ހދ. ނޭކުރެންދޫ އަށް އުފަން ޤާސިމް މުޙައްމަދު ނުވަތަ ތައުލީމީ ދާއިރާގެ ނަމުން ނަމަ “ގާބެ ސަރ” އަކީ ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި މުދައްރިސެއްގެ ގޮތުން މަސައްކަތްކުރެއްވުމުގެ އިތުރުން “އިސްލާމް” މާއްދާއިން ދަރިވަރުން އެސްއެސްސީ އިމްތިޙާނު ފަދަ ބޮޑެތި އިމްތިހާނު ތަކަށް ތައްޔާރު ކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގެ، އެކިރަށްރަށުގައި އެތައްސަތޭކަ ދަރިވަރުންނަށް އުނގަންނައި ދިނުމުގެ ބުރަ މަސައްކަތް ކޮށްދެއްވާފައިވާ ލާމަސީލު ނަމޫނާއެކެވެ. ތައުލީމީ ދާއިރާގައި އުނގަންނައިދިނުމުގައި ގާބެ...
ތިލަދުން
“ނޭވާހޮޅިއަށް” ނަމުގައި އިދިކޮޅު ކޯލިޝަނުން މިއަދު ވެރިރަށް މާލޭގައި ބާއްވަން ނިންމި ބޮޑު އެއްވުން ފަށައިގެން ކުރިއަށް އެބަގެންދެއެވެ. މި އެއްވުން ކުރިއަށް ނުގެންދިޔުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގާފައި ވަނިކޮށް ކުރިއަށް ގެންދާ މި ހަރަކާތުގެ ފޮޓޯތައް އިދިކޮޅު ޕީޕީއެމުން މީސް މީޑިއާގައި އާންމުކުރަމުން އަންނައިރު އެއްވުމުގެ ބައިވެރިންގެ ތެރެއިން އިދިކޮޅު ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވެސް ފެނެއެވެ. މި އެއްވުން ލީޑް ކުރެއްވުމުގައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ، ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް...
އަލީ އާދިލް
މާލޭ ސިޓީގެ ގެއެއްގައި ވަޅުލާފައި ހުރި 42 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ޑްރަގް އެންފޯސްމެންޓް އެންޑް ނާކޮޓިކްސް އިންޓެލިޖެންސުން އިއްޔެއިން ފަށައިގެން މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި ގެއެއްގެ ތަޅުންގަނޑު ދަށުގައި ވަޅުލާފައި ހުއްޓާ 42 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. މިތަކެތި އަތުލާފައި ވަނީ މާލެ ސިޓީގެ މާފަންނުގައި ހުންނަ ގެއަކުންނެވެ. މި މައްސަލާގައި އެކަކު ވަނީ ހަ...
ޔުމްނާ ޢަލީ
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހައްޔަރު ކޮށްފިއެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މައި ޕާޓީގެ މީސް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި ޑެޕިއުޓީ މޭޔަރު ނަރީޝް ވަނީ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ނަރީޝް މިނިވަންކުރުމަށް ވެސް ޕީޕީއެމުން ގޮވާލާފަވެއެވެ. ނަރީޝް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޕީޕީއެމް އޮފީސް ސަރަހައްދުންނެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެ […]
އަލީ އާދިލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަދި އަނބިކަނބަލުން ފަޒްނާ އަޙްމަދު ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ހަތަރު ދުވަހުގެ މިދަތުރުފުޅުގައި، ފުވައްމުލައް ސިޓީއާ އައްޑޫސިޓީގެ ސިޓީ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރެއްވުމާއި މި ދެ ސިޓީގައި ކުރިޔަށްދާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ބައްލަވާލެއްވުމާއި ބައެއް މުވައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއެ...
ޔުމްނާ ޢަލީ
އެންމެފަހުގެ ޔޯރޯ ޗެމްޕިއަން އިޓަލީއަށް އަނެއްކާވެސް ވޯރލްޑްކަޕް އަށް ކޮލިފައިނުވެ ބޮޑު ލަދަކާ ކުރިމަތިލާންޖެހިއްޖެއެވެ. 2018 ވަނަ އަހަރުގެ ވޯލްޑްކަޕަށްވެސް އިޓަލީ ކޮލިފައިވެފާ ނުވާއިރު ޖެހި ޖެހިގެން ދެ ވޯލްޑްކަޕަށް އިޓަލީ ކޮލިފައިނުވި މީ ފުރަތަމަ ފަހަރެވެ. 2006 ވަނަ އަހަރު ވޯލްޑްކަޕް ހޯދިފަހުން އިޓަލީ ފެންނަނީ ވޯލްޑްކަޕްގައި ވަރަށް ދަށްކޮށްނެވެ. 2010 އަދި 2014 ވަނަ އަހަރު ވޯލްޑްކަޕްގައި ގްރޫޕް ސްޓޭޖުން ކަޓާފަ ވާއިރު 2018 އަދި މި އަހަރުގެ ވޯލްޑްކަޕް އަށް ކޮލިފައިވާގޮތްވަނީ ނުވެފައެވެ. […]
އަލީ ރިޔާޟް
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިސްނަގައިގެން ދިވެހިރާއްޖޭގެ ހުރިހާ މުޖްތަމަޢުއެއްގައި ގާއިމު ކުރާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ޕްރޮގްރާމް ށ. އަތޮޅުގައި މިއަދު އިފްތިތާޙްކޮށްފިއެވެ. މިއަދު ހެނދުނު 11:00 ގައި ށ. އަތޮޅުވެހީގެ ކޮންފަރެންސް ހޯލުގައި މިކަމަށް ބޭއްވުނު ރަސްމިއްޔާތެއްގައި އިބަމަ އިފްތިތާޙު ކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި 2022 މާރިޗު 20 އިން 23 އަށް […]
ޝިއުނާ އާދަމް
ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ‘ޤަޟާއީ އަހަރު 2022’ އިފްތިތާޙުކޮށްފިއެވެ. ‘ޤަޟާއީ އަހަރު 2022’ އިފްތިތާޙުކޮށްވީ، މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ޤަޟާއީ އަހަރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، ފާއިތުވި އަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވީ މިންވަރު ދެނެގަނެ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ނަޞްރުﷲ މުޞްޠަފާ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) ހާސިލް ކުރަށްވައިފިއެވެ. ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރަސްކުރެއްވުމަށްފަހު، ޑރ. ނަޞްރުﷲ މުޞްޠަފާ ޕީއެޗްޑީ ފުރިހަމަ ކުރެއްވީ އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިއެމްޔޫ)އިން ނެވެ. ސަޢޫދީގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރ ޑިގްރީ ހެއްދެވުމަށް ފަހު ރާއްޖެ ވަޑައިގެން އެކިއެކި ވަޒީފާތަކުގައި އުޅުއްވަމުން، އުނގަންނަވައި ދެއްވަމުން ވެސް، ޑރ. ނަޞްރުﷲ ވަނީ ކިޔެވުން މެދުކަނޑާލެއްވުމެއްނެތި ގަދަ ހިތ...
ޝިއުނާ އާދަމް
ޝައިހް އިބްރާހިމް މެންކްގެ ދަރުސްތަކެއް ރަމަޟާން މަހު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާކަމަށް އަލް ޢަސްރުން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. “މިދަރުސްތަކުގައި ޤުރްޢާނާއި ގުޅުން ހުރި މުހިންމު މައުލޫމާތު ތަކެއް ލިބިގެންދާނެ. މިއީ ޤުރްޢާނުގެ މައްސަރުގައި އެނގެން މުހިންމު އެތައް މައުލޫމާތުތަކެއް ލިބިގެންދާނެ ދަރުސްތަކެއް.” ޢަސްރު ގެ އޮފިޝަލަކު ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ “މިދަރުސްތައް ރާއްޖޭގެ ޓީވީތަކުންނާއި ރޭޑިއޯ އަދި އޮންލައިން މީޑިއާތަކަށްވެސް ލައިވް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާނެކ...
ޔުމްނާ ޢަލީ
ދައުލަތުގެ ރަސްމީ އިދާރާތަކުގެ އަންގާ އެންގުންތަކަށް ސިޔާސީ ޕާޓީތަކުން ބޯލެނބުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފިއެވެ. އީސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުން ޕާޓީތަކަށް ސިޔާސީ ޙަރަކާތްތައް ހިންގުމުގެ މަގު ފަހިކޮށްދީފައިވަނީ، ޤާނޫނުއަސާސީ އާއި ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދާއި، ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ކަމާބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ޙުދޫދުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން ޕާޓީތަކުން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުންތަކާއި...
ޔުމްނާ ޢަލީ
ލ. ގަމުގެ ގޮނޑުދޮށް ހިމާތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕާމަނަންޓް ސެކެރެޓަރީ ޒީނިޔާ އަހުމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީއެވެ. ގަމުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން 30 މީޓަރުގެ ރިވެޓްމަންޓް ޖަހައި 260 މީޓަރުގެ ގްރޮއިންސް ޖެހުމުގެ...
އަޙްމަދު ވަހީދު
މިރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ ހިދުމަތް މެދުކެނޑޭނީ މިރޭ 11:00 އިން ފަތިހު 4:00 އާ ދެމެދުގައި ކަމަށެވެ. ފެނުގެ ހިދުމަތް މެދުކަނޑާލަނީ ހުޅުމާލޭގެ މެއިން ވޯޓާ ނެޓްވޯކް އަޕްގްރޭޑިންގެ މަސައްކަތްތަކެއް ކުރާށެވެ. ފެނުގެ ހިދުމަތް މެދުކަނޑާލުމުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިއުއެސްސީން ވަނީ މައާފަށް އެދިފައެވެ.
އަޙްމަދު ވަހީދު
ށ. ކޮމަންޑޫ ކައުންސިލްގެ ހުއްދަނެތި މަތިކޮމަންޑޫއަށް އަރާފޭބެނުން މަނާ ކޮށްފިއެވެ. ކޮމަންޑޫ ކައުންސިލުން މިއަދު އާންމު ކުރެއްވި ޢިއުލާނެއްގައި ވިދާޅުވީ، އެ ކައުންސިލްގެ ހުއްދަނެތި މަތިކޮމަންޑޫއަށް މިއަދުން ފެށިގެން އަރާފޭބުމާއި، ކާށި އަދި ދަރުފަދަ ތަކެތި އެރަށުން ގެނައުމަކީ މަނާކަމެއް ކަމަށެވެ. އަދި އެ ކައުންސިލްގެ ހުއްދަ ނުނެގި ނަމަވެސް މަތިކޮމަންޑޫގައި އަލަށް ހިއްކި ސަރަހައްދަށް އަރާފޭބުމުގައި ހުރަހެއް ނެތްކަމަށް ވެސް ވިދާޅުވިއެވެ. މަތިކޮމަންޑޫއިން ދަރު ގެންނަން ބޭނުންވާ ފަރާތްތަކުން ކޮމަންޑޫ...
ޔުމްނާ ޢަލީ
ވައްކަމުގެ މައްސަލައެއްގައި ފުލުހުން މިއަދު ހޯދަން އިޢުލާންކުރި ސުކޫލު ދަރިވަރުންގެ ވީޑިއޯ ޑިލީޓްކޮށްފި އެވެ. މަގުމައްޗަށް ވެއްޓިފައި އޮތް އެއްޗެއް ނަގައިގެން ދާ ތިން ކުދިން ހޯދަން ފުލުހުންގެ އިދާރާއިން ވަނީ ވީޑިއޯއަކާއި އެކު އިޢުލާނެއް ކޮށްފަ އެވެ. ނަމަވެސް މިހާރު ފުލުހުންގެ މީސްމީޑިޔާގެ މަންސަ ތަކުން މިވީޑިއޯ ވަނީ ފޮހެލާފަ އެވެ. ވެބްސައިޓުގައި އާންމުކުރި އިޢުލާންވެސް ވަނީ ނަގާފަ އެވެ. މިއަދު ހެނދުނު ފުލުހުން އާންމުކުރި އިޢުލާނުގައި ބުނެފައިވަނީ “ވީޑިއޯއިން ފެންނަ ތިން މީހުންނަކީ ވައްކަމުގެ މައ...
އަލީ އާދިލް
ކުޅުދުއްފުށި ސިޓީގެ ހުޅަނގު ބީޗްގައި ފިނިމައިޒާނެއް ތަރައްޤީކުރަން ބަޔަކާއި ހަވާލުކޮށްފިއެވެ. ކުޅުދުއްފުށި ސިޓީގެ ހުޅަނގު ބީޗް ސަރަހައްދުގައި ފިނިމައިޒާނެއް ތަރައްޤީކުރަން ހަވާލުކުރީ ފާހާނާއާއި، ބީޗްހަޓް، ޝަވަރ، ބެންޗް އަދި އުނދޯލި ހިމެނޭގޮތަށެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ގިބްސް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑް އާ އެވެ. އިއްޔެ ހަވާލުކުރި މި މަސައްކަތުގެ އެއްބަސްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ކުޅުދުއްފުށީ ސިޓީގެ މޭޔަރ...
ޔުމްނާ ޢަލީ
100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ފ. ނިލަންދުއަށް ތައާރަފް ކޮށްފިއެވެ. މިއަދު ތައާރަފު ކުރި މި ހިދުމަތާއެކު އެ ރަށުގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާ ގުޅުވާލަދީފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ. “ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވާ ހިދުމަތް އެކުލެވޭ ސުޕްނެޓް ޕެކޭޖްތަަައް އެ ރަށަށް ތައާރަފްކޮށްފައި ވާއިރު، ނިލަންދޫ ރައްޔިތުންނަށް މި ހިދުމަތް ފޯރުކޮށް...
އަޙްމަދު ވަހީދު
ޔޫރަޕިއަން ޔޫނިއަން އާއި އިކޮނޮމިކް މިނިސްޓްރީ އާއި ޕްރައިވެޓް ސެކްޓަ ވިޔަފާރިތަކުގެ ބައިވެރިވުމާއެކު ގިނަ އަދަދެއްގެ ގެސްޓްހައުސްތަކަށް ހިލޭ އެހީ ފޯރުކޮށްދީފިއެވެ. މިއީ އީޔޫގެ ފަރާތުން ފަންޑްކޮށްފައިވާ ” އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް” ޕްރޮޖެކްޓުގެ ދަށުން ދޭ އެހީއެކެވެ. އެ އެހީ ދިނުމަށް އިއްޔެ ވަނީ ކ. ތުލުސްދޫގައި ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. މި އެހީގެ ދަށުން އީޔޫއިން ހަދިޔާ ކުރީ 2 […]
އަޙްމަދު ވަހީދު