ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމެމުންދާއިރު، ޖޯން އާރިއަސް ކާމިޔާބުކޮށްދިން ލަނޑާއެކު 1-0 އިން ގާނާ ބަލިކޮށް ކޮލަމްބިއާ މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފިއެވެ. އެރޯހެޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން މޮޅުވުމާއެކު، ކޮލަމްބިއާ ދެން ބައްދަލުކުރާނީ އަންގާރަ ދުވަހު ވެންކޫވަރުގައި ސްވިޒަލޭންޑާއެވެ. މެޗުގެ ކުރީކޮޅު ކޮލަމްބިއާގެ ފޯވާޑް ޖޯން ކޯޑޯބާގެ އުކުޅުވަޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުގައި ކުޅެން އެރި ލުއިސް ސުއަރޭޒް ވަނީ މެޗުގެ އޮއިވަރު ބަދަލުކޮށްލާފައެވެ. މެޗުގެ […]
އަޙްމަދު ވަހީދު
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވޯލްޑް ކަޕްގައި އޭނާގެ 20 ވަނަ ލަނޑު ކާމިޔާބުކޮށް، ޖެހިޖެހިގެން އަށް މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ. މި ލަނޑާއެކު މެސީ ވަނީ މިއަހަރުގެ ގޯލްޑަން ބޫޓް ރޭހުގެ ކުރި ހޯދާފައެވެ. ކޭޕް ވާޑްއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުގެ 29 ވަނަ މިނެޓުގައި މެސީ ޖެހި ލަނޑަކީ ވޯލްޑް ކަޕް ތާރީޚުގައި އޭނާ ކާމިޔާބުކުރި 20 ވަނަ ލަނޑެވެ. މިއާއެކު އޭނާ ވަނީ ފްރާންސްގެ ކީލިއަން އެމްބާޕޭއަށްވުރެ ދެ […]
އަޙްމަދު ވަހީދު
ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ އަތުން 3-2 އިން ބަލިވެ، ކޭޕް ވާޑުން މި މުބާރާތުގައި ދެއްކި ތާރީޚީ ކުޅުމަށް ނިމުން އަތުވެއްޖެއެވެ. އިތުރު ވަގުތުގެ ދެވަނަ ހާފާ ހަމައަށް ލިއޮނަލް މެސީ އާއި އާޖެންޓީނާ ހާސްކަމެއްގެ ތެރެއަށް ވައްޓާލި މި މެޗަކީ ފުޓްބޯޅައިގެ ތާރީޚުގައި ފެނުނު އެންމެ ހައިރާންކުރުވަނިވި އެއް ކުރިމަތިލުމެވެ. ކޭޕް ވާޑްގެ 40 އަހަރުގެ ގޯލްކީޕަރު ވޮޒީނިއާ ވަނީ މި މެޗުގައި މެސީގެ ނުރައްކާތެރި ހަތަރު […]
އަޙްމަދު ވަހީދު
ވޯލްޑް ކަޕްގެ ގަދަ 16 ގައި އަންނަ އާދީއްތަ ދުވަހު މެކްސިކޯ އާއި އިންގްލެންޑް ބައްދަލުކުރާ މެޗު ކުޅޭ ވަގުތު، މެކްސިކޯ ސިޓީއަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ، މެޗު ކުރިން ތާވަލުކުރި ވަގުތަށްވުރެ އަވަސްކުރުމަށް ފީފާއިން މަޝްވަރާ ކުރަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ. މެކްސިކޯގެ އަޒްޓެކާ ސްޓޭޑިއަމްގައި ހޯމަ ދުވަހު ރާއްޖެ ގަޑިން ހެނދުނު 6:00 ގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު އަވަސްކުރުމުގެ ފުރުސަތު އޮތްކަމަށް، މިކަމުގެ މަޢުލޫމާތު ހުރި ފަރާތަކުން ބޭރުގެ ބައެއް ނޫސްތަކަށް […]
އަޙްމަދު ވަހީދު
ވޯލްޑް ކަޕްގެ ގަދަ 16 އިން ޖާގަ ހޯދުމަށް އާޖެންޓީނާއިން ކުރި މަސައްކަތުގައި، ކޭޕް ވާޑާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 3-2 އިން ކާމިޔާބުކޮށް ޑިފެންޑިންގ ޗެމްޕިއަނުން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. ސައުތު ފްލޮރިޑާގައި ކުޅުނު މި މެޗުގައި ކޭޕް ވާޑުން ވަނީ ދުނިޔޭގެ ޗެމްޕިއަނުން ހައިރާންކޮށްލާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި އާޖެންޓީނާ މޮޅުވީ 111 ވަނަ މިނެޓުގައި ކޭޕް ވާޑްގެ […]
އަޙްމަދު ވަހީދު
ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި އަލަށް ވާދަކުރި މިސްރުން، ޕެނަލްޓީ ޝޫޓްއައުޓްގައި 4-2 އިން އޮސްޓްރޭލިއާ ބަލިކޮށް މުބާރާތުގެ ކުރިއަށް އޮތް ބުރަށް ދަތުރުކޮށްފިއެވެ. ހުކުރު ދުވަހު ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. މިސްރަށް ގަދަ 16 ކަށަވަރުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހުސާމް އަބްދުލްމަޖީދެވެ. މިސްރުން ޖެހި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބު ކުރިއިރު، އޮސްޓްރޭލިއާއިން އިތުރު ވަގުތުގެ ފަހުކޮޅު ކީޕަރު ބަދަލުކޮށް މެތިއު […]
އަޙްމަދު ވަހީދު
ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، މި ފަހަރުގެ ވޯލްޑް ކަޕްގެ ގޯލްޑަން ބޫޓަށް ކުރާ އުންމީދާއެކު މިއަދު އަލުން ދަނޑަށް ނުކުންނާނެއެވެ. މުބާރާތުގެ ގަދަ 32 ގެ ބުރުގައި އާޖެންޓީނާ ނުކުންނާނީ ކޭޕް ވާޑްއާ ދެކޮޅަށެވެ. މިހާތަނަށް މެސީ ވަނީ މި މުބާރާތުގައި 6 ލަނޑު ޖަހާފައެވެ. މިއީ ފްރާންސްގެ ކީލިއަން އެމްބާޕޭއާ އެއްވަރަށް، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ […]
އަޙްމަދު ވަހީދު
އާޖެންޓީނާގެ ވެރިރަށް ބުއެނޯސް އައިރެސްގެ މަގުތަކުން މިދުވަސްވަރު ފެންނަނީ ތަފާތު މަންޒަރެކެވެ. އެ ގައުމުގެ ގައުމީ ޓީމުގެ ޖާޒީގައި 13 ކުއްތާއެއް މަގުތަކުގައި ހިނގާބިނގާވެ އުޅޭ މަންޒަރަކީ މިހާރު އެ ސިޓީގެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ކަމެކެވެ. މިއީ ވޯލްޑް ކަޕްގެ ފޯރީގައި އެ ގައުމުގެ ކުއްތާ ބަލަހައްޓާ މީހަކު އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. އުމުރުން 33 އަހަރުގެ ނަހުއެލް މެނެގިނީ، ނުވަތަ އާންމު ނަމުން ނަމަ “ނާނޯ” އަކީ މި ކުއްތާތަކުގެ ބެލެނިވެރިޔާއެވެ. އޭނާ […]
އަޙްމަދު ވަހީދު
ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އާ އިސްލާހެއްގެ ދަށުން، މުވައްޒަފުންނަށް ދިމާވާ ޚާއްސަ ހާލަތްތަކާ ގުޅިގެން ރަސްމީ ގަޑިއަށް އޮފީހަށް ހާޒިރުނުވެވޭ ހާލަތްތަކުގައި 30 މިނެޓުގެ ބަފަ ޓައިމެއް ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ. ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އާ އިސްލާހްގައިވާ ގޮތުން، ބަފަ ޓައިމް ބޭނުންކުރާ މުވައްޒަފުން އެކަން ސަބަބާއެކު އެ އިދާރާއެއްގެ އެޗްއާރު ސެކްޝަނަށް އަންގަންޖެހޭނެއެވެ. އަދި އޮފީހަށް ހާޒިރުވާ ގަޑި ލަސްވާ މިންވަރަށް ބަލައި، އެ ދުވަހަކު އޮފީސް ނިމޭ ގަޑިވެސް އެ މިންވަރަށް […]
ޝިއުނާ އާދަމް
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އަތުން 2-1 އިން ޕޯޗުގަލް މޮޅުވެ، މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރުމާ ގުޅިގެން ކެނެޑާގެ ޓޮރޮންޓޯގައި ތިބި އެތައް ހާސް ސަޕޯޓަރުންނެއް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މި މެޗަށްފަހު، ޕޯޗުގަލް ޓީމު މަޑުކޮށްގެން ތިބި ޑެލްޓާ ހޮޓާ ކައިރިއަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވެ، ރޮނާލްޑޯގެ ނަމުން ގޮވައި އުފާފާޅުކޮށްފައިވެއެވެ. މި މެޗުގައި އުމުރުން 41 އަހަރުގެ ރޮނާލްޑޯ […]
އަޙްމަދު ވަހީދު
ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި މިސްރުން އަލަށް ވާދަކުރާ މެޗުގައި، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަރި މުހައްމަދު ސަލާހު ފެނިދާނެ ކަމުގެ އުންމީދު އެގައުމުން ފާޅުކޮށްފިއެވެ. ހޭމްސްޓްރިންގް އަނިޔާއެއްގައި ހުރި ސަލާހު، އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ ގަދަ 32 ގެ މެޗުގައި ފެންނާނެ ކަމަށް މިސްރުން އުންމީދު ކުރި ނަމަވެސް، އޭނާ ފުރަތަމަ އެގާރައިގައި ހިމެނޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ކޯޗު ހުސާމް ހަސަން ވަނީ ބުނެފައެވެ. މިސްރުގެ ކޯޗު ހުސާމް ހަސަން […]
އަޙްމަދު ވަހީދު
ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ މަގާމު ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ކަނޑައަޅައިފިއެވެ. އެލްޖީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޝުޖާއު އަލީ މިއަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވުމަށްފަހު، ދައުރުގެ ތެރޭގައި އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި 19 މޭ 2024 ގައި އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވެފައިވާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ. އިދާރީ ދާއ...
ޔުމްނާ ޢަލީ
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ސައުތު ކޮރެއާ ޓީމަށް ދިމާވި ނާކާމިޔާބީއާ ގުޅިގެން ސަޕޯޓަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ ކުރިމަތިވަމުން އަންނަ ބިރުދެއްކުމާއި ފުރައްސާރައަށް ކެތް ނުކުރެވިގެން އެ ގައުމުގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ހޮންގް މިއުންގް-ބޯ، އޭނާގެ ރައްކާތެރިކަމަށްޓަކައި ގައުމު ދޫކޮށް ފުރައިފިއެވެ. އެމްބީސީ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ފުރާފައިވަނީ އިންޗިއޮން އެއާޕޯޓުން އެމެރިކާގެ ލޮސް އެންޖެލިސް އަށެވެ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކޮރެއާ ކެޓުމާ ގުޅިގެން މަގާ...
އަޙްމަދު ވަހީދު
ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުން ޖާގައެއް ކަށަވަރު ކުރުމަށްޓަކައި، ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ އާއި ލިއޮނަލް މެސީ މިރޭ ފްލޮރިޑާގެ މިއާމީ ގާޑަންސްގައި ކޭޕް ވާޑްއާ ދެކޮޅަށް ނުކުންނާނެއެވެ. މި މުބާރާތުގައި މިހާތަނަށް އެންމެ ބޮޑު ވިދުމެއް ދައްކަމުން އަންނަ މެސީ ވަނީ މިހާތަނަށް 6 ލަނޑު ޖަހާފައެވެ. މިއީ ފްރާންސްގެ ކީލިއަން އެމްބާޕޭއާ އެއްވަރުގެ އަދަދެކެވެ. މެސީ މިހާރު ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް […]
އަޙްމަދު ވަހީދު
ޓޮރޮންޓޯ ސްޓޭޑިއަމްގައި ބުރާސްފަތި ދުވަހު ކުޅުނު ވޯލްޑް ކަޕްގެ ފޯރިގަދަ މެޗުގައި 2-1 އިން ކްރޮއޭޝިއާ ބަލިކޮށް، ޕޯޗުގަލް މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރި މެޗު ނިމިގެންދިޔައީ ކްރޮއޭޝިއާއިން މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގައި ޖެހި ލަނޑެއް ވީއޭއާރުން އޮފްސައިޑް ކަމަށް ނިންމުމާ ގުޅިގެން އުފެދުނު ބޮޑު ހައިޖާނެއްގެ ތެރޭގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 މިނެޓުގެ ތެރޭގައި ގިނަ ހާދިސާތަކެއް ހިނގާފައިވެއެވެ. 94 ވަނަ މިނެޓުގައި ރަފައެލް […]
އަޙްމަދު ވަހީދު
މަތިމަތިން ކަމެއް ކޮށްލައިގެން ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ޙައްލު ނުކުރެވޭނެ ކަމަށާއި، އެ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަނީ މާނަހުރި ގޮތެއްގައި އޭގެ އަސްލު ސަބަބުތަކަށް އަމާޒުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މިއަދު ޝާއިޢުކުރެވުނު “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދުގެ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްތުވާތ...
ޝިއުނާ އާދަމް
ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި ސްވިޒަލޭންޑް އަތުން 2-0 އިން ބަލިވެ އަލްޖީރިއާ މުބާރާތުން ކެޓުމާ ގުޅިގެން، އެ ގައުމުގެ ތަރި ރިޔާދު މަހްރޭޒް ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކުރިކަން އިއުލާންކޮށްފިއެވެ. އިނގިރޭސި ޕްރިމިއާ ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައިވާ މަހްރޭޒް މި ނިންމުން ނިންމީ ބުރާސްފަތި ދުވަހު ކުޅުނު މެޗަށްފަހުއެވެ. މެޗަށްފަހު ވާހަކަދައްކަމުން މަހްރޭޒް ބުނީ، ކެރިއަރުގައި ރަނގަޅު ވަގުތުތަކާއި އުނދަގޫ ވަގުތުތައް ވެސް ކުރިމަތިވި ކަމަށާއި އެއީ ކެރިއަރުގެ ބައެއް ކަމަށެވެ. “ނަމަވެސް […]
އަޙްމަދު ވަހީދު
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި ކްރޮއޭޝިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޕެނަލްޓީ ޖެހުމުގެ ކުރިން “ބިސްމިﷲ” ކިޔާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ފެށިއްޖެއެވެ. ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރޮނާލްޑޯ ޕެނަލްޓީ ޖެހުމުގެ ކުރިން އޭނާގެ ތުންފަތް ހަރަކާތްކުރި ގޮތުން ގިނަ ބަޔަކު ގަބޫލުކުރަނީ އޭނާ އެ ލަފްޒު ބޭނުންކުރި ކަމަށެވެ. އިނގިރޭސިވިލާތުގެ ‘ދަ […]
އަޙްމަދު ވަހީދު