ޒަކާތު ފަންޑުގެ މާލީ އެހީތެރިކަމާއެކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި ތެލެސީމިއާ ހަ ކުއްޖަކު އިންޑިއާއަށް ފުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ބުނެފިއެވެ. މިއީ މި އަހަރުގެ ތެރޭގައި މި ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ފޮނުވާ ފުރަތަމަ ގްރޫޕެވެ. މީގެ އިތުރުން، އިދާރީ ކަންކަން ފުރިހަމަވުމުން އިތުރު ހަތަރު ކުއްޖަކު ފުރުމަށް ހަމަޖެހިފައިވާކަން ޒަކާތު ހައުސްއިން ވަނީ ހާމަކޮށްފައެވެ. މި ކުދިން ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރާއި، ޒަކާތ...
ޔުމްނާ ޢަލީ
ރަޝިއާގެ މޮސްކޯގައި ބޭއްވި ބައިނަލްއަޤުވާމީ އެކްސްޓްރީމް ވޯޓާ-ސްޕޯޓްސް ފެސްޓިވަލް “ހައިޑްރޯފެސްޓް 2026” ގައި ރާއްޖެ ތަމްސީލުކުރި ހދ. ވައިކަރަދޫއަށް އުފަން ހުނަރުވެރި އެތުލީޓް އިބްރާހިމް ނާއިފް (ވައިރޮދި ނާއްޕެ) މުބާރާތުގެ ޕްރޮފެޝަނަލް ފްލައިބޯޑް ކެޓަގަރީން 4 ވަނަ ހޯދައިފިއެވެ. މި މަހުގެ 10 އިން 11 އަށް މޮސްކޯގެ އިޒްމައިލޯވްސްކީ ޕާކުގައި ބޭއްވި މި މުބާރާތަކީ ދުނިޔޭގެ ފެންވަރުގެ އެތުލީޓުން ވާދަކުރި ބޮޑު ހަރަކާތެކެވެ. މި މުބާރާތުގެ ފްލައިބޯޑް ކެޓަގަރީން އެއްވަނަ ހޯދާފައިވަނީ ރަޝިއާގެ އެތުލީޓެކެވެ....
އަލީ އާދިލް
މިއަދަކީ އިންސާނީ ތާރީޚު ދުށް އެންމެ ބޮޑު އެއް ޖަރީމާ ކަމުގައިވާ ސެރެބްރެނިކާ ގަތުލުއާންމަށް 31 އަހަރު ފުރުނު ދުވަހެވެ. މީގެ ތިން ދަހަރު ކުރިން ހިނގައިދިޔަ މި ހިތާމަވެރި ހާދިސާއަކީ މިއަދުވެސް އިންސާނިއްޔަތުގެ ހިތްތަކުގައި ބަޔާންކުރަންދަތި ރިހުމެއް އުފައްދަމުންދާ، ތާރީޚުގެ ކަޅު ސަފުހާއެކެވެ. އެއީ މުސްލިމުންގެ ނަސްލު ނައްތާލުމަށް ހިންގި ލާއިންސާނީ ބޮޑު ޖަރީމާއެކެވެ. ގަތުލުއާންމުގެ ފެށުން 1995 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ރަޓްކޯ މިލަޑިޗްގެ ކޮމާންޑުގެ ދަށުން ބޮސްނިއަން ސާބް ސިފައިން […]
ޝިއުނާ އާދަމް
މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން މުހައްމަދު ސަލާހް، އެ ގައުމުގެ ފުޓްބޯޅައަށް ބައިނަލްއަގުވާމީ މައިދާނުގައި އާ ފެށުމެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން ސަޕޯޓަރުންނަށާއި އެ ޤައުމުގެ ރައްޔިތުންނަށް ދީފިއެވެ. މިސްރުގެ ޓީމު އިއްޔެ ވަނީ އަނބުރާ ޤައުމަށް ގޮސްފައެވެ. އެ ޓީމު ވަނީ މި ވޯލްޑް ކަޕްގައި މޮޅު ކުޅުމެއްދައްކައި މުބާރާތުގެ ގަދަ 16 ބުރަށް ދަތުރުކޮށް، މިސްރުގެ ތާރީޚްގައި ފުޓްބޯޅައިން އެންމެ ބޮޑު ކާމިޔާބީ އަށް ވާސިލްވެފައެވެ. އެނބުރި ގައުމަށް އައުމަށްފަހު މިއަދު މީސްމީޑިއާގައި ކުރި […]
އަޙްމަދު ވަހީދު
ޤައުމުގެ ޒުވާނުންގެ ކުރިއެރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމާއެކު، ރާއްޖޭގައި އިތުރުވަމުންދާ ދުވަސްވީ މީހުންގެ އާބާދީއަށް އެއްބާރުލުންދީ އެހީތެރިވުމަށް ތައްޔާރުވާންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ. މި މެސެޖުގައި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިއަދުގެ ޒުވާނުންގެ ކިބައިގައި ދުޅަހެޔޮ އާދަތައް އަށަގަންނުވައިގެން، ދިގުދެމިގެންދާ ބަލިމަޑުކަމުން ޒުވާނުން ރައްކާތެރިކުރުމަކީ މުހިންމު ކަމ...
ޝިއުނާ އާދަމް
ދުނިޔޭގެ ފުޓްބޯޅައިގައި މިހާރު އެންމެ ގަދަޔަށް އިވޭ އެއް ނަމަކީ ނޯވޭގެ ފޯވާޑް އާލިންގް ހާލަންޑްގެ ނަމެވެ. އިސްކޮޅުގައި 6 ފޫޓް 5 އިންޗި ހުންނަ، ބިޔަ ހަށިގަނޑެއްގެ ވެރި މި ކުޅުންތެރިޔާއަކީ ދަނޑުމަތީގައި އިދިކޮޅު ކުޅުންތެރިން ޖެހިލުންކުރުވާ ފަދަ ބާރުގަދަ “މެޝިނެއް” ފަދަ ކުޅުންތެރިއެކެވެ. ނަމަވެސް، ސޯޝަލް މީޑިއާގައި އޭނާއަށް ލިބެމުންދާ ތަރުހީބާއި މީހުން އޭނާ ސިފަކުރާ ގޮތް މުޅިން ތަފާތެވެ. ވޯލްޑް ކަޕްގެ ހަތަރު މެޗުން ހަތް ގޯލް ކާމިޔާބުކޮށް، ގޯލް ޖެހުމުގެ މެޝިނެއްގެ […]
އަޙްމަދު ވަހީދު
މާލޭ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި 5 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، މި މައްސަލައަކީ 15 މާރިޗު 2026 ދުވަހުގެ ރޭގަނޑު 21:02 އެހައިކަށްހައިއިރު، ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓެއްގައި ހުރި ދެ ތިޖޫރީއެއް ފަޅާލައި، އޭގައި ހުރި 3,992,000 (ތިންމިލިއަން ނުވަލައްކަ ނުވަދިހަ ދެހާސް) ރުފިޔާ ވަގަށް ނެގި މައްސަލައެކެވެ. މި މައްސަލާގައ...
ޔުމްނާ ޢަލީ
ހއ. ދިއްދޫގައި މިވަގުތު ދިރިއުޅެމުންދާ އެންމެ ދުވަސްވީ މީހާ ކަމަށްވާ އެރަށު އިތާމާގެ، އާމިނަތު މޫސާ އަށް 100 އަހަރު ފުރިއްޖެއެވެ. އާމިނަތު މޫސާގެ 100 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ހއ. ދިއްދޫ ކައުންސިލްގެ ރައީސާއި، ނައިބު ރައީސްގެ އިތުރުން ކައުންސިލް މެންބަރުން ވަނީ އޭނާގެ ގެއަށް ޒިޔާރަތްކޮށް މަރުހަބާ ކިޔާފައެވެ. މީގެ އިތުރުން ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއި، ނައިބު ރައީސް އަދި އެ ކޮމިޓީގެ މެންބަރުން ވެސް ވަނީ މި […]
ޔުމްނާ ޢަލީ
ވޯލްޑް ކަޕްގެ ފޯރިގަދަ ސެމީ ފައިނަލްގައި އަންގާރަ ދުވަހު ފްރާންސާ ދެކޮޅަށް ނުކުތުމުގެ ކުރިން، ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ފްރާންސަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. ހުކުރު ދުވަހު ކުޅުނު ކުއާޓާ ފައިނަލްގައި ބެލްޖިއަމް އަތުން 2-1 އިން މޮޅުވެ، 2010 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ސްޕެއިން ސެމީ ފައިނަލަށް ދަތުރުކުރުމާ ގުޅިގެން ޔަމާލް ބުނީ، ފްރާންސުން ބިރުގަންނަންޖެހޭނެ ހަމައެކަނި ޓީމަކީ ސްޕެއިން ކަމަށެވެ. “އަހަރެން ގަބޫލުކުރާ ގޮތުގައި ފްރާންސުން ބިރުގަންނަންޖެހޭ ބަޔަކު ތިބި […]
އަޙްމަދު ވަހީދު
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ދާއިރާތަކުގެ ސްޓިއަރިންގް ކޮމިޓީތަކުގެ އިންތިޚާބު ފެށިގެން ކުރިއަށް އެބަދެއެވެ. ޕީއެންސީން ބުނިގޮތުގައި މި އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 9:00 ގައި ވަނީ ފަށާފައެވެ. އަދި ހަވީރު 4:00 އާހަމައަށް ވޯޓުލުން ކުރިއަށް ދާނެކަމަށް އެ ޕާޓީން ބުންޏެވެ. މި އިންތިހާބު 131 ރަށު ދާއިރާއެއްގައި ކުރިއަށް ދާއިރު، މި ދާއިރާތަކުގެ މަގާމުތަކަށް 2،000 އަށްވުރެ ގިނަ މެމްބަރުން އިންތިޚާބުކުރާނެކަމަށް ޕީއެންސީން ކުރިން ވަނީ ބުނެފައެވެ. ޕީއެންސީގެ ދާއިރާތަކުގ...
ޔުމްނާ ޢަލީ
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ރޭ ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 2-1 އިން ކާމިޔާބުކޮށް، ސްޕެއިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި މެޗުން ސްޕެއިން މޮޅުވީ މެޗުގެ ފަހު ވަގުތު މިކޭލް މެރީނޯ ކާމިޔާބުކޮށްދިން ގޯލުންނެވެ. މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ސްޕެއިންއެވެ. މެޗުގެ 30 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ ފަބިއަން ރުއިޒްއެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗާލްސް ޑި […]
އަޙްމަދު ވަހީދު
ވިލިމާލޭގައި ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ވިލިމާލޭ ކަނދޮޅުމާގޯޅި ތެރޭގައެވެ. ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، މި މާރާމާރީގެ ރިޕޯޓް ލިބިފައިވަނީ 2026 ޖުލައި 10 ވަނަ ދުވަހުގެ މެންދުރުފަހު 15:12 އެހައިކަންހާއިރުއެވެ. މި ހާދިސާގައި އަނިޔާވި ހަތަރު މީހުންނަށްވެސް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި މާރާމާރީގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 18 އަހަރު، 22 އަހަ...
ޔުމްނާ ޢަލީ
ވޯލްޑް ކަޕްގެ ނޮކްއައުޓް މަރުހަލާގައި އާޖެންޓީނާ އަތުން 3-2 އިން ބަލިވެ މުބާރާތުން ވަކިވާން ޖެހުނު ނަމަވެސް، އެނބުރި ގައުމަށް އައި މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމަށް އެތައް ހާސް ސަޕޯޓަރުންނެއް ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ހުކުރު ދުވަހު މިސްރުގެ އަލް-އަލަމައިން އެއާޕޯޓަށް ޓީމު ފޭބުމާއެކު، އެއްވެފައިތިބި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ޓީމުގެ ތަރި މުހައްމަދު ސަލާހުގެ ފޮޓޯތަކާއި ޓީމަށް ތައުރީފުކޮށް ލިޔެފައިވާ ބޯޑުތައް ހިފައިގެން ކުޅުންތެރިންނަށް މަރުހަބާ ކިޔާފައެވެ. މިސްރުން ވަނީ މިފަހަރުގެ މުބާރާތ...
އަޙްމަދު ވަހީދު
ކުޅުދުއްފުށީ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ، ޑަބްލިއުޑީސީގެ “ޑަބްލިއުޑީސީ ނެޓްބޯޅަ ޗެލެންޖް 2026″ގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ. މި މުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީ ސިޓީގައި ނެޓުބޯޅަ ކުރިއެރުވުމަށާއި، މި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުންކަމަށް އެ ކޮމިޓީން ވަނީ ބުނެފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 14 އޮގަސްޓް 2026 ގައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު އާންމުކޮށް ހުޅުވާލާ...
ޔުމްނާ ޢަލީ
ށ. ނަރުދޫ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ 12 ވަނަ ސްޕޯޓްސް ފިއެސްޓާގެ ތެރެއިން ހިމެނޭ ފުޓްސަލް މުބާރާތް އަންނަ ބުދަ ދުވަހު ފެށުމަށް ނިންމައި މުބާރާތުގެ ގުރު ނަގައިފިއެވެ. ނަރުދޫއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ އެ ރަށުގެ ކުޅިވަރުގެ ރޫހު އާލާކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުހިންމު ހަރަކާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ލެއިޓް ވުލްފް ޔުނައިޓެޑް އާއި، […]
ޔުމްނާ ޢަލީ
ފަލަސްތީނުގެ ކުރެހުންތެރިއެއް ކަމަށްވާ އުބައިދު އަލް-ކަރްޝެލީ، ގައްޒާގައި އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ ގެއެއްގެ ފާރުގައި މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ހުސާމް ހަސަންގެ ތަސްވީރެއް ކުރަހައިފިއެވެ. މި ކުރެހުން ކުރަހާފައިވަނީ ހުސާމް ހަސަން ފަލަސްތީނުގެ ހައްގުގައި ވޯލްޑް ކަޕްތެރޭ ދައްކާފައިވާ ވާހަކަތަކަށް ޝުކުރު އަދާކުރުމުގެ ގޮތުންނެވެ. މިސްރުން އޮސްޓްރޭލިއާ ބަލިކުރި މެޗަށްފަހު ހަސަން ވަނީ ދަނޑުމަތީ ފަލަސްތީނުގެ ދިދަ ހޫރުވާފައެވެ. އަދި އެ މެޗަށްފަހު ބީއިން ސްޕޯޓްސްއާ ވާހަކަ ދައްކަމު...
ޔުމްނާ ޢަލީ
މިފަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ބަލަމުންދާ އެމެރިކާގެ ގިނަ އަދަދެއްގެ އިނގިރޭސި ބަހުން ވާހަކަދައްކާ މީހުން، ސްޕެނިޝް ބަހުން މެޗުތައް ގެނެސްދޭ ޓެލެމުންޑޯ ޗެނަލަށް ހިތްޖެހިފައިވާކަން ހާމަވެއްޖެއެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ސްޕެނިޝް ބަސް އެއްގޮތަކަށްވެސް ނޭނގޭ މީހުން ކަމުގައިވީ ނަމަވެސް، އެ ޗެނަލުން މެޗުތައް ގެނެސްދޭ ފޯރިގަދަ ގޮތުގެ ސަބަބުން އެމީހުން ދަނީ އެ ޗެނަލް އިޚްތިޔާރު ކުރަމުންނެވެ. އިނގިރޭސި ބަހުން ވާހަކަދައްކާ ބެލުންތެރިން ޓެލެމުންޑޯ އިޚްތިޔާރުކުރާ އެންމެ ބޮޑު އެއް ސަބަބަކީ މަޝްހޫ...
އަޙްމަދު ވަހީދު
ކީރިތި ޤުރްއާނަކީ އިންސާނާގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަޞްލުކަމާއި، އެއީ ހިތްތަކަށް ޝިފާއެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާ ޚާއްޞަކޮށްފައިވަނީ ކީރިތި ޤުރްއާނުގެ މާތްކަމާއި އެ ފޮތުން އިންސާނާގެ ދިރިއުޅުމަށް ލިބޭ ބަރަކާތުގެ މައްޗަށެވެ. މިއަދުގެ ޚުޠުބާގައި ބުނީ، ކީރިތި ޤުރްއާން ތިލާވަތުކޮށް، އެ ފޮތުގެ އާޔަތްތަކުގެ މާނައާ މެދު ވިސްނައި ފިކުރުކުރާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ޙާޟިރު...
އަލީ އާދިލް