ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ގެ މައްޗަށް ކުރާ ދައުވާގައި، ޑްރަގް ފެނުނު ފަންކާ ބޯޓާ ހަމައަށް ގެންދިޔައީ އޭނާ ކަން ނޭނގޭ ކަމަށް ދައުލަތުގެ ހެކިވެރިއަކު ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ. ޕެސްޓާއި އިތުރު ތިން މީހަކަށް ދައުވާ ކުރަނީ މިދިޔަ އަހަރުގެ ކުރީކޮޅު އޭނާ އާއި އިތުރު މީހަކު ބައިވެރިވެގެން ފަންކާއެއްގެ ތެރޭގައި ޑްރަގް ފޮރުވައިގެން ބޯޓަކަށް އެރުވި ކަމަށާއި އަދި މާލޭގެ އެހެން ބައެއް ގެތަކުގައި ޑްރަގް ގެންގުޅެ، […]
ހުސައިން ހަބީބް
މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް) އަންނަ އޮކްޓޯބަރ މަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ. މިނިސްޓަރ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހު 28 އިން 31 އަށް ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މުފްތީގެ މި ދަތުރުފުޅުގައި މާކެ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ގައި ދަރުސް […]
މުޙައްމަދު އަފްރާޙް
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެއިލް ޑެލިވަރީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހުޅުމާލެ އަމީން އެވެނިއުގައި ޕިކްޕޯސްޓެއް ހުޅުވައިފިއެވެ. އެ ކުންފުނިން އަންނަނީ މެއިލް ޑެލިވަރީ ހިދުމަތް ޒަމާނީކޮށް ތަރަްްގީ ކުރުމަށް ޕިކް ޕޯސްޓުގެ ނަމުގައި ސެލްފް ސާވިސް ޑެލިވަރީ ސްޓޭޝަންތަކެއް މާލެ އާއި ހުޅުމާލޭގައި ހުޅުވަމުންނެވެ. އެގޮތުން. އަމީން އެވެނިއު ޓީކް ބިލްޑިންގައި ހުޅުވި އާ ޕިކްޕޯސްޓަކީ މި ސަރަހައްދުގައި ހުޅުވި ހަ ވަނަ ޕިކް ޕޯސްޓެވެ. ޕިކް ޕޯސްޓުގެ ހިދުމަތަކީ […]
އަޙްމަދު ވަހީދު
ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރައްކާތެރިކަން ގެއްލޭގޮތަށް ވާހަކަދެއްކި އެތަނުގެ މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން “ތިލަދުން” އަށް މަޢުލޫމާތުދެމުން ވިދާޅުވީ ހަނިމާދޫ އެއަރޕޯޓުގެ ރައްކާތެރިކަން ކޮމްޕްރަމައިސް ވާގޮތަށް އެތަނުގެ މުވައްޒަފެއްގެ ބަސްމަގު ހުރުމާއި ގުޅިގެން ސުވާލު ކުރުމަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އިތުބާރު ހުރި މަސްދަރަކުން ތިލަދުން އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަ...
މުޙައްމަދު އަފްރާޙް
ހދ. ފިނޭގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް ހިދުމަތް ދޭން ރަސްމީކޮށް ފަށައިފި އެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫއުގެ އަމަލީ މަސައްކަތް 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ފަށާ، އެ މަސައްކަތް ނިންމާލާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެތެރޭގަ އެވެ. މިއީ 21،335،698.08 ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 4.8 ކިލޯމީޓަރުގެ ފެނުގެ ނިޒާމްގެ...
މުޙައްމަދު އަފްރާޙް
ހދ. ނައިވާދޫ ގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް، އެރަށު ކައުންސިލުން ޝުކުރު އަދާކުރައްވަފި އެވެ. ނައިވާދޫ ކައުންސިލާއި އ.ތ.މ ކޮމިޓީ އާއެކު ބޭއްވެވި ބައްދަލުކުރެްވުމުގައި ކައުންސިލުން ވަނީ ފާއިތުވި 13 އަހަރުގެ ތެރޭގައި ނައިވާދޫއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނޫން އެހެން އެއްވެސް ރައީސެއް ވަޑައިގެންފައި ނުވާކަން ވެސް ފާހަގަކުރައްވާފަ އެވެ. އަދި ނައިވާދޫގައި ފެށި މިހާރު ހިނގަމުންދާ މަޝްރޫޢުތ...
މުޙައްމަދު އަފްރާޙް
ހދ. ނައިވާދޫ ފެނުގެ ނިޒާމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވައިފި އެވެ. މި ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވާފައިވަނީ އެމަނިކުފާނު ތިލަދުންމަތީގެ ހަތަރު ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ނެވެ. ސާސޭ ކޮންސްޓްރަކްޝަން ޕްރިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއު ނިމުމާއެކު އެރަށުގެ 198 ގޭބީސީ އަށް މިހާރުއަންނަނީ ސާފުބޯފެން ފޯރުކޮށްދެމުން ނެވެ. މީގެ އިތުރުން ފުރާޅުން ނަގާ ފެން ފިލްޓަރކުރެވިގެން އެރަށު ރައްޔިތުންނަށް ބޭނުންކުރުމުގެ ފުރުސަތ...
މުޙައްމަދު އަފްރާޙް
މިއަންމާ ސަރުކާރުން ރާއްޖެއަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު ޔޫ އޯ ތުއޭންގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ. އޭނާ މަރާލީ އެ ގައުމުގެ އެންމެ އާބާދީ ބޮޑު އެއް ސިޓީ ކަމަށްވާ ޔަންގޮންގައި ހުންނަ އަމިއްލަ ގޭގައި ހުއްޓަ އެވެ. އޯތުއޭންއަށް ހަމަލާދީ މަރާލުމުގެ ޒިންމާ އެ ގައުމުގެ އަސްކަރިއްޔާ އާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޖަމާއަތެއް ކަމަށްވާ އިންޔާ އާބަން ފޯސްއިން ވަނީ ނަގާފައިވެ އެވެ. އޯތުއޭން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މިއަންމާ […]
މުޙައްމަދު ވަސީމް
ދިވެހި މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ވަގުތުން ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލައެއް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެއް ނައިބު ރައީސްގެ މަގާމުވެސް ފުރުއްވަމުންދާ ޝިޔާމް ހުށަހެޅުއްވި މި މައްސަލައިގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެފައިވާ މިދުވަސްވަރު މަސްގަންނަ މިންވަރު ލިމިޓްކޮށްފައިވާތީ އާއި މަސްވެރިން ގަދަ އަވީގައި ކަނޑުމަތީގައި ދުއްވައިގެން މަސްވ...
މުޙައްމަދު އަފްރާޙް
60 ދަރިވަރުންނާއެކު “ދަރުމަ” ގުރްއާން ހަރަކާތް ހއ. އިހަވަންދޫގައި އިފްތިތާހު ކޮށްފި އެވެ. ހިލޭސާބަހަށް ޤުރުއާނުގެ އިލްމު އުގަންނައިދިނުމުގެ މަޤްސަދުގައި ކުރިޔަށް ގެންދާ ދަރުމަ ޤްރުއާން ހަރަކާތް އިފްތިތާޙްކޮށްފައިވަނީ އެކަމަށް ހާއްސަކޮށްގެން އިހަވަންދޫ ސްކޫލުގައި ކުރިޔަށްގެންދިޔަ ޙަފްލާގަ އެވެ. އިހަވަންދޫ ހޯރަ އިބްރާހިމް މޫސާ އިސްނަންގަވައިގެން ދަރުމަވެރިއެއްގެ އެހީތެރިކަމާއިއެކު ކުރިޔަށްގެންދާ ހަރަކާތް ފެށުމަށް ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން އިބްރާހިމް މޫސާ ވަނީ މި ހަރަކާތަކީ އަދި ފެށުމ...
މުޙައްމަދު އަފްރާޙް
ތިލަދުންމަތީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފުރާވަޑައިގެންފި އެވެ. މިއަދު ފެއްޓެވި މިދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ހދ. ނައިވާދޫ އަށެވެ. އެއަށްފަހު، ހދ. ފިނޭއަށާއި، ހއ. އުތީމަށް އަދި ހއ. ދިއްދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ. ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި ހއ. އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ދުވަހުގެ ޙަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަ...
މުޙައްމަދު އަފްރާޙް
ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ ހަތަރުވަނަ ގްރޫޕުގެ އެއްވަނަ ހޯދައިގެން ނެދަލެންޑްސް، މުބާރާތުގެ ސެމީ ފައިނަލުން ފުރުޞަތު ހޯދިއިރު، ގްރޫޕް އޭގެ އެއްވަނަ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ކޮރޭޝިއާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ރޭ ނެދަލެންޑްސް އަމިއްލަ ޤައުމުގައި ބެލްޖިއަމްއާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއިން ވަނީ ކާމިޔާބު ކޮށްފައެވެ. މި ނަތީޖާއާއިއެކު ނެދަލެންޑްސްއަށް ގްރޫޕްގެ އެއްވަނަ ލިބިފައި ވަނީ ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއި […]
އިބްރާހިމް ޚަލީލް
ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ރަޝިއާގައި އިސްލާމީ ޝަރީއާ ހުއްދަ ކުރާ ބޭންކިންގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް އެ ގައުމުން ހާމަކޮށްފި އެވެ. ރަޝިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އިސްލާމިކް ބޭންކިންގެ ހިދުމަތް ތައާރަފު ކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށް މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވަނީ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފަ އެވެ. ރުހުން ލިބިއްޖެ ނަމަ އަންނަ އަހަރުގެ ފެބްރުއަރީގައި އެ ހިދުމަތް ފެށޭނެ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. ރަޝިއާގައި އިސްލާމިކް […]
މުޙައްމަދު ވަސީމް
ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަތު ހާމަކުރަން މަޖުބޫރުވާގޮތަށް ހެއްކާއިބެހޭ ގާނޫނުގައި އޮތުމުން އެކަމާ ގުޅިގެން ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެ ގާނޫނު އިސްލާހުކުރަން މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ. ހެއްކާބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާއާއިމެދު ނޫސްވެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަންބޮޑުވުންތައް ހިމަނައި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސ...
އަލީ އާދިލް
ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޛުހާން (ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ) އެންމެފަހުން ފެނުނީ ހުޅުމާލޭ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ހޯދަމުންދާ އަޛްހާނާ ބެހޭގޮތުން މިހާތަނަށް ލިބުނު މައުލޫމާތު ހިއްސާކޮށް ފުލުހުން ރޭ ވަނީ ނޫސްބަޔާނެއް އާންމު ކުރައްވާފައެވެ. އެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި އަޛުހާން ޚަބަރެއްނުވެ، ގެއްލުނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެންނެވެ. އެކަން އޭނާގެ ޢާއިލާއިން ފުލުހުންނާ ހިއްސާކޮށްފައި ވަނީ […]
ޔުމްނާ ޢަލީ
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. އެގޮތުން މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރިޒްވީއެވެ. އަދި ޖޭއެމްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް ކޭ އެސް ރެޑީއެވެ. މި ރަސްމިއްޔާތުގެ ދައުލަތުގެ ވ...
އަޙްމަދު ވަހީދު
ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ގަތުމަށް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިއެފްޓީސީ) އާއި އެސްޓީއޯއާ ދެމެދު 189 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއްގައި ސޮއި ކޮށްފިއެވެ. އާދީއްތަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުމެއްގައި މި މުރާބަހާ ޓްރޭޑް ފައިނޭންސް ފެސިލިޓީ އެއްބަސްވުމުގައި އައިޓީއެފްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަނުގެ ސީއީއޯ ހާނީ ސަލީމަ ސޮންބޮލްއެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުއެވެ. އައިޓީއެފްސީ އަކީ […]
އަޙްމަދު ވަހީދު
މަކަރާއި ހީލަތުގެ މައްސަލައެއްގައި ފުލުހުން 4 މީހަކު ހޯދަން ފަށައިފި އެވެ. އެ މީހުންގެ ވީޑިއޯ އާންމުކޮށް ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ ހަތަރު މީހުންނަކީ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވާ މީހުން ކަމަށެވެ. އެހެންނަމަވެސް ފުލުހުން މިހައިތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހުން ކަމަށް ވެސް ފުލުހުން ވިދާޅުވެ އެވެ. ފުލުހުން އިތުރަށް ވިދާޅުވީ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މ...
މުޙައްމަދު އަފްރާޙް