މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,460 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1265 ވަނަ ޞަފްޙާ

އަލަމްގިީރްގެ ބަރަހަނާ މަންޒަރުތައް ބޭނުންކޮށްގެން ބްލެކްކުރި 3 މީހުން ހައްޔަރުކޮށްފި

އަލަމްގިީރްގެ ބަރަހަނާ މަންޒަރުތައް ބޭނުންކޮށްގެން ބްލެކްކުރި 3 މީހުން ހައްޔަރުކޮށްފި

ބަރަހަނާ މަންޒަރު ރެކޯޑްކޮށް އެ ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލްކުރި މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ވިދާޅުވީ އެމީހުން ވަނީ އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ވީޑިއޯތައް ލީކު ކޮށްލާނެކަމަށްބުނެ ބިރުދައްކައި، ބުލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށްފައިވާ ކަމަށެވެ. އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާންމުކޮށްފައިވާ މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ ފަސް މީހަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުންގެ ތެރެއިން...

މުޙައްމަދު އަފްރާޙް
ކޭއެޗްއާރް ގެ ކަށީގެ އޮޕަރޭޝަންތައް ކުރުމަށް ހޯދަން ޖެހޭ އިމްޕްލާންޓްސް ހޯދުމަށް ހަވާލުކޮށްފި

ކޭއެޗްއާރް ގެ ކަށީގެ އޮޕަރޭޝަންތައް ކުރުމަށް ހޯދަން ޖެހޭ އިމްޕްލާންޓްސް ހޯދުމަށް ހަވާލުކޮށްފި

ރީޖަނަލް ހޮސްޕިޓަލް (ކޭއެޗްއާރް) ގެ ކަށީގެ އޮޕަރޭޝަންތައް ކުރުމަށް ހޯދަން ޖެހޭ އިމްޕްލާންޓްސް ހޯދުމަށް ބަޔަކާ ހަވާލުކޮށްފި އެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ނިއޯމެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ. ކޭއާރުއެޗުގެ ފަރާތުން ޗީފް އެގްޒެކްޓިވް އޮފިސަރު އަހުމަދު ދާއޫދު މި އެއްބަސްވުމުގެ ސޮއިކުރެއްވި އިރު، ނިއޯމެޑް މޯލްޑިވްސްގެ ފަރާތުން ސޮއިކުރ...

މުޙައްމަދު އަފްރާޙް
ޓިކްޓޮކް ތަރި ހުނޫ ބަންދުކުރަން ޕީޖީ އަނެއްކާވެސް ހައިކޯޓަށް

ޓިކްޓޮކް ތަރި ހުނޫ ބަންދުކުރަން ޕީޖީ އަނެއްކާވެސް ހައިކޯޓަށް

ޓިކްޓޮކް ތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) ބަންދުން ދޫކޮށްލުމުން އޭނާ އަލުން ބަންދުކުރަން ދައުލަތުން އަނެއްކާވެސް ހައި ކޯޓަށް ހުށަހަޅައިފި އެވެ. މަސްތުވާތަކެތި ޓްރެފިކްކުރި ކަމަށް ބުނެ ދައުލަތުން ހުނޫގެ މައްޗަށް ދައުވާކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން އޭނާ ކުރިން ވަނީ ދޫކޮށްލައިފަ އެވެ. އެ މައްސަލާގައި ހައި ކޯޓުން ކުރިން ކްރިމިނަލް ކޯޓަށް އެންގީ އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމުމަށެވެ. ބަންދު މުރާޖާކުރުމަށްފަހު ކްރިމިނަލް ކޯޓުން […]

ހުސައިން ހަބީބް
ކެންދޫ ފަތާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ނިންމާލައިފި

ކެންދޫ ފަތާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ނިންމާލައިފި

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަކުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެ ރަށުގެ ފަތާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި، ބޭރުތޮށި ލުމުގެ މަސައްކަތުގެ 65 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، ފަތާ ސަރަޙައްދެއް ކޮނުމާއި، 803 މީޓަރު ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. […]

އަޙްމަދު ވަހީދު
ޔާމީންގެ ވަޒީރުންގެ ހެކިބަސް ދިނީ ދައުލަތުގެ ލިޔުންތައް ސައްހަ ނޫން ކަމަށް

ޔާމީންގެ ވަޒީރުންގެ ހެކިބަސް ދިނީ ދައުލަތުގެ ލިޔުންތައް ސައްހަ ނޫން ކަމަށް

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ލިޔުންތައް ސައްހަ ނޫން ކަމަށް އެމަނިކުފާނުގެ ކުރީގެ ބައެއް ވަޒީރުން ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ. އާރަށް މައްސަލާގައި ޔާމީނާއި މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ކުރާ ދައުވާގައި ދައުލަތުން ހުށަހެޅީ އެރަށް ކުއްޔަށް ދިނުމާ ބެހޭގޮތުން ކެބިނެޓްގެ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމެއްގެ ޔައުމިއްޔާއެކެވެ. އެ ޔައުމިއްޔާ ސައްހަ ނޫން ކަމަށް ހެކިބަސް ދެއްވީ އޭރުގެ އިކޮނޮމިކް މިނިސްޓަރު […]

ހުސައިން ހަބީބް
ނެެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ފަހު ޝިޕްމަންޓް ގެންގޮސްފި

ނެެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ފަހު ޝިޕްމަންޓް ގެންގޮސްފި

ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގެސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 66 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، ފަތާ ސަރަހައްދެއް ތަރައްގީ ކުރުމާއި، 870 މީޓަރުގެ ސަރަހައ...

އަޙްމަދު ވަހީދު
އެސްޓީއޯގެ “ހިޓާޗީ ފްރިޖް ޕްރޮމޯ” ފަށައިފި

އެސްޓީއޯގެ “ހިޓާޗީ ފްރިޖް ޕްރޮމޯ” ފަށައިފި

އެސްޓީއޯއިން ވިއްކާ ހިޓާޗީ ބްރޭންޑުގެ ފްރިޖުތަކުން ބޮޑެތި ޑިސްކައުންޓް ލިބޭ “ހިޓާޗީ ފްރިޖް ޕްރޮމޯ” މިއަދު ފަށައިފިއެވެ. މިއަދު ފެށި މި ޕްރޮމޯޝަން ކުރިޔަށްދާނީ 5 ނޮވެމްބަރ 2022 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯގެ ހުރިހާ ރީޖަނަލް ފިހާރަތަކެއްގައި ކުރިއަށްދާނެއެވެ. މި ޕްރޮމޯޝަންގެ ދަށުން އެސްޓީއޯއިން ކަނޑައަޅާފައިވާ އައިޓަމްތަކުން 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން ކޮންމެ ހަފްތާއަކު ހޮވޭ ތިން ނަސީބުވެރިއަކަށް 1500 ރުފިޔާގެ ގިފްޓް […]

އަޙްމަދު ވަހީދު
ފޭދޫ ކަނޑޫ ފަލުގައި ކަނޑޫ އާލާކުރަން ނާސަރީއެއް ހަދަނީ

ފޭދޫ ކަނޑޫ ފަލުގައި ކަނޑޫ އާލާކުރަން ނާސަރީއެއް ހަދަނީ

ށ. ފޭދޫ ކަނޑޫފަލުގައި ކަނޑޫ އާލާކުރުމަށް ނާސަރީއެއް ހަދަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިޝަމް ”ތިލަދުން” އަށް ވިދާޅުވީ، މި އެއްބަސްވުމުގައި ފޭދޫ ކައުންސިލްގެ ފަރާތުން ސޮއިކޮށްފައި މި ދިޔަ ހަފްތާ ބަންދުގައި މާލޭ ރޮޓަރީ ކުލަބްގެ ފަރާތުން އެރަށަށް ކުރި ޒިޔާރަތުގެ ތެރެއިން އެ ކްލަބާއެކުގައި ކަމަށެވެ. މާލޭ ރޮޓަރީ ކުލަބާއިއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން ނެތެމުންދާ އެރަށުގެ ކަނޑޫފަލުގައި ކަނޑޫ ގަސް އާލާ ކުރުމަށް ނާސާރީއެއް ހެދުމުގެ އިތުރުން ރަށުގެ […]

ޙުސައިން ޝަހުދީ
ދުނިޔޭގެ އެންމެ މުޑުދާރު "އާންމު ފާޚާނާ" ހޯދަން ދަތުރުކުރާ މީހެއް، ބުނަނީ މިހާރު ފެނިއްޖެ ކަމަށް

ދުނިޔޭގެ އެންމެ މުޑުދާރު "އާންމު ފާޚާނާ" ހޯދަން ދަތުރުކުރާ މީހެއް، ބުނަނީ މިހާރު ފެނިއްޖެ ކަމަށް

އެކިި ގައުމުތަކުގައި ހުންނަ ތަފާތު ކަންކަން ބަލާލުމަށް ދުނިޔެ ވަށާ ބުރު ޖެހުމާއި ގިނަ ގައުމުތަކަށް ދަތުރު ކުރުމަކީ ބައެއް މީހުން ލޯބި ކުރާ ކަމެކެވެ. މިގޮތަށް ދަތުރު ކުރާ މީހުން އާންމުކޮށް ދަނީ ގައުމުތަކު ސަގާފަތާއި ކެއުން ތަޖުރިބާ ކުރާށެވެ. އެކަމަކު މިފަހަރު ދުނިޔެ ވަށާ ބުރެއް ޖަހާލާފައިިވަނީ އެންމެ މުޑުދާރު ފާހާނާ ހޯދުމަށެވެ. އިނގިރޭސި ވިލާތުގެ ރައްޔިތެއްކަމުގައިވާ އުމުރުން 85 އަހަރުގެ ބްލޮގަރު ގްރަހަމް އަސްކޭ ވަނީ އެންމެ މުޑުދާރު އާންމު ފާޚާނާ (ޕަބްލިކް […]

މުޙައްމަދު ވަސީމް
އެމްޕީއެލްގެ ފްލެޓްތައް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ: ޝާހިދު

އެމްޕީއެލްގެ ފްލެޓްތައް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ: ޝާހިދު

ހިޔާ ޕްރޮޖެކްޓްގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފްލެޓްތައް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ. ޝާހިދު މިފަފައިން އެމްޕީއެލް ގެ 36 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ގައި ވާހަކަ ދައްކަވަމުން ނެވެ. ހެންވޭރު ބޯޅަ ދަނޑުގައި ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އެ ކުންފުނިން އިމާރާތް ކުރަމުން އަންނަ ފުލެޓްތަކަށް ފައިސާ ދެއްކުމަށް ގިނަ އޮޕްޝަންތަކެއް ދީފައިވާ […]

މުޙައްމަދު އަފްރާޙް
ގިނިހިލައިގެ މިސްރާބު ބަދަލުވޭތޯ ބެލުމަށް ނާސާގެ ވަރުގަދަ މިޝަންއެއް!

ގިނިހިލައިގެ މިސްރާބު ބަދަލުވޭތޯ ބެލުމަށް ނާސާގެ ވަރުގަދަ މިޝަންއެއް!

އެސްޓެރޮއިޑް ނުވަތަ ޖައްވުގައި ދަތުރުކުރަމުންދާ އެކިވަރުގެ ގިނި ހިލަތަކުގެ ސަބަބުން ދުނިޔެއަށް އޮތް ނުރައްކަލެއް ދެނެގަތުމަށް ނާސާއިން ތައްޔާރުވަމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ. ނާސާގެ ޑަބަލް އެސްޓްރޮއިޑް ރިޑައިރެކްޝަން ޓެސްޓް (ޑާޓް) މިޝަން ސްޕޭސްއެކްސް ފަލްކަން 9 ގެ ޖައްވަށް ފޮނުވާލީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. 308 މިލިއަން ޑޮލަރުގެ މި ޖައްވީ އުޅަނދު ދުނިޔޭން 6.8 މިލިއަން މޭލު ދުރަށް ދަތުރުކޮށްފައި ވަނީ އެސްޓްރޮއިޑް ޑިޑިމޯސް ވަށައިގެން ދަތުރުކުރާ ކުޑަ […]

މުޙައްމަދު ވަސީމް
އަލަމްގީރް މައްޗަށް އުފުލި 40 ދައުވާގެ ހުކުމް އަންނަ ބުދަ ދުވަހު، އަދަބަކީ 1080 ދުވަހުގެ ޖަލު ހުކުމެއް

އަލަމްގީރް މައްޗަށް އުފުލި 40 ދައުވާގެ ހުކުމް އަންނަ ބުދަ ދުވަހު، އަދަބަކީ 1080 ދުވަހުގެ ޖަލު ހުކުމެއް

އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެފައިވާ ބަންގްލަދޭޝްގެ ފިރިހެނެއްކަމަށްވާ އަލަމްގީރް ގެ މައްޗަށް އުފުލާފައިވާ 40 ދައުވާއަށް އިއުތިރާފްވެފައިވާއިރު އޭނާގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 28 ވަނަ ބުދަ ދުވަހު އޮންނާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވެއްޖެ އެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލަމްގީރްގެ މައްޗަށް އުފުލާފައިވާ 40 ދައުވާއަށް އޭނާ އިއުތިރާފްވެފައިވާތީ، ދެން އޮންނާނީ އަވަސްނިޔާ އިއްވުން ކަމަށެވެ. އަދި އެ މައްސަލައިގެ […]

މުޙައްމަދު އަފްރާޙް
ޔުއެފާ ނޭޝަންސް ލީގު: ސުޕެއިން ބަލިވެ، ޕޯޗުގަލް ކުޅުނު މެޗުން މޮޅުވެ ގްރޫޕް އެއްވަނައަށް

ޔުއެފާ ނޭޝަންސް ލީގު: ސުޕެއިން ބަލިވެ، ޕޯޗުގަލް ކުޅުނު މެޗުން މޮޅުވެ ގްރޫޕް އެއްވަނައަށް

ޔުއެފާ ނެޝަނަލް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޕޯޗުގަލް މޮޅުވެ ގްރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ. ޗެކުރިޕަބުލިކު އާއި ބައްދަލުކޮށް ޕޯޗުގަލް މެޗު ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. ޗެކުރިޕަލިކުގައި ކުޅުނު މެޗުގައި ޕޯޗުގަލްގެ ޒުވާން ޑިފެންޑަރ ޑިއެގޯ ޑިލޯ ވަނީ ދެގޯލު ޖަހާފައެވެ. ފުރަތަމަ ގޯލު މެޗުގެ 33 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރަފައެލް ގެ އެހީތެރިކަމާއި އެކުގައެވެ. ދެވަނަ ގޯލު މެޗުގެ 3 ވަނަ ގޯލު ފެނާންޑޭޒް އެހީތެރިކަމާއެކު ކާމިޔާބު ކޮށްދިނީ މެޗުގެ […]

އަލީ ރިޔާޟް
ކުޅުދުއްފުއްޓާއި ހިތަދޫގައި ތަރައްޤީކުރަމުންދާ ބަނދަރު ނިމުމުން ރަށްރަށުގެ ވިޔަފާރިއަށް ބޮޑު ދިރުމެއް އަންނާނެ: ރައީސް

ކުޅުދުއްފުއްޓާއި ހިތަދޫގައި ތަރައްޤީކުރަމުންދާ ބަނދަރު ނިމުމުން ރަށްރަށުގެ ވިޔަފާރިއަށް ބޮޑު ދިރުމެއް އަންނާނެ: ރައީސް

ހދ. ކުޅުދުއްފުށީ ސިޓީ އާއި، އައްޑޫ ސިޓީގެ ހިތަދޫގައި ތަރައްޤީކުރަމުންދާ ބަނދަރު ނިމުމުން ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ޙަރަކާތްތައް މިހާރަށްވުރެ ފުޅާވެ، ރަށްރަށުގެ ވިޔަފާރިއަށް ވަރަށް ބޮޑު ދިރުމެއް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ 36 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ގދ. ތިނަދޫގައި ވެސް ސަރަޙައްދީ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާފަ އެވެ. ވެރިރަށް މާލޭ...

މުޙައްމަދު އަފްރާޙް
ރާއްޖެ މިއޮތީ ސަލާމަތުގެ އައްސޭރިއަކަށް ފަސޭހައިން ނުގެންދެވޭ ފަދަ ހިސާބެއްގައި: ނާޒިމް

ރާއްޖެ މިއޮތީ ސަލާމަތުގެ އައްސޭރިއަކަށް ފަސޭހައިން ނުގެންދެވޭ ފަދަ ހިސާބެއްގައި: ނާޒިމް

ރާއްޖެ މިއޮތީ ސަލާމަތުގެ އައްސޭރިއަކަށް ފަސޭހައިން ނުގެންދެވޭ ފަދަ ހިސާބަކަށް ގޮސްފައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމް މިހެން ވިދާޅުވީ، އެމްއެންޕީގެ ފުރަތަމަ ގައުމީ ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަ ދައްކަވަމުން ނެވެ. ރާއްޖެ މިއޮތީ ސަލާމަތުގެ އައްސޭރިއަކަށް ފަސޭހައިން ނުގެންދެވޭ ފަދަ ހިސާބަކަށް ގޮސްފައި ކަމަށް ވިދާޅުވެ ނާޒ...

އަލީ އާދިލް
ކުރިނބީ ޤުރުއާން ޓީޗަރަށް ހާޓް އެޓޭކެއްޖެހި އިތުރު ފަރުވާއަށް މާލެ ގެނެސްފި

ކުރިނބީ ޤުރުއާން ޓީޗަރަށް ހާޓް އެޓޭކެއްޖެހި އިތުރު ފަރުވާއަށް މާލެ ގެނެސްފި

ކުރިނބީ ސްކޫލްގެ ޤުރުއާން ޓީޗަރ މުހައްމަދު ރަފީޤް (ގާރީ ސަރ) އަށް، ހާޓް އެޓޭކެއްޖެހި އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި ފިރިހެނަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި މިއަދު މާލެ ގެނެސްދީފައިވާކަމަށެވެ. އުމުރުން 52 އަހަރުގެ މުހައްމަދު ރަފީޤް، މާލެ ގެނެސްދީފައިވަނީ ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އޭނ...

އިބްރާހިމް އަސްވާޤް
ހުޅުމާލެ ފަޅުގައި ނުރައްކާތެރި އެކްސިޑެންޓެއް، ހަތަރު މީހަކަށް ފަރުވާދެނީ

ހުޅުމާލެ ފަޅުގައި ނުރައްކާތެރި އެކްސިޑެންޓެއް، ހަތަރު މީހަކަށް ފަރުވާދެނީ

ހުޅުމާލެ ފަޅުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެ ފަރުވާދޭން ފަށައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއަށް ވަންނަ ނެރާ ދިމާ ފަޅު ތެރޭގައި ލޯންޗަކާއި ޑިންގީއެއް ޖެހިގެން ކަމަށެވެ. 18:55 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވީ ޑިންގީގައި ތިބި ހަތަރު މީހުންނަށެވެ. އެއީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ. އެ މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން ދެ މީހަކު […]

އަލީ އާދިލް
ވިޔަފާރިއެއް ކާމިޔާބު ކުރުމަށް ކުރެވިދާނެ ފަސް ކަމެއް، ސްޓީވް ޖޮބްސްގެ ދުލުން!

ވިޔަފާރިއެއް ކާމިޔާބު ކުރުމަށް ކުރެވިދާނެ ފަސް ކަމެއް، ސްޓީވް ޖޮބްސްގެ ދުލުން!

ދުނިޔޭގައި މިވަގުތު އޮތް އެންމެ ކާމިޔާބު އެއް ވިޔަފާރި ކުންފުންޏަކީ އެޕަލް އެވެ. އެޕަލް ކުންފުނި އުފެއްދީ 1976 ވަނަ އަހަރު އެވެ. ކޮންމެ ވިޔަފާރިއެއް ކުރިއަރާނީ ނާކާމިޔާބަކަށް ފަހުއޭ ބުނާ ފަދައިން އެޕަލް ކުންފުނި ބޭންކްރަޕްޓު ވެފައި ވަނިކޮށް އެ ވިޔަފާރި އަލުން ކޮޅަށް ޖެހުމުގައި އެ ކުންފުނީގެ އެއް ބާނީ ސްޓީވް ޖޮބްސް މުހިންމު ދައުރެއް އަދާކޮށްފައި ވެއެވެ. އެއީ 1980 ގެ ކުރީކޮޅެވެ. އެ ދުވަސް ވަރު ޖޮބްސް، މިޝައިލް މިރިޓްޒް ކިޔާ […]

މުޙައްމަދު ވަސީމް