މެރިޓައިމް ޕޯޓުތަކުގެ ސެކިއުރިޓީ ބަލަހައްޓާ މީހުންނަށް ހާއްސަ، “ޕޯޓް ފެސިލިޓީ ޑެޒިގްނޭޓެޑް ސެކިއުރިޓީ ޑިއުޓީސް” ކޯހެއް ބާއްވައިފިއެވެ. ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީޒްއާ ގުޅިގެން އެމްޕީއެލް އިން އެ ކޯސް ކުރިއަށް ގެންދިޔައީ ކުޅުދުއްފުށި ކެމްޕަހުގައެވެ. އެއީ ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ކޯހެކެވެ. އެ ކޯހުގައި ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ 11 މުވައްޒަފެއް ބައިވެރިވިއެވެ. މި ކޯހުން ޕޯޓުގައި މަސައްކަތް ކުރާ މީހުންނަށް، ޕޯޓު ފެސިލިޓީ ސެކިއުރިޓީ ޕްލޭނާއި އިންޓަނޭޝަނަލް ކޮންވެ...
އަޙްމަދު ވަހީދު
ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ ތެރެއިން ފުލުހުންހެ ހިދުމަތް ދިނުމަށް އެކުލަވައިލެވުނު ”ނެއިބަހުޑް ޕޮލިސިންގ މޮޑެލް – އަވައްޓެރި ފުލުހުންގެ ހިދުމަތް” މުޅި ރާއްޖޭގައި މިހާރު ތައާރަފު ކުރެވިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. ފުލުހުން ބުނެފައިވަނީ، މިހިދުމަތް މުޅި ރާއްޖެއަށް ތައާރަފު ކުރުމުގެ މަސައްކަތް ފަށާވަނީ 2020 އޮކްޓޯބަރ މަހުގެ 01 ވަނަ ދުވަހުކަމަށާއި މި މަސައްކަތުގައި މި އަހަރުގެ މިހާތަނަށް، ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ 100 ރަށުގައި މަސައްކަތްކުރާ ފުލުހުންނަށް އަވައ...
އިބްރާހިމް އަސްވާޤް
ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މަރާލި އިސްމާއިލް އުމަރު (އިއްސެ) ގެ މަރުގެ މައްސަލާގައި އޭނާގެ ގާތިލް މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. 2017 ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ ޅ. ހިންނަވަރަށް ނިސްބަތްވާ އިސްމާއިލް މަރާލީ އޭނާއާ އެކު އައިސްޕްލާންޓްގައިި މަސައްކަތްކުރި ބަންގްލަދޭޝްގެ ސުމޮން މިއާ އެވެ. ސުމޮން ވަނީ ކޯޓުގައި ކުރިން އެކަމަށް އެއްބަސްވެފަ އެވެ. ފަހުން އޭނާ ބުނަމުންދަނީ ފުލުހުން އޭނާއަށް ބިރުދެއްކުމުން އެއްބަސްވީ ކަމަށެވެ. ކްރިމިނަލް ކޯޓުން […]
ހުސައިން ހަބީބް
އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރެއްގެ ރޯދަ މަހު ބާއްވާ މަސްރޭހުގެ މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާ މުއްދަތު މިރޭ 11:59ގައި ހަމަވާތީ ޓީމުތަކުން ރަޖިސްޓްރީ ކުރުމަށް އެ ކުންފުނިން ހަދާން ކޮށްދީފިއެވެ. މި ހަރަކާތް އުރީދޫ އިން ބާއްވާ މިއީ 11 ވަނަ އަހަރެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވެވޭނީ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މި މުބާރާތަށް މީގެ ކުރިން ވަނީ ބޮޑު ތަރުހީބެއްލިބިފައެވެ. މިއީ ރައްޓެހިންނާއި އާއިލާ މެންބަރުން އަދި […...
އަޙްމަދު ވަހީދު
އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއް ޚިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ. މިގޮތުން އެ ޚިދުމަތް ފެށުމަށް މިއަދު ވަނީ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު އެރަށަށް ވަޑައިގެންފައެވެ. މެންދުރުފަހު 2:45 ހާއިރު އެ ޑޮކްޓަރު އިހަވަންދޫއަށް ވަޑައިގަތުމުން އޭނާއަށް ވަނީ އިހަވަންދޫ ކައުންސިލުންނާއި، ސިއްހީމަރުކަޒުންނާއި އަދި އެ ނޫންވެސް ބައެއް މުއައްސަސާތަކުން ހޫނު މަރުޙަބާއެއް ކިޔާފައެވެ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގެ މެނޭޖަރު މުޙައްމަދު އަކްރަމް “ތިލަދުން”އަށް ވިދާޅ...
ޔުމްނާ ޢަލީ
މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ “ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް” އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ދެކޮޅަށް ކޯޓަށް މައްސަލަ ވައްދައިފިއެވެ. އެ ކުންފުނީގެ އެކައުންޓް ބީއެމްއެލް އިން ފްރީޒް ކޮށްފައިވާއިރު އެ ކުންފުނިން ވަނީ އެ ގޮތަށް ބީއެމްއެލްއިން އަމަލުކުރި ސަބަބު ނާންގާ ކަމަށް ކުރިން ބުނެފައެވެ. އަދި އެ ކުންފުނިން ޕޮންޒީ ސްކީމްތަކެއް ހިންގާ ކަމުގެ ތުހުމަތު ކުރެވިފައިވާއިރު އެ ކުންފުނިން ވަނީ އެކަން ދޮގުކޮށްފައެވެ. […]
އަލީ އާދިލް
އެމްޑަބްލިއުއެސްސީން ހަތަރު ރަށެއްގައި ކުރިއަށްގެންދާ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެއީ ބ. ގޮއިދޫ، ރ. ކިނޮޅަސް، ނ. މާޅެންދޫ އަދި ނ. ކުޑަފަރީގައި ހިންގާ މަޝްރޫއުތަކެވެ. އެމްޑަބްލިޔުއެސްސީން ބުނީ، އެ ރަށްތަކުގެ ތެރެއިން ކުޑަފަރި ފެނާއި ނަރުދަމާ ނިޒާމު ކޮމިޝަން ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ކިނޮޅަހުގެ ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ އިރު، މާޅެންދޫގެ ކޮމިޝަންކުރުމުގެ މަސައްކަތް މާދަމާ ފަ...
އަޙްމަދު ވަހީދު
ރިސޯޓުތައް ހަދަން އަލަށް ހުޅުވާލި ރަށްތަކަށް ބިޑް ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ތިލަދުންމަތިން ޝައުގުވެރިކަން ފާޅު ކުރީ ހަމައެކަނި ހއ. ދެ ރަށަށް ކަން ހާމަވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ އިސް އޮފިޝަލަކު “ތިލަދުން” އަށް ވިދާޅުވީ ހއ. ގެ ދެ ރަށަށް ތިން ބަޔަކު ޝައުގުވެރިކަން ފާޅު ކުރި ކަމަށެވެ. އެ އަތޮޅުން ރިސޯޓް ހަދަން ހުޅުވާލީ މެދުފުއްޓާއި އަލިދުއްފަރު ފިނޮޅެވެ. ހއ. އަށް ތިން ބަޔަކު ޝައުގުވެރިކަން ފާޅު ކުރި އިރު ހދ. އާއި ށ. އަތޮޅުން […]
އަޙްމަދު ވަހީދު
ނޭޝަނަލް ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން 2022-2026 އިފްތިތާޙް ކޮށްފިއެވެ. މި އެކްޝަން ޕްލޭން އިފްތިތާޙް ކޮށްދެއްވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މުޖްތަމަޢުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބިދިނުމަށް މި ޕްލޭން ގައި ވަނީ ޓާގެޓްތަކެއް ކަނޑައަޅާފައެވެ. މިގޮތުން ހިމަނާފައިވާ ބައެއް ކަންތައްތަކަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތަމްސީލް ކުރަމުންދާ ގޮނޑިތަކުގެ އަދަދުގެ ނި...
ޝިއުނާ އާދަމް
ތައުލީމު ފޯރުކޮށްދިނުމަށް ކުޅުދުއްފުށި ސިޓީއިން ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލި ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ. މިގޮތުން ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާޢިދަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤަވާއިދުގެ ދަށުން، ތައުލީމު ފޯރުކޮށްދިނުމަށް ކުޅުދުއްފުށި ސިޓީއިން ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލީގެ ރޭޓެއް ކަމަށް ކަނޑައަޅާފައި ވަނީ އަކަފޫޓަކަށް 25 (ފަންސަވީސް) ލާރި އެވެ. މިގޮތަށް ކަނޑައަޅާފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 41 ވަނަ […]
ޔުމްނާ ޢަލީ
މިއަހަރުގެ ރޯދަ އެލަވެންސް އަންނަ ހޯމަ ދުވަހު ދޭން ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ. އެ މިނިސްޓްރީން ނެރުނު މާލިއްޔަތާ ބެހޭ ސާކިއުލާގައި ބުނީ ރޯދަ އެލަވެންސްގެ ގޮތުގައި ކޮންމެ މުސްލިމް މުވައްޒަފަކަށް 3،000ރ. ދޭން ޖެހޭނެކަމަށެވެ. އެއް ވަޒީފާއަށް ވުރެ ގިނައިން ވަޒީފާ އަދާކުރާ ނަމަ އެ މުވައްޒަފަކަށް އިނާޔަތް ދޭނީ އަސާސީ ވަޒީފާ އަދާކުރާ ތަނުން އެކަންޏެވެ. ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންގެ ތެރެއިން ޕޭ ކުރާ ގޮތަށް ނުވަތަ ނުކުރާ ގޮތަށް ރޯދަ މަހު ޗުއްޓީގައި […]
އަޙްމަދު ވަހީދު
ދުނިޔޭގެ ގިނަ މުސްލިމް ގައުމުތަކަށް މިއަހަރުގެ ރޯދަ މަސް ފަށާނީ އަންނަ މަހުގެ ދެވަނަ ދުވަހު ކަމަށް އިންޓަނޭޝަނަލް އެސްޓްރޮނޮމިކަލް ސެންޓާ (އައިއޭސީ) އިން ބުނެފިއެވެ. އެ އިދާރާއިން ބުނީ މިއަހަރުގެ ޝައުބާން މަސް ފެށީ މި މަހުގެ ހަތަރުވަނަ ދުވަހު ކަމަށެވެ. އެހެންވެ ރޯދަޔަށް ހަނދު ބަލާނީ މި މަހުގެ 29 ގައި ކަމަށްވެސް ވަނީ ބުނެފައެވެ. މުސްލިމް ގައުމުތަކުން ރޯދަ މަހުގެ ހަނދު ސާބިތު ކުރާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. އެ ދުވަހު އިންސާނާގެ […]
އަޙްމަދު ވަހީދު
ދުނިޔެ (އާރތު) ހިމެނޭ ސޯލާ ސިސްޓަމުން ބޭރުގައި އިތުރު 5،000 އެއްހާ ޕްލެނެޓްތައް ވާކަމަށް ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓްރީން ޔަގީންކޮށްފިއެވެ. އެ އިދާރާގެ ހޯދުންތަކުން އެ ޕްލެނެޓްތަކުގެ ތެރޭގައި ދުނިޔެއާ އެއްވަރުގެ ޕްލެނެޓްތަކާއި ޖުޕިޓާއަށްވުރެ ބޮޑު ގޭސް ޕްލެނެޓްތައް ވަނީ ފެނިފައެވެ. ނަމަވެސް އެ ޕްލެނެޓްތަކާ ބެހޭ މާ ގިނަ މައުލޫމާތުތަކެއް އަދި ސައިންސްވެރިންނަށް ހޯދިފައި ނެތެވެ. މިހާތަނަށް ޔަގީންކޮށްފައިވާ ޕްލެނެޓްތަކުގެ ތެރެއިން 30 އިންސައްތަ ޕްލެނެޓަކީ ގޭސް ޖަޔަންސްޓްއެވެ. އަދި 31 އިންސައްތަ ސު...
އަޙްމަދު ވަހީދު
މިއަހަރުގެ ރެހެންދި އެވޯޑް ހދ. މަކުނުދޫ، ސެލްވިން، އިއްޒަތު އަހުމަދު (އިއްޒަ) ހިމެނޭހެން ނުވަ ފަރާތަކަށް ދީފި އެވެ. ރެހެންދި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި ގައުމީ ތަރައްގީއާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު ފާހަގަކޮށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ދޭ އެވޯޑެކެވެ. މިއަހަރުގެ ރެހެންދި އެވޯޑް ދިނުމަށް ހާއްސަކޮށްގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު...
ޙުސައިން ޝަހުދީ
ހިޔާ ފްލެޓްތަކުގެ އެއްމެދު ފްލެޓްތަކުން އުކާލާ ގާކުންޏާއި އެފަދަ އެހެނިހެން ކުނިތައް އުކުން ހުއްޓާލަން އެޗްޑީސީ އިން ނިންމައިފިއެވެ. އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ހިޔާ ފްލެޓްތަކުގައި މަސައްކަތް ކުރަމުންގެންދާ ފްލެޓުތަކުގައި އުފެދޭ ގާކުނި އަދި އެފަދަ އެހެނިހެން ކުނި އުކާލަދޭނީ މިމަހުގެ ނިޔަލަށް ކަމަށެވެ. މީގެ އިތުރުން މިހާރު ކުނި ޖަމާކުރަން ކަނޑައަޅާފައިވާ ތަންތަނަށް އަންނަ މަހުން ފެށިގެން ކުނި އެޅުމަކީ މަނާކަމެއް ކަމަށާއި އެޗްޑީސީން ކުނި އުކާލަދިނުން ހުއްޓާލުމުން އެފަދަ ކުނި އުކާލަން […...
އަޙްމަދު ވަހީދު
އައިހެވަން މަޝްރޫޢުގެ ނަމުގައި ކުރީ ސަރުކާރުން ތްރީޑީ ފޮޓޯ ދައްކައިގެން ބޮޑުތިލަދުންމަތީ ރައްޔިތުންނަށް ދެއްކީ ދަޅައެއްކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ. އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށް ދިނުން އެދި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވަނީ 20 އޮކްޓޯބަރު 2021 ގައި މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ. މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީން އެ ޤަރާރު ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓަށް މިއަދު މަޖިލީހުގެ ޖަލްސާގައި ވަނީ [...
އަލީ އާދިލް
އިހަވަންދިއްޕޮޅުގެ ތަސައްވުރަކީ ކުރީ ސަރުކާރުގައި ރައީސް ޔާމީން ގެންގުޅުއްވި ވަރަށް ފުރިހަމަ ތަސައްވުރެއްކަމަށާއި، ތަސައްވުރަށް ޖެހުނު “މުސީބާތަކީ” އިންޑިއާކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޝިޔާމް އަވަށްޓެރި އިންޑިޔާގެ ބޮލުގައި މިފަދަ ތުހުމަތެއް އަޅުވާފައި ވަނީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނ...
އަލީ އާދިލް
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ގިނަ އަދަދެއްގެ ވަޒީފާތަކަކަށް އިއުލާން ކޮށްފިއެވެ. އެ ކުންފުނިން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި މިވަޒީފާތަކަށް ކުރިމަތިލާން މި މަހުގެ 27 ގެ މެންދުރު 12:00ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެއެވެ. ވެމްކޯއިން ވަނީ ހަތަރު ދާއިރާއަކުން 17 ފުރުސަތު ހުޅުވާލައިފައެވެ. ވަޒީފާތައް ހުޅުވާފައިވާ ދާއިރާތައް – ހިޔުމަން ރިސޯސަސް އެސިސްޓެންޓް: 2 ފުރުސަތު – ވެލްޑަރ: 6 ފުރުސަތު – އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް ސޭފްގާރޑްސް އޮފިސަ: 1 […]
އަޙްމަދު ވަހީދު