މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1399 ވަނަ ޞަފްޙާ

ކަރަންޓު އިޤްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް، ސްޓެލްކޯއިން އިލްތިމާސްކޮށްފި

ކަރަންޓު އިޤްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް، ސްޓެލްކޯއިން އިލްތިމާސްކޮށްފި

މިދުވަސްވަރު ކަރަންޓު އިޤްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް، ސްޓެލްކޯއިން އިލްތިމާސްކޮށްފި އެވެ. ދައުލަތުގެ ކަރަންޓު ކުންފުނި ސްޓެލްކޯއިން މިއަދު ބުނެފައިވަނީ، މިއީ ރާޢްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާއިރު، އަދި މިދުވަސްވަރާއި ރޯދަ މަހާއި ދިމާވެފައިވާ އިރު، ކަރަންޓު އިޤްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ. މިގޮތުން އެންމެ ގިނައިން ކަރަންޓު ބޭނުން ކުރާ ކަމަށް ބެލެވޭ، އޭސީ ފަދަ ވަސީލަތްތައް ބޭނުން ކުރުމުގައި އިތުރަށް...

އިބްރާހިމް އަސްވާޤް
އިޙްޔާ ފޯރަމަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޮޑެތި އިނާމުތަކެއް ދެނީ

އިޙްޔާ ފޯރަމަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޮޑެތި އިނާމުތަކެއް ދެނީ

އިޙްޔާ ފޯރަމްތަކުގައި ދޫކުރާ ނަންބަރުތައް ފޮރުވާފައި ބެހެއްޓުމަށް މިނިސްޓަރ އޮފް އޮސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރޭގެ އިޙްޔާ ފޯރަމް ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މާލެއާއި އަތޮޅުތަކުގައި އިޙްޔާ ފޯރަމްތައް ކުރިއަށްދާއިރު ކޮންމެ ރެއަކު، ގުރުވަތުން ހޮވޭ ފަރާތްތަކަށް އިނާމު ދެވޭނެކަމަށާއި އިޙްޔާ ފޯރަމްތަކުގައި އެރެއަކު ދޫކުރައްވާ ނަންބަރުކޮޅުތައް ފޮރުވާފައި ބޭއްވުން ވަރަށް މުހިއްމުކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރ...

އަލީ އާދިލް
ރިސޯޓެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ރިސޯޓެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ރިސޯޓެއްގެ ޕެޓްރޯލް ޓޭންކް ކައިރީ މަސައްކަތު އުޅުނު މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ދ. އަތޮޅުގައި އޮންނަ ރިސޯޓެއްގެ ޕެޓްރޯލް ޓޭންކެއްކައިރީ މަސައްކަތު އުޅުނު މީހެއް ނިޔާވެގެން ބިންމައްޗަށް ވެއްޓިފައި އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އެ މީހާ ނިޔާވެގެން ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހަށް ހުށަހަޅާފައި ވަނީ މިއަދު 6:54 ހާއިރުއެވެ. ނިޔާވެފައި އޮއްވާ ފެނިފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން […]

ތިލަދުން
އަންނަ އާދީއްތަ ދުވަހު ހޯރަފުށީ ކައުންސިލުން ޑްރައިވިން ލައިސެންސް ކާރޑުގެ ޙިދުމަތްދޭން ފަށަނީ

އަންނަ އާދީއްތަ ދުވަހު ހޯރަފުށީ ކައުންސިލުން ޑްރައިވިން ލައިސެންސް ކާރޑުގެ ޙިދުމަތްދޭން ފަށަނީ

ހޯރަފުށީ ކައުންސިލުން ދިނުމަށް ނިންމާފައިވާ އެއްގަމު އުޅަނދު ޑްރައިވިން ލައިސެންސް ކާރޑުގެ ޙިދުމަތް 10 އޭޕްރިލް 2022 ވާ އާދީއްތަ ދުވަހުން ފެށިގެން، ދޭން ފެށުމަށް އެ ކައުންސިލުން ނިންމައިފިއެވެ. މިކަން ހާމަކޮށް އިއްޔެ އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ ލައިސެންސް ކާރޑުގެ ޙިދުމަތް އަލަށް ހޯއްދަވާ ފަރާތްތަކަށާއި ލައިސެންސް ކާރޑުގެ ކެޓަގަރީ އިތުރުކުރުމުގެ ޙިދުމަތް ހޯއްދަވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު އެ ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ދިހަ ފަރާތަށް ކަމަށެވެ. ލައިސެންސް […]

އިބްރާހިމް ޚަލީލް
ދިމްޔާތު ސްޓޭއިން ރޯދަ ވީއްލަން ޚާއްޞަ ޕެކޭޖެއް ތައާރަފްކޮށްފި

ދިމްޔާތު ސްޓޭއިން ރޯދަ ވީއްލަން ޚާއްޞަ ޕެކޭޖެއް ތައާރަފްކޮށްފި

ގްރޭޓާ މާލެ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު ގެސްޓް ހައުސް ކަމަށްވާ “ދިމްޔާތު ސްޓޭ” އިން ރޯދަ ވީއްލަން ޚާއްޞަ ޕެކޭޖެއް ތައާރަފްކޮށްފިއެވެ. މިގޮތުން އެ ގެސްޓް ހައުސްއިން ވަނީ އިއްޔެއިން ފެށިގެން ރޯދަ ވީއްލަން ޚާއްޞަ މި ޕެކޭޖެއް ތަޢާރަފްކޮށްފައެވެ. މި ޕެކޭޖް ނަގައިގެން ރޯދަ ވީއްލުމަށް ގެސްޓް ހައުސްގެ ޓެރަސްގެ އައުޓް ޑޯ ނުވަތަ ޓެރަސްގެ އިންޑޯ ވެސް ބުކް ކުރެވިދާނެއެވެ. ނޫނީ ގެސްޓް ހައުސްގެ 7 ވަނަ ފްލޯގެ އިންޑޯ ވެސް ބުކް ކުރެވިދާނެއެވެ. […]

ޝިއުނާ އާދަމް
ވާހަކަ: ކާޅަށް ވެރިކަން ލިބުނުގޮތް

ވާހަކަ: ކާޅަށް ވެރިކަން ލިބުނުގޮތް

އެއް ސަހަރެއްގައި އެތަކާއި ރާމާމަކުނަކާއި ކާޅެއް އުޅުނެވެ. އެ ސޮރުމެންގެ ގެއަކީ ވަލުތެރޭގައި ހުރި ދުވަސްވީ ބޮޑު ބަނބުކެޔޮ ގަހެކެވެ. ކާޅު އުޅެނީ ގަހުގައެވެ. އެތާއި ރާމާމަކުނު އުޅެނީ ގަސްދޮށުގައެވެ. ދޭތެރެއަކުން ފޫހިފިލުވާލަން މަކުނު ގަހަށްއަރައި އުޅެއެވެ. މި ތިން އެކުވެރިންގެ ތެރެއިން ވެރިއަކު ހޮވަން ނިންމި ހިސާބުން އެކަކު އަނެއްކަކާ ދެބަސްވެ އަބަދުވެސް އުޅެނީ ކޮންމެ ވެސް އަރާރުމެއްގައެވެ. މައިގަނޑު ޒުވާބަކީ އެކަކަށްވުރެ އަނެކަކުގެ މޮޅު ވާހަކައާއި މަޤާމަށް އެކަށޭނަ ވާހަކައެވެ. އެތައް ދުވަހަކު ޒުވ...

ޢަބްދުﷲ ސަޢީދު
އަލީލާ ކޮތައިފަރު އަންނަ ހަފުތާގައި ހުޅުވަނީ

އަލީލާ ކޮތައިފަރު އަންނަ ހަފުތާގައި ހުޅުވަނީ

އެމެރިކާގެ ހޮސްޕިޓަލިޓީ ކުންފުނި “ހަޔާޓް” އިން ރ. ކޮތައިފަރުގައި ހެދި ރިސޯޓް އަންނަ ބުރާސްފަތި ދުވަހު ހުޅުވަން ނިންމައިފިއެވެ. “އަލީލާ ކޮތައިފަރު މޯލްޑިވްސް”ގެ ނަމުގައި ތަރައްގީ ކުރި އެ ރިސޯޓުން މިހާރު ވަނީ ބުކިން ހެއްދުމުގެ ފުރަސަތު ޓޫރިސްޓުންނަށް ހުޅުވާލައިފައެވެ. އެއީ މަތީފަންތީގެ ޓޫރިސްޓުންނަށް ހާއްސަ ރިސޯޓެކެވެެ. އެ ރިސޯޓުން މި ވަގުތު ބުކިން އަށް ހުޅުވާލައިފައިވަނީ ބީޗް ވިލާތައް އެކަންޏެވެ. ވޯޓާ ވިލާތައް ހުޅުވަން ނިންމާފައިވަނީ އަންނަ އޮގަސްޓް މަހުގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގާ...

އަޙްމަދު ވަހީދު
ދިއްދޫ އަންހެނުން ކޮމެޓީން ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ގަދަ 10 ބައިވެރިންނަށް ހަދިޔާ ދީފި

ދިއްދޫ އަންހެނުން ކޮމެޓީން ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ގަދަ 10 ބައިވެރިންނަށް ހަދިޔާ ދީފި

ހއ. ދިއްދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތުގެ ގަދަ 10 ބައިވެރިންނަށް ހަދިޔާ ޕެކް ދީފިއެވެ. މިގޮތުން ގަދަ 10 އަށް ހޮވުނު ކޮންމެ ބައިވެރިއަކަށް އެ ކޮމެޓީން ހަދިޔާ ޕެކެއް ދީފައިވާއިރު، އެ ކޮމެޓީން ވަނީ އެ ބައިވެރިންނަށް ކާމިޔާބަށް އެދޭކަމަށް ބުނެފައެވެ. މިއީ އެ ބައިވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން އެ ކޮމެޓީން ދީފައިވާ ހަދިޔާ ޕެކް ތަކެކެވެ. މުބާރާތުގެ ދެވަނަ […]

ޙުސައިން ޝަހުދީ
ފެނަކައިގެ ''އާއިލީ ޤުރުއާން'' މުބާރާތް ފަށައިފި

ފެނަކައިގެ ''އާއިލީ ޤުރުއާން'' މުބާރާތް ފަށައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ “ފެނަކަ އާއިލީ ޤުރުއާން މުބާރާތް 1443” ޒޯން 1ގެ ކިޔެވުން ފަށައިފިއެވެ. ފެނަކަ ރެކްރިއޭޝަން ކްލަބުން އިތިޒާމުކޮށްގެން ބާއްވާ އެ މުބާރާތުގެ ޒޯން 1ގައި ހިމެނެނީ ށ. އަތޮޅާއި ނ. އަތޮޅެވެ. މިއީ ފެނަކައިން މި މުބާރާތް ބާއްވާ 5 ވަނަ އަހަރެވެ. 2019 ވަނަ އަހަރުވެސް އެ މުބާރާތް 4 ސަރަހައްދެއްގައި ބާއްވާފައިވާއިރު، ކޮވިޑަށް އެ މުބާރާތް މެދުކަނޑާލަން ޖެހުނެވެ. އަދި މިއީ ކޮވިޑަށް ފަހު […]

އަޙްމަދު ވަހީދު
ޗެކް ބޭނުން ކުރުން މަދު ކުރަން 50،000ރ. ގެ ލިމިޓެއް

ޗެކް ބޭނުން ކުރުން މަދު ކުރަން 50،000ރ. ގެ ލިމިޓެއް

ޗެކް ބޭނުންކުރުން މަދު ކުރުމަށްޓަކައި ޗެކުން ފައިސާ ނެގޭ އެންމެ މަތީ އަގެއް ކަނޑައަޅަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ. ޗެކް ބޭނުންކުރުން މަދުކުރުމާ ގުޅޭ އެކްޝަން ޕްލޭން އިއުލާންކޮށް، އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑައިރެކްޓާ ހައްވާ ލަތީފު ވިދާޅުވީ، ޗެކް ބޭނުންކުރުން މަދުކުރުމަށް 2024 ވަނަ އަހަރާ ހަމައަށް ފިޔަވަޅުތަކެއް އެޅުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޗެކުން ފައިސާ ނެގޭ ވަރު 50،000ރ. އަށް، ޑޮލަރުން ނަމަ 3،000 ޑޮލަރަށް ލިމިޓް […]

އަޙްމަދު ވަހީދު
ރަމަޟާން މަހުގެ ދުވަހެއް "އަޅުކަމުގެ ބަހާރު މޫސުމެއް" ފަދައިން ހޭދަކުރާނީ ހިކިނެއް؟

ރަމަޟާން މަހުގެ ދުވަހެއް "އަޅުކަމުގެ ބަހާރު މޫސުމެއް" ފަދައިން ހޭދަކުރާނީ ހިކިނެއް؟

ރަމަޟާން މަހުގެ ދުވަސް ޖަމާޢަތުގައި ކުރާ ފަތިސް ނަމާދުން ފަށާށެވެ. އަދި ފަތިސްނަމާދަށް ބަންގި ގޮވުމާ ގާތް ކޮށްފައި ހާރު ކާށެވެ. ހާރުކެއުން ފަސްކުރުން ސުންނަތްވެގެންވެއެވެ. ހާރު ކެއުމަށްފަހު، ގެއިން ވުޟޫކޮށްގެން ބަންގި ގޮވުމުގެ ކުރިން މިސްކިތަށް ދިއުމަށް ނުކުންނާށެވެ. މިސްކިތަށް ގޮސް، މިސްކިތު ސުންނަތް ދެރަކުޢަތް ކުރުމަށްފަހު ޤުރްއާން ކިޔަވަން ނުވަތަ ޒިކުރު ކުރަން އިންނާށެވެ. ފަތިސްނަމާދުގެ ބަންގީގެ އަޑު އިވުމާއެކު އެބަންގިއަށް އިޖާބަދީފައި ފަތިސް ނަމާދުގެ ސުންނަށް ދެރަކުޢަތް ކުރުމަށްފަހު ގަމަތް...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
މަސްވެރިންގެ ޝަކުވާއަށް ހައްލު ހޯދަން “ގޭދޮށު މަސް ޕްލާންޓް" އަވަސްކުރަން، ރައީސް ނަޝީދު ގޮވާލައިފި

މަސްވެރިންގެ ޝަކުވާއަށް ހައްލު ހޯދަން “ގޭދޮށު މަސް ޕްލާންޓް" އަވަސްކުރަން، ރައީސް ނަޝީދު ގޮވާލައިފި

މަސްވެރިންގެ ޝަކުވާއަށް ހައްލު ހޯދަން “ގޭދޮށު މަސް ޕްލާންޓް” ގެ ވަޢުދު ފުއްދުން އަވަސްކުރަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ގޮވާލައިފި އެވެ. ރައީސް ނަޝީދު މިފަދައިން ގޮވާލެއްވީ “ކެޔޮޅު މީ އަހަރުމެން ބުނިގޮތެއްނޫން” މިސުރުހީގެ ދަށުން މީސްމީޑިޔާގައި އާންމުކުރި ލިއުމެއްގަ އެވެ.  މަސްވެރިންގެ އަތުން މަސް ގަތުން ކޮންޓްރޯލް ކުރުމާ ގުޅިގެން އެ މަނިކުފާނަށް ވަރަށް ގިނަ މަސްވެރިން ގުޅައި އެ ކަމުގެ ޝަކުވާ އުފުލި ކަމަށް އެލިއުން ފަށަމުން ވިދާޅުވެފައިވެއެވެ. “އަހަރު ދެކ...

އަލީ އާދިލް
ރޯދަ ވީއްލުން ފޮނިކޮށްލަން ކެރެޓް ހަލުވާ!

ރޯދަ ވީއްލުން ފޮނިކޮށްލަން ކެރެޓް ހަލުވާ!

ބޭނުންވާ ތަކެތި 1 ކިލޯ ކެރެޓް 500 ގުރާމް ހަކުރު 100 ގުރާމް ކެޝުލް ނަޓް (ކޮށާފަ) 100 ގުރާމް ހިކި މޭބިސްކަދު 1 ތަށި ކިރު ބަޓަރު ކޮޅެއް ކުޑަ ތެޔޮ ފޮދެއް ބައި ސަމްސަލެއްގެ ވެނީލާ އެސެންސް   ތައްޔާރު ކުރާނެ ގޮތް ރީއްޗަށް ކެރެޓް ދޮވެލާފަ ހިމުންކޮށް ގާނާލާށެވެ. ރީއްޗަށް ހާކާލެވޭވަރު ތެއްޔެއް ހޫނު ކޮށްލުމަށް ފަހު ބަޓަރ އަޅާފަ ކުޑަ ތެޔޮ ފޮދެއް އަޅާ ބަޓަރ ކޮޅު ވިރުވާލާށެވެ. ގޭނި ކެރެޓް އަޅާފަ މަޑު ގިނީގައި މަތި ޖަހާފަ ބަހައްޓާށެވެ. މިހެން […]

ޝިއުނާ އާދަމް
ޔޫރޮޕާ ލީގް: ބާސާ، ފްރެންކްފާޓް މެޗަށް ހަމަހަމަ ނިމުމެއް

ޔޫރޮޕާ ލީގް: ބާސާ، ފްރެންކްފާޓް މެޗަށް ހަމަހަމަ ނިމުމެއް

ޔުއެފާ ޔޫރަޕާލީގްގައި ބުރާސްފަތި ދުވަހުގެ ރޭ ބާސެލޯނާ އަދި ފްރެންކްފާޓް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރުވެއްޖެއެވެ. ބާސާއިން ގިނަވަގުތު ބޯޅަ ހިފައްޓައިގެން ކުޅުނު މި މެޗުގައި ދެޓީމަށްވެސް ގޯލާ އަމާޒުކޮށް ފޮނުވާލެވިފައިވަނީ 3 ހަމަލާއެވެ. 4 ރީދޫކާޑު އަދި 1 ރަތްކާޑް ފެނުނު މި މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ ފްރެންކްފާޓް އިންނެވެ. މެޗުގެ 48 ވަނަ މިނެޓުގައި މިގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ މި އަހަރު ލޯނު އުސޫލުން […]

އަލީ ރިޔާޟް
ކޭއާރުއެޗްގައި އޯޑިއޮލޮޖީ ޔުނިޓެއް ގާއިމުކުރަނީ

ކޭއާރުއެޗްގައި އޯޑިއޮލޮޖީ ޔުނިޓެއް ގާއިމުކުރަނީ

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި އޯޑިއޮލޮޖީ ޔުނިޓެއް ގާއިމުކުރަން ނިންމައިފިއެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ވަނީ އިންޑިއާގެ އެހީގައި ރާއްޖޭގައި އިތުރު 7 މަޝްރޫޢުއެއް ފަށަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އިންޑިއާ ހައިކޮމިޝަނުން ބުނާ ގޮތުގައި މި މަޝްރޫޢުތަކަކީ، އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ސ. ޖައިޝަންކަރު ރާއްޖެއަށް އެންމެފަހުން ކުރެއްވެވި ދަތުރުފުޅުގައި އިޢުލާންކުރަށްވާފައިވާ މަޝްރޫޢުތަކެކެވެ. އިން...

އަލީ އާދިލް
ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ކުނި އެންދުން ހުއްޓާލުމަށް ކަނޑިތީމް ކައުންސިލުން އިލްތިމާސްކޮށްފި

ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ކުނި އެންދުން ހުއްޓާލުމަށް ކަނޑިތީމް ކައުންސިލުން އިލްތިމާސްކޮށްފި

ށ. ކަނޑިތީމުގެ އެކި ސަރަހައްދުތަކުގައި ކުނި އެންދުން ހުއްޓާލުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ވިދާޅުވެފައި ވަނީ މިހާރަކަށް އައިސް އެ ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ރޯކުރުމުގެ ގިނަ މައްސަލަތަކެއް ހިނގަމުން އަންނަ ކަމުގައި ޝަކުވާ އެ ކައުންސިލަށް ހުށަހެޅެމުން އަންނަ ކަމަށެވެ. މިދުވަސްވަރަކީ އިރުވައި މޫސުމުގެ، ފެންދުރު ދުވަސްވަރަށްވެފައި، އެ ގޮތަށް ރޯކުރާނަމަ އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ރަށުގެ ވެއްޓަށް، ކައިރި މުސްތަޤްބަލެއްގައި އިޔާ...

އިބްރާހިމް ޚަލީލް
މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާތައް ލައިވް ކުރަނީ

މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާތައް ލައިވް ކުރަނީ

މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާތަކާއި ރަސްމީ ޙަފްލާތަކާއި ނޫސްވެރިންގެ ބައްދަލުވުންތައް ލައިވްކުރަން ސިޓީ ކައުންސިލުން ނިންމައިފިއެވެ. މި ގޮތަށް ނިންމައި، ކައުންސިލްގެ ޖަލްސާތަށް ބްރޯޑްކާސްޓް ކުރާނެ ފަރާތެއް ހޯދުމަށް ފާސްކޮށްފައި ވަނީ މާލެ ކައުންސިލްގެ 4 ވަނަ ދައުރުގެ 47 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މިގޮތުން މާލެ ސިޓީ ކައުންސިލުގެ ރަސްމީ ޖަލްސާތަކާއި ރަސްމީ އިވެންޓުތަކާއި ޕްރެސް ކޮންފަރެންސް ފަދަ ރަސްމީ އިވެންޓުތައް ލައިވްކޮށް ބްރޮޑްކާސްޓުކުރެވޭނެ ގޮތް ހަމަޖެހިފައި އޮންނަ އުޞޫލުގެ ތެރެއ...

ޔުމްނާ ޢަލީ
ބަދަލުވަމުންދާ ދުނިޔޭގެ ސަލާމަތީ އާޖުފާޖު

ބަދަލުވަމުންދާ ދުނިޔޭގެ ސަލާމަތީ އާޖުފާޖު

ސަލާމަތީ މަޝްރަޙުގައި ދުނިޔޭގެ ޤައުމުތަކުން ގެންގުޅޭ އާޖުފާޖު ނުވަތަ ހޭޑިފޭޑި އަންނަނީ ބަދަލުވަމުންނެވެ. ދުނިޔޭގެ ޤައުމުތަކުން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ބާރާއި ނުފޫޒު ފޯރުވުމަށް ނުވަތަ ނުރައްކަލެއް ކަމަށް ޤަބޫލުކުރެވޭ ބައެއްގެ ކިބައިން ރައްކާތެރިވުމަށް ސަލާމަތީ ގޮތުން އިއްޔެ ގެންގުޅު ވައްޓަފާޅި މިއަދު ވަނީބަދަލުވެފައެވެ. ދުނިޔޭގައި ކޮންމެ ޤައުމަކުން އަނެއް ހުރިހާ ޤައުމަކީ ދުޝްމަނުން ކަމަށް ދެކުނު ޒަމާނެއް ދިޔައެވެ. އެއީ އަބަދުވެސް ޤައުމުތަކުގެ ސިފައިން ނުވަތަ ސަލާމަތީ ބާރުތަކުން ތައްޔާ...

ޢަބްދުﷲ ސަޢީދު