މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,436 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1549 ވަނަ ޞަފްޙާ

ފްރަންޓްލައިން އެލަވަންސް ގޮތުގައި 177 މިލިއަން ރުފިޔާދީފި

ފްރަންޓްލައިން އެލަވަންސް ގޮތުގައި 177 މިލިއަން ރުފިޔާދީފި

ކޯވިޑް-19ގެ ހާލަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ދެވޭ ފްރަންޓްލައިން އެލަވަންސް 177 މިލއިަން ރުފިޔާ ދޫކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާގޮތުން މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 13،052 މީހަކަށް ފްރޮންޓްލައިން އެލަވަންސް ދޫކޮށްފަ ވެއެވެ. އެ ފަރާތްތަކަށް ޖުމްލަ 177.3 މިލިއަން ރުފިޔާ ދޫކޮށްފަވެއެވެ. ފްރޮންޓްލައިން އެލަވަންސް ދެނީ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާއެވެ. އެ ކެޓަގަރީގައި ހިމެނެނީ ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތުން ބައްދަލުވެ، ފަ...

ޔުމްނާ ޢަލީ
ބޫސްޓާ ޑޯޒް ޖަހަން އެޕޮއިންޓްމަންޓަށް ހުޅުވާލައިފި

ބޫސްޓާ ޑޯޒް ޖަހަން އެޕޮއިންޓްމަންޓަށް ހުޅުވާލައިފި

ކޯވިޑް-19އިން ރައްކާތެރިވުމަށް ދެވޭ ވެކްސިންގެ ބޫސްޓާ ޑޯޒެއް ހާއްސަ ކެޓަގަރީތަކެއްގެ މީހުންނަށް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ނިންމާފައިވާ ނިންމުމުގެ ދަށުން ބޫސްޓާ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް މިރޭ ހުޅުވާލައިފި އެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ކޯވިޑް ބަލިން ދިފާޢުވުމަށްޓަކައި 2 ޑޯޒް ހަމަކޮށްފައިވާ މީހުންގެ ތެރެއިން ހާއްސަ ކެޓަގަރީތަކެއްގެ މީހުންނަށް ބޫސްޓާ ޑޯޒްއެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހާނީ ފައިޒާ ވެކްސިން ކަމަށް...

އަޒްފާ ރަޝީދު
ނައިވާދޫ ޓްރެއިނާސް ކްލަބް އެކަޑަމީ އިފްތިތާހުކޮށްފި

ނައިވާދޫ ޓްރެއިނާސް ކްލަބް އެކަޑަމީ އިފްތިތާހުކޮށްފި

ހދ. ނައިވާދޫ ޓްރެއިނާސް ކްލަބް އެކަޑަމީ އިފްތިތާހުކޮށްފި އެވެ. ނައިވާދޫގައި ދިރިއުޅޭ ސްކޫލް ކުދިންްނަށް ހާއްސަކޮށް ފަށާފައިވާ މި އެކަޑަމީ އަލަށް އިފްތިތާހުކުރުމާއި އެކު އެކަޑަމީގައި ބައިވެރިވި ހުރިހާ ކުދިންނަށް ވަނީ ފުޓްބޯޅަކުޅޭ ޖާޒީ އާއި، ބޫޓު އަދި އިސްޓާކީނު ހަދިޔާކޮށްފައެވެ. ނައިވާދޫގެ ޒުވާނުންތަކެއް އިސްނަގައިގެން އުފެއްދި ޓްރެއިނާސް ކްލަބް ރަޖިސްޓްރީކޮށްފައި ވަނީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. އެކުލަބުގެ މި އެކަޑަމީގައި 6 ކޯޗުން ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ. ކޯޗުކަން ކޮށްދިނުމަށް...

އަލީ އާދިލް
އެމްއާރްއެމްގެ އިސް މަގާމުތަކަށް މެންބަރުން އިންތިހާބުކޮށްފި

އެމްއާރްއެމްގެ އިސް މަގާމުތަކަށް މެންބަރުން އިންތިހާބުކޮށްފި

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިސްވެ އުފައްދަވާފައިވާ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އިސް މަގާމުތަކަށް މެންބަރުން އިންތިޚާބުކޮށްފިއެވެ. މިގޮތުން އޮންލައިންކޮށް މިއަދު ކުރިއަށްދިޔަ އެމްއާރުއެމްގެ ނެޝަނަލް ކޮންވެންޝަންގައި އެ ޕާޓީގެ ޒައީމަކަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިންތިޚާބު ކޮށްފައިވާއިރު، ޕާޓީގެ ރައީސަކަށް އިންތިޚާބުކޮށްފައި ވަނީ ރައީސް މައުމޫންގެ ދަރިކަލުން އަދި ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫންނެވެ. އެމްއާރުއެމްގެ ނައިބު ރައީސުންނަށް...

ޔުމްނާ ޢަލީ
އޮސްޓްރިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް

އޮސްޓްރިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް

އޮސްޓްރިއާގެ ގައުމީ އެއާލައިން، އޮސްޓްރިއަންގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމައިފިއެވެ. އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ ދަތުރުތައް މި މަހުގެ 21ވަނަ ދުވަހު ފަށާނެ ކަމަށެވެ. އެގޮތުން ހަފުތާއަކުނ 3 ދުވަހު ރާއްޖެއަށް ދަތުރު ކުރާނެ ކަމަށް އެއާލައިނުން ބުންޏެވެ. އޮްސްޓްރިއަން އިން ރާއްޖެއަށް ދަތުރު ފަށަނީ އެ ގައުމުގެ ފިނިމޫސުމާ ދިމާކޮށް ގިނަ ބަޔަކު ޗުއްޓީހޭދަ ކުރަން ބޭނުންވާތީއެވެ. ރާއްޖެއަކީ ހޫނު ގައުމަކަށްވެފައި މި ދުވަސްވަރަކީ ރާއްޖެއަށް ގިނަ ފަތުރުވެރިންވެސް އަންނަ ދުވަސްވަރެކެވެ...

އަޙްމަދު ވަހީދު
2 ކެންވަސް ކުރެހުމަށް ދިނީ 84،000 ޑޮލަރު، އެކަމަކު ފޮނުވީ ހުސް ދެ ކެންވަސް!

2 ކެންވަސް ކުރެހުމަށް ދިނީ 84،000 ޑޮލަރު، އެކަމަކު ފޮނުވީ ހުސް ދެ ކެންވަސް!

ޑެންމާކުގެ ކުރެހުންތެރިއަކު 2 ކެންވަސް ކުރެހުމުގެ އަގެއްގެ ގޮތުގައި 84،000 އެމެރިކާ ޑޮލަރު ނެގުމަށްފަހު، ކުރެހުމުގެ ބަދަލުގައި ހުސް ދެ ކެންވަސް މިއުޒިއަމްއަށް ފޮނުވައިފިއެވެ. ޑެންމާކުގެ މަޝްޙޫރު ކުރެހުންތެރިޔާ ޖެންސް ހާނިންގ މިއުޒިއަމްއަށް ފޮނުވި ދެ ކެންވަސްއާއި އެކު އޭނާ ވަނީ މިއުޒިއަމްއަށް ނޯޓެއް ފޮނުވާފައެވެ. މި ނޯޓްގައި ބުނަނީ ” ޓޭކް ދަ މަނީ އެންޑް ރަން” އެވެ. ޑެންމާކްގެ އާލްބޯރގްގައި ހުންނަ ކަންސްޓަން މިއުޒިއަމް އޮފް މޮޑާރން އާރޓްސްއިން ޖެންސްއަށް ފައިސާ ދީފައިވަނީ މޮޑާރން […]

އަޒްފާ ރަޝީދު
އަނެއްކާވެސް ހިޔާ ފްލެޓަށް ދައްކަންޖެހޭ އަދަދު ކުޑަކޮށްދިނުމަށް އެދިއްޖެ

އަނެއްކާވެސް ހިޔާ ފްލެޓަށް ދައްކަންޖެހޭ އަދަދު ކުޑަކޮށްދިނުމަށް އެދިއްޖެ

ހުޅުމާލޭ ދެވަނަ ފޭސްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް ސަރުކާރަށް މަހަކު ދައްކަންޖެހޭ އަދަދު ކުޑަކޮށް ދިނުމަށް އެދި އަނެއްކާވެސް ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވާކަމަށް މާލޭގެ މޭޔަރު ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު ޑރ. މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ ޢަދަދު 5600 ރުފިޔާއަށް ވުރެ ކުޑަކޮށްދެއްވުމަށް އެދި އަނެއްކާވެސް ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމަށެވެ. މިއީ މިގޮތަށް އެދި ސިޓީ ފޮނުއްވި 3 ވަނަ ފަހަރު ކަމަށް […]

ޔުމްނާ ޢަލީ
އަމިއްލަ ދަނޑުގައި ރާއްޖެއަށް ހިތްދަތި ފެށުމެއް

އަމިއްލަ ދަނޑުގައި ރާއްޖެއަށް ހިތްދަތި ފެށުމެއް

“އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021” ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗު ނޭޕާލުން ކާމިޔާބު ކޮށްފިއެވެ. ހުކުރު ދުވަހުގެ ރޭ ރާއްޖޭގެ ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ނޭޕާލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ބައިނަލް އަޤުވާމީ މުބާރާތެއްގައި ނޭޕާލަށް ރާއްޖެއަތުން މޮޅުވެވުނު ފުރަތަމަ ފަހަރެވެ. ފާއިތުވި 37 އަހަރުގެ ތެރޭގައި ނޭޕާލާއި ރާއްޖެ ޖުމަލް 16 ފަހަރު ބައްދަލު ކޮށްފައިވާއިރު އެ މެޗުތަކުން ނޭޕާލަށް މޮޅެއް ހޯދިފައި ނުވެއެވެ. […]

އިބްރާހިމް ޚަލީލް
ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ފަތުރުވެރިއަކު އިތުރު ފަރުވާއަށް ކުރެއްދޫ ރިސޯޓަށް ގެންގޮސްފި

ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ފަތުރުވެރިއަކު އިތުރު ފަރުވާއަށް ކުރެއްދޫ ރިސޯޓަށް ގެންގޮސްފި

ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ފަތުރުވެރިއަކު އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ކުރެއްދޫ ރިސޯޓަށް ގެންގޮސްފިއެވެ. ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވުމުން ފަރުވާއަށް އެމީހާ ފުރަތަމަ ގެނެވުނީ މާލޭ ސިޓީގެ އޭޑީކޭ ހޮސްޕިޓަލަށެވެ. އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި، ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވެ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ފަތުރުވެރިޔާއަކީ ސައުތު އެފްރިކާއަށް ނިސްބަތްވާ އަންހެން ފަތުރުވެރިއެކެވެ. މި މީހާ އިތުރު ފަރުވާއަށް އެމްއެންޑީއެފް މާލެ އޭރިއާ...

ޔުމްނާ ޢަލީ
ޚަލީލްގެ ކޮލަމް: ޔޫސުފު، ޔޫސުބެވެ. މަރިޔަމް މަރިޔަނބެވެ.

ޚަލީލްގެ ކޮލަމް: ޔޫސުފު، ޔޫސުބެވެ. މަރިޔަމް މަރިޔަނބެވެ.

އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ބަދަލުވަމުން އަންނަ ގޮތާއިމެދު ވިސްނައި ފިކުރުކޮށްލުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ. މިގޮތުން ދިވެހިން އެ މީހުންގެ ދަރިންނަށް ކިޔަމުން އައިސްފައިވާ ނަންތަކުގެ ތެރެއިން އެއް ނަމެއް، އެކި ދުވަސްވަރު ބޭނުުން ކުރެވެމުން އަންނަ ގޮތުގައި ބޮޑެތި ތަފާތުތަކެއްވެއެވެ. އާއިލާާތެރޭ ބޭނުންކުރެވޭ މަންމަ، ބައްޕަ ފަދަ ނަންތަކުން ވެސް މި ތަފާތު ފާހަގަވެއެވެ. އެއީ ދިވެހި ބަހުގެ ތަނަވަސްކަން ކަމުގައި ވެސް ބުނެވިދާނެއެވެ. ނުވަތަ އެކަންކަން ބަދަލު ކުރުުމަށް މަޖުބޫރު ކުރުވަނީ ޒ...

އިބްރާހިމް ޚަލީލް
ކުދި ކަންތައްތައް ވެސް އިންސާނިއްޔަތަށްޓަކައި ވަރަށް މުހިންމު ކަންތައްތަކަށް ވެދާނެ: ނައިބު ރައީސް

ކުދި ކަންތައްތައް ވެސް އިންސާނިއްޔަތަށްޓަކައި ވަރަށް މުހިންމު ކަންތައްތަކަށް ވެދާނެ: ނައިބު ރައީސް

ވަރަށް ކުދި ކަންތައްތައް ވެސް އިންސާނިއްޔަތަށްޓަކައި ވަރަށް މުހިންމު ކަންތައްތަކަށް ވެދާނެ ކަމަށާއި، އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތަށް ހަޖޫޖަހާ އެއްވެސް ބޭފުޅަކު ވާހަކަ ދެއްކުމަކީ އެ ފަރާތްތަކަށް ކުރެވޭ މަލާމާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން ބޭއްވި “އެކުވެރި އެމް.ޑަބްލިއު.އެސް.ސީ” ނެޓްވާރކިން ޑިނަރ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައ...

އަޒްފާ ރަޝީދު
ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ބަންގްލްދޭޝް ކާމިޔާބުކޮށްފި

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ބަންގްލްދޭޝް ކާމިޔާބުކޮށްފި

“އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021” ގެ ފުރަތަމަ މެޗު ބަންގްލަދޭޝް ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ލަންކާއާއި ވާދަކޮށް ބަންގްލަދޭޝް މެޗު ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވިނަމަވެސް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުޞަތެއް ބަންގްލަދޭޝްގެ ޓީމުން ވަނީ ތަނަވަސް ކޮށްފައެވެ. އެންމެ ފާހަގަކޮށްލެވޭ ހަމަލާއަކީ މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު […]

އިބްރާހިމް ޚަލީލް
ސަޖިދައިގައި އޮންނައިރު ދެއަތް ބާއްވަންޖެހޭ ގޮތަކީ ކޮބާ؟

ސަޖިދައިގައި އޮންނައިރު ދެއަތް ބާއްވަންޖެހޭ ގޮތަކީ ކޮބާ؟

ނަމާދުގެ އެންމެ މުހިންމު އެއް މަޙައްލު ކަމަށްވާ ސަޖިދައިގައި މީހުން ވާހިނދު ބައެއްމީހުން އެމީހުންގެ ދެއަތްވަރަށް ކައިރީގައި ގަޔާ ވިއްދައިފައި ބަހައްޓައެވެ. އަނެއްބަޔަކު ކުޑަކޮށް ގަޔާ ދުރުގައި އަތް ބަހައްޓާއިރު، ބައެއްމީހުން ވަރަށް ބޮޑަށް ފޭކޮށްފައިވެސް ބަހައްޓައެވެ. މިގޮތްތަކުގެ ތެރެއިން އެފަރާތެއްގެ ނަމާދާ އެއްގޮތަށް ނަމާދުކުރަން އަހަރެމެންނަށް އަމުރު ކުރެވިފައިވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަމާދާ އެންމެ ގާތީ ކޮން ގޮތެއްތޯއެވެ؟ މިއީ ބައެއްމީހުންގެ ހިތުގައި އުފެދޭ ސުވާލެކެވެ. ޢިލްމެއް...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ކްރޮސް ރޯޑްސް ރިސޯޓުތަކުގައި ކްރިޕްޓޯ ކަރަންސީ ބޭނުން ކުރަން ފަށައިފި

ކްރޮސް ރޯޑްސް ރިސޯޓުތަކުގައި ކްރިޕްޓޯ ކަރަންސީ ބޭނުން ކުރަން ފަށައިފި

އެނބޫދޫ ފަޅުގައި ތަރައްގީ ކޮށްފައިވާ ކްރޮސް ރޯޑްސް ރިސޯޓުތަކުގައި ކްރިޕްޓޯ ކަރަންސީ ކަރަންސީ ބޭނުން ކުރަން ފަށައިފިއެވެ. މިއީ ރާއްޖޭގައި ކްރިޕްޓޯ ކަރަންސީން މުއާމަލާތް ކުރަން ފެށި ފުރަތަމަ ފަހަރެވެ. ޑިޖިޓަލް ފައިސާ ކަމަށްވާ ކްރިޕްޓޯ ކަރަންސީ ބޭނުން ކުރަން ފެށީ އެސް ހޮޓެލްސް އިންނެވެ. މިއާއެކު މިއަދުން ފެށިގެން ކްރޮސްރޯޑްސްގެ ދެ ރިސޯޓު ކަމަށްވާ ހާޑްރޮކް މޯލްޑިވްސް އާއި ސާއި ލެގޫން އިން ކްރިޕްޓޯ ކަރަންސީ ބޭނުން ކޮށްގެން ހިދުމަތް ހޯދޭނެއެވެ. އެސް ހޮޓެލްސް އަކީ […]

އަޙްމަދު ވަހީދު
ދިރިއުޅުމުގެ ކަންކަމުގައި އިސްރާފު ކުޑަކުރުމަށް އިލްތިމާސް ކުރައްވައިފި

ދިރިއުޅުމުގެ ކަންކަމުގައި އިސްރާފު ކުޑަކުރުމަށް އިލްތިމާސް ކުރައްވައިފި

ދިރިއުޅުމުގެ ކަންކަމުގައި އިސްރާފު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް، ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފި އެވެ. ނައިބު ރައީސް މިފަދައިން އިލްތިމާސްކުރެއްވީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން ބޭއްވި “އެކުވެރި އެމް.ޑަބްލިއު.އެސް.ސީ” ނެޓްވާރކިން ޑިނަރ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. ނައިބު ރައީސް ފައިސަލްގެ ވާހަކަފުޅުގައި ވަނީ، ރާއްޖެފަދަ ކުޑަޖަޒީރާ ޤައުމެއްގައި ދިރިއުޅޭއިރު މޫސުމަށް އަންނަ ބަދަލުތަކަށް ވިސްނުންހިންގަންޖެހޭން ކަ...

އަޙްމަދު އަރުޝަމް
އިރުއުތުރު އަރަބި ކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ

އިރުއުތުރު އަރަބި ކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ

އިރުއުތުރު އަރަބި ކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެއެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ދެންމެ ވިދާޅުވީ، އިރުއުތުރު އަރަބި ކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށެވެ. މި ތޫފާނަށް ދީފައިވާ ނަމަކީ “ޝަހީން” އެވެ. ތޫފާން “ޝަހީން” ބާރުގަދަ ދަ ތޫފާނަކަށް ބަދަލުވެ، ކުރިއަށް އޮތް 36 ގަޑިއިރު ތެރޭ ހުޅަނގުހުޅަނގުއުތުރަށް އަދި އޭގެފަހުން ހުޅަނގުހުޅަނގުދެކުނަށް، ގަލްފް އޮމާން އަށް ދަތުރުކޮށް ބާރުދަށް...

ޙުސައިން ޝަހުދީ
ކުޅުދުއްފުށީގައި ފަޔަރ އެވެއާނަސް ޕްރޮގްރާމެއް

ކުޅުދުއްފުށީގައި ފަޔަރ އެވެއާނަސް ޕްރޮގްރާމެއް

ކުޅުދުއްފުށި ސިޓީގައި ފަޔަރ އެވެއާނަސް ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ އެމްއެންޑީއެފްގެ ނޮދަރން އޭރިއާގެ ފަޔަރ އެންޑް ރެސްކިއު ޓިމުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެމްއެންޑީއެފްއިން ވިދާޅުވެފައިވާ ގޮތުގައި ކުޅުދުއްފުށީ ސިޓީގެ 13 މުއައްސަސާއެއްގެ 227 ފަރާތެއް މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން ތަމްރީން ހޯދާފައި ވެއެވެ. މީގެ އިތުރުން، މި ޕްރޮގްރާމުގައި ބައިވެރިވި 13 މުއައްސަސާއަށް ފަޔަރ އެންޑް ރެސްކިއުގެ އޮފިސަރުން ޒިޔާރަތްކުރައްވާ އެތަންތަނުގެ ފަޔަރ އިންސްޕެކްޝަނެއްވެސް ކުރިއަށްގެންދެވިފައިވާކަ...

އަޙްމަދު އަރުޝަމް

އިންޑިއާގެ ކަނޑު އުޅަނދު ޓްރެކިން ނިޒާމު ރާއްޖެއިން ބޭނުން ކުރުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

އަވަށްޓެރި އިންޑިއާއިން ކަނޑު އުޅަނދު ޓްރެކިން ކުރުމަށް ބޭނުން ކުރަމުން އަންނަ ނިޒާމު (އެލް.އާރް.އައި.ޓީ) ރާއްޖެއިން ބޭނުން ކުރުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ އިއްޔެ ރާއްޖޭގެ ޓްރާންސްޕޯޓު މިނިސްޓްރީގައި ބޭއްވި ރަސްމީއްޔާތެއްގައި އެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ޓްރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަހުލާ ސޮއިކުރެއްވިއިރު، އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ. މި އެއްބަސްވުމުގެ ދ...

ޔުމްނާ ޢަލީ