ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާއާ ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ. މި ވާހަކަތައް ބާއްވާފައި ވަނީ ރައީސް ޞާލިޙް ބަޙްރައިން އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު އެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ރަސްމީ ވާހަކަފުޅުތަކުގައި ރައީސް ޞާލިޙާއި، ބަޙްރައިންގެ ރަސްގެފާނު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެނ...
ޔުމްނާ ޢަލީ
ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ”މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ބާއްވާ ތިން ރަށުން މުބާރާތަށް ވެފައިވާ ތައްޔާރީތައް ބެލުމަށް އަތޮޅު ކައުންސިލްގެ ފަރާތުން ދަތުރެއްކޮށްފިއެވެ. ށ. އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވާ މި ފިއެސްޓާގެ މުބާރާތްތަކުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތިން ގުރޫޕަކަށް ބަހާލައިގެން، ތިން ރަށެއްގަ އެވެ. އެއީ ފޭދޫ، ނަރުދޫ އަދި ޅައިމަގު ގައެވެ. ށ. އަތޮޅު ކައުންސިލުން ވިދާޅުވީ، މި ރަށްތައް ހަމަޖައްސާފައިވަނީ ދަތުރުފަތުރާއި އެހެނިހެން ގޮތްގޮތ...
ޔުމްނާ ޢަލީ
ހދ. ވައިކަރަދޫ، މާހާ، އަލްއުސްތާޛާ ޙައްވާ މުޙައްމަދު އަކީ އުނގަންނައިދިނުމުގައި 38 އަހަރު ހޭދަކުރައްވަމުން އަންނަ ފަރާތެކެވެ. ހައްވަ މިސް ނުވަތަ ހައްވަ ޓީޗަރަކީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ އަހަރު ހާސިލު ކުރައްވާފައިވާ ފަރާތެކެވެ. ޤުރްއާނުގެ ޢިލްމުން ޑިޕްލޯމާ އަދި ކިޔަވައިދިނުމުގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޯމާ ހާސިލު ކުރެއްވުމަށްފަހު، އިސްލާމީ ޝަރީޢާއިން އޮނަރސް ޑިގްރީ ހާސިލު ކުރައްވައިފައިވާ ޤާނޫނީ ވަކީލެއްވެސްމެއެވެ. ޙައްވާ މުޙައްމަދަކީ، ސްކޫލްގެ މެނޭޖްމަންޓާއި...
ތިލަދުން
ޔޫރަޕުގައި ސީޕޯޓް ޗާޖަރު ބޭނުންކުރަން މަޖުބޫރުކޮށް ގާނޫނެއް ފާސްކޮށްފި އެވެ. ޔޫރަޕިއަން ޕާލަމެންޓުން ފާސްކުރި މި ގާނޫނަށް އަމަލު ކުރަން ފަށާނީ 2024 ވަނަ އަހަރުން ފެށިގެންނެވެ. މި ގާނޫނު ބުނާގޮތުން ސްމާޓް ފޯނުތަކާއި ޓެބްލެޓުތައް އަދި ކެމެރާތައްވެސް ޗާޖު ކުރުމަށް ބޭނުން ކުރަން ޖެހޭނީ ސީ ޕޯޓް އެވެ. މި ނިންމުމާއި އެކު އެންމެ ބޮޑު އަސަރެއް ކުރާނީ އެޕަލް ކުންފުންޏަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެޕަލް ކުންފުނިން ދަނީ ފެށުނީންސުރެ އެމީހުންގެ ޗާޖަރުތައް […]
މުޙައްމަދު ވަސީމް
ރާއްޖޭގައި މަރާލި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއަށް ކަމެއްވެއްޖެނަމަ، އެކަން ކުރާނީ އެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ކަމަށް މޭރީ ބުނެފައިވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ. އައިޖީއެމްއެޗްގައި މަސައްކަތްކުރި ލަމްހާ އާއި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާކުރަނީ މިދިޔަ އަހަރު އެ ދެ މީހުން ގުޅިގެން މޭރީ މަރާލި ކަމަށެވެ. އެ ތިން މީހުންނަކީ ވެސް ނަރުހުންނެވެ. ދައުލަތުން ތުހުމަތުކުރަނީ ލަމްހާ އާއި މާވިން ލޯބީގެ ގޮތުން […]
ހުސައިން ހަބީބް
ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 60 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ އެންމެ ފަހު ޝިޕްމަންޓް ވެސް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 1200 […]
އަޙްމަދު ވަހީދު
އދ. މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި އާ ހާބަ ބޭސިން ފުންކުރުމުގެ މަަސައްކަތުގެ 94 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 65,854 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، […]
އަޙްމަދު ވަހީދު
ގަވާއިދާއި ހިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓަރީ ބާތިލް ކުރައްވާނެ ކަމަށާއި، ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވަކި މީހަކަށް ބެލުމެއްނެތި އަޅުއްވާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ އަދި ގަވައިދާ ހިލާފަށް މާލެ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ 98 ވެހިކަލެއްގެ ރަޖިސްޓަރީ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މި ހަފްތާގައި ބާތިލް ކޮށްފައެވެ. އެއީ ގަވާއިދާ ހިލާފ...
ޔުމްނާ ޢަލީ
ސ. ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ހިތަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމާއި، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙުމަދު ރަޝީދާއި، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ނާޒިލްއާއި، އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރ...
އަޙްމަދު ވަހީދު
ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަދި ބެންފިކާ ބައްދަލުކުރިމެޗު އެއްވަރުވެ ގުރޫޕް އެޗްގެ ފޯރި ގަދަވެއްޖެ އެވެ. ބެންފިކާ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިން ނެވެ. މެޗުފަށައިގެން ބެންފިކާއިން ޕީއެސްޖީގެ ގޯލަށް ބާރު ބޮޑުކުރަމުން ގޮސް ގާތްގާތުގައި ތިން ހަމަލާއެއް ވަނީ ފޮނުވާލައިފަ އެވެ. މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑުނެގީ ޕީއެސްޖީއިން ނެވެ. މި ގޯލު ޕީއެސްޖީއަށް ކާމިޔާބު ކޮށްދިނީ މެޗުގެ 22 ވަނަ މިނެޓުގައި ނޭމާގެ އެހީތެރިކަމާއެކު މެސީ އެވެ. […]
އަލީ ރިޔާޟް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ސީޕްލޭން ޓާމިނަލް މިއަދު ހުޅުވައިފި އެވެ. ނޫވިލު ސީޕްލޭން ޓާމިނަލް ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޗެއާމަން އެމްޔޫ ހަސަން މަނިކާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލިޝިން އެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ބައިވެރިވެވަޑައިގެންނެވި އެވެ. 55 މިލިއަން ޑޮލަރުގެ މި މަޝަރޫއުގެ ދަށުން […]
މުޙައްމަދު އަފްރާޙް
ދިވެހިރާއްޖޭގެ އިޤުތިޞާދުގެ މައި ދޮރޯއްޓަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުކަމުގައި ވާއިރު، މިއީ ދައުލަތުގެ އެންމެ މުހިއްމު ހަރުމުދާ ކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އައު ރަންވޭ އާއި ނޫވިލު ސީޕްލޭން ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ދިވެހިންގެ ބުރަ މަސައްކަތުން ހެދި ދިވެހިންގެ އެއަރޕޯޓެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއަރޕޯޓު ތަރައްޤީ...
މުޙައްމަދު އަފްރާޙް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގައި ތަރައްގީކުރި އައު ރަންވޭ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފި އެވެ. އައު ރަންވޭ ބޭނުންކުރަން ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އެމްއޭސީއެލްގެ އިސްވެރިންނާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލީޝިން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އައު ރަންވޭ ބޭނުންކުރަން ފެށު...
މުޙައްމަދު އަފްރާޙް
ނ. ވެލިދޫ، އިވްނިންގ ފްލާވަރ، އަލްފާޟިލާ ނަފީސާ އަބޫބަކުރަކީ ސަލާމެއް، ޗުއްޓީއެއް ނުނަންގަވައި ޓީޗިންގ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރަށްވުރެއް ގިނަދުވަސް ވެފައިވާ ނަމޫނާ މުދައްރިސެކެވެ. 2021 ވަނަ އަހަރު ނަފީސާ މިސް ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ހާސިލްކުރައްވާފަ އެވެ. ނަފީސާ އަބޫބަކުރު، ތައުލީމީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ފުރަތަމަ އަދާކުރެއްވީ، ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާ...
ތިލަދުން
ހއ. ދިއްދޫ ބަނދަރަށް މަސް ބޭލުމަށް ބަނދަރުގެ ދެކުނު ތޮށި ބޭނުންކުރުމަށް އެރަށު ކައުންސިލު އިދާރާ އިން އެދިއްޖެ އެވެ. އެ އިދާރާ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މަސް އުފުލުމުގެ މަސައްކަތުގައި ބޭނުންކުރާ ވެހިކަލްތަކުން ބަނދަރުގެ މަގުތަކަށް ލޭ ފަދަ ތަކެތި ނުފައިބާ ގޮތަށް އެ މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ. އަދި ކަނޑުމަހާއި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކުން ވެސް ބަނދަރުގެ ހުރިހައި ދިމާލެއްގައި ވެސް (ކޮންމެ ދިމާލެއްގައި) މަސައްކަތް ކުރުމުގެ ބަދަލުގައި ބަނދަރުގައި […]
މުޙައްމަދު އަފްރާޙް
ކުޅުދުއްފުށި ސިޓީ ހިމެނޭގޮތަށް އިތުރު ތިން ރަށެއްގައި އަޅާ ސިންތެޓިކް ޓްރެކްތައް އަންނައަހަރު ބޭނުންކުރެވޭނެ ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި އަޅާ ޓްރެކާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު، މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. އައްޑޫ ސިޓީ ހިތަދޫގައި ސިންތެޓިކް ޓްރެކެއް އެޅުމުގެ ވާހަކަ ދެއްކިތާ އަހަރުދުވަސް ވީއިރުވ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ މެރިން ސާވިސަސްގައި ކުރިއަރަމުން އަންނަ ޖަލްބޫޓް މޯލްޑިވްސް އާއެކި އުރީދޫ މޯލްޑިވްސް އިން ޕާޓްނާޝިޕެއް ގާއިމް ކޮށްފިއެވެ. މިއީ ޖަލްބޫޓްގެ އުޅަނދުތަކުގައި ދަތުރު ކުރާ ފަތުރުވެރިންނަށް ފަސޭހަކަމާއެކު މުވާސަލާތީ ޙިދުމަތްތައް ފަހިކޮށްދީ، ޑިޖިޓަލް ހައްލުތަކާއެކު ޖަލްބޫޓްއިން ފޯރުކޮށްދޭ ޙިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނައުމުގެ މަގްސަދުގައި ގާއިމް ކުރި ޕާޓްނަޝިޕެކެވެ. މި ޕާޓްނާޝިޕް އެކުލަވާލާފައިވަނީ ފަތުރުވެރިން ރާއްޖޭގައި ތިބޭ މުއްދަތުގައި ކަސްޓަމަ މުވާސަލާތީ ޙިދުމަތްތައް ހޯދުމުގައި ލ...
އަޙްމަދު ވަހީދު
އިދިކޮޅު މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި އަލަށް 10،000 މެމްބަރުން ގުޅިއްޖެ އެވެ. އެ ޕާޓީން މިއަދުވަނީ އެ ޕާޓީ އާ އަލަށް ގުޅުނު 10،000 މެމްބަރުންގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފަ އެވެ. މި ފޯމުތަކާއި އީސީގެ ފަރާތުން ހަވާލުވެލެއްވީ ރައީސް ފުއާދު ތައުފީގު އެވެ. ފޯމުތައް ހަވާލުކޮށްދެއްވީ ޕީޕީއެމް-ޕީއެންސީ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ޕީޕީއެމް ގެ އެތެރޭގެ އިންތިޚާބު މި މަހުގެ […]
މުޙައްމަދު އަފްރާޙް