަގަމުން ގެންދާ ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާ ލިބުމާހަމައަށް ދެމިގެންދާނެ ކަމަށާއި، އެކަމަށް ރައްޔިތުން ސަމާލުވުމަށް އެދޭ ކަމަށެވެ. ރެންޑަމް ސާމްޕަލްގެ ނަތީޖާ އަށްފަހު ރައްޔިތުން އަމަލު...
ޔުމްނާ ޢަލީ
ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަޙްމަދު ޙަލީމެވެ. މި މައްސަލަ މަޖިލީހަށް ބަލައިގަނެ މިހާރު ވަނީ ބަހުސް ފަށާފައެވެ. މި މައްސަލާގައި ބުނެފައި ވަނީ މި މައްސަލައަކީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބެމުންދާ މުސާރައާއި އިނާޔަތްތަކާމެދު ކަންބޮޑުވުން އެ މުވައްޒަފުން އުފުލަމުންދާ...
އަލީ އާދިލް
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އަފްޝަން ލަތީފް، ކުޅުދުއްފުށީ ސިޓީ ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވެސް ބައިވެރިވެ ވަޑައިގަތެވެ. މި ބައްދަލުވުން އޮތީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގައެވެ. އިއްޔެ ކުރިއަށް ދިޔަ މި ބައްދަލުވުމާއި ގުޅޭގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، މި ބައްދަލުވުމުގައި ކުޅ...
ޔުމްނާ ޢަލީ
ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗުން ވެލެންސިއާ މޮޅުވާން ދަނިކޮށް މެޗުގެ ފަހު ހަތަރު މިނެޓުގެ ތެރޭގައި ދެ ލަނޑުޖަހައި ރެއާލުން މެޗު ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ އިދިކޮޅު ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ފުރަތަމަ ހާފުގައި […]
އިބްރާހިމް ޚަލީލް
ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބާއްވާ ފުރަތަމަ ބާ އިމްތިޙާނު އޮންނާނީ އަންނަ އަހަރު ކަމަށް އެ ކައުންސިލުން ހާމަކޮށްފިއެވެ. ބާ ކައުންސިލުން ރޭ އާންމުކުރި ނޫސްބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމްކުރާ ފުރަތަމަ ބާ އިމްތިޙާނާގުޅޭ ގޮތުން ގިނަ ފަރާތްތަކަކުން މަޢުލޫމާތު ފޯރުކޮށްދިނުމަށް އެދެމުން އަންނަކަމަށެވެ. އެހެންކަމުން ބާ އިމްތިޙާނުގެ ކަންކަން އިންތިޒާމުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއެކު ކުރިއަށްދާ ކަމަށް އެ ކައުންސިލުން ބުނެފަވެއެވެ. އަދި ފުރަތަމަ ބާ އިމްތިޙާނު ބޭއް...
ޙުސައިން ޝަހުދީ
އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓްހޭމް ބައްދަލުކުރި މެޗުން ޔުނައިޓެޑް ހަނިގޮތަކަށް މޮޅުވިއިރު، ޓޮޓެންހަމްއާއި ޗެލްސީ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޗެލްސީން ކާމިޔާބު ކޮށްފިއެވެ. ވެސްޓްހޭމްގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ވެސްޓްހޭމްއިންނެވެ. މި ލަނޑު 30 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ސ...
އިބްރާހިމް ޚަލީލް
ސިމެންތި ބަރުކޮށްގެން ދަތުރުކުރި ކޮޅުވެއްޓި އެއް ބަންޑުން ޖަހާލައިފިއެވެ. މިއީ މާލެ އިން ފުރައިގެން ޅ. މާބިންހުރައަށް ދަތުރު ކުރި ޗަމްޕާ ހޯލްޑިންގްސް 35 ފޫޓްގެ ކޮޅުވެއްޓިއެކެވެ. މި ކޮޅުވެއްޓީގައި 2 ކޮންޓޭނާ ސިމެންތި ހުއްޓެވެ. މި ކޮޅުވެއްޓި ބަންޑުން ޖަހާލައިފައިވަނީ ޅ. މާފިލާފުށި ކައިރިންނެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ކޮޅުވެއްޓި ބަންޑުންޖަހާލިކަމުގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ ރޭ މެންދަމުން އަނބުރާ 2:45 ހާއިރު ކަމަށ...
ޔުމްނާ ޢަލީ
މިރޭ މާލޭގައި އިދިކޮޅުން ކުރިއަށްގެންދިޔަ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި އާންމުންނާއި ނޫސްވެރިންނަށް އަނިޔާވެއްޖެ އެވެ. ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން އިސްނަގައިގެން، ފިޔަވަތީގައި ހިނގާ ކަންކަމާ ދެކޮޅަށް އަޑު އުފުލުމަށް މާލޭގައި މިރޭ ބޭއްވި މުޒާހަރާ ކަވަރުކުރުމަށް އުޅުނު 13 ގެ ނޫސްވެރިއެއްގެ ބޯ ފަޅައިގެން ދިއުމުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް އަންނަނީ ފަރުވާދެމުން ނެވެ. އާންމުންނާއި ފުލުހުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރެއިން އޭނާގެ ބޯ ފަޅައިގެން ގޮސްފައި ވަނީ މަޖީދީ މަގާއި ޗާން...
އަލީ އާދިލް
އިތުރު ލައިސަންސްއެއް ހޯދުމަކާއި ނުލައި ދިވެހި ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ 26 ޤައުމެއްގެ ރައްޔިތުންނަށް ދީފި އެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަންއިން މިއަދު ނެރެފައިވާ އިޢުލާންގައި ވަނީ، އިތުރު ލައިސެންސްއެއް ހޯދުމަކާއި ނުލައި، 90 ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަކުރެވޭ ޤައުމުތަކުގެ ލިސްޓަށް ވަނީ ގައުމެއް އިތުރުކޮށްފަ އެވެ. އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވާ ޤައުމުތަކުގެ ލިސްޓު މި...
އަޒްފާ ރަޝީދު
އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ. ނިއުޔޯކްގެ ޖޯން އެފް ކެނެޑީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން ރައީސްއަށް މަރުޙަބާ ދެންނެވީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ޝާހިދާއި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެ...
އިބްރާހިމް އަސްވާޤް
ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ފިއްލަދޫ ކައުންސިލާއި ކަމާބެހޭ ސަރުކާރުގެ ވުޒާރާތަކާއެކު މަޝްވަރާކޮށްފިއެވެ. ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ޙަސަން މިއަދު “ތިލަދުން”އަށް ވިދާޅުވީ، ފިއްލަދޫ ކައުންސިލްގެ އިޚްތިޞާޞްގެ ދަށުން ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ކަމާބެހޭ ސަރުކާރުގެ ވުޒާރާތަކާއެކު މަޝްވަރާކޮށްފައިވާނެ ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު އޮންލައިންކޮށް ކުރިއަށް ދިޔަ މި މަޝްވަރާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލްއާއި، ޓޫރިޒަމް މިނި...
ޙުސައިން ޝަހުދީ
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ އޮވެ އާ ސިޔާސީ ހަރަކާތެއް ފަށަން ނިންމައި އެކަން އިއުލާންކޮށްފިއެވެ. އިދިކޮޅު ކޯލިޝަނުން އިސްވެ އުފައްދާފައިވާ “މިނިވަންކަމުގެ ދިފާއުގައި ދިވެހިން” ކޮމިޓީން މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، “މިނިވަންކަމުގެ ދިފާއުގައި ދިވެހިން” ހަރަކާތް ލޯންޗް ކުރުމަށް ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. މިޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ މާލޭ ސިޓީގެ ކާނިވާ ސަރަހައްދުގައި ކަމަށް ވެސް އެ ކޮމެޓީން ބުންޏެވެ. ފެއްސާއި ރަތާއި ހުދު ރަމްޒުވާ ގޮތަ...
އަލީ އާދިލް
ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުން އަންނަ، ހުޅުމާލޭގައި ހުންނަ “ފިޔަވަތި” ގައި މިއަދު އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ. “ފިޔަވަތި”ގައި ހަމަނުޖެހުމެއް ހިނގާ އަނިޔާވި ކުއްޖަކު ފަރުވާ ގެންދާ ކަމަށް ބުނާ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެ ވައިރަލްވުމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ޓްވީޓާ މެދުވެރިކޮށް ވިދާޅުވީ، ފިޔަވަތީގައި އެއްވެސް “ރައަޓެއް” ހިނގާފައި ނުވާ ކަމަށެވެ. އަދި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ކު...
ޔުމްނާ ޢަލީ
ށ. ފޭދޫ ކައުންސިލުން އެރަށުގެ ރައްޔިތުންގެ ހާލު ގާތުންބަލައި، ރައްޔިތުންގެ ހިޔާލު ހޯދުމަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް ފަށައިފިއެވެ. މި ގޮތުން މިއަދު ފެށި މި ހަރަކާތުގެ އެންމެ ބޮޑު މަގްސަދަކީ، ރައްޔިތުންގެ ހާލުބަލައި، އެ ރައްޔިތުންނަށް ދިމާވާ ދަތިތައް އޮޅުން ފިލުވުމާއި، އަދި ކައުންސިލް ހިންގުންކަމަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުންކަމަށް ފޭދޫ ކައުންސިލުން ވިދާޅުވިއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިސަމް “ތިލަދުން”އަށް ވިދާޅުވީ، މިއަދު ފޭދޫ ކައުންސިލުން ފެށި ހަރަކާތަކީ ނިމުނު...
ޙުސައިން ޝަހުދީ
ސ. ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެ ކަމަށް މޯލްޑިވްސް ޓްރާްންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން މިހާތަނަށް 97 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަސި ފެންހިންދާ ޕަމްޕު ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތުގެ 83 އިންސައްރަ ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން ފައިމަގުގައި ހިނގޭ ގޮތަށް 6060 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި […]
އަޙްމަދު ވަހީދު
ރާއްޖޭގެ ފުރަތަމަ ހާބަރ މާސްޓަރު، ކެޕްޓަން އަހުމަދު ރަޝީދު ރިޓަޔާ ކުރައްވައިފިއެވެ. އަހުމަދު ރަޝީދު ރިޓަޔާ ކުރެއްވީ ހާބާ މާސްޓަރެއްގެ ގޮތުގައި އެމްޕީއެލްގައި 24 އަހަރު ވަންދެން ހިދުމަތް ކުރެއްވުމަށްފަހު މިއަދުއެވެ. މިކަމާ ގުޅިގެން އެމްޕީއެލުން ވަނީ އޭނާ އެ ކުންފުންޏަށް ކޮށްދެއްވި އަގުހުރި ހިދުމަތަށް ޝުކުރު އަދާކޮށް ހަނދާނީ ފިލާ ހަވާލުކޮށްފައެވެ. ހާބަރ މާސްޓާ އަކީ ޕޯޓެއްގެ ހުރިހާ އޮޕަރޭޝަންތައް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހާއެވެ. މީގެ ތެރޭގައި ޕޯޓަށް ކައިރިކުރާ ބޯޓުތަކުގެ ނެ...
އަޙްމަދު ވަހީދު
ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ދަށުން ދައްޕަރު ވަކިކޮށް، އެތަނުގައި ހިންގަން އުޅޭ މަޝްރޫޢާއި ގުޅިގެން ފިއްލަދޫގެ ޒުވާނުންގެ ބަޔަކު މިއަދު ޝުއޫރު ފާޅުކޮށް އަޑު އުފުލައިފިއެވެ. ފިއްލަދޫ ޒުވާނުންގެ ބަޔަކު މިއަދު ޝުއޫރު ފާޅުކުރީ ރައްޔިތުންގެ މަޖިލިސްގައި އެރަށް ތަމްސީލް ކުރައްވާ ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) މިއަދު އެރަށަށް ވަޑައިގަތުމުންނެވެ. އިބްރޭ އެރަށަށް ވަޑައިގަތީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން ކުރެއްވި ޒިޔާރަތެއްގައެވެ. ފިއްލަ...
އަލީ އާދިލް
ހދ. ނެއްލައިދޫ ރަސްމީ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމަށްޓަކައި މިހާރު ހުރި ބާވެ، ހަލާކުވެފައިވާ ވަށާފާރު ނެގުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. އެ ކުންފުނިން މި މަސައްކަތް ކޮށްދެނީ އަމިއްލަ ހަރަދުގައި، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. އެމްޓީސީސީ އިން އަންނަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކުންފުނިން އަންނަނީ ށ. ބިލެތްފަހި ކުނިގޮނޑަށް ދާން އޮންނަ މަގު ސާފުކޮށް...
އަޙްމަދު ވަހީދު