ހާލަތު ގޯސްވެ ސަރުކާރާއި ދެކޮޅަށް އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެފައި ވަނިކޮށް، އަވަށްޓެރި ސްރީލަންކާގައި ކުއްލި ހާލަތު އިއުލާނުކޮށްފި އެވެ. އެ ޤައުމުގެ ބައެއް މީޑިއާތަކުންނާއި، ބޭރު ބައެއް އެހެން މީޑިއާތަކުގައި ވެސް ބުނެފައިވާ ގޮތުން މުޅި ލަންކާގައި މިހާރު ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ. އެ ޤައުމުގައި ކުއްލި ހާލަތު އިއުލާން ކުރެއްވުމަށްފަހު ހަމަނުޖެހުން އުފައްދާ މީހުން އުފުލާ ވެހިކަލްތައް ހުއްޓުވައި، ސަލާމަތީބާރުތަކުގެ ބެލުމުގެ ދަށަށް ގެންނަން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ސަލާމ...
އަލީ އާދިލް
ސްރީލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ އާއި އަނބިކަނބަލުން ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައިވާއިރު އެކަން ހިނގާދިޔަ ގޮތް ސާފުކުރަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވާނެ ކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ. އެންޓޮނޯވް-32 މަރުކާރުގެ އަސްކަރީ ބޯޓެއްގައި ގޮޓާބަޔަ އާއި އޭނާގެ އަނބިކަނބަލުން އަދި ބޮޑީގާޑުންނާއެކު ޖުމްލަ ހަތަރު މީހުން ރާއްޖެ ވަޑައިގެންނެވީ ރޭ މެންދަމުން އެނބުރިފަހުންނެވެ. ގޮޓާބަޔަ ރާއްޖެ ވަޑައިގެންނެވުމާއި ގުޅިގެން ސަރުކާރު މިހާތަނަށް އޮތީ ހ...
އަލީ އާދިލް
މަޝްރަޙް ހޫނުވެފައިވާ ސްރީލަންކާއިން ފިއްލަވައިގެން އެ ޤައުމުގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ އާއި އަނބިކަނބަލުން ރޭ މެންދަމުން އެނބުރިފަހުން ރާއްޖެ ވަޑައިގެންފައިވާއިރު އެ މަނިކުފާނު އަނބުރާ ޤައުމަށް ފޮނުވާލައި، އެ ޤައުމުގެ ރައްޔިތުންނާ ހަވާލުކުރުމަށް މީސް މީޑިއާގައި ދިވެހިން ޝުޢޫރު ފާޅުކުރަމުން އެބަދެއެވެ. ގޮޓާބަޔަ ފިއްލަވައިގެން ރާއްޖެ ވަޑައިގަތީ ސްރީލަންކާގައި އިގުތިސާދީ ކާރިސާއެއް ތަހައްމަލު ކުރަންޖެހި ރައްޔިތުން ލޭ ހޫނުވެ އެ ޤައުމުގެ ސަރުކާރާއި ދެކޮޅަށް ފެށި މުޒާހަރާތަކާއިގުޅިގެން ހަމަނުޖެހުނ...
މުޙައްމަދު ވަސީމް
މޮޅަދޫ ޢީދު ކާނިވަލުގެ ނަސީބުވެރިން ހޮވައިފިއެވެ. 1443 ވަނަ އަހަރުގެ މޮޅަދޫ ޢީދު ކާނިވަލަށް ވަނުމުގެ ޓިކެޓް ނެގި ފަރާތްތަކުގެ ތެރެއިން ނަސީބުވެރިންނަށް ހޮވިފައި ވަނީ ފާތުމަތު ނިޔާޒާ އާއި ލޫތު އަބްދު الله ވަހީދު އެވެ. މޮޅަދޫ ކައުންސިލުންވެސް ވަނީ ޢީދު ކާނިވަލުގެ ނަސީބުވެރިންނަށް މަރުހަބާ ކިޔާ ފައެވެ. މީގެއިތުރުން މޮޅަދޫ ޢީދު ކާނިވަލުގެ ނަސީބުވެރިންނަށް ދެވުނު އަގުހުރި އިނާމް ސްޕޮންސަރ ކޮށްދެއްވާފައި ވާތީ ހއ އިހަވަންދޫ ބާބެކިޔު ހަޓުގެ މެނޭޖްމަންޓަށް މޮޅަދޫ ކައުންސިލުން ވަނީ […]
ސަނިއްޔާ އަބޫބަކުރު
ގިނަ އަދަދެއްގެ ބަޔަކު ބުލެކްމެއިލް ކުރުމާއި އެއްޖިންސުން ގުޅުން ހިންގި (ލިވާތު) މައްސަލައިގައި އެމްޑީ އަލަމްގީރް ފުލުހުންގެ ހައްޔަރަށް ގެންގޮސްފި އެވެ. “ތިލަދުން” އަށް މަޢުލޫމާތުދެމުން ފުލުހުން ވިދާޅުވީ އަލަމްގީރް ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ބަނގުލަދޭސް ރައްޔިތެއްކަމަށްވާ އަލަމްގީރް ހައްޔަރުކޮށްފައިވަނީ މާފަންނުގައި އޭނާ ދިރިއުޅޭ ގެސްޓް ހައުސްގައި އުޅެނިކޮށް އިއްޔެ މެންދުރުފަހުގެ ވަގުތެއްގަ އެވެ. ފުލުހުން ބުނީ އެމައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެއ...
އަލީ އާދިލް
އިގުތިސާދީ ކާރިސާއެއް ތަހައްމަލު ކުރަންޖެހި ރައްޔިތުން ލޭ ހޫނުވެ ސްރީލަންކާގެ މިހާރުގެ ސަރުކާރާއި ދެކޮޅަށް ފެށި މުޒާހަރާތަކާއިގުޅިގެން ހަމަނުޖެހުން ބޮޑުވެ ރިޔާސީ ގަނޑުވަރުވެސް ހިސޯރުކޮށްފައިވަނިކޮށް ރައީސް ގޮޓާބަޔަ ރާޖަޕަކްސަ އާއި އަނބިކަނބަލުން ފިއްލަވައިގެން ރާއްޖެ ވަޑައިގެންފިއެވެ. އެ ދެ ކަނބަލުން ފިއްލަވަން މީގެ ކުރިން ކުރެއްވި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ބައިނަލްއަގްވާމީ މީޑިއާގައި މިޚަބަރުތައް ރިޕޯޓުކޮށްފައިވާގޮތުން ގޮޓާބަޔަ ފުރަތަމަ މަސައްކަތް ކުރެއްވީ ފިއްލަވައިގެން ޔޫއޭއީއަށް ވަ...
ތިލަދުން
ށ. ފޯކައިދޫން ފުރައިގެން މާލެ ދަތުރުކުރި ފުރާގު ބޯޓުގައި ހުރި ޒުވާނެއްގެ ޙާލު ދެރަވެގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ. މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފުން ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ، އުމުރުން 24 އަހަރުގެ އަންހެނަކަށް ކަމަށެވެ. ސީ އެމްބިއުލާންސްގައި އެ އަންހެން މީހާ ވަނީ ރޭ 19:45 ހާއިރު ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނީ ރޭ 18:10 ގައި ކަމަށާއި، މި ޚަބަރު ލިބުމާއެކު، ދޯނި އޮތ...
ސަނިއްޔާ އަބޫބަކުރު
ނާސާއިން މިދިޔަ ޖެނުއަރީ މަހު ޖައްވަށް ފޮނުވާލި ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕު (ޖޭޑަބްލިޔުއެސްޓީ) އިން ނެގި ފުރަތަމަ ފޮޓޯތައް އާންމުންނަށް ހިއްސާކޮށްފި އެވެ. އެމެރިކާގެ ވައިޓް ހައުސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ކާއިނާތުން މިހާތަނަށް ފެނިފައިނުވާ މަންޒަރުތަކުގެ ފުރަތަމަ ފޮޓޯ އާންމުކޮށް ދައްކާލީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އެވެ. މި ފޮޓޯ ތަކަކީ މިހާތަނަށް ކާއިނާތުގެ އެންމެ ފުނުން ނެގި ފޮޓޯތައްކަމަށް ނާސާއިން ބުނެއެވެ. މުޅިން އަލަށް ޖައްވަށް ފޮނުވާފައިވާ ޖޭމްސް ވެބް ޓެލެސްކޯޕަކީ […]
އިބްރާހިމް އަސްވާޤް
ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ ވައިގެމަގުން ގައުމު ދޫކޮށް ވަޑައިގަންނަވަން މަސައްކަތްކުރެއްވުމުން އެއާޕޯޓުން ހުއްޓުވާފައިވާ ކަމަށާއި، އަދި ގޮޓާބަޔާ އަށް ވިސާ ދޭން އެމެރިކާ އިން ދެކޮޅު ހަދާފައިވާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާއިން ބުނެފިއެވެ. ލަންކާގެ އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީން މިއަދު ބުނީ ގޮޓާބަޔަ ވައިގެމަގުން ގައުމު ދޫކޮށް ވަޑައިގަންނަވަން މަސައްކަތްކުރެއްވުމުން އެއާޕޯޓްގެ އިމިގްރޭޝަން މުވައްޒަފުން އެކަމަށް ހުރަސްއަޅައި ހުއްޓުވާފައިވާ ކަމަށެވެ. ގޮޓާބަޔައަށް އެއާޕޯޓުން ފުރާވަޑައިގެންނ...
މުޙައްމަދު ވަސީމް
ކ. މާފުށީ ބޭރުން ދޯންނެއްގެ ބައެއް އޮޔާދާތީ ސަމާލުވުމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސް ކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ، ކ. މާފުށީ ބޭރުން 2 ނޯޓިކަލް މޭލު އިރުން، ދޯންޏެއްގެ ބައެއް އޮޔާދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓް ގާޑަށް ލިބިފައިވާ ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ދޯނީގެ ބައެއް އޮޔާދަނީ މާފުށީގެ އިރުމައްޗަށް ވާގޮތަށެވެ. އެ ސަރަަހައްދުން ދަތުރުކުރާ އޮޑިދޯނިފަހަރާ އެހެނިހެން އުޅަނދުތައް އެކަމަށް ސަމާލުކަން ދިނުމަށާއި، ރޭގަނޑު އެ ސަރަހައް...
ސަނިއްޔާ އަބޫބަކުރު
ކޯވިޑް-19ގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަނުން ފޯރުކޮށްދޭ އެހީގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް މިހާތަނަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ. “އީޔޫ ސަޕޯޓް ފޯ އަ ރެޒިލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް” ނަމުގައި އީޔޫއިން ވަނީ 2 މިލިއަން ޔޫރޯގެ އެހީގެ ޕެކޭޖެއް ރާއްޖެއަށް ދީފައެވެ. މިއީ ކޯވިޑުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށްޓަކައި، ކުދި ވިޔަފާރިތަކަށާއ...
އަޙްމަދު ވަހީދު
ހަބޭސް ބޮޑުބެރު ގުރޫޕްގެ ފޯރިގަދަ ސޯއެއް މިރޭ ހއ. ބާރަށުގައި ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރިތައް ވަމުން އެބަދެއެވެ. މިއީ ބާރަށު އުތުރު ޒުވާނުންނާއި އެރަށު ރެހެންދި މޫވްމެންޓް ގުލިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މިޝޯ ބަލާލުމަށް ހއ. އަތޮޅު ގިނަ ރަށްރަށަކުން މީހުން އެރަށަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. ޝޯ ފެށޭނީ މިރޭ 08:45 ގަ އެވެ. ހަބޭސް ބޮޑުބެރު ގުރޫޕްއަށް އެރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. މިއަހަރު ވެސް ބާރަށުގައި އަންނަނީ ވަރަށް […]
އަލީ އާދިލް
މާލެއިން ގެއްލިގެން މިއަދު ހޯދަމުން ދިޔަ 17 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވަނީ އެކުއްޖާ މިހާރު ފެނިފައިވާ ކަމަށް ވިދާޅުވެފައެވެ. އެކުއްޖާ ފެނުނުއިރު ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް އެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ. “މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން” ފުލުހުން ވިދާޅުވެފައިވެއެވެ. އެކުއްޖާ ގެއްލިގެން ކުއްޖާގެ ޢާއިލާއިން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
ޔުމްނާ ޢަލީ
މީސް މިޑިއާއިން ފެންނަ ފޮޓޯގަނޑަކުން ކުޅުދުއްފުށި މަށިމާލި ޕެރޭޑްގައި ވާނުވާއެއްނޭގޭނެ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ކުޅުދުއްފުށީގައި “ބޮޑު އީދު މުއްސަނދި ސަގާފަތަކާ އެކު” ވަރަށް ކުލަގަދަކޮށް ބޮޑު ޢީދު ދަނީ ފާހަގަ ކުރަމުންނެވެ. ފެށުނީންސުރެއް ކުޅުދުފުއްޓަކީ ވަރަށް ތަފާތު ގޮތަކަށް އީދު ފާހަގަކުރަމުން އަންނަ ރަށެކެވެ. މިފަހަރުގެ ބޮޑު އީދުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން “ބޮޑު އީދު މުއްސަނދ...
ތިލަދުން
މިއަހަރުގެ ނިޔަލަށް ރާއްޖޭގޭ އާބާދީ، 579،330 އަށް އާނެކަމަށް އަންދާޒާކޮށްފި އެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ކުރި ޓުވިޓެއްގައި ބުނެފައިވަނީ މި އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިމެނުގެ މަސައްކަތްވެސް އަވަސްކޮށްފައިވާކަމަށެވެ. އެމްބީއެސް އިން ބުނީ މިހާރު ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 13-25 އަށް ކަމަށެވެ. ކުރިން ބޯހިމެނުގެ މަސައްކަތް ފަށާ ގޮތަށް އޮތީ ސެޕްޓެމްބަރު މަހުގެ 17 ގަ އެވެ. އަދި މިހާރު […]
އިބްރާހިމް އަސްވާޤް
ތަރައްޤީއާއި ތަހުޒީބުގެ ދާއިރާގައި ފަތުއަޑުކިޔާފައި ދުނިޔެ ކުރިއަރަމުން، ބަވަނަ ވަމުން ދާއިރު، މި ދެންނެވި ތަރައްޤީތަކާއެކު އިތުރުކޮށްދިން އެހެން އެއްޗެއްވެސް ވެއެވެ. އެއީ ފާފަތަކާއި ފާފަތަކަށް އަރައިގަތުމަށް ބޭނުންވާ ވަސީލަތްތަކާއި ގޮތްތަކެވެ. އަދި މިއާއެކު ފާފަތަކާއި މުންކަރާތްތައް ކުރާ ތަންތަންވެސް ވަނީ އިތުރުވެގެން ގޮސްފައެވެ. ބަޔަކު ފާފައެއް ކުރާ މަޖިލީހަކަށް ހާޒިރު ވެވިއްޖެ މީހަކަށް އެކުރިމަތިވީ ވަރުގަދަ އިމްތިޙާނެކެވެ. މުއުމިނަކު ނަމަ، ފުރަތަމަ ކަމަކަށް އޭނާ ހިތުން އެކަމަށް އިންކާރު ކުރާނ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ކޮއްކޯފުޅު ބަސިލް ރާޖަޕަކްސަ ފުރަން އުޅުމުން އެކަމަށް ހުރަސް އަޅައިފި ކަމަށް ބައިނަލްއަޤްވާމީ ބައެއް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. ބަސިލްއަކީ ލަންކާގެ ކުރީގެ ފިނޭންސް މިނިސްޓަރެވެ. ލަންކާގެ ހާލަތު ގޯސްވެ އާންމުން ފެށި މުޒާހަރާތަކާއި ގުޅިގެން އުފެދިގެން ދިޔަ ހަމަނުޖެހުންތަކާއެކު އޭނާ ގާނޫނު ހަދާ މަޖިލީހުން އިސްތިއުފާ ދެއްވީ މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. އަދި އޭނާ ވަނީ އޭޕްރިލް މަސްތެރޭގައި މިނިސްޓަރު ކަމުން ވެސް އިސްތިއުފާ ދެއްވާފައެވެ. ލަންކާއަށް...
ޔުމްނާ ޢަލީ
މާލެއިން 17 އަހަރުގެ އަންހެން ކުއްޖެއް ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެއިން ސަތާރަ އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އެ އިދާރާއަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެކުއްޖާ ގެއްލިގެން ކުއްޖާގެ ޢާއިލާއިން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެހެންކަމުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. އަދި އެ އިދާރާއިން ދަނީ އެކަމާއި ގުޅިގެން އިތުރަށް ބައްލަވަންޖެހޭ ކަންކަން ބައްލަވަމުން [...
މުޙައްމަދު ވަސީމް