ފްރާންސް ލީގުގައި އާދީއްތަ ދުވަހު ހަވީރު ޕީއެސްޖީއާއި ރެން ބައްދަލުކުރި މެޗު ރެން އިން ކާމިޔާބު ކޮށްފިއެވެ. ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޕީއެސްޖީގެ މައްޗަށް ރެން އިން ކުރި ހޯދާފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ޕީއެސްޖީގެ ތަރިން ކަމަށްވާ މެސީއާއި ނޭމާގެ އިތުރުން އެމްބާޕޭ ވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު މި މެޗުގައި އެ ޓީމުން ޕޮޒިޝަން ހިފެހެއްޓި ނަމަވެސް ރެންގެ ގޯލާއި އަމާޒުކޮށް އެ ޓީމަށް އެންމެ ހަމަލާއެއް ވެސް […]
އިބްރާހިމް ޚަލީލް
ކުނިވާ ޒާތުގެ ކުނި އެޅުމަށް ހިޔާ ފްލެޓުތަކުގެ 6 ސަރަހައްދެއްގައި ވެމްކޯ އާއި އެޗްޑީސީ ގުޅިގެން ޑަސްޓްބިން ބަހައްޓައިފިއެވެ. އެޗްޑީސީން ބުނީ “ހިޔާ” ގެ 16 ޓަވަރުގައި ހުރި 6،720 ފްލެޓްގެ ތެރެއިން މިހާރު މީހުން އުޅެމުން އަންނަ ފްލެޓްތަކުގައި އުފެދޭ ކުނި ވެމްކޯއަށް އުކާލެވޭނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެހެންވެ ވެމްކޯ އިން އެ މަސައްކަތް ފަށަންދެން ކުނި އުކާލުމަށް ފްލެޓްތައް ސަރަހައްދުގައި ހަ ޑަސްޓްބިނެއް ބަހައްޓާފައި ހުރިއިރު އެ ފްލެޓަކާ […]
އަޙްމަދު ވަހީދު
އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި މީހަކު ކުޑަކަމުދިޔަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ، ރައީސް އޮފީސް ގޭޓް ކުރިމައްޗަށާއި، ހުކުރު މިސްކިތުގެ ތެރެއަށާއި، އަދި އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި މީހަކު ކުޑަކަމުދިޔަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. “އެމީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށް ފުލުހުން މިހާތަަނަށް ބެލި ބެލުމުން އިނގިފައިވޭ” ފުލުހުން ވިދާޅުވިއެވެ. އިތުރަށް ބަލަންޖެހޭ ކަންކަން ބައްލަވަމުން ގެންދަވާ ކަމަ...
ޔުމްނާ ޢަލީ
ހދ. ނެއްލައިދޫ ފެރީ ސްޓޮޕުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން ކޮންކްރީޓް މަސައްކަތުގެ 70 އިންސައްތަ ވަނީ ނިމިފައެވެ. އަދި މިހާރު ކުރަނީ ފެރީ ސްޓޮޕްގެ ކޮލަމް އަދި މޭޝަނަރީ މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުންޏެވެ. މި ފެރީ ސްޓޮޕަކީ އިންޓަރގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަދާ ސްޓޮޕެކެވެ. “އިންޓަގްރޭޓެޑް ނޭޝަނަލް […]
އަޙްމަދު ވަހީދު
ހދ. ނޮޅިވަރަންފަރު ސްކޫލުގައި ދަރިވަރުން ފޮތް ކިޔަން ތިބެން ހާއްސަ ރީޑިން ޕާކެއް ހަދައިފިއެވެ. މި ޕާކު ތަރައްގީކޮށްފައިވަނީ އެ ރަށުގެ ޖަމިއްޔާއެއްކަމަށްވާ ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓުން ބީއެމްއެލް ގެ ކޮމިއުނިޓީ ފަންޑުގެ އެހީގައެވެ. މިއީ އެ ރަށުގެ ސްކޫލް ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގުވެެރިކަން އުފައްދައި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކުރުމަށް ހިންގި ޕްރޮޖެކްޓެއް ކަމަށް ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓުން ބުންޏެވެ. މި ޕާކުގައި ބަހައްޓާފައިވާ ފޮތް ހަރުގަނ...
އަޙްމަދު ވަހީދު
ހއ.އިހަވަންދޫ ކައުންސިލާއި ކުލަބް ޕޯލްސްޓާގެ އިތުރުން ޕްރައިމް މޯލްޑިވްސް ގުޅިގެން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 06 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ހަތަރު ދުވަހުގެ ނިޔަލަށެވެ. މި ތަމްރީން ޕްރޮގްރާމްގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ދަނޑުވަރެކަމަށް ތައްޔާރުވާނެ ގޮތާއި، ދަނޑުވެރިކަމަށް ބޭނުންވާ...
އިބްރާހިމް ޚަލީލް
ބާމިންގހަމް ކޮމަންވެލްތް ގޭމްސްގައި ބޭނުންކުރާ ދަންމަރު (ކުއީންސް ބެޓަން) މި ފެށޭ އާ އަހަރުގެ ފުރަތަމަ ދުވަސް ހޭދަކުރާނީ ރާއްޖޭގައިކަމަށް ބާމިންގހަމް ކޮމަންވެލްތް ގޭމްސް އިންތިޒާމްކުރާ ފަރާތުން ބުނެފިއެވެ. އަންނަ 2022 ވަނަ އަހަރުގެ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތް ގޭމްސްގެ ދަންމަރު، 90،000 މޭލުގެ ދަތުރެއް މުޅި ދުނިޔެ ވަށައި ޖެހުމަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އިނގިރޭސި ރާނީގެ ގަނޑުވަރު “ބަކިންގހަމް ޕެލަސް”އިން ފެށިގެން ކޮމަންވެލްތްގެ 72 ޤައުމެއްގައި ދަންމަރު ހިފައިގެން ދަތ...
އަޒްފާ ރަޝީދު
ދަރިފުޅު ކޮނޑަށް ލައިގެން ދަނިކޮށް ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއިން ފެންނަ މަންމަ، ވަސީމާ މޫސާ އަށް ލިޓަސް އޮޓޯމޯބައިލްސް އިން ސައިކަލެއް ހަދިޔާ ކޮށްފިއެވެ. މިދިޔަ ހަފުތާގައި އާއްމުވި މި ވީޑިއޯއިން ފެންނަނީ ވަސީމާ އޭނާގެ ކުޑަ ދަރިފުޅު ކޮނޑަށް ލައިގެން ހިޔާ ފްލެޓުތަކާ ހިސާބަށް ހިނގާފައި ގެންދާ މަންޒަރެވެ. މި ވީޑިއޯ އާއްމުވުމާއެކު އެ އަންހެން މީހާއާ ބެހޭ މައުލޫމާތު ހޯދަން ލިޓަސް އިން ސޯޝަލް މީޑިއާގައި އާއްމުންގެ އެހީއަށް އެދުނެވެ. ވަސީމާ އަށް […]
އަޙްމަދު ވަހީދު
ހުމާއި، ރޯގާ އަދި ކެއްސުން ފަދަ އަލާމާތްތައް ފެންނަ މީހުން ޑޮކްޓަރަށް ދެއްކުމަށް ޚާއްސަ އޯ.ޕީ.ޑީ އެއް އޭޑީކޭ ހޮސްޕިޓަލްގައި ގާއިމުކޮށްފިއެވެ. މިއަލާމާތްތައް ފެންނަ ފަރާތްތަކުން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދުމުގައި މި ޖެނެރަލް އޯ.ޕީ.ޑީ ބޭނުން ކުރުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ޖެނެރަލް އޯ.ޕީ.ޑީގެ ޙިދުމަތް ލިބޭނީ އެޑީކޭ ހެލްތް ސެންޓަރު ބިލްޑިންގއިންކަމަށް އެހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ. ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އޯ.ޕީ.ޑީގެ ޙިދުމަތް ދެމުންދާނ...
އަޒްފާ ރަޝީދު
ހއ. ފިއްލަދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމްކޮށްގެން އެރަށުގައި ބޭސިކް އަދި އެޑްވާންސް ފަހާ ކޯހެއް ހިންގުމަށް ނިންމައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބުނިގޮތުގައި މި ކޯސް އެރަށުގައި ހިންގަން ނިންމީ އެރަށުގެ އަންހެން ކަނބަލުންނަށް ގޭގައި ތިއްބެގެން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެގޮތުންނެވެ. މި ކޯހުގައި އެކި އެކި ޑިޒައިންތަކަށް ހެދުމުގެ މޭމަތި އަދި ފަސްބައި ތައްޔާރު ކުރާނެގޮތާއި ބުރުގާއާއި...
ޔުމްނާ ޢަލީ
ހިޔާފްލެޓްތަކުގައި ތަށިމުށި ޖަހަން ބޭނުންވާ ފަރާތްތަކަށް، މުއްޓާއި ކެމިކަލް ސިމެންތި ޑޭނައިޓް ހާޑްވެއާއިން ހެޔޮއަގުގައި ފޯރުކޮށްދޭން ފަށައިފިއެވެ. ޑޭނައިޓް ހާޑްވެއާއިން ވިއްކާ މުށްޓަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މަގުބޫލުކަން ހޯދާފައިވާ ސެންފޯޑް ބްރޭންޑުގެ މުށްޓެވެ. މި މުށި ޖަހާފައި ހުންނައިރު އެ ތަނެއްގެ ރީތިކަން އެތައް ގުނައެއް ފުރިހަމަކޮށްދޭނެއެވެ. ޑޭނައިޓް ހާޑްވެއާއި ހަތަރު ކުލައެއްގެ މުށި ލިބެން ހުންނާނެއެވެ. އެއީ އިޓާލިއާ ބިއާންކޯ އާއި ރަސްޓިކޯ ބެއިޖް އާއި ކޮންކްރީޓް އޭޝް އަދި ސްޓޯނިކް ކް...
އަޙްމަދު ވަހީދު
ފަރެސްމާތޮޑާ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ ކުރިން އޭބީސީ ލޭޔަރު (އެގްރިގޭޓް ބޭސް ކޯސް) އަޅަން ބޭނުންވާ ތަކެތި ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރަނީ އެއާޕޯޓް ފަޔާ ބިލްޑިންގެ ސްޓްރަކްޗަރަލް މަސައްކަތްތަކެވެ. މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ އަކާއި އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކުރާނެއެވެ. މިއީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އަޙްމަދު ވަހީދު
ހދ. ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ ” އެފްއޭއެމް “ޑީ” ސެޓިފިކެޓް ފުޓްބޯޅަ ކޯޗިން ކޯސް” ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ކޯހަކީ ނޮޅިވަރަންފަރު ކައުންސިލާއި، ނޭޝަނަލް އިންސްޓިޓިއުޝަން އޮފް ސްޕޯޓްސް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. މި ކޯސް ނޮޅިވަރަންފަރުގައި ކުރިއަށް ގެންގޮސްފައި ވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ 22 އިން 30 އަށެވެ. ކޯސް ކުރިއަށް ގެންގޮސްދެއްވާފައި ވަނީ ރާއްޖޭގެ މަޝްހޫރު އަދި ތަޖުރިބާކާރު ފުޓްބޯޅަ ކޯޗް […]
ޙުސައިން ޝަހުދީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް އައްޑޫ ސިޓީގެ ކުރީގެ މޭޔަރު، ޢަބްދުﷲ ޞާދިޤު (ސޯބެ) މިއަދު ޢައްޔަންކުރައްވައިފިއެވެ. މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަބްދުﷲ ޞާދިޤަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމުގެ ލިޔުން ހަވާލުކުރައްވާފައެވެ. ސޯބެ ވަނީ އޮސް...
ޙުސައިން ޝަހުދީ
މާކް އެން ކޯ (އެމް.އާރް.އެން.ކޯ)އިން އުފައްދާފައިވާ ބޭހުގެ ސަބަބުން ކޯވިޑް-19 ގައި މަރުވާ މީހުންނާއި ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ މީހުންނަށް ބަލިން ރަގަޅުވުމަށް އޮތް ފުރުސަތު ބޮޑުވެ އައު އުންމީދެއް ލިބިއްޖެއެވެ. މިގޮތުން އެކުންފުނިން އުފައްދާފައިވާ އެމޮލްނުޕިރާވިރް ބޭހަށް ހުއްދަ ލިބިއްޖެ ނަމަ، ކޯވިޑް ބަލިން ދިފާއުވުމަށް ބޭނުން ކުރެވޭނެ އެންމެ ފުރަތަމަ ބޭހަށް މިބޭސްވެގެންދާނެކަމަށް އެކުންފުނިން ބުނެފައިވެއެވެ. މޮލްނުޕިރާވަރު ބޭސް މިހާތަނަށް ތަޙުލީލް މަރުހަލާގައި އިންސާނުންނާއި ޖަނަވާރުންނަށ...
އަޒްފާ ރަޝީދު
“އިޚްލާސްތެރި ޕާޓީ މޯލްޑިވްސް” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދޭން ނިންމައިފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނީ “އިޚްލާސްތެރި ޕާޓީ މޯލްޑިވްސް” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދޭން މިއަދު އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ދީފައި ވަނީ މ.ކެލަން, މުޙައްމަދު އިސްމާއިލަށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ. މި ޕާޓީ ރަޖިސްޓަރީ ކުރުމަށް ފުރަތަމަ ހުށަހެޅީ “ކަރިޝްމާ ޕާޓީ”ގެ ނަމުގައެވެ. […]
އަލީ އާދިލް
ހއ. ވަށަފަރު ފަޅުތެރޭ މުރަކަ އިންދާ، އާލާ ކުރުމުގެ ހަރަކާތަކާއި، އެރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ވަށަފަރު ކައުންސިލުން ވިދާޅުވާ ގޮތުގައި މިހަރަކާތަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން އެ ކައުންސިލާއި، ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން އިންތިޒާމް ކުރި ހަރަކާތެކެވެ. އިއްޔެ ވަށަފަރުގައި ކުރިއަށްދިޔަ މި ހަރަކާތުގައި ރަށުގެ ގެސްޓް ހައުސްހިންގާ ފަރާތްތަކާއި، ރަށުގެ ރައްޔިތުންނާއި، މުއައްސަސާތަކުގެ އިތުރުން ސްކޫލް ދަރިވަރުން ވެސް ވަނީ ބައިވެރިވެ އެއްބާރު...
ޙުސައިން ޝަހުދީ
އައްޑޫ ސިޓީއާއި 1278 ކިލޯމީޓަރު ދުރުން 5.5 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެއެވެ. ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސްއިން ވިދާޅުވި ގޮތުގައި، އައްޑޫ ސިޓީއާއި 1278 ކިލޯމީޓަރު ދުރުން 5.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައިސްފައިވާ މި ބިން ހެލުން ރެކޯޑް ކުރެވިފައި ވަނީ މިރޭ މެންދަމު 01:43 ހާއިރުއެވެ. މި ބިންހެލުން އައިސްފައި ވަނީ މިޑް އިންޑިއަން ރިޖު ސަރަހައްދަށް، 10 ކިލޯ މީޓަރު ފުނުންނެވެ. މި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ކުރާނެ […]
ތިލަދުން