ކީރިތި ޤުރްއާނަކީ އިންސާނާގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަޞްލުކަމާއި، އެއީ ހިތްތަކަށް ޝިފާއެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާ ޚާއްޞަކޮށްފައިވަނީ ކީރިތި ޤުރްއާނުގެ މާތްކަމާއި އެ ފޮތުން އިންސާނާގެ ދިރިއުޅުމަށް ލިބޭ ބަރަކާތުގެ މައްޗަށެވެ. މިއަދުގެ ޚުޠުބާގައި ބުނީ، ކީރިތި ޤުރްއާން ތިލާވަތުކޮށް، އެ ފޮތުގެ އާޔަތްތަކުގެ މާނައާ މެދު ވިސްނައި ފިކުރުކުރާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ޙާޟިރު...
އަލީ އާދިލް
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ވަރުގަދަ މޮރޮކޯގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައި ފްރާންސް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި މެޗުގައި ފްރާންސްގެ ލަނޑުތައް ކީލިއަން އެމްބާޕޭ އާއި އޮސްމާން ޑެމްބެލޭ ކާމިޔާބުކޮށްދީފައިވާއިރު، އެމްބާޕޭ މި މެޗުގައި ކާމިޔާބުކުރި ލަނޑާއެކު، ފުޓްބޯޅައިގެ ތާރީޚުގައި މީގެ ކުރިން އެއްވެސް ކުޅުންތެރިއަކަށް ހާސިލުނުކުރެވޭ ފަދަ މުހިންމު ރެކޯޑެއް ގާއިމްކޮށްފައެވެ. އެއީ، ވޯލްޑް ކަޕްގެ ނޮކްއައުޓް ސްޓޭޖުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ […]
ޔުމްނާ ޢަލީ
ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޕޯޗުގަލް ބަލިވެ މުބާރާތުން ވަކިވާން ޖެހުމާ ގުޅިގެން، ލޮސް އެންޖެލިސް ސަރަޙައްދުގައި ކުޅުމަށް ހަމަޖެހިފައިވާ ކުއާޓާ ފައިނަލް މެޗުގެ ޓިކެޓްތަކުގެ އަގު 60 އިންސައްތައާ ގާތްކުރާ މިންވަރަކަށް ދަށަށް ދިޔަކަމަށް ރިޕޯޓްތައް ބުނެފިއެވެ. “ޓިކްޕިކް” އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކުއާޓަރ ފައިނަލް މެޗުތަކުގެ އެންމެ އަގުހެޔޮ ޓިކެޓެއްގެ އަގު، އަންގާރަ ދުވަހުގެ މެންދުރުފަހާ ހަމައަށް ވަނީ 2,950 ޑޮލަރުން 1,200 ޑޮލަރަށް ވެއްޓިފައެވެ. މި އަގުތަކަށް މިހާ ބޮޑު [...
އަޙްމަދު ވަހީދު
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ކުރިއަށްގެންދާ “ފަތްކެޔޮ އާލާކުރުމުގެ ޕްރޮގްރާމް” ގެ ދަށުން ށ. ގޮއިދޫގައި ފަތްކެޔޮ އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އާއި ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ގޮއިދޫ ޑަބްލިޔުޑީސީން މަޢުލޫމާތު ދޭ ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން އެ ރަށަށް ލިބިފައިވާ 117 ފަތްކެޔޮގަސް އިންދުމުގެ މަސައްކަތް މިހާރު ވަނީ ނިންމ...
ޔުމްނާ ޢަލީ
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް އޭނާ ތާއީދުކުރަނީ އާޖެންޓީނާއަށް ކަމަށް ބުނެފިއެވެ. ނަމަވެސް، އޭނާގެ މި ނިންމުމުގެ ފަހަތުގައި އޮތީ ހަމައެކަނި ކުޅިވަރުގެ ސަބަބުތަކެއް ނޫންކަން ވަނީ ހާމަވެފައެވެ. “މޯޖޯ ޕޮޑްކާސްޓް” އަށް ދިން އިންޓަވިއުއެއްގައި، އޭނާ އާޖެންޓީނާއަށް ތާއީދުކުރަނީ ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީގެ ސަބަބުންތޯ ސުވާލުކުރުމުން، ނަތަންޔާހޫ ވަނީ މަޖާޒީ ގޮތަކަށް ޖަވާބު ދީފައެވެ. އޭނާ ބުނީ “މެސީގެ ކުރިން […]
އަޙްމަދު ވަހީދު
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި މޮރޮކޯގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައި، ފްރާންސް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. މި މެޗުގައި ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއެއް އެމްބާޕޭ އަތުން ބޭކާރުވި ނަމަވެސް، އޭނާ ވަނީ ފަހުން ހިތްގައިމު ލަނޑެއް ޖަހައި ފްރާންސަށް ކުރިހޯދައިދީފައެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި 8 […]
އަޙްމަދު ވަހީދު
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށްދޭ ރަން ބޫޓު ހޯދުމުގެ ރޭހުގައި، ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ އެއްވަރުވެއްޖެއެވެ. ބުރާސްފަތި ދުވަހު މޮރޮކޯއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި އެމްބާޕޭ އަތުން ޕެނަލްޓީއެއް ބޭކާރުވި ނަމަވެސް، މެޗުގެ 60 ވަނަ މިނެޓުގައި އޭނާ ވަނީ ލަނޑެއް ޖަހައިފައެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި 8 ވަނަ ލަނޑެވެ. މި ލަނޑާއެކު އޭނާ […]
އަޙްމަދު ވަހީދު
މާލޭގެ އިސްލާމީ މަރުކަޒުގެ އިމާމްގެ މަގާމުގައި ހުންނެވި އައްސައިޚް އިބްރާހިމް ރަޝީދު ހަސަން އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ. ކުޅުދުއްފުށީ ސިޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ޝައިޚް އިބްރާހިމް ރަޝީދު މިކަން ހާމަކުރެއްވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. އިސްތިއުފާ ދެއްވިކަން ހާމަކުރައްވަމުން ޝައިޚް ވިދާޅުވީ، ވޭތުވެދިޔަ 7 އަހަރުގެ ދިގު މުއްދަތުގައި އިސްލާމީ މަރުކަޒުގެ އިމާމެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ލިބިގެންދިޔުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަޚުރެއް ކަމަށެވެ...
ޝިއުނާ އާދަމް
މާލޭގެ އެއްވަރުގެ ޖެޓީ ނަންބަރު 1 އާ ދިމާލުން ކަނޑުމަތީގައި މިރޭ ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މެރިން ޕޮލިހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިރޭ 21:10 ހާއިރުއެވެ. މި އެކްސިޑެންޓް ހިނގުމާއެކު ފުލުހުންގެ މެރިން ޕޮލިސް ޔުނިޓުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގައި ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ އައިޖީއެމް […]
ޔުމްނާ ޢަލީ
މި އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލުގައި މިރޭ ފްރާންސާއި މޮރޮކޯ ބައްދަލުކުރާ މެޗަކީ މުބާރާތުގެ އެންމެ ފޯރިގަދަ އަދި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ކުރިމަތިލުމަކަށް ވަނީ ވެފައެވެ. މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ވެސް މި ދެ ޓީމު ބައްދަލުކުރިއިރު، އެ މެޗު 2-0 އިން ކާމިޔާބުކުރީ ފްރާންސެވެ. މި މެޗަށް ތައްޔާރުވަމުންދާއިރު، ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްއަށް ވަނީ ދަނޑުން ބޭރުގެ އެކި މައްސަލަތަކާ […]
އަޙްމަދު ވަހީދު
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޕެންޝަން އޮފީސް ގުޅިގެން، އެ ސިޓީގެ އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ތަރައްޤީކުރި “އިސްރަށްވެހިންގެ ޕާކު” ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި ޕާކު ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އަތިފާއި، ސިޓީ ކައުންސިލްގެ މެންބަރުންނާއި، ޕެންޝަން އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް މި ރަސްމިއްޔ...
ޝިއުނާ އާދަމް
ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯގެ ހަގު ދަރިކަނބަލުން އެންޓޮނެއްލާ ޕެޓްރޯ، އޭނާގެ ހައިސްކޫލް ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ފަލަސްތީނުގެ ދިދަ އުފުއްލަވައި، ފަލަސްތީނުގެ ރައްޔިތުންނާ މެދު އޮތް ތާއީދު ހާމަކުރައްވައިފިއެވެ. ބޮގޮޓާގެ ފްރެންޗް ހައިސްކޫލް އިން ދަސްވެނިވި އެންޓޮނެއްލާ، ފަލަސްތީނުގެ ދިދަ ހިއްޕަވައިގެން ސްޓޭޖްމަތީގައި ހުންނަވާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އާންމުވެފައެވެ. މި ހަރަކާތް ހިނގާފައިވަނީ މި ޖުލައި މަހުގެ 6 އާއި 7 އާ ދެމެދު...
ނާޒިމާ އަލީ
ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި އަންގާރަ ދުވަހު އާޖެންޓީނާ އަތުން 3-2 އިން މިޞްރު ބަލިވި މެޗުގައި، ރެފްރީން އަމަލުކޮށްފައިވަނީ ބޭއިންސާފުން ކަމަށް ބުނެ މިޞްރުގެ ފުޓްބޯޅަ އެސޯސިއޭޝަން (އީ.އެފް.އޭ) އިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިކަމާ ގުޅޭގޮތުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި އީ.އެފް.އޭ އިން ބުނީ، ގައުމީ ޓީމުގެ ހައްގުތަކާއި މަސްލަހަތު ދިފާއުކުރުމަކީ ފަސްޖެހޭނެ ކަމެއް ނޫން ކަމަށާއި، މި މެޗުގައި ހިނގާދިޔަ ކަންތައްތަކާ މެދު “ހަނު ނުތިބެވޭނެ” ކަމަށެވެ. […]
އަޙްމަދު ވަހީދު
މިނިސްޓްރީ އޮފް ހެލްތާއި، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގުޅިގެން ޞިއްޙީ ދާއިރާއިން އާންމުން ހޭލުންތެރިކުރުވުމުގެ ތިން ޕްރޮގްރާމެއް ހިންގުމަށް ނިންމައިފިއެވެ. މި ޕްރޮގްރާމްތަކުގެ ތެރެއިން ފުރަތަމަ ޕްރޮގްރާމަކީ ކެންސަރު ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އޮންނާނީ 10 ޖުލައި 2026 ވާ ދުވަހުގެ މެންދުރުފަހު 14:30 ގ...
ޔުމްނާ ޢަލީ
ކުޑަކުދިން ހެދިބޮޑުވާގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ޚާއްޞަ ސުޕަޝެލިސްޓެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކޮށްދެއްވަން ފެށްޓެވި ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އާމިނަތު ފަޒުނާ ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ޑރ. ފަޒުނާ ނިޔާވީ ކެންސަރު ބައްޔަށް އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އުމުރުން 47 އަހަރުގައެވެ. ރައީސް މުޢިއްޒު މީސްމީޑިއާގައި ހިއްސާކުރެއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، ޑރ. ފަޒުނާ އަވަހާރަވުމުގެ ހިތާމައިގައި، އެ ކަމަނާގެ...
ޝިއުނާ އާދަމް
މާލެއިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރަމުންދިޔަ “ޖަޒީރާ” ނަމަކަށް ކިޔާ ބޯޓެއް ވ. ފެލިދޫ ކައިރިއަށް އަޑިއަށްދަނިކޮށް، އޭގައި ތިބި އެންމެން ސަލާމަތްކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، ވ. ފެލިދޫ ހުޅަނގު ކަނޑަށް މި ބޯޓު އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 ޖުލައި 09 ވަނަ ދުވަހުގެ ހަވީރު 15:26 އެހާކަންހާއިރުއެވެ. ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބި ހުރިހާ މީހުން ވަނީ ލޯންޗަކަށް ނަގައި ސަލާމަތްކޮށްފައެވެ. މި ހާދިސާގައި ބޯޓުން […]
ޔުމްނާ ޢަލީ
ހއ. ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއި އެރަށު އެފް.އާރު.ސީ ގުޅިގެން ބާއްވާ “ކަނބަލުންގެ ބަށިމުބާރާތް 2026” މިއަދު ފަށައިފިއެވެ. މި މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތަށްފަހު، މުބާރާތުގެ ފުރަތަމަ މެޗުގެ ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ފިއްލަދޫ ސިއްހީ މަރުކަޒުގެ ޓީމާއި ފިއްލަދޫ ކައުންސިލްގެ ޓީމެވެ. ފޯރިގަދަ ކުޅުމަކަށްފަހު މި މެޗު ކާމިޔާބުކުރީ ފިއްލަދޫ ސިއްހީ މަރުކަޒުގެ ޓީމުންނެވެ. އެ ޓީމުން މެޗު ކާމިޔާބުކ...
ޔުމްނާ ޢަލީ
ވޯލްޑް ކަޕް ބާއްވާ ގައުމު ކަމަށްވާ އެމެރިކާގެ މައްޗަށް ކުރި ހޯދުމަށްފަހު، ބެލްޖިއަމްގެ “ރެޑް ޑެވިލްސް” މިހާރު ތިބީ އުފާފާޅުކުރުންތައް ނިންމާލުމަށްފަހު މުބާރާތުގެ ކުރިއަށް އޮތް މަރުހަލާއަށް ވަރުގަދަޔަށް ތައްޔާރުވެގެންނެވެ. ހޯމަ ދުވަހު ސިއެޓްލްގައި ކުޅުނު މެޗުގައި 4-1 ގެ ބޮޑު ތަފާތަކުން އެމެރިކާ ބަލިކުރުމަށްފަހު، ބެލްޖިއަމްގެ ޓީމުން ބުދަ ދުވަހު ވަނީ ލޮސް އެންޖެލެސް ސަރަހައްދުގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ. ސެނެގޯލްއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުން މޮޅުވެ، އަދި އެމެރިކާގެ މައްޗަށް ފ...
އަޙްމަދު ވަހީދު