މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ 23:00 އާއި ހަމައަށެވެ. މެޓް އޮފީހުގެ ސަމާލުގެ […]
އަޙްމަދު އަރުޝަމް
މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ހއ. އުތީމުގައި ފާހަގަ ކުރުމުގެ ތައްޔާރީތައް ވަމުންދާއިރު، އެދުވަހަށް އިސްކަން ދިނުމުގެ ގޮތުން އުތީމުގައި ހުންނަ ޣާޒީ ބަންޑާރައިން ސްކޫލްގެ މުދައްރިސުން އިސްނަގައިގެން އެ މުދައްރިސުންނަށް ހާއްސަވެފައިވާ މުދައްރިސުންގެ ދުވަސް ފާހަގަ ކުރުން ފަސްކޮށްފިއެވެ. މިއަހަރުގެ ގައުމީ ދުވަސް ދިމާވަނީ މި މަހުގެ 7 ވަނަ ދުވަހާއެވެ. މުދައްރިސުންގެ ދުވަހަކީ މާދަމާއެވެ. އުތީމުގައި ކުރިން މުދައްރިސުންގެ ދުވަސް ފާހަގަ ކުރަން ނިންމާފައި އޮތީވެސް މާދަމާއެވެ. އުތީމު ޣާޒީ ބަން...
ޙުސައިން ޝަހުދީ
ލ. ފޮނަދޫ ފެހިއަލީ، އަނީސް ޢަލީ އަކީ އަބަދުވެސް އަމިއްލަ މަސައްކަތުން ދިރިއުޅޭ ހީވާގި ބައްޕައެކެވެ. އަނީސް ކުރާ ތަފާތު މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ފަތްކެޔޮ ހެއްދުމެވެ. މިހާރުވެސް ފޮނަދޫގައި 3000 އަކަފޫޓުގެ 2 ކެޔޮ ދަނޑު އަނީސް ގެންގުޅެއެވެ. އަދި މީގެ އިތުރުން ރަށުގެ ވައު ސަރަހައްދުތަކުގައިވެސް އަނީސް ފަތްކެޔޮ ހައްދައެވެ. ތަޖުރިބާ ހޯދުމުގެ ނިމުމެއް ނެތް މަސައްކަތެއް އަނީސް ހާމަކުރާގޮތުން ފަތްކެޔޮ ހެއްދުމަކީ އޭނާއަށް “ނުކޮށް ހުންނަން އުނދަގޫ” މަސައްކަތެކެވެ. އަދި […]
ހުބާ ޕްލާންޓްސް
ހއ. ކެލާއިން ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކުން ދޫކޮށްލައިފައިވާ ގޯތިތައް އަލުން ދޫކުރުމަށްޓަކައި އެ ހުސްގޯތި ތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށް ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރީން، އެ ކައުންސިލުން ދޫކުރާ “ރުއްގަހުގެ ވެރިފަރާތް އަންގާ ފޯމް” ފުރިހަމަ ކުރުމަށްފަހު 13 އޮކްޓޯބަރު 2021 ބުދަ ދުވަހުގެ 14:00 އެ ކައުންސިލަށް [...
އިބްރާހިމް ޚަލީލް
41 ވަނަ މަސްވެރިންގެ ދުވަހާއި ގުޅިގެން ބާއްވާ މަސްވެރިންގެ ފޯރަމްގައި ކުޅުދުއްފުށި ސިޓީގެ 2 މަސްވެރިއަކަށް ބައިވެރިވުމުގެ ފުރުސަތުދޭން ފިޝަރީޒް މިނިސްޓްރީއިން ނިންމާފައިވުމުން އެ ފުރުސަތައް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޙާއްސަކޮށްގެން “މަސްވެރިންގެ ފޯރަމް” ބޭއްވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެ...
އަޙްމަދު އަރުޝަމް
ކުރިންވެސް އޮތްގޮތަށް ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި ދައްޕަރު އަލުން ހިމަނަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ދައްޕަރުގެ މައްސަލާގައި ފިއްލަދޫ ކައުންސިލާއި މަޝްވަރާތައް ކުރެވުނު ކަމަށެވެ. ފިއްލަދޫ ރައްޔިތުން އެ މައްސަލާއި މެދު ދެކޭގޮތާމެދު އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރެވިފައިވާ ކަމަށާއި، ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި އަނބުރާ ދައްޕަރު ހިމަނަން ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާ...
ޙުސައިން ޝަހުދީ
ޗައިނާގެ 72 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޗައިނާ މޯލްޑިވްސް ކަލްޗަރ އެސޯސިއޭޝަން (ސީއެމްސީއޭ) އިން ކުޅުދުއްފުށީ ސިޓީގައި ހަފްލާއެއް ބާއްވައިފި އެވެ. މި ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެވެ. ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދެވުނު މި ހަފްލާގައި ސީއެމްސީއޭ ގެ ފައުންޑަރު އަދި ޗެއާމަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ރަޝީދުއާއި އެސޯސިއޭޝަންގެ މެންބަރުންގެ އިތުރުން ކުޅުދުއްފުށީގެ ބައެއް ފަރާތްތަކުން ބައިވެރިވެފާވެއެވެ. މި ހަފްލާ...
އަޙްމަދު އަރުޝަމް
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޝަރީއަތް އޯޑިއޯ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދިއުމަށް ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް އަމުރުކޮށްފި އެވެ. ސްޕްރީމް ކޯޓުން މިގޮތަށް އަންގާފައި ވަނީ، ޖިންސީ ގޯނާގެ 7 ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަޙީދު ރައްޖެއިން ބޭރުގައި ހުންނަވައިގެން ޝަރީޢަތުގައި ބައިވެރިވެވޭ ގޮތަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިޢުނާފް ކުރުމުން މިއަދު ނެރުނު އަމުރެއްގައެވެ. އެ އަމުރުގައި ބުނެފައިވަނީ، އަލީ ވަޙީދުގެ މައް...
އަޒްފާ ރަޝީދު
ހދ. ކުޅުދުއްފުށި ސިޓީގައި ހިންގަމުން އަންނަ އިޚްލާޞް ޤުރުއާން ކުލާހުން ހދ. އަތޮޅުގެ ހަތަރު ރަށެއްގައި ހިންގި ޤިރާޢަތު ކޯސްތަކުގެ ދަސްވެނިވުން ބާއްވައިފިއެވެ. އިޚްލާސް ޤުރުއާން ކުލާހާއި އިންސްޓިޓިއުޓް އޮފް ޤުރްއާން އެންޑް ސުންނާ ގުޅިގެން، ނޮޅިވަރަންފަރާއި، ނޮޅިވަރަމާއި ކުރިނބީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ ޤިރާޢަތު ކޯސްތަކުގެ ދަސްވެނިވުމުގެ ޖަލްސާ ބާއްވާފައި ވަނީ 02 އޮކްޓޯބަރ 2021 ވީ ހޮނިހިރު ދުވަހު ކުޅުދުއްފުށި ސިޓީގައި ހުންނަ އަފީފުއްދީން ސްކޫލުގެ ހޯލުގައެވެ. އެ ދަސްވެނިވުމ...
އިބްރާހިމް ޚަލީލް
ކޯވިޑް-19 ބަލީގައި ރާއްޖެއިން 54 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިވެއްސެއް ކަމަށެވެ. މި މީހާ ނިޔާވެފައި ވަނީ ރޭ މެންދަމުން އަނބުރާ 2:40 ގައެވެ. ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 232 އަށް އަރާފައެވެ. ކޯވިޑް 19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި ދަށްވެފައިވާއިރު، މިބަލީގައި ރާއްޖެއިން މީހުން […...
ޔުމްނާ ޢަލީ
2021 ވަނަ އަހަރު ޖީ.ސީ.އީ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުގައި ނެއްލައިދޫ ސުކޫލުން، ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް ނެއްލައިދޫ ކައުންސިލްގެ ފަރާތުން ލެޕްޓޮޕް ހަދިޔާ ކޮށްފިއެވެ. ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ރަޝީދު “ތިލަދުން”އަށް ވިދާޅުވީ 2021 ވަނަ އަހަރު ޖީ.ސީ.އީ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުން ނެއްލައިދޫ ސުކޫލްގެ 3 ދަރިވަރަކު ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު ކަމަށެވެ. އޭނާ ވިދާޅުވީ، މިފަހަރު އެ ދަރިވަރުންނަށް ލެޕްޓޮޕް ހަދިޔާކުރީ ނިމުނު […]
ޙުސައިން ޝަހުދީ
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރައީސް ކަމުގެ މަގާމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިންތިހާބަކާ ނުލައި ހޮވިއްޖެ އެވެ. އެމްއެންޕީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އެ ޕާޓީގެ ވަގުތީ އިންޓެރިމް ކައުންސިލްގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިއްޔެގެ ނިޔަަލަށް ހަމަވެފައިވާއިރު، އެމްއެންޕީގެ ރައީސްގެ މަގާމަށް ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ނާޒިމް ހޮވުނީ އެ މަގާމަށް އިތުރު ބޭފުޅެއް ކުރިމަތިލައްވ...
އަލީ އާދިލް
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޙައްޤު މިންވަރު ހަމަޖައްސަވައިދެއްވުމަށް ހދ. ފިނޭ ކައުންސިލުން ގޮވާލައިފިއެވެ. ފިނޭ ކައުންސިލްގެ 4 މެންބަރަކު ސޮއިކޮށް މިއަދު ނެރު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން 2011 ވަނަ އަހަރު އެ ކައުންސިލް އުފެދުނުއިރު، ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި، އެ ކައުންސިލުގައި މަސައްކަތްކުރަން ތިބީ ސިވިލް ސަރވިސްގެ އެންމެ 5 މުވައްޒަފުން ކަމަށެވެ. 2011 ގައި ސިވިލް ސަރވިސް ކޮމިޝަނުން ފާސްކ...
އަލީ އާދިލް
ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 66 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އއެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހުގެ ޝިޕްމަންޓް މިދިޔަ ހޮނިހިރު ދުވަހު ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 95 މީޓަރުގެ އެއްގަމު ތޮށިލުމާއި 284 މީޓަރުގެ […]
އަޙްމަދު ވަހީދު
ކެނެރީ އައިލޭންޑްސްގެ ލަ ޕާލްމާގެ އަލިފާން ފަރުބަދައެއް ގޮވައި، ފެތުރުނު ދިޔާ އަލިފާންގަނޑު ކޯރެއްހެން ކަނޑުގައި ފެތުރި 550 ޔާޑުގެ ޕިރަމިޑެއް އުފެދިއްޖެއެވެ. ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ދިޔާވި އަލިފާންތައް ކޯރެއްހެން ލަ ޕާލްމާގެ ތެރެއިން ކަނޑަށް ފެތުރި ވަނީ ގަލަށްވެފައެވެ. ސެޕްޓެމްބަރުމަހުގެ މެދު ތެރޭގައި ކުމްބްރެވީޖާ އަލިފާން ފަރުބަދަ ގޮވައި ލަ ޕާލްމާގެ މީހުން ދިރިއުޅޭ ހިސާބުތަކަށް އަލިފާންގަނޑުގެ ދިޔަ ފެތުރި 1،074 އަށްވުރެ ގިނަ އިމާރާތަކަށް ވަނީ ގެއްލުންލިބިފައެވެ. މި އަލިފާންގަނޑު ކ...
އަޒްފާ ރަޝީދު
ސްޕެނިޝް ލަލީގާގައި މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ރެއާލް މެޑްރިޑް އާދީއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި އެސްޕަނިޔޯލް އަތުން ބަލިވެ އެ ޓީމް މި ސީޒަންގެ ލީގުގައި ބަލިނުވެ އޮތްއޮތުމަށް ނިމުން އަތުވެއްޖެއެވެ. މި މެޗު އެސްޕަނިޔޯލް އިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑުޖަހާފައު ވަނީ އެސްޕަނިޔޯލުންނެވެ. ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި އެޑްރީ އެމްބާބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު […]
އިބްރާހިމް ޚަލީލް
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ދަށުން ރާއްޖޭގެ ފުރަތަމަ ހައި ސްޕީޑް ފެރީ ޓެސްޓު ކޮށްފިއެވެ. ރާއްޖޭގެ ފުރަތަމަ ހައި ސްޕީޑު ފެރީ މޫދަށް ބެލީ މިދިޔަ މަހު 25 ވަނަ ދުވަހުއެވެ. އެދުވަހު ޕްލޭނިން މިނިސްޓްރީން ވަނީ އިންޖީނު ކޮމިޝަންކޮށް ޓެސްޓްކޮށްފައެވެ. މި ޕްރޮޖެކްޓުގެ ދަށުން ދަތުރު ކުރުމަށް ބޭނުންކުރާ ފެރީތަކަކީ 30 ނޮޓުގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ފެރީތައް ބަނުމުގެ މަސައްކަތް ގަލްފް ކްރާފްޓާ ގުޅިގެން މިހާރު ދަނީ […]
އަޙްމަދު ވަހީދު
ދިވެހިރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް އޮކޯބަރު މަހުގެ ތިން ވަނަ ދުވަސް ފާހަގަކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައި އިއުލާން ކުރައްވައިފިއެވެ. އެމަނިކުފާން މިކަން އިއުލާނުކުރެއްވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލްގެ ކައުންޓްޑައުން ފެށުމަށް މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައެވެ. އެގޮތުން އޮކްޓޯބަރު 3 ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކަނޑައެޅުއްވީ އެއީ ރާއްޖޭގައި ފުރަތަމަ ރިޒޯޓް، ކުރުނބާ ވިލެޖް ހުޅ...
އަޙްމަދު ވަހީދު