މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,366 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 151 ވަނަ ޞަފްޙާ

ސްޕެއިންއާ ދެކޮޅަށް ކުޅޭ ކުއާޓާ ފައިނަލަށް ބެލްޖިއަމް ވަރުގަދަޔަށް ތައްޔާރުވަނީ

ސްޕެއިންއާ ދެކޮޅަށް ކުޅޭ ކުއާޓާ ފައިނަލަށް ބެލްޖިއަމް ވަރުގަދަޔަށް ތައްޔާރުވަނީ

ވޯލްޑް ކަޕް ބާއްވާ ގައުމު ކަމަށްވާ އެމެރިކާގެ މައްޗަށް ކުރި ހޯދުމަށްފަހު، ބެލްޖިއަމްގެ “ރެޑް ޑެވިލްސް” މިހާރު ތިބީ އުފާފާޅުކުރުންތައް ނިންމާލުމަށްފަހު މުބާރާތުގެ ކުރިއަށް އޮތް މަރުހަލާއަށް ވަރުގަދަޔަށް ތައްޔާރުވެގެންނެވެ. ހޯމަ ދުވަހު ސިއެޓްލްގައި ކުޅުނު މެޗުގައި 4-1 ގެ ބޮޑު ތަފާތަކުން އެމެރިކާ ބަލިކުރުމަށްފަހު، ބެލްޖިއަމްގެ ޓީމުން ބުދަ ދުވަހު ވަނީ ލޮސް އެންޖެލެސް ސަރަހައްދުގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ. ސެނެގޯލްއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުން މޮޅުވެ، އަދި އެމެރިކާގެ މައްޗަށް ފ...

އަޙްމަދު ވަހީދު
ކޭއާރުއެޗުގައި އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕް ރަސްމީކޮށް އިފްތިތާހުކޮށްފި

ކޭއާރުއެޗުގައި އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕް ރަސްމީކޮށް އިފްތިތާހުކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕް، ސާޖިކަލް އައުޓްރީޗް ޕްރޮގްރާމް ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފިއެވެ. މި ޕްރޮގްރާމަކީ ކޭއާރުއެޗް އާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އަދި ކޭއާރުއެޗުގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ފާއިޒް ބައިވެރިވެވަޑަ...

ޔުމްނާ ޢަލީ
ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު، ''ހުރިހާ ދާއިރާއަކުން ވެސް އެހީތެރިކަން ލިބޭނެ''

ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު، ''ހުރިހާ ދާއިރާއަކުން ވެސް އެހީތެރިކަން ލިބޭނެ''

ޗައިނާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ރާއްޖެއަށް ހަދިޔާކޮށްފިއެވެ. މި ތަކެތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މާލޭގެ “ޔޫތު ހަބް” ގައެވެ. މި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ވަނީ ކުޅިވަރުގެ ތަފާތު 21 ބާވަތެއްގެ ސާމާނު ހަދިޔާކޮށްފައެވެ. މި ތަކެއްޗާ ހަވާލުވުމުގެ ގޮތުން ސޮއިކުރަންޖެހޭ “ޑޮކިއުމަންޓް އޮފް އެކްނޮލެޖްމަންޓް” ގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއ...

ޔުމްނާ ޢަލީ
ބޮޑުތަކުރުފާނު މަގު މަޝްރޫޢުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ބޮޑުތަކުރުފާނު މަގު މަޝްރޫޢުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ ބައިވެރިވެވަޑައިގެންނ...

ޔުމްނާ ޢަލީ
ހިސާބަކީ ދިވެހިންގެ ސަގާފަތާއި އާދަކާދަތަކުގެ ތެރޭގައި ލާމެހިފައިވާ ޢިލްމެއް: މެޑަމް ސާޖިދާ

ހިސާބަކީ ދިވެހިންގެ ސަގާފަތާއި އާދަކާދަތަކުގެ ތެރޭގައި ލާމެހިފައިވާ ޢިލްމެއް: މެޑަމް ސާޖިދާ

ހިސާބަކީ ހަމައެކަނި ފޮތްތަކަށް ބަރޯސާވެފައިވާ އެއްޗެއް ނޫންކަމާއި، އެއީ ދިވެހިންގެ ސަގާފަތާއި އާދަކާދަތަކުގެ ތެރޭގައި ލާމެހިފައިވާ ޢިލްމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ، ހިސާބު ޢިލްމު އުނގަންނައިދިނުމުގައި ދިވެހިންގެ ސަގާފަތާއި ތަރިކަ ބޭނުންކުރުމާ ބެހޭގޮތުން ލިޔެފައިވާ “މެތަމެޓިކަލް ތިންކިންގ އިން ދަ މޯލްޑިވްސް – އެތުނޯމެތަމެޓިކްސް، ކަލްޗަރަލް ހެރިޓޭޖް އެންޑް ކަރިކިއުލަމް އިންޓަގްރޭޝަން” ފޮތް އިފްތިތާޙް...

ޝިއުނާ އާދަމް
މާލޭގެ ދެ ގެއެއްގައި އަލިފާނުގެ ހާދިސާތަކެއް

މާލޭގެ ދެ ގެއެއްގައި އަލިފާނުގެ ހާދިސާތަކެއް

މާލޭގެ ދެ ގެއެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާތަކެއް ހިނގައި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެ އަލިފާންގަނޑުތައް ނިއްވާލައިފިއެވެ. މި ހާދިސާތައް ހިނގާފައިވަނީ ގ. މިތުރު ގެއާއި މ. ޝަފާ ގޭގައެވެ. ގ. މިތުރު ގޭގެ ހާދިސާ ގ. މިތުރު ގޭގައި ރޯވި އަލިފާނުގެ މަޢުލޫމާތު މިއަދު ހެނދުނު 08:39 ހާއިރު ލިބުމާއެކު، މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. ފަޔަރ ފައިޓަރުން ކުރި […]

ޔުމްނާ ޢަލީ
އިޒްރޭލުގެ އަތްދަށުން ސަލާމަތްވި ފަލަސްތީނުގެ ދަރިވަރަކު ރަން މެޑަލް ހޯދައިފި

އިޒްރޭލުގެ އަތްދަށުން ސަލާމަތްވި ފަލަސްތީނުގެ ދަރިވަރަކު ރަން މެޑަލް ހޯދައިފި

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނާއި ނަސްލުނައްތާލުމުގެ ހަނގުރާމައިގެ ބިރުވެރިކަމުން ސަލާމަތްވެ، ބްރެޒިލަށް ހިޖުރަކުރި އުމުރުން 15 އަހަރުގެ ފަލަސްތީނުގެ ދަރިވަރު، ތާލާ މުޙައްމަދު އަވަދު ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. ތާލާ ވަނީ ބްރެޒިލްގެ ސައޮ ޕައުލޯ ސްޓޭޓުގެ ސަރުކާރު ސުކޫލުތަކަށް އަމާޒުކޮށްގެން ބޭއްވި މެތަމެޓިކްސް އޮލިމްޕިއާޑް (އޯއެމްއޭއެސްޕީ 2026) ގެ ދެވަނަ މަރުހަލާގައި ރަން މެޑަލް ހާސިލުކޮށްފައެވެ. ޣައްޒާގައި ތަހައްމަލުކުރި ހަނގުރާމައިގެ ހިތްދަތި ދުވަސްތަކަށްފަހު ބްރެޒިލ...

ނާޒިމާ އަލީ
އިޒްރޭލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި އުފައްދާ މުދާ އަޔަލޭންޑަށް އެތެރެކުރުން މަނާކޮށްފި 

އިޒްރޭލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި އުފައްދާ މުދާ އަޔަލޭންޑަށް އެތެރެކުރުން މަނާކޮށްފި 

ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި އިޒްރޭލުން ހަދާފައިވާ އާބާދުވުންތަކުން އުފައްދާ މުދާ އަޔަލޭންޑަށް އެތެރެކުރުން މަނާކުރާ ބިލެއް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ. މިއީ އިޒްރޭލާ ދެކޮޅަށް ވިލާތުގެ ގައުމަކުން މިހާތަނަށް އެޅި ވިޔަފާރީގެ އެންމެ ވަރުގަދަ ފިޔަވަޅެވެ. އަންގާރަ ދުވަހު ފާސްކުރި މި ގާނޫނުގެ ދަށުން، ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ އިޒްރޭލުގެ ބޯޑަރުން ބޭރުގައި ހަދާފައިވާ އާބާދުވުންތަކުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތަކާއި، އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނާއި...

ނާޒިމާ އަލީ
އެމެރިކާއިން އީރާނަށް އައު ހަމަލާތަކެއް ދިނުމުން، އީރާނުން ރައްދު ހަމަލާދީފި

އެމެރިކާއިން އީރާނަށް އައު ހަމަލާތަކެއް ދިނުމުން، އީރާނުން ރައްދު ހަމަލާދީފި

ގަލްފް ސަރަހައްދުގައި އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެ، އެމެރިކާއިން އީރާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ބަހްރޭނާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފައެވެ. މި ކުރިމަތިލުންތަކާއެކު ދެގައުމުގެ ދެމެދުގައި އޮތް ވަގުތީ ސުލްހައިގެ އެއްބަސްވުން މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް...

ނާޒިމާ އަލީ
ވިނަރެސް ޓަވަރެއްގެ ކަރަންޓް ފޮށިތަކަށް ގެއްލުންދީ ވައްކަންކުރި މީހަކު ހައްޔަރުކޮށްފި

ވިނަރެސް ޓަވަރެއްގެ ކަރަންޓް ފޮށިތަކަށް ގެއްލުންދީ ވައްކަންކުރި މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް ދެއެއްގައި ހުންނަ ވިނަރެސް ޓަވަރުތަކުގެ ތެރެއިން ނުވަ ވަނަ ޓަވަރުގެ  2 ވަނަ ފަންގިފިލާގައި ހުރި ކަރަންޓް ފޮށިތަކަށް ގެއްލުންދީ ކޮޕަރ ފޮތިތައް ވަގަށްނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ  ލުކިންގްލާސް / ގދ. ތިނަދޫ، ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއް ހޯދައިގެން މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް، ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމަން ކޯޓަށް […]

ޔުމްނާ ޢަލީ
ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ ވެކްސިން ހަދިޔާކޮށްފި

ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ ވެކްސިން ހަދިޔާކޮށްފި

ޔުނައިޓެޑް ނޭޝަންސް އިންޓަރނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް (ޔުނިސެފް) ގެ ފަރާތުން ދިވެހިރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ (އެމްއާރް) ވެކްސިން ޑޯޒާއި ސިއްޙީ ބައެއް ސާމާނު މިއަދު ހަދިޔާކޮށްފިއެވެ. މި ތަކެތި ހަދިޔާކުރުމަށްޓަކައި މިއަދު ސިއްޙީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޞިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅުއ...

ޔުމްނާ ޢަލީ
މަކުނުދޫގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން އެރަށަށް ރަޖިސްޓްރީވާން ހިތްވަރުދިނުމަށް އިނާމެއް ދެނީ

މަކުނުދޫގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން އެރަށަށް ރަޖިސްޓްރީވާން ހިތްވަރުދިނުމަށް އިނާމެއް ދެނީ

ހދ. މަކުނުދޫގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން، އެރަށުގެ ރަޖިސްޓްރީއަށް ބަދަލުވުމަށް ބާރުއެޅުމުގެ ގޮތުން ފައިސާގެ އިނާމަކާއި ގިފްޓް ޕެކެއް ދިނުމަށް މަކުނުދޫ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ މަކުނުދޫ ކައުންސިލްގެ ފަސްވަނަ ދައުރުގެ އަށްވަނަ އާންމު ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވަނީ މަކުނުދޫގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން އެރަށުގެ ރަޖިސްޓްރީއަށް ބަދަލުވުމަށް ބާރުއެޅުމުގެ ގޮތުން ހިންގާ ކެމްޕޭނާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، އެކަން ކުރިއަ...

ޔުމްނާ ޢަލީ
ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ

ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ

މާލޭގެ ބޮޑުތަކުރުފާނުމަގު، މާފަންނު ބަސް ޓާމިނަލް ކައިރިން އެމްޓީސީސީ ބަހަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2026 ޖުލައި 8 ވީ ބުދަ ދުވަހުގެ ރޭ 19:07 އެހާކަންހާއިރުއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނުމަގުން ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހިގެންނެވެ. މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާތީ، އޭނާއަށް އަވަސް ފަރުވާ ދިނުމަށްޓަކައި...

ޔުމްނާ ޢަލީ
މެސީ މުބާރާތުގައި ބެހެއްޓުމަށްޓަކައި މިސްރަށް ދިނީ ނާއިންސާފު ބައްޔެއް: މިސްރުގެ ކޯޗު

މެސީ މުބާރާތުގައި ބެހެއްޓުމަށްޓަކައި މިސްރަށް ދިނީ ނާއިންސާފު ބައްޔެއް: މިސްރުގެ ކޯޗު

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި އާޖެންޓީނާ އާއި މިސްރު ބައްދަލުކުރި މެޗަށްފަހ، މިސްރުގެ ހެޑް ކޯޗު ހުސާމް ހަސަން ރެފްރީއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން މިސްރު ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުސާމް ހަސަން ބުނީ، މިސްރު ބަލިވީ “ނާއިންސާފުން” ކަމަށާއި، މިއީ ލިއޮނަލް މެސީ އާއި އެންމެ ފަހުގެ ޗެމްޕިއަނުން މުބާރާތުގައި ބޭތިއްބުމަށް ކުރި ކަމެއް ކަމަށެވެ. […]

އަޙްމަދު ވަހީދު
ކުޅުދުއްފުށީ ގައި ދެ ޑްރަގް އޮޕަރޭޝަނެއް، ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީ ގައި ދެ ޑްރަގް އޮޕަރޭޝަނެއް، ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ހދ. ކުޅުދުއްފުށީގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މިއީ މި އޮޕަރޭޝަންތަކަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެކެވެ. މި ޖުލައި މަހުގެ 7 ވަނަ ދުވަހު ހިންގި ފުރަތަމަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ލޭކޮކާ، ޙަސަން އިބްރާހީމް (27އ) އާއި، އެ ރަށު ކަގި، ފާޠިމަތު ޢަލީ (32އ) އެ...

ޝިއުނާ އާދަމް
އުރީދޫ އެޕްގެ އޮޓޯޕޭ މެދުވެރިކޮށް ފައިސާ ދައްކާނެ ދުވަސް އަމިއްލައަށް އިޚްތިޔާރު ކުރެވޭނެ

އުރީދޫ އެޕްގެ އޮޓޯޕޭ މެދުވެރިކޮށް ފައިސާ ދައްކާނެ ދުވަސް އަމިއްލައަށް އިޚްތިޔާރު ކުރެވޭނެ

އުރީދޫ މޯލްޑިވްސްއިން އުރީދޫ އެޕްގައި ހިމެނޭ “އޮޓޯޕޭ” ފީޗާ މެދުވެރިކޮށް، ކަސްޓަމަރުން ބޭނުންވާ ދުވަހެއްގައި އޮޓޮމެޓިކުން ބިލްތަކަށް ފައިސާ ދެއްކުމާއި، ޕްރީޕެއިޑް ރީޗާޖްކުރުމާއި ނުވަތަ އެޑް-އޯންތައް ގަނެވޭނެ ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދީފިއެވެ. މިއީ ކަސްޓަމަރުން ބޭނުންވާ ތާރީޚެއްގައި ރައްކާތެރިކަމާއެކު އޮޓޮމެޓިކުން ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިދީ، މެދުކެނޑުމެއްނެތި ޚިދުމަތްތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ ފީޗާއެކެވެ. މުސާރަ ލިބޭ ދުވަހާ ދިމާކޮށް ނުވަތަ މަހުގެ ބަ...

އިބްރާހިމް އަސްވާޤް
ޣައްޒާގެ އެހީތެރިޔާ އަލް-ވަހީދީ މިސްރުގެ މެޗު ފެށުމުގެ ކުރިން އިސްރާއީލުން ޝަހީދުކޮށްލި

ޣައްޒާގެ އެހީތެރިޔާ އަލް-ވަހީދީ މިސްރުގެ މެޗު ފެށުމުގެ ކުރިން އިސްރާއީލުން ޝަހީދުކޮށްލި

އިއްޔެ އަކީ މިޞްރުގެ ފުޓްބޯޅަ ތާރީޚުގައި އެ ޤައުމުން ކުޅޭނެ އެންމެ މުހިންމު އެއް މެޗު އޮތް ދުވަހެވެ. ޣައްޒާ ސިޓީގައި ހުންނަ މިޞްރުގެ ކޮމިޓީގެ ޑައިރެކްޓަރު މުޙައްމަދު ފަވާޒް އަލް-ވަހީދީ ދިޔައީ ޣައްޒާގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް ކުޑަވަގުތުކޮޅަކަށް ނަމަވެސް ހިތްހަމަޖެހުމެއް ހޯދައިދިނުމުގެ މަޤްޞަދުގައި، ބޮޑު ސްކްރީންތައް ބަހައްޓައި، އެންމެން އެކުވެގެން މެޗު ބަލާލެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. ނަމަވެސް އެ މެޗު ބަލާލުމުގެ ނަސީބެއް އޭނާއަކަށް ނުލިބުނެވެ. މެޗު ފެށުމުގެ ކުރިން، އިސްރާއ...

ނާޒިމާ އަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޒެން މެޑި ކްލިނިކް ގުޅިގެން 'ކޮމިއުނިޓީ ރެސިލިއަންސް' ޕްރޮގްރާމެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޒެން މެޑި ކްލިނިކް ގުޅިގެން 'ކޮމިއުނިޓީ ރެސިލިއަންސް' ޕްރޮގްރާމެއް

ޒެން މެޑި ކްލިނިކާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ “ކޮމިއުނިޓީ ރެސިލިއަންސް އެންޑް ޕޯސްޓް-ޓްރޯމެޓިކް ގްރޯތް އިނިޝިއޭޓިވް” ތަމްރީނު ޕްރޮގްރާމް ކުޅުދުއްފުށީ ސިޓީގައި މިއަދު ފަށައިފިއެވެ. މި ޖުލައި މަހުގެ 8 އިން 9 އަށް ކުރިއަށްދާ މި ދެ ދުވަހުގެ ތަމްރީނު ޕްރޮގްރާމަކީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތަކުން އަރައިގަތުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ތަމްރީނުތަކުގައި މުޖުތަމައުގެ އެކި ދާއިރާތަކުން ބައިވެރިން ބައިވެރިވެފައިވެއެވެ. ކުޅުދުއ...

ޔުމްނާ ޢަލީ