އޮސްޓްރޭލިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް ޓެޓޭ ޔެންގީ އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ދީނީ ދަތުރުގެ ވާހަކަތައް ހިއްސާކޮށްފައިވާއިރު، މިއީ މިހާރު މީސް މީޑިއާގައި އެންމެ ބޮޑަށް ވައިރަލްވެފައިވާ އެއް ވާހަކައެކެވެ. މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ ތަމްސީލުކުރި ޔެންގީ ވަނީ ކިއުއެލްބީ ސްޓޫޑިއޯސް އަދި ނުޖޫމް ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި އޭނާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ގަބޫލުކުރި ދުވަހު ކަން ހިނގިގޮތް ކިޔައިދީފައެވެ. ޔެންގީ ކިޔައިދިން ގޮތުގައި އޭނާ އިސްލާމްދީން ގަބޫލު...
އަޙްމަދު ވަހީދު
އީރާނުގެ ކުރީގެ ރޫހީ މުރްޝިދު މަރްޙޫމް އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން ބާއްވަމުން އަންނަ ޖަނާޒާގެ ރަސްމިއްޔާތުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ ރޮއި ހަދާތީ ހައިރާންކަން ލިބިވަޑައިގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެކްސިއޯސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އީރާނުގެ ރައްޔިތުން ޚާމަނާއީ ދެކެ އިންތިހާއަށް ނަފްރަތު ކުރާ ކަމަށް މީގެ ކުރިން ހީފުޅު ކުރެއްވުނު ކަމަށެވެ. ސަރަހައްދީ ހަނގުރާމައާއި ތެހެރާންގައި ކުރިއަށްދިޔަ ޖަނާޒާގެ ކަނ...
ނާޒިމާ އަލީ
އެމެރިކާ އާއި އިސްރާއީލުން އީރާނާ މެދު ގެންގުޅޭ ދުޝްމަންކަން ދެމިއޮތްހާ ހިނދަކު، ބޭރުގެ ގައުމުތަކާއެކު ކުރެވޭ މަޝްވަރާތަކުގެ މަޅީގައި އީރާނު ނުޖެހޭނެ ކަމަށް ތެހެރާންގެ ޔުނިވަރސިޓީ އޮފް އެޕްލައިޑް ސައިންސް އެންޑް ޓެކްނޮލޮޖީގެ ޕްރޮފެސަރެއް ކަމަށްވާ މުސްތަފާ ޚޯޝްޗޭޝްމް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އީރާނުގެ ކުރީގެ ރޫހާނީ ލީޑަރ އާޔަތުﷲ ޢަލީ ހަމަނާއީގެ ޖަނާޒާގައި ބައިވެރިވި މީހުންގެ ފަރާތުން ލިބުނު މެސެޖަކީ ވަރަށް ސާފު މެސެޖެކެވެ. “އީރާނުގެ ރައްޔިތުންނަކީ ހޭލުންތެރި ބައެއް، އެމެރިކާ...
ނާޒިމާ އަލީ
ރާއްޖެއަށް އަސަރެއް ކޮށްފާނެ ބިންހެލުމެއް އަތުވެއްޖެނަމަ އެ މައުލޫމާތު ލަސްނުކޮށް އާންމުންނަށް ހިއްސާކުރަމުން ގެންދާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމްއެމްއެސް) އިން މިއަދު ބުނެފިއެވެ. އެމްއެމްއެސް އިން މިއަދު އާންމު ކުރި މައުލޫމާތެއްގައި ބުނީ ބިންހެލުންތައް ސައިންޓިފިކް ގޮތުން ކުރިއާލާ ދެނެގަނެވޭނެ އެއްވެސް ގޮތެއް އަދި ހޯދިފައެއްނުވާކަމަށެވެ. އެހެންނަމަވެސް ދިގު މުއްދަތަކަށް ބަލާއިރު ބިން ހެލުންތައް އައުން ގާތް ސަރަހައްދުތައް ސައިންސްވެރިންނަ...
ޔުމްނާ ޢަލީ
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އީރާނުގެ މަރުހޫމް ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ އާއި އޭނާގެ އާއިލާގެ ހަތަރު މެންބަރުންގެ ޖަނާޒާގެ ނަމާދުގައި އެތައް މިލިއަން ބަޔަކު ބައިވެރިވުމަށް އެއްވެއްޖެއެވެ. އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ނަމާދުގައި ބައިވެރިވުމަށް އެ ގައުމުގެ އިސްވެރިންނާއި ޚާމަނާއީގެ އާއިލާގެ ބޭފުޅުން އާދީއްތަ ދުވަހު އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައިވާއިރު، މިއީ ފެބްރުއަރީ 28 ވަނަ ދުވަހު އިޒްރޭލުން […]
ނާޒިމާ އަލީ
މިފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ގެ މުހިންމު މެޗެއްގައި އާދީއްތަ ދުވަހު އިންގްލެންޑާއި މެކްސިކޯ ބައްދަލުކުރާނެއެވެ. މެކްސިކޯގެ ތާރީޚީ އެސްޓާޑިއޯ އަޒްޓެކާގައި ކުޅޭ މި މެޗަކީ މެކްސިކޯގެ ފުޓްބޯޅަ ތާރީޚުގައިވެސް ކުޅޭނެ އެންމެ މުހިންމު އެއް މެޗެވެ. މެކްސިކޯ އިން އަމާޒު ހިފާފައިވަނީ ވޭތުވެދިޔަ 40 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމަށެވެ. މެޗުކުޅޭ އަޒްޓެކާ ދަނޑު: އިދިކޮޅު ޓީމުތަކަށް ބިރުވެރި ދަނޑެއް މެކްސިކޯގެ ގައުމީ ދަނޑު، އެސްޓާޑިއޯ އަޒްޓެކާއަކީ އިދިކޮޅު […]
އަޙްމަދު ވަހީދު
ރަށްރަށުގެ އިގްތިސާދީ ކުރިއެރުމާއި، އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ލޯކަލް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް ޚާއްސަ އޮންލައިން ވެބިނާރެއް ބޭއްވުމަށް ހއ. ދިއްދޫ ކުރިމަގު ޖަމިއްޔާއިން ނިންމައިފިއެވެ. މި ވެބިނާރްގެ މައިގަނޑު މަގްސަދަކީ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި، ރަށު ފެންވަރުގައި ހިންގާ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ބައިވެރިންނަށް ކިޔައިދިނުމެވެ. މީގެ އިތުރުން، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، ގުދުރަތީ ވަސީލަތްތ...
ޔުމްނާ ޢަލީ
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އިން މިއަދު ހުޅުވާލައިފިއެވެ. އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެންބަރު 2026 ގައި މާލޭގައެވެ. މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޒުވާން ޚަޠީބުންނާއި، މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ ފަރާތްތަކުގެ އިތުރުން ދިވެހި ޙާފިޡުންނަށެވެ. ބައިވެރިވުމުގެ ޝަރުޠުތައް މި މަހާސިންތާގައި ބައިވެ...
ޔުމްނާ ޢަލީ
7 ޖޫން 2026 ވަނަ ދުވަހުގެ އަދަދާއި ގުޅޭ: ” ރޮއިފަ ތި ހުރީ. މަށަށް ޔަޤީން.” ލީނާ ބުންޏެވެ. ” ނޫނެކޭ ބުނީމަ ދެން ޤަބޫލު ކުރަން ވީނު.” ރުންކުރު ރާގަކަށް މާޔާ އެހެން ބުނުމާއެކު ލީނާއާއި ނުހާއަށް ލިބުނީ ކުއްލި ޝޮކެކެވެ. މީގެ ކުރިން ދުވަހަކު ވެސް މާޔާ އެ ފަދަ ގޮތަކަށް އެ މީހުންނާ ވާހަކަ ދައްކާފައެއް ނުވެއެވެ. ” އޯކޭ އޯކޭ. ތިވަރު ކުރީމަ ދެން ޤަބޫލު ކޮއްފިން. ދެން ބުނެބަލަ! […]
ސަލާމާ ޢަބްދުލް ޢަލީމް
ހދ. ކުރިނބީ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ފުޓްސަލް ކޯޗިންގ ކޭމްޕެއް ބާއްވައިފިއެވެ. މި ފުޓްސަލް ކޭމްޕަކީ ކުރިނބީ ކައުންސިލާއި، ފުލުހުން އަދި އ.ތ.މ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. ޖުލައި 2 ވަނަ ދުވަހު ފަށައި ހަވީރާއި ރޭގަނޑުގެ ސެޝަންތަކާއެކު ކުރިއަށް ގެންދިޔަ މި ކޭމްޕް ނިންމައި ލީޑިންގ ކޯޗް ރިޟާ އަދި ފުލުންނަށް ހަނދާނީ ލިޔުން ހަވާލުކުރުމާއި، ބައިވެރިންގެ ފަރާތުން ހަދިޔާ ހަވާލުކުރުމަށް އިއްޔެ ވަނީ ހާއްސަ ހަފުލާއެއް ބާއްވާފައެވެ. ކުރިނބީ ކައުންސިލުން ވަނީ […]
ޔުމްނާ ޢަލީ
ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ވޯލްޑް ކަޕްގައި އޭނާގެ 19 ވަނަ ލަނޑު ކާމިޔާބުކޮށް، އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތް އާޖެންޓީނާގެ ލިއޮނަލް މެސީއާ އެއް ލަނޑަށް ގާތްކޮށްފިއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ މުބާރާތުގެ ގަދަ 16 ގައި ހޮނިހިރު ދުވަހު ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މެޗުގެ 70 ވަނަ މިނެޓުގައި އެމްބާޕޭ މި ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު، ޕެރަގުއޭގެ ޑިއޭގޯ […]
އަޙްމަދު ވަހީދު
ވޯލްޑް ކަޕްގެ ގަދަ 16 ގައި ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ލަނޑާއެކު 1-0 އިން ޕެރަގުއޭ ބަލިކޮށް، ފްރާންސް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. މިއީ ޖެހިޖެހިގެން ފްރާންސް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ހަތަރުވަނަ ފަހަރެވެ. ފިލަޑެލްފިއާގެ ލިންކަން ފައިނޭންޝަލް ފީލްޑްގައި ކުޅުނު މި މެޗުގައި ގަދަ ހޫނުގެ ސަބަބުން ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. މެޗުގެ ފިނިހޫނުމިން 100 ޑިގްރީ ފަރެންހައިޓް (38 ޑިގްރީ ސެލްސިއަސް) ގައި […]
ޔުމްނާ ޢަލީ
ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި ހޮނިހިރު ދުވަހު ކެނެޑާ އަތުން 3-0 އިން މޮޅުވެ، މޮރޮކޯ އިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. މިއާއެކު މޮރޮކޯ ވެފައިވަނީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ގައުމަށެވެ. މިއީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ އެފްރިކާ ޓީމުގެ ޝަރަފު ހޯދި މޮރޮކޯ އިން ޖެހިޖެހިގެން ކުއާޓާ ފައިނަލަށް ދަތުރުކުރި […]
އަޙްމަދު ވަހީދު
ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ދޭދޭ ގުޅުން، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އިތުރަށް ބަދަހިކުރުންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މުޢިއްޒު މި ޔަޤީންކަން ދެއްވީ އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރޭ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައެވެ. އެމެރިކާގެ ރައީސަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވި މި ސިޓީފުޅުގައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއ...
ޔުމްނާ ޢަލީ
ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ފްރާންސާއި ޕެރަގުއޭ ބައްދަލުކުރާ މެޗު ހޮނިހިރު ދުވަހު ފިލަޑެލްފިއާގައި ކުޅުމަށް ހަމަޖެހިފައިވާއިރު، އެ ސިޓީއަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން ކުޅުންތެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭކަމަށް ރިޕޯޓުތައް ބުނެފިއެވެ. މެޗު ފަށާ ވަގުތު ފިނިހޫނުމިން 100 ޑިގްރީ ފަރަންހައިޓް (38 ޑިގްރީ ސެލްސިއަސް) އަށް ވުރެ މައްޗަށް ދާނެ ކަމަށް ލަފާކުރެވޭތީ، ފީފާއިން އިތުރު ހައިޑްރޭޝަން ބްރޭކްތަކެއް ދިނުމަށް ދަނީ ވިސްނަމުންނެވެ. މި ގަދަ ހޫނުގެ ސަބަބުން ފިލ...
އަޙްމަދު ވަހީދު
މާލެ އާއި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހަ މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ ރައިވެރި ހިންގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަހައްދު ބަލައި ފާސްކުރުމަށްފަހުގައެވެ. މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މުޅިންވެސް ދިވެހި ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 30 އަހަރުގެ ދެ މީހުންނާއި، 23 އަހަރުގެ މީހަކާއި، 21 އަހަރުގެ...
ޔުމްނާ ޢަލީ
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ކުޅުނު ބުރުގައި އޮސްޓްރޭލިއާގެ މައްޗަށް މިޞްރުން ހޯދި ތާރީޚީ ކާމިޔާބީއަށްފަހު، އެ ޓީމުގެ ހެޑް ކޯޗު ޙުސާމް ޙަސަން އެ ކާމިޔާބީ ފަލަސްޠީނުގެ ރައްޔިތުންނަށް ހާއްސަކޮށްފިއެވެ. މި މޮޅާއެކު މުޅި ޢަރަބި ދުނިޔޭގައި ބޮޑު އުފާފާޅުކުރުންތަކެއް ވަނީ ފެށިފައެވެ. ޖުލައި 3 ވީ ހުކުރު ދުވަހު އެމެރިކާގެ ޑަލަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ދެ ޓީމު […]
އަޙްމަދު ވަހީދު
ހއ.ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަށް މީގެ ކުރިން ހުޅުވާލި ފުރުސަތުތަކުގެ ދަށުން އެދެވޭ ތަރުޙީބެއް ނުލިބުމުން މޮޑިއުލް ބަދަލުކޮށް އަލުން ބީލަމަށް ހުޅުވާލަން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. އަމީން މިފަދައިން ވިދާޅުވެފައި ވަނީ ކެލާ ފަޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އޮޅުން ފިލުވުމަށް ކެލާ ދާއިރާގެ މެމްބަރު ޢަބުދުﷲ ޝަރީފް ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނި...
ޔުމްނާ ޢަލީ