ރިޝްވަތުދިނުމާއި، ރިޝްވަތުގައި ހިފުމަކީ ލަޢުނަތްލެއްވިގެންވާ ބޮޑު ފާފައެއްކަން މިއަދުގެ ހުކުރު ހުޠުބާގައި ހަނދާންކޮށްދީފިއެވެ. ”ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތެރިކަން” މި މައުޟޫއަށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިން ހުތުބާގައި ބުނެފައިވަނީ، މުޖުތަމަޢުގައި ފެތުރިފައިވާ ކޮރަޕްޝަނުގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ރިޝްވަތު ކަމަށެވެ. ރިޝްވަތަކީ ޙައްޤުނޫން އެއްޗެއް ހޯދުމަށް ނުވަތަ ބާޠިލުކަމެއް ޙައްޤުކަމަކަށް ހެދުމަށް ދެވޭ ކޮންމެ އެއްޗެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، ރިޝްވަތުދޭ މީހާއާ...
އަލީ އާދިލް
ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި އަލްޖީރިއާ އަތުން 2-0 އިން މޮޅުވެ، ސްވިޒަލޭންޑުން މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ސްވިޒަލޭންޑްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ބްރީލް އެމްބޯލޯ އާއި ޑެން އެންޑޯއީ އެވެ. މިއީ 1938 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ނޮކައުޓް މެޗަކުން ސްވިޒަލޭންޑް މޮޅުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބޭއްވި ތިން ވޯލްޑް ކަޕްގައި ވެސް އެ ޓީމު ގަދަ 16 އަށް […]
އަޙްމަދު ވަހީދު
ވޯލްޑް ކަޕްގެ ގަދަ 16 ގައި ކޮންގޯ ކުޅުނު މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޓީމުގެ ކޯޗު ސެބަސްޓިއަން ދެސާބްރޭގެ ބައްޕަ މަރުވެއްޖެކަމަށް ޚަބަރު ލިބުމުން އޭނާއަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ޚަބަރު އާންމުކޮށްފައިވަނީ ބުދަ ދުވަހު އިންގްލެންޑް އަތުން 2-1 އިން ބަލިވެ، ކޮންގޯ މުބާރާތުން ކެޓި މެޗަށްފަހުގައެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދީ ނިމުނުތަނާހީ، ޓީމުގެ ތަރުޖަމާނު ފަރަންސޭސި ބަހުން ވަނީ ކޯޗުގެ ބައްޕަ މި ދުނިޔެއާއި ވަކިވެފައިވާކަމަށް ބުނެ، ކޯޗަށް ތައުޒިޔާ ކިޔާފައެވެ. […]
އަޙްމަދު ވަހީދު
ހއ. އުތީމުގައި ރާވެރިކަން އާލާކުރުމަށް އެރަށު ކައުންސިލުން މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފެށުމުގެ ގޮތުން ކައުންސިލުން ވަނީ ފުރަތަމަ ތިން މަސްދުވަހުގެ މުއްދަތަށް ބަންޑާރަ ރުއްތަކެއް ހިލޭ ދޫކޮށްފައެވެ. އަދި މިހާރު ވަނީ ދާއިމީކޮށް އެ މަސައްކަތް ކުރުމަށް އެ ރަށު ރައްޔިތަކަށް ރުއް ދޫކުރަން ފަށާފައެވެ. އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، އުތީމަކީ ތާރީޚީ ގޮތުން މުއްސަނދިރަށަކަށްވެފައި، ރާވެރިކަންފަދަ ދިވެހިވަންތަ މަސައްކަތެއް އާލާކޮށް ދިރުވުވުމަކީ މުހިންމު ކަމެއ...
ޝިއުނާ އާދަމް
ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަކުރި ބުރުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ މެޗުން ކްރޮއޭޝިއާ 2-1 އިން ބަލިކޮށް، ޕޯޗުގަލް މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ގޮންޒާލޯ ރާމޯސް ބޮލުން ޖެހި ލަނޑުން ޕޯޗުގަލް މޮޅުވިއިރު، މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގައި ކްރޮއޭޝިއާ އިން ޖެހި ލަނޑެއް އޮފްސައިޑް ކަމަށް ނިންމުމުން މެޗު ނިމުނީ ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައެވެ. މި މެޗަކީ ދުނިޔޭގެ ފުޓްބޯޅައިގެ ދެ […]
އަޙްމަދު ވަހީދު
ވޯލްޑް ކަޕްގެ ތާރީޚުގައި ލަނޑެއް ނުވަދެ އެންމެ ގިނަ ވަގުތު ގޯލް ބެލެހެއްޓުމުގެ 36 އަހަރުވީ ރެކޯޑު ސްޕެއިންގެ ކީޕަރު އުނާއި ސިމޯން މުގުރާލައިފިއެވެ. ސިމޯން މި ރެކޯޑު ގާއިމްކުރީ މި ފަހަރުގެ ވޯލްޑް ކަޕްގައި އޮސްޓްރިއާ އަތުން 3-0 އިން ސްޕެއިން މޮޅުވި މެޗުގައެވެ. މިއީ މި މުބާރާތުގައި އޭނާ ބައިކޮޅަށް ލަނޑެއް ނުވަދެ ނިންމާލި ޖެހިޖެހިގެން ހަތަރުވަނަ މެޗެވެ. ވޭތުވެދިޔަ ދެ ވޯލްޑް ކަޕަށް ބަލާއިރު ސިމޯން ވަނީ ޖުމްލަ 519 މިނެޓު ވަންދެން […]
އަޙްމަދު ވަހީދު
ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި އޮސްޓްރިއާ އަތުން 3-0 އިން ސްޕެއިން މޮޅުވި މެޗުގައި، އެ ޓީމުގެ ޒުވާން ތަރި ލަމީން ޔަމާލް ލަނޑެއް ނުޖެހި ނަމަވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި އިދިކޮޅު ޓީމަށް ބޮޑު ނުރައްކަލެއް ކުރިމަތިކޮށްފައެވެ. އުމުރުން 18 އަހަރުގެ ވިންގަރު ދަނީ އަނިޔާއަށްފަހު އޭނާގެ އެންމެ މޮޅު ކުޅުމަށް އެނބުރި އައުމަށް މަސައްކަތް ކުރަމުންނެވެ. ސޯފައި ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޔަމާލް ވަނީ އޮސްޓްރިއާގެ ޑިފެންސް ފޫއަޅުވާލުމަށްފަހު ހަ […]
އަޙްމަދު ވަހީދު
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ރޭ ޝަރަފްވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތަކީ ރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރުން ރަސްމީކޮށް މި ދުވަސް ފާހަގަކުރަން ފެށި ފުރަތަމަ ފަހަރެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ އޭޝިއާ ޕެސިފިކް ރީޖަން އޮފް ވޯލްޑް އެސޯސިއޭޝަން އޮފް ގަރލްގައިޑްސް އެންޑް ގަރލް ސްކައުޓްސް (ވެގްސް) އިން ދެއްވާ ޝަރަފުވެރި އެ...
ޔުމްނާ ޢަލީ
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، ނޮކްއައުޓް ބުރުގެ ފުރަތަމަ މެޗުގައި އޮސްޓްރިއާ 3-0 އިން ބަލިކޮށް ސްޕެއިން އިން އެޓީމުގެ ވަރުގަދަކަން ދައްކާލައިފިއެވެ. މިއީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ފަހުން ނޮކްއައުޓް ބުރެއްގައި ސްޕެއިން ހޯދި ފުރަތަމަ މޮޅެވެ. ލޮސް އެންޖެލިސްގެ ސޯފައި ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސްޕެއިންގެ މިކޭލް އޮޔާޒަބާލް ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި […]
އަޙްމަދު ވަހީދު
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ޖަރުމަނު ކެޓުމާ ގުޅިގެން، އެ ޓީމުގެ ކޯޗު ޖޫލިއަން ނާގަލްސްމަންގެ މުސްތަގުބަލާ މެދު ސުވާލު އުފެދި، ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާއާ ބައްދަލުކޮށްފިއެވެ. ބުރާސްފަތި ދުވަހު ފެޑެރޭޝަނުގެ މައި މަރުކަޒުގައި ބޭއްވި މި ކުއްލި ބައްދަލުވުމަކީ ޓީމުގެ ދަށް ނަތީޖާތަކާ ގުޅޭގޮތުން ޖަވާބުދާރީވުމަށް ބޭއްވި ބައްދަލުވުމެކެވެ. މިދިޔަ ހޯމަ ދުވަހު ނޮކްއައުޓް ބުރުގައި ޕެނަލްޓީ ޖަހައިގެން ޕެރަގުއޭ އަތުން ބަލިވުމާ ގުޅިގެން ނާގަލްސްމަންއަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ....
ޔުމްނާ ޢަލީ
އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ގާޒާގައި ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ކުޅަދާނަ ގޯލްކީޕަރު ސަލީމް އަލްއަޝްގަރު ޝަހީދުކޮށްލައިފި ކަމަށް ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން ހާމަކޮށްފިއެވެ. ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އަލްއަޝްގަރު ޝަހީދުވީ އިސްތިއުމާރީ ބާރުތަކުން ދިން ބަޑީގެ ހަމަލާތަކެއްގައެވެ. ޕީއެފްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ކުރިއަށްގެންދާ ގަތުލުއާންމުގައި މިހާތަނަށް ފަލަސ...
އަލީ އާދިލް
ފަލަސްތީނަށް އެހީވުމަށް 50,000 އެމެރިކާ ޑޮލަރުގެ އެހީ ދިވެހިރާއްޖެއިން ނިންމާފައިވާކަން މިއަދު ޢިއުލާންކޮށްފިއެވެ. މި އެހީގެ ވައުދު އިއުލާނުކުރެއްވީ އދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. އދ. ގެ ހެޑްކުއާޓާޒްގައި 1 ޖުލައި 2026 ގައި ބޭއްވި ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓީނިއަން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ) ގެ ޕްލެޖިން ކޮންފަރެންސްގައި، މި އެހީ ޢިއުލާންކުރަށްވަމުން ޑރ. އަލީ ނަސީރު ވިދާޅުވީ ޔޫއެންއާރުޑަބްލިއުއޭ އަށް...
ޝިއުނާ އާދަމް
މޮރޮކޯގެ ގައުމީ ޓީމާއި މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ނުސައިރު މަޒްރައުއީ އަކީ އޭނާގެ މަޑުމައިތިރި މިޒާޖާއި، ދީނީ ކަންކަމަށް ބަހައްޓާ އަހައްމިއްޔަތުކަމުގެ ސަބަބުން ސަޕޯޓަރުންގެ މެދުގައި “އަލް-ޙައްޖު” ގެ ނަމުން މަޝްހޫރުވެފައިވާ ކުޅުންތެރިއެކެވެ. ފުޓްބޯޅައިގެ ކާމިޔާބު ކެރިއަރަކާއެކު އޭނާއަކީ ކީރިތި ގުރުއާނަށް ލޯބިކުރާ، ދީނީ ކަންކަމަށް ބޮޑު ސަމާލުކަމެއްދޭ ޒުވާނެކެވެ. މަޒްރައުއީ އުފަންވީ 1997 ވަނަ އަހަރު ނެދަލޭންޑްސްގެ ލެއިޑްރެލްޑޯޕް އަށެވެ. އޭނާގެ އާއިލާއަކީ މޮރޮކޯގެ އުތުރު ސަރަހައްދަށް ނިސްބަތ...
އަޙްމަދު ވަހީދު
ހދ. އަތޮޅުގެ ތަރައްޤީއާއި ރަށްރަށުގެ ރައްޔިތުންގެ ކުރިއެރުމަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި، އެ އަތޮޅުގެ ހުރިހާ ރަށްތަކެއް ތަމްސީލުވާނެ ފަދަ ބޯޑެއް އުފެއްދުމަށް މިއަދު ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ކުޅުދުއްފުށީ ސިޓީގެ މޭޔަރާއި ހދ. އަތޮޅުގެ ރަށްރަށުގެ ކައުންސިލް ރައީސުންނާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް އިސްނަންގަވައިގެން މިއަދު ވަނީ ހދ. އަތޮޅުގެ ނުވަ ރަށެއްގެ ރައީސުންނާއި ބައްދަލުކު...
ޔުމްނާ ޢަލީ
ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި ބެލްޖިއަމް އަތުން ބަލިވެ ސެނެގާލް މުބާރާތުން ކެޓުމާ ގުޅިގެން، އެ ޓީމުގެ މިޑްފީލްޑަރު ޕާޕޭ ގޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. އޭނާ ބުނީ މިހާރު ތިބި ކޯޗިން ސްޓާފުން މަގާމުގައި ތިބިހާ ހިނދަކު ދެން ގައުމީ ޓީމުން ނުފެންނާނެ ކަމަށެވެ. ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުގެ 85 ވަނަ މިނެޓާ ހަމައަށް ސެނެގާލް އޮތީ 2-0 އިން ކުރީގައެވެ. ނަމަވެސް، މެޗުގެ 90 މިނެޓު ހަމަވުމުގެ ކުރިން […]
އަޙްމަދު ވަހީދު
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 20 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރެއްވުމާއެކު އެ ޤާނޫނަށް ޢަމަލުކުރަން ފަށައިފިއެވެ. މި އިޞްލާޙަކީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ. މި ގެނެވުނު ބަދަލާއެކު، ސިނގިރޭޓާއި، ބިޑި އަދި ހީޓަޑް ޓޮބޭކޯ އުފެއްދުންތަކުން މީގެކުރިން ނަގަމުން އައި 8 ރުފިޔާގެ ޑިއުޓީ ވަނީ 4 ރުފިޔާއަށް ކުޑަކޮށްފައެވެ. މީގެ އިތުރުން، މިފަދަ ތަކެތީގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގަ...
ޔުމްނާ ޢަލީ
އިރާގުގެ މިހާރުގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ފަށާފައިވާ ވަރުގަދަ އޮޕަރޭޝަނެއްގެ ދަށުން، ގާނޫނު ހަދާ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ހައްޔަރުކޮށްފިއެވެ. ޖޫން 28، 2026 ހިސާބުގައި ފެށުނު މި އޮޕަރޭޝަނުގައި މިހާތަނަށް 60 އަށްވުރެ ގިނަ މީހުން ބަންދުކޮށްފައިވާއިރު، މީގެ ތެރޭގައި ނުފޫޒުގަދަ ސިޔާސީ ބޭފުޅުންނާއި ބިއުރޯކްރެޓުން (ބިއުރޯކްރެޓުންނަކީ ސަރުކާރެއް ނުވަތަ ބޮޑު ޖަމާއަތެއްގެ އިދާރީ އޮނިގަނޑުގެ ތެރޭގައި މަސައްކަތްކުރާ، ސިޔާސަތުތައް ތަންފީޒުކުރުމާއި ދުވަ...
ނާޒިމާ އަލީ
ހުޅުމާލޭ ފޭސް 1 ގެ 110 ވަނަ ފްލެޓްގެ ގްރައުންޑް ފްލޯގައި ހުރި އެޕާޓްމަންޓެއްގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައި، ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 ޖުލައި 2 ވަނަ ދުވަހުގެ ދަންވަރު 01:07 އެހައިކަންހާއިރުއެވެ. މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ހުޅުމާލެ ފަޔަރ ސްޓޭޝަނަށް މި މައުލޫމާތު ލިބުނީ ރޭ 01:10 ހާއިރު ކަމަށެވެ. ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި […]
ޔުމްނާ ޢަލީ