ސްޕެނިޝް ލަލީގާގައި އަންގާރަ ދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު އެތުލެޓިކޯއިން ކާމިޔާބު ކޮށްފިއެވެ. މި މެޗު އެތުލެޓިކޯއިން ކާމިޔާބު ކޮށްފައި ވަނީ ގެޓާފޭއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ. މެޗުގައި ގެޓާފޭއިން ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ފަހު ވަގުތު ކާމިޔާބު ކޮށްފައިވާއިރު، މިއީ 2011 ވަނަ އަހަރުގެ ފަހުން ގެޓާފޭއަށް އެތުލެޓިކޯގެ ގޯލަށް ވައްދާލެވުނު ފުރަތަމަ ލަނޑެވެ. މި ލަނޑު ގެޓާފޭއަށް […]
އިބްރާހިމް ޚަލީލް
ޅ. ކަނުހުރާގައި ތަރައްގީކޮށްފައިވާ ރިސޯޓު ސިކްސް ސެންސަސް ގެ ދަށުން އަންނަ އަހަރު ހުޅުވަން ނިންމައިފިއެވެ. މިއީ ސިކްސް ސެންސަސް ބްރޭންޑުގެ ދަށުން ރާއްޖޭގައި ހުޅުވާ ދެވަނަ ރިސޯޓެވެ. މި ރިސޯޓު ހުޅުވާނީ އަންނަ އަހަރުގެ ފަހުކޮޅުކަމަށް އެ ކުންފުނިން ބުނެއެވެ. ކަނުހުރާ ރިސޯޓާ ސިކްސް ސެންސަސް އިން މިހާރު ހަވާލުވެފައިވާއިރު ކުރިން އެ ރިސޯޓު ހިންގީ މޮރިޝަސްގެ ސަން ރިސޯޓްސް އިންނެވެ. ނަމަވެސް ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް) އިން ވަނީ މި އަހަރުގެ ކުރީކޮޅު ކަނުހުރާ […]
އަޙްމަދު ވަހީދު
ފުރަތަމަ ވަޑައިގެންނެވީ ތާރީޚުގެ ތެރެއަށެވެ. މީގެ 56 އަހަރު ކުރިއަށެވެ. ދިވެހީންނަށް މިނިވަންކަން ލިބުނު ލިބުމާއެކު އދ.ގެ މެންބަރަކަށް ވާން އުޅުނު ދުވަސްވަރަށެވެ. އެ ދުވަސްވަރު ރައީސް ސިފަކުރެއްވީ އިސްތިޢުމާރީ ބާރުތައް ލޫދެމުން، ޤައުމުތައް ވީއްލި މިނިވަންވަމުންދިޔަ ދުވަސްވަރެއްގެ ގޮތުގައެވެ. އަމިއްލަ ހިތްވަރާއި މިންނަތުން ބައްރުތައް ހިންދެމިލައި، އެތަކެއް ޤައުމު އަލަށް އުފަންކުރުވި ރަންޒަމާނެއްގެ ގޮތުގައެވެ. ތަހުޒީބާއި ތަމައްދުންގެ އެދުމުގައި، އިންސާނިއްޔަތު ހަށިފޮޅާލި ޒަމާނެއްގެ ގޮތުގައެވެ. ރައ...
ޢަބްދުﷲ ސަޢީދު
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު އއ. މަތިވެރި އަށް މިރޭ ވަޑައިގަތުމާއެކު، އެ ރަށުގެ މީހުން ނުކުމެ މުޒާހަރާކޮށްފިއެވެ. މަތިވެރީގެ މީހުން ޖާބިރާ ދެކޮޅަށް ނުކުމެ މުޒާހަރާ ކުރާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވެސް ދައުރުވަމުން ދާއިރު، އެ މީހުން ގޮވަމުން ދިޔައީ އޭނާ އެ ރަށުން ބޭލުމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން އެ ރަށުގެ ބައެއް ރައްޔިތުން ނުކުމެ ނުރުހުން ފާޅުކުރުމާ ގުޅިގެން […]
ޝިއުނާ އާދަމް
ދިވެހިރާއްޖެއިން ހުރިހާ ސިފައެއްގައި ޓެރަރިޒަމް ކުށްވެރިކުރާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި އެމަނިކުފާނު ދެއްވި ތަޤުރީރުގައެވެ. މި ތަޤްރީރުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޓެރަރިޒަމްކަން ފާހަގަކުރައްވާ ވިދާޅުވީ ބޮޑެތި ގައުމުތަކުން ކުދި ގައުމުތަކަށް ވެސް ފެތުރިގެން އައިސް މި ވަބާއިން ރާއްޖެ ވެސް ސަލާމަތް ނުވި ކަމަށެވެ....
ޝިއުނާ އާދަމް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ތިބި ގައިދީނަށް ޓީބީ ސްކްރީނިންގ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. ކަރެކްޝަނުން ބުނިގޮތުގައި އައްސޭރި ޖަލުގެ ހުރިހާ ގައިދީންނަށް އަމާޒުކޮށްފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދު 71 ޤައިދީންގެ ސާމްޕަލް ނަގާފައިވާ ކަމަށް ބުނެއެވެ. ކަރެކްޝަނުން ބުނީ މި ޕްރޮގްރާމަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އައިޖީއެމް ހޮސްޕިޓަލްއާ ގުޅިގެން ކުރިއަށް ގެނ...
ޝިއުނާ އާދަމް
ދިވެހި ސަރުކާރާއި ދިވެހި އެންމެހާ ރައްޔިތުން މިތިބީ ފަލަސްޠީނު ރައްޔިތުންނާއެކު ކަމަށާއި، ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ތަޤުރީރުގައި އެމަނިކުފާނު ވިދާޅުވީ އ.ދ. ގެ އެތައް އަހަރެއްގެ މަސައްކަތުންވެސް ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ވަނީ ކަށަވަރުކޮށް ނުދެވިކަމަށާއި، އިޒްރޭލުނ...
ޝިއުނާ އާދަމް
ޕާމް ހޭންޑްބޯލް ޓޯރނަމަންޓް މުބާރާތުގެ ޗެމްޕިއަންކަން 22 ސްޕޯރޓްސް ކުލަބްހޯދައިފި އެވެ. މުބާރާތުގެ ފައިނަލްގައި 22 ސްޕޯރޓްސް އާއި ހއ އަތޮޅު މަދަރުސާގެ ސްޓާރފް ކުލަބް ބައްދަލުކޮށް 05-17 ކުރިހޯދައިގެން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 22 ސްޕޯރޓްސް ކުލަބްއެވެ. ޕާމް ހޭންޑްބޯލް ޓޯރނަމަންޓް އަކީ އާރް. ވީ. ސްޕޯރޓްސް އެކަޑެމީއިން އިންތިޒާމް ކޮށްގެން އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ބޭއްވި މުބާރާތެކެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް -/5000 އަދި ރަނައަޕް ޓީމަށް -/2000 ގެ މިމުބާރާތުގެ ޓައިޓްލް ސް...
އަލީ އާދިލް
ތ. ހިރިލަންދޫ ސްކޫލްގެ ބެލެނިވެރިން އިހުތިޖާޖްތަކަށްފަހު ކުދިން ސްކޫލަށް ފޮނުވައިފިއެވެ. އިއްޔެ އިންޓަވަލްގެ ފަހުން ކުދިން ސްކޫލަށް ފޮނުވުމަށް ބެލެނިވެރިން ނިންމާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއިން ސްކޫލްގެ އިމާރާތަށް ބަދަލު ގެނައުމަށް އެއްބަސްވެ އެކަމާއި ބެހޭ ބަޖެޓް ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ހުށަހެޅިކަމަށް ބުނުމާއި ގުޅިގެންކަމަށް މައުލޫމާތު ލިބިފަވެއެވެ. ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ރަށު ކައުންސިލްއަށް ލިބިފައިވާކަމަށް ކައުންސިލްއިން ބެލެނިވެރިންނަށް މަޢ...
އަޒްފާ ރަޝީދު
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމުގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެ ކައުންސިލުން 21 ސެޕްޓެމްބަރ 2021 ގައި ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ އެ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ބަނދަރުގައި އެ ރަށުގެ ނަން ރަމުޒްކޮށްދޭ މޮނިއުމެންޓެއް އަމިއްލަ ތަކެތީގައި ހަދައިދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާ ކަމަށެވެ. މި މަސައްކަތާއިގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 29 ސެޕްޓެމްބަރ 2021 ވާ...
އިބްރާހިމް ޚަލީލް
ހއ. ހޯރަފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި ޝިޕްމަންޓް ސައިޓަށް ގެންގޮސްފައިވަނީ މި މަހުގެ 19ގައެވެ. މި މަޝްރޫއުގެ ދަށުން، ހއ. ހޯރަފުށީގެ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 90.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އަޙްމަދު ވަހީދު
ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ހއ. ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ފިއްލަދޫ ރައްޔިތުންގެ ފަރާތުން ތައްޔާރުކުރި “ސޭވް ދައްޕަރު” ޕެޓިޝަން ރައީސް އޮފީހަށާއި، މަޖިލިސްއަށް މިއަދު ހުށަހަޅާފައިވާއިރު އެ މަސައްކަތުގައި ކުރިއަށް ދަނީ ސިޔާސީ ފިކުރު އެކަހެރިކޮށް ރަށުގެ ކުރިމަގަށްޓަކައި އެއްބައިވަންތަ ރޫހެއްގައެވެ. ފިއްލަދޫ ރައްޔިތުންގެ ފަރާތުން މިއަދު ހުށަހެޅި ޕެޓިޝަންގައި އެދިފައި ވަނީ ކުރިން އޮތްގޮތަށް ދައްޕަރަކީ ފިއްލަދޫ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި އޮތް ތަނެއް ގޮތު...
ޙުސައިން ޝަހުދީ
ދުނިޔޭގެ އެންމެ ލަގްޒަރީ ރިސޯޓުތަކުގެ ލިސްޓުގައި ރާއްޖޭގެ 2 ރިސޯޓެއް ހިމެނިއްޖެއެވެ. ދުނިޔޭގެ 18 ހޮޓަލެއް ހިމެނިފައިވާ މިލިސްޓުގެ 5 ވަނަ އަދި 9 ވަނައިގައި ރާއްޖޭގެ ރިސޯޓްތައް ވަނީ ހިމެނިފައެވެ. މިގޮތުން 5 ވަނައިގައި ކޮންޑްރެޑް މޯލްޑިވްސް ރަންގަލި ރިސޯޓް ހިމެނިފައިވާއިރު، އަދި 9 ވަނައިގައި އޮތީ އަމިއްލަ މޯލްޑިވްސް ރިސޯޓްއެވެ. މި ލިސްޓްގެ 3 ވަނައިގައި އޮތް ކޮންޑްރެޑް މޯލްޑިވްސްއާއި ބެހޭ ގޮތުން ރިޕޯޓްގައި ފާހަގަކޮށްފައިވަނީ، އެރިސޯޓްގައި ކަނޑުގެ އަޑީގައި އިމާރާތްކޮށްފައިވާ ރެސްޓޯރެންއެވެ. އަދި […]
އަޒްފާ ރަޝީދު
ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ހއ. ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ފިއްލަދޫ ރައްޔިތުންގެ ފަރާތުން ތައްޔާރުކުރި “ސޭވް ދައްޕަރު” ޕެޓިޝަން ރައީސް އޮފީހަށާއި، މަޖިލިސްއަށް މިއަދު ހުށަހަޅައިފި އެވެ. މި ޕެޓިޝަންގައި ފިއްލަދޫގެ 467 ރައްޔިތަކު ސޮއިކޮށްފަވެއެވެ. މި ޕެޓިޝަން އަކީ ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ދަށުން އެރަށާއި ގުޅިފައިވާ ދައްޕަރު ވަކިކުރުމާއި ގުޅިގެން އެ ނިންމުން ބާތިލުކޮށް އަލުން ދައްޕަރު ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ދަށަށް ގެނައުމަށް އެދި ހުށަހަޅާ...
އަޙްމަދު އަރުޝަމް
ށ. މާއުނގޫދޫގައި އަންނަ އޮކްޓޯބަރު މަހު “ފެހުމުގެ އެޑްވާންސް ކޯހެއް’ ފަށަން ނިންމައިފިއެވެ. މި ކޯހަކީ މާއުނގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ. އަދި މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އެ ކޮމިޓީން މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން، ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ހިނގާ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ 14:00 ކުރިން ބައިވެރިވާން އެދޭ ފޯމު ފުރުމަށްފަހު އެރަށު ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް […]
އަޙްމަދު އަރުޝަމް
ހއ. އިހަވަންދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކޮށްދެން ބޭނުންފަރާތްތަކަށް، ކޮންސެޕްޓް ހުށަހެޅުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފި އެވެ. އިހަވަންދޫ ކައުންސިލުން ނެރުއްވި އިއުލާނެއްގައި ވާގޮތުން އެރަށު ބަނދަރު ސަރަޙައްދު ހިލޭ ސާބަހަށް ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދިނުމަށް އެދި ބައެއް ފަރާތްތަކުން ދަނީ ޝައުޤުވެރިކަން ފާޅުކުރަމުންނެވެ. އެހެންކަމުން އެކައުންސިލުން ވަނީ އެ ރަށުގެ ބަނދަރު ސަރަޙައްދު ޑިޒައިންކޮށް ދޭން ބޭނުންވާ ފަރާތްތަކަށް، ކޮންސެޕްޓް ހުށަހެޅުމުގެ ފުރުޞަތު ހުޅު...
އަޙްމަދު އަރުޝަމް
ކޯވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި ރާއްޖެއިން ކާމިޔާބީއާ ހަމައަށް އާދެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އ.ދ. ގެ މައި އިދާރާގައި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ އިއްޔެ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވ...
ޔުމްނާ ޢަލީ
ސްޕޭންގެ ރަށް ބޭރުގައި އޮންނަ ލަ ޕާމާ ކިޔާ ރަށުގައި އަލިފާން ފަރުބަދައެއް ގޮވައި 5000 ހެއްހާ މީހުންގެ ގެދޮރަށް ގެއްލުންވެ ހާލުގައި ޖެހިއްޖެއެވެ. އަލިފާން ފަރުބަދަ ގޮވި ބާރުމިނުގައި ވިއްސައިގެން ދިޔަ ބޮޑެތި އަލިފާން ގަނޑުތައް މީހުން ދިރިއުޅޭ ގެތަކުގެ މައްޗަށް ވެއްޓެމުން އަންނަކަމަށް ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފަވެއެވެ. އެހިސާބުގައި ގިނަ އަދަދަކަށް އަލިފާން ފަރުބަތައް ގޮވަމުން އަންނަކަމަށާއި 5000 އެއްހާ މީހުން ހާލިގައި ޖެހި ރައްކާތެރި ހިސާބުތަކަށް ގެންސިއުމުގެ މަސައްކަތް ކުރަމުން އަންނަ...
އަޒްފާ ރަޝީދު