ތ. ހިރިލަންދޫގައި މިއަދުވެސް ދަރިވަރިން ސްކޫލަށް ނުފޮނުވާ ބެލެނިވެރިން ސްކޫލް ދޮށުގައި އިހުތިޖާޖްކުރަމުން އެބަދެއެވެ. ވިއްސާރަވާ ދުވަސްދުވަހު ސްކޫލްގެ ހާލަތު ހުންނަ ގޮތުން ކުދިންނަށް ކިޔަވަން ދަތިވާކަމަށްބުނެ، ނިމިގެންދިޔަ ހަފްތާގެ ބުދަ ދުވަހު ބެލެނިވެރިން ވަނީ ސްކޫލް ގޭޓްގައި ތަޅު އަޅުވާފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެސް އެ ސްކޫލްގެ ބެލެނިވެރިން ދަރިން ސްކޫލަށް ފޮނުވާފައެއް ނުވެއެވެ. ސްކޫލްގައި ޖާގައިގެ ދަތިކަން ހުރި އިރު، އެކަށީގެން މިންވަރެއްގައި މިކަންތައްތަކަށް ހައްލެއް ލިބިފައިނުވާކަމަށ...
އަޒްފާ ރަޝީދު
އިޓާލިއަން ސީރިއާ އޭގައި ހޮނިހިރު ދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނާއި ބޮލޯނިއާ ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން އިންޓައިން ކާމިޔާބު ކޮށްފިއެވެ. މި މެޗު އިންޓައިން ކާމިޔާބު ކޮށްފައި ވަނީ 6-1 ގެ ނަތީޖާއަކުންނެވެ. ލީގުގައި މިހާތަނަށް އަދި އިންޓަ ބަލިވެފައި ނުވާއިރު، މި މެޗުގައި ވެސް އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގައި އިންޓައިން ފުރަތަމަ ލަނޑު ޖަހާފައި ވަނީ މެޗުގެ ހަވަނަ މިނެޓުގައެވެ. މި ލަނޑު […]
އިބްރާހިމް ޚަލީލް
ހައްގު މިންވަރަށް އެދެމުން ދިވެހި ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުން މިއަދު ހިމޭން އިހުތިޖާޖެއް ކުރަމުން އެބަދެއެވެ. މިގޮތުން އެ މުވައްޒަފުންގެ ޒަމާންވީ ކަންބޮޑުވުންތަކެއް ހައްލުނުވެ ހުރުމުން ބައެއް ސިވިލް ސާވިސް މުވައްޒަފުން މިއަދު އޮފީހަށް ނުކުތީ ވެސް ކަޅު ހެދުމުގައެވެ. މިނިމަމް ވޭޖްގެ ގޮތުގައި އަސާސީ މުސާރަ ކަނޑައަޅައި ދިނުމަށާއި ލިވިން އެލަވަންސް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށާއި، ތިޖޫރީއާއި ފައިސާ ބަލަހައްޓާ މުވައްޒަފުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސެއް...
އަލީ އާދިލް
ކޯވިޑް-19 އާއި ގުޅިގެން ދަތުރުފަތުރު ކުރުމުގެ ނިޒާމަށް ބުރޫ އަރާފައިވާއިރު، އެންމެ ދުނިޔޭގެ އެންމެ ރައްކާތެރި ސިޓީތަކުގެ ލިސްޓުގެ 2 ވަނައަށް ކެނެޑާގެ ޓޮރޮންޓޯ އަރައިފިއެވެ. އިކޮނޮމިކް އިންޓެލިޖެންސް ޔުނިޓްގެ އެންމެ ސޭފް ސިޓީގެ ދިރާސާއަށް ބަލާއިރު، 60 ބައިނައްލަޤްވާމީ ސިޓީތައް ލިސްޓްގައި ހިމެނިފައިވެއެވެ. އަދި މިހުރިހާ ސިޓީއެއްގެ ޞިއްޚީ ހާލަތާއި، އިންފްރާންސް ސްޓްރަކްޗަރގެ ހާލަތާއި މާހައުލުގެ ރައްކާތެރިކަމަށް ބަލާފައިވެއެވެ. އޭޝިއާގެ ބައެއް ޤައުމުތަކުގެ ސިޓީތައްކަމަށްވާ، ޓޯކިޔޯ، ސިންގަޕޫރު އަދި އ...
އަޒްފާ ރަޝީދު
ޖަރުމަނު ބުންޑަސް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ޗެމްޕިއަން ބަޔާން މިޔުނިކާއި ވީއެފްއެލް ބޯކުމް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބަޔާނުން ކާމިޔާބު ކޮށްފިއެވެ. ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 7-0 ގެ ތަފާތު ބޮޑު ނތީޖާއަކުންނެވެ. މި މެޗުގައި ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ވަނީ ބޯކުމްގެ ގޯލާއި އަމާޒުކޮށް 15 ހަމަލާއެއް ފޮނުވާލާފައެވެ. ބޯކުމްއަށް ބަޔާންގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް […]
އިބްރާހިމް ޚަލީލް
ކެލިފޯނިއާގެ ޖަންގަލީގައި ރޯވެ އަނދަމުންދާ އަލިފާނުން އެސަރަހައްދުގައި ހުރި ދުނިޔޭގެ އެންމެ ބޮޑު ގަސް ސަލާމަތްކުރުމަށް ފަޔަރފައިޓަރުން ހަރަކާތްތެރިވާންފަށައިފިއެވެ. ޚަބަރުތައް ބުނާ ގޮތުގައި މި ގަހުގެ ވަށައިގެން އެލުމިނިއަމް ބްލޭންކެޓް އަޅައި އަލިފާންގަނޑުން ގަސް ސަލާމަތްކުރުމަށްޓަކައި އެސަރަހައްދުގައި އަންނަނީ ގަސް ހިމާޔަތްކުރުމަށް މަސައްކަތްކުރަމުންނެވެ. ނެޝަނަލް ފަޔަރ ކޯޑިނޭޓިންގ ގްރޫޕާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، ކޭ.އެން.ޕީ ކޮމްޕްލެކްސް އަލިފާންގަނޑު ސެޕްޓެމްބަރުމަހު 10 ވަނަ ދުވަހު...
އަޒްފާ ރަޝީދު
އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އާސެނަލްއާއި ބާންލީ ބައްދަލުކުރި މެޗު ހަނި ގޮތަކަށް އާސެނަލްއިން ކާމިޔާބު ކުރިއިރު، މެންޗެސްޓާ ސިޓީއާއި ސައުތެމްޓަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ބާންލީގެ ދަނޑުގައި ކުޅުނު މެޗު އާސެނަލްއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތާޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ލިބުނު ހިލޭޖެހުމަކުން އާސެނަލްއަށް ކާމިޔާބު ކޮށްދީފައި ވަނީ މި ސީޒަނަށް ރެއާލް މެޑްރިޑުން 30 މިލިއަން ޕައުންޑަށް އާސެނަލްއަށް ބަދަލުވި ނޯވޭގެ އުންމީދީ […]
އިބްރާހިމް ޚަލީލް
ޓެރަރިޒަމްގެ އެންމެ ބޮޑެތި މައްސަލަތަކާއި ޑްރަގް ޓްރެފިކިންގ ގެ އެންމެ ބޮޑެތި މައްސަލަތައް ފަދަ މައްސަލަތަކުގައި ހައްޔަރުކުރެވި، ދަޢުވާ އުފުލޭ ގިނަ ފަރާތްތައް އާންމުގޮތެއްގައި ފަސޭހަކަމާއެކު ދޫވެދާ ވާހަކައަކީ މުޖުތަމަޢުގައި ގިނަ ބަޔަކު އަބަދުވެސް ކަންބޮޑުވުމާއެކު ދައްކަމުންދާ ވާހަކައެއްކަމަށާއި އިޖުރާޢީ ނުކުތާއެއްގެ ޙުއްޖަތު ދެއްކުމަށްފަހު އެފަދަ ސީރިއެސް ތުޙުމަތުތަކުގައިވާ ފަރާތްތައް ދޫވެގެންދަނީ އަލުން ދަޢުވާ ނުވެސް އުފުލޭނޭ ގޮތަށްކަން ފާހަގަކޮށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ....
އަލީ އާދިލް
އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ލިވަޕޫލުން ޕެލަސްގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި ސީޒަންގައި ލިވަޕޫލް އަދި ބަލިވެފައި ނުވާއިރު އެ ޓީމްގެ ފަރާތުން މި މެޗުގައި ވެސް ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުންވަނީ ޕެލަސްގެ ގޯލަށް ގިނަ ހަމަލާތަކެއް […]
އިބްރާހިމް ޚަލީލް
ސުޕްރީމް ކޯޓުގެ ނިންމުންތައް އޮންލައިންކޮށް ބަލާލެވޭނެ ވެބް އެޕްލިކޭޝަނެއް ތައާރަފްކޮށް ބޭނުންކުރަން ފަށައިފިއެވެ. ސުޕްރީމް ކޯޓަށް 13 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ކޯޓުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޭސް ރިޕޯޓަރ ނަމުގައި އުފެއްދި އެޕްލިކޭޝަންގައި ސުޕްރީމް ކޯޓު އުފެދުނީއްސުރެ މިއަދާ ހަމައަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް ހުންނާނެ ކަމަށެވެ. އެގޮތުން އެ ހުރިހާ ނިންމުމެއް އެ އެޕްލިކޭޝަންއަށް އަޕްލޯޑްކޮށް، އެތެރޭގެ ބޭނުންތަކަށް އެ އެޕްލިކޭޝަން ބޭނުންކުރުމުގެ އިންތިޒާމު ހަމަޖައްސާފައި...
ޝިއުނާ އާދަމް
އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އާއި ގުޅޭ އެއްވެސް ކަމެއްގައި އެވިޑް ކޮލެޖްގެ އެއްވެސް ދައުރެއް މިހާރު ނޯންނާނެކަމަށް އެވިޑް ކޮލެޖްގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދު ވިދާޅުވެއްޖެއެވެ. މުޝްތާޤް މިފަދައިން ވިދާޅުވީ އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބަދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެވިޑް ކޮލެޖާއި އޭޝިއަން އެކަޑެމީ އޮފް އޭރޯނޮޓިކްސްއާއި ދެމެދު މިއަހަރުގެ ޖޫން މަހުގެ 24 ވަނަދުވަހު ކޮށްފައިވާ ސޭލްސްޕަރޗޭސް އެގްރީމެންޓް މިއަދުނ...
އަޙްމަދު އަރުޝަމް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ފިޔަވަތީގައި ތިބި ކުދިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައިފި އެވެ. ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި ނައިބު ރައީސް ވަނީ ހުޅުމާލޭގައި ކުޑަކުދިންގެ ހިޔާގެ ގޮތުގައި ޖެންޑާ މިނިސްޓްރީން ހިންގަމުން އަންނަ ފިޔަވަތީގައި ފާއިތުވި ތިން ދުވަހު ހިނގާފައިވާ ހާދިސާތަކާއި ގުޅިގެން އެތަނަށް ޒިޔާރަތްކުރައްވައި، އެތަނުގައި ތިބޭ ކުދިންނާ މުވައްޒަފުންނާ ބައްދަލުކުރައްވައި އެކުދިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، ފާއިތުވި 3 ދުވަހ...
އަޙްމަދު އަރުޝަމް
މަސްވެރިކަން ކުރަން އުޅުމުގެތެރޭގައި އަނިޔާވި ޒުވާނަކަށް ސިފައިން އެހީތެރިވެއްޖެ އެވެ. އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި އަނިޔާވެފައިވަނީ އުމުރުން 18 އަހަރުގެ ދިވެހި ފަޅުވެރިއަކަށެވެ. އަނިޔާވެފައިވަނީ އޭނާގެ ފަޔަށް ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ. މި ޒުވާނާއަށް އަނިޔާވި އިރު އޭނާ ހުރީ ތ. އެލާ ބޮޔަ ކައިރީ މަސްވެރިކަން ކުރަން އުޅުނު “ދިރުން 4” ދޯނިގައެވެ. މި ހާދިސާގެ ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 10:54 ގައެވެ. “އަނިޔާލިބުނު ޒުވާނާ އަވަސް ފަރުވާއަށް ތ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ދިނ...
އަޙްމަދު އަރުޝަމް
އަލްޖީރިއާގެ ކުރީގެ ރައީސް އަބްދުލްއަޒީޒް ބޫތަފްލިކާ އަވަހާރަވެއްޖެއެވެ. ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުން ބޫތަފްލިކާ އަވަހާރަވިކަން އަލްޖީރިއާއިން ހާމަކުރީ އިއްޔެއެވެ. އަވަހާރަވިއިރު އޭނާގެ އުމުރުފުޅަކީ 84 އަހަރެވެ. އަބްދުލްއަޒީޒް ބޫތަފްލިކާ އަލްޖީރިއާގެ ރައީސްކަމަށް ވަޑައިގެންނެވީ 1999 ވަނަ އަހަރުއެވެ. އޭނާ ވަނީ ވިއްސަކަށް އަހަރު އެ ގައުމުގެ ވެރިކަން ކުރެއްވިއެވެ. ބޫތަފްލިކާގެ ވެރިކަން ނިމުމަކަށް އައީ އެމަނިކުފާނު 2019 ވަނަ އަހަރު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެމަނިކުފ...
ހުސައިން ހަބީބް
ގދ. ތިނަދޫގައި އެމްޕީއެލުން ތަރައްގީކުރާ ޕޯޓުގެ ހިދުމަތް އަންނަ އަހަރު ފަށާނެ ކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ. އެ ކުންފުނީގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ، އެމްޕީއެލުން އަބަދުވެސް މަސައްކަތްކުރަނީ އެކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް، ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ. އެގޮތުން އެކި ސަރަހައްދުތަކުގައި ގާއިމް ކުރާ ޕޯޓުތަކުން ވިޔަފާރިވެރިންނަށް ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ....
އަޙްމަދު ވަހީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެކުވެރި ދައުލަތްތައް (އ.ދ) ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކަށް ފުރައިވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސް ޞާލިޙްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަނައެވެ. މިދަތުރުފުޅުގައި އ.ދ ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސް ޞާލިޙް ތަޤްރީރު ކުރައްވާނެއެވެ. ރައީސް ޞާލިޙް ތަޤްރީރު ކުރައްވަން ހަމަޖެހިފައި ވަނީ 2021 ސެޕް...
ޔުމްނާ ޢަލީ
ހަތަރު މަހަށް ފަހު އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ އުނިކޮށްފިއެވެ. އިނގިރޭސި ވިލާތުން ގައުމުތައް ގިންތި ކުރުމުގައި ގެންގުޅެނީ ހަތަރު ބަޔެކެވެ. އެއީ ގްރީން ލިސްޓާއި އެމްބާ ލިސްޓާއި އެމްބާ ޕްލަސް އަދި ރެޑް ލިސްޓެވެ. މިދިޔަ ބުދަ ދުވަހުގެ ރިވިއުގައި އިނގިރޭސި ވިލާތުގެ ޓްރެވެލް ލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ އެމްބާ ލިސްޓުގައެވެ. މި ލިސްޓުގައި ހިމެނުމުން ރާއްޖެ އަށް އަންނަ އިނގިރޭސި ވިލާތުގެ ފަތުރުވެރިން އެނބުރި ގައުމަށް ގޮސް ހޮޓާތަކުގައި ކަރަންޓީންވުމުގެ ބަދަލުގައި ގޭގައި ކަރަންޓީން […]
އަޙްމަދު ވަހީދު
ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅު ހަވާލުކުރަން ފަށާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ ރޭ ބޭއްވި އެމްޕީއެލްގެ 35ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަލްސާގައި ޝާހިދު ވިދާޅުވީ، އެ ކުންފުނީގެ ފްލެޓުތަކުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ ކުރީކޮޅު ނިންމައިލެވޭނެ ކަމަށެވ...
އަޙްމަދު ވަހީދު