އިއްޔެ އަކީ މިޞްރުގެ ފުޓްބޯޅަ ތާރީޚުގައި އެ ޤައުމުން ކުޅޭނެ އެންމެ މުހިންމު އެއް މެޗު އޮތް ދުވަހެވެ. ޣައްޒާ ސިޓީގައި ހުންނަ މިޞްރުގެ ކޮމިޓީގެ ޑައިރެކްޓަރު މުޙައްމަދު ފަވާޒް އަލް-ވަހީދީ ދިޔައީ ޣައްޒާގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް ކުޑަވަގުތުކޮޅަކަށް ނަމަވެސް ހިތްހަމަޖެހުމެއް ހޯދައިދިނުމުގެ މަޤްޞަދުގައި، ބޮޑު ސްކްރީންތައް ބަހައްޓައި، އެންމެން އެކުވެގެން މެޗު ބަލާލެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. ނަމަވެސް އެ މެޗު ބަލާލުމުގެ ނަސީބެއް އޭނާއަކަށް ނުލިބުނެވެ. މެޗު ފެށުމުގެ ކުރިން، އިސްރާއ...
ނާޒިމާ އަލީ
ޒެން މެޑި ކްލިނިކާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ “ކޮމިއުނިޓީ ރެސިލިއަންސް އެންޑް ޕޯސްޓް-ޓްރޯމެޓިކް ގްރޯތް އިނިޝިއޭޓިވް” ތަމްރީނު ޕްރޮގްރާމް ކުޅުދުއްފުށީ ސިޓީގައި މިއަދު ފަށައިފިއެވެ. މި ޖުލައި މަހުގެ 8 އިން 9 އަށް ކުރިއަށްދާ މި ދެ ދުވަހުގެ ތަމްރީނު ޕްރޮގްރާމަކީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތަކުން އަރައިގަތުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ތަމްރީނުތަކުގައި މުޖުތަމައުގެ އެކި ދާއިރާތަކުން ބައިވެރިން ބައިވެރިވެފައިވެއެވެ. ކުޅުދުއ...
ޔުމްނާ ޢަލީ
ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ގަވާއިދާ ޚިލާފަށް ބިން ދޫކުރި މައްސަލައިގައި އެ ރަށު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ މެންބަރުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 20 އެޕްރީލް 2026 ގައެވެ. މި މައްސަލައަކީ ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް 5000 އަކަފޫޓުގެ ބިމެއް ގަވާއިދާ ޚިލާފަށް ދޫކޮށްފައިވާ މައްސަލައެކެވެ. ޕީޖ...
އަލީ އާދިލް
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް ތާރުއަޅައި ނިންމާލައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނީ، މާލޭ ނޯތު ސައިޑް ބޮޑުތަކުރުފާނު މަގު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ސެގްމަންޓް 4 އަދި 5 ގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މިއާއެކު މަޝްރޫޢުގެ ބޮޑުބައެއް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. އެމްޓީސީސީން އިތުރަށް ހާމަކޮށްފައިވާ ގޮތު...
ޔުމްނާ ޢަލީ
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި އާޖެންޓީނާ އާއި މިސްރު ބައްދަލުކުރި ފޯރިގަދަ މެޗަށްފަހު، ދަނޑުތެެރެއާއި ކުޅިބެލުންތެރިންގެ ވީޑިއޯތައް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އާޖެންޓީނާ ސަޕޯޓަރުން އިޒްރޭލު ދިދަ ދައްކައި ފުރައްސާރަކުރުމުން، މިސްރުގެ ކޯޗު ހުސާމް ހަސަން ކެތްތެރިކަން ކޮޅުންލިމަންޒު ފެންނަ ވީޑިއޯތައް ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ. މި މެޗު 3-2 ގެ ނަތީޖާއަކުން އާޖެންޓީނާ ކާމިޔާބުކުރީ ފަހަތުން އަރައި ޖެހި ލަނޑުތަކުންނެވެ. މެޗުގެ ފަހު ފުމެލުމާއެކު، މިސްރުގެ ކޯޗު [...
ޔުމްނާ ޢަލީ
ލިޔުންތެރިން ލިޔާ ލިޔުންތަކަކީ ޙައްޤުބަސް ހިމެނޭ، އަދަބުވެރި އަދި މުޖުތަމަޢަށް ފައިދާކުރަނިވި ލިޔުންތަކަކަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސް ކުރަށްވައިފިއެވެ. ރައީސް މި އިލްތިމާސް ކުރެއްވީ ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހައި ލިޔުންތެރިންނަށާއި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވެވި މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، މާތްވެގެންވާ އިސްލާމްދީނަ...
ޔުމްނާ ޢަލީ
ޖުލައި 5 ވަނަ ދުވަހުގެ އަދަދާއި ގުޅޭ: ” އެހެންވިއްޔާ މައިންބަފައިގެ ޒުވާބުގެ އަޑު ކޮޓަރިން ބޭރުވިޔަ ނުދީ. ދަރިންނަށް އިވުނީމަ ސުވާލު ކުރާނެކަން ވެސް އެނގެން ވާނެ.” މާޔާ އެހެން ބުނެ ބާރުބާރަށް ގެއިން ނިކުންނަން ހިނގައިގަތެވެ. ހުރި ފިޔަވަޅުމަތީ ސުވޭދާއަށް ހުރެވުނީ ހިތްހަމަނުޖެހިފައެވެ. ބޭރުގައި ހުރި ޖޯލިފަތީގައި މާޔާ ގޮސް އިށީނީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ރަށަށް އައިއްސުރެން މަންމައާއި ބައްޕަގެ ހަމަނުޖެހުމުގެ އަޑު އިވިއިވި މާޔާ ހުރީ ވަރަށް ބޮޑަށް ފޫހިވެފައެވެ. ރަށުގައި މަޑުކުރުމުގެ […]
ސަލާމާ ޢަބްދުލް ޢަލީމް
އީރާނުގެ އަމުރަށް ބޯނުލަނބައި ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތިން އުޅަނދަކަށް އީރާނުން ފިޔަވަޅު އެޅިކަމަށްބުނެ، އެމެރިކާ ސިފައިން ބުދަ ދުވަހުގެ ފަތިހު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ބަޙްރައިނާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީފައެވެ. އެމެރިކާ އިން ދިން ހަމަލާތަކުގެ މަތިއޮމާންކުރުމުގެ ގޮތުން އެ ގައުމުގެ ސެންޓްރަލް ކޮމާންޑުން ބުނިވެފައިވަނީ، އީރާނަށް ހަމަލާދޭން ޖެހުނީ ބައިނަލްއަގުވާމީ ކަނޑުގެ ސ...
ނާޒިމާ އަލީ
ކެނެޑާގެ ވެންކޫވަރގައި ހުންނަ ބީސީ ޕްލޭސް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗު، ޕެނަލްޓީ ޖަހައިގެން ކާމިޔާބުކޮށް ސްވިޒަލޭންޑުން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. އަންގާރަ ދުވަހު ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސްވިޒަލޭންޑް ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ. ސްވިޒަލޭންޑަށް މޮޅުކޮށްދިން ނިންމުންތެރި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ރުބެން ވަރްގަސް އެވެ. މިއީ 1954 ވަނަ އަހަރު […]
އަޙްމަދު ވަހީދު
ވޯލްޑް ކަޕްގައި ޕެރަގުއޭގެ މައްޗަށް ފްރާންސް ކުރިހޯދި މެޗަށްފަހު، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއަށް ނަސްލީ ގޮތުން އިހާނެތިކޮށް ހިތައި، ނަފްރަތު އުފެއްދުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ޕެރަގުއޭގެ ސެނެޓަރެއްގެ މައްސަލަ ފްރާންސްގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފިއެވެ. ޕެރިސްގެ ޕްރޮސެކިއުޓަރުގެ އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ތަހުގީގު ފަށާފައިވަނީ އޮންލައިންކޮށް ފަތުރާ ނަފްރަތުގެ މައްސަލަތައް ބަލާ ޤައުމީ ޔުނިޓަށް ފްރެންޗް ފުޓްބޯޅަ ފެޑެރޭޝަން (އެފް.އެފް.އެފް) އިން ހ...
އަޙްމަދު ވަހީދު
މި އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އޭނާގެ އަށްވަނަ ލަނޑު ކާމިޔާބުކޮށް، ގޯލްޑަން ބޫޓުގެ ރޭހުގެ އެއްވަނައަށް ޖެހިލައިފިއެވެ. އަންގާރަ ދުވަހު މިސްރާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ މި ލަނޑު ޖެހުމާއެކު، އާޖެންޓީނާގެ ގައުމީ ޓީމަށް ޖެހިޖެހިގެން ނުވަ މެޗުގައި އޭނާ ވަނީ ލަނޑު ޖަހާފައެވެ. މެޗުގެ 83 ވަނަ މިނެޓުގައި ގޮންޒާލޯ މޮންޓިއެލް ދިން ފުރުސަތަކުން މެސީ ކާމިޔާބުކުރި މި ލަނޑަކީ އޭނާގެ ވޯލްޑް ކަޕް ކެރިއަރުގައި ޖެހި 21 […]
އަޙްމަދު ވަހީދު
ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން މިފަހަރުގެ ވަރލްޑް ކަޕްގައި މިސްރާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު ކާމިޔާބުކޮށް، މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވާއިރު އާޖެންޓީނާ ކުޅުންތެރިން ވަނީ އެ ޓީމުގެ މައިބަދަކަމަށްވާ ލިއޮނަލް މެސީ ވައިގެ ތެރެއަށް އުފުލާލައި ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. މިރޭގެ މެޗުގެ ބޮޑުބައިގައި މިސްރުން ކުރިހޯދާފައި ވަނިކޮށް، އާޖެންޓީނާއިން ވަނީ ފަހު ވަގުތު ތިން ލަނޑު ޖަހައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މިސްރުން މެޗުގެ ކުރީކޮޅު ލަނޑެއް ޖަހައި، އާޖެންޓީނާގެ ވަރުގަދަ ހަމަލާ...
އަޙްމަދު ވަހީދު
ވޯލްޑް ކަޕްގެ ތާރީޚުގައިވެސް ފެނިގެންދިޔަ އެންމެ ފާހަގަކޮށްލެވޭ އެއް އެނބުރިއައުމާއެކު، ދެ ލަނޑުގެ ފަހަތުގައި އޮތުމަށްފަހު 3-2 ގެ ނަތީޖާއަކުން މިސްރު ބަލިކޮށް އާޖެންޓީނާއިން މުބާރާތުގެ ކުރިއަށް އޮތް ބުރަށް ދަތުރުކޮށްފިއެވެ. މި މެޗުން ބަލިވުމާއެކު މިސްރު ވަނީ މުބާރާތުން ކަޓާފައެވެ. މި ނަތީޖާ އާއި އެކު މާލޭގައި ދިރިއުޅޭ ބަންގްލަދޭޝް މީހުން އަންނަނީ މާލޭގެ މަގުތަކުމަތީ އުފާފާޅުކުރަމުންނެވެ. ބަންގްލަދޭޝް އަކީ އާޖެންޓީ އަށް ޚާއްޞަ ލޯތްބެއް އޮންނަ ގައުމެކެވެ. މީގެ އިތުރުން ދިވެހިންގެ ތެރޭގައި ވެސް […]
އަޙްމަދު ވަހީދު
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ފަހު މެޗުތައް އަންގާރަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވަނީ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި މިޞްރުގެ މުޙައްމަދު ސަލާހް ބައްދަލުކުރާ ފޯރިގަދަ ކުރިމަތިލުމަށެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލުން މިހާތަނަށް ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި ނޯވޭގެ އާލިން ހާލަންޑް ވަނީ ޖާގަ ހޯދާފައެވެ. އަދި މެކްސިކޯއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 3-2 އިން ކާމިޔާބުކޮށް ހެރީ ކޭންގެ އިންގްލެންޑް ވެސް […]
އަޙްމަދު ވަހީދު
ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ނަރުހުންގެ އޯގާތެރި ޚިދުމަތްތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ޝުކުރު އަދާކުރައްވައިފިއެވެ. އެކަމަނާ މިކަމަށް ޝުކުރު އަދާކުރެއްވީ، މިއަދު ހެނދުނު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި “ތަރޑް އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯރ ހެލްތްކެއަރ ޕްރޮފެޝަނަލްސް 2024” (އައި.ޖޭ.ސީ.އެޗް.ޕީ 2024) ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފ...
ޔުމްނާ ޢަލީ
ރަޝިއާގެ މޮސްކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ އެކްސްޓްރީމް ވޯޓާ-ސްޕޯޓްސް ފެސްޓިވަލް “ހައިޑްރޯފެސްޓް 2026” ގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ހދ. ވައިކަރަދޫއަށް އުފަން ހުނަރުވެރި އެތުލީޓް އިބްރާހިމް ނާއިފް (ވައިރޮދި ނާއްޕެ) އަށް ލިބިއްޖެއެވެ. މި މަހުގެ 10 އިން 11 އަށް ރަޝިއާގެ މޮސްކޯގައި ހުންނަ އިޒްމައިލޯވްސްކީ ޕާކުގެ ކްރޫގްލީ ޕްރޫޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލަކީ ދުނިޔޭގެ ފެންވަރުގެ އެތުލީޓުން ވާދަކުރާ ބޮޑު ހަރަކާތެކެވެ. މޯލްޑިވްސް ހައިޑްރޯ ސްޕޯޓްސް އެސޯސިއޭޝަނ...
އިބްރާހިމް އަސްވާޤް
ޗައިނާގެ އިރުމަތީ ނަންޖިން ސިޓީގެ އިގްތިސާދީ ތަރައްގީއާ ބެހޭ ކުރީގެ އިސް އޮފިޝަލެއް ކަމަށްވާ ޔަންގް ޔޫލިން، 325 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ރިޝްވަތުގެ ގޮތުގައި ނެގިކަން ސާބިތުވެ، އޭނާ މަރަން ޗައިނާގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ޗައިނާގެ ފަހުގެ ތާރީޚެއްގައި ކޮރަޕްޝަންގެ މައްސަލައެއްގައި އިއްވި އެންމެ ހަރުކަށި އެއް ހުކުމް އިއްވާފައިވަނީ ޖިއާންގްސޫ ޕްރޮވިންސްގެ ޗަންގްޒޫ އިންޓަރމީޑިއަޓް ޕީޕަލްސް ކޯޓުންނެވެ. ކޯޓުން ހާމަކުރި ތަފްސީލުތަކުގައިވާ ގޮތުން، ޔަންގް ވަނީ 2.21 ބިލިއަން ޔުއާން (ގާތްގަނޑަކ...
ނާޒިމާ އަލީ
ވޯލްޑް ކަޕް 2026 ގައި ގަދަ 16 ބުރުގައި ސްޕޭން އާއި ޕޯޗްގަލް ބައްދަލުކުރި މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ސްޕޭނުން ކާމިޔާބުކުރި ލަނޑާއެކު ޕޯޗުގަލް އަށް މި ވޯލްޑް ކަޕް ނިމިގެންދިޔައިރު، މި މެޗާއެކު ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ވޯލްޑް ކަޕް ކެރިއަރު ވަނީ ނިމުމަކަށް އައިސްފައެވެ. ރޮނާލްޑޯ އަކީ އެތައް މިލިއަން ސަޕޯޓަރުންނެއް ތިބި ވަރުގަދަ ކާމިޔާބު ލެޖެންޑެކެވެ. އެއީ ރޮނާލްޑޯ އަށް ސަޕޯޓް ކުރިއަސް ނުކުރިއަސް ފެންނާން […]
އަލީ އާދިލް