އިޓާލިއަންލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޖުވެންޓަސް 2-0 ގެ ނަތީޖާއިން ބަލިކޮށް އޭސީ މިލާން ލީގުތާވަލުގެ 2 ވަނަ މަގާމަށް ޖެހިލައިފިއެވެ. މެޗު ފަށައިގެން އޭސީ މިލާން ދިޔައީ ޖުވެންޓަސްގެ ގޯލަށް ބާރު ބޮޑުކުރަމުންނެވެ. ޕޯޗުގަލްގެ 23 އަހަރުގެ ފޯވާޑު ރަފެއަލް ވަނީ 3 ހަމަލާއެއް މެޗުގެ ކުރީކޮޅުގައި ފޮނުވައިލާފައެވެ. އޭގެން ދެ ހަމަލާއެއް ވަނީ ގޯލު ދަނޑިއަށް އަމާޒުވެފައެވެ. މެޗުގެ ފުރަތަމަ ގޯލު އޭސީ މިލާން އިން ޖެހީ ފުރަތަމަ ހާފުގެ އިތުރު […]
އަލީ ރިޔާޟް
މާލޭ ސިޓީ ކައުންސިލުގެ “މާލެ ފެހި” އައުޓްލްޓް އާންމުންނަށް ހުޅުވާލައިފި އެވެ. ކާނިވާ ސަރަހައްދުގައި ގާއިމްކުރި “މާލެ ފެހި” އައުޓްލެޓް އާންމުންނަށް ހުޅުވާލާފައިވަނީ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އެވެ. މިއީ އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ “އެއްލައްކަ ގަސް” ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ކާނިވާ ސަރަޙައްދުގައި ޤާއިމްކުރި އައުޓްލެޓެކެވެ. މި ރަސްމިއްޔާތުގައި މީޑިއާ އ...
މުޙައްމަދު އަފްރާޙް
ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ ގެޓާފޭގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މުޅި މެޗު ރެއާލުން ކޮންޓްރޯލް ކުރިއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ތިންވަނަ މިނެޓުގެ ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ ރެއާލަށް ކުޅެމުން އަންނަ ބްރެޒިލް ޑިފެންޑަރ މިލިއާޓޯއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައިވަނީ ލުކާ މޮޑްރިޗް ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ […]
އިބްރާހިމް ޚަލީލް
ސަރުކާރުން އަދި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ކަންކަން ކުރައްވަނީ ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރ. އިންނަމާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ރަށުގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ބޭއްވެވި މަޝްވަރާގަ އެވެ. މި ބައްދަލުކުރެއްވުމުގ...
މުޙައްމަދު އަފްރާޙް
އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން މޮޅުވެ ސިޓީއިން ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ. ސިޓީ އަމިއްލަދަނޑުގައި ކުޅުނު މެޗު ސައުތެމްޓަން އާއި ވާދަކޮށް މޮޅުވީ 4-0 އިންނެވެ. ސިޓީގެ ފުރަތަމަ ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 20 ވަނަ މިނެޓުގައި ފޯޑެންގެ އެހީތެރިކަމާއެކު ޕޯޗުގަލްގެ ޑިފެންޑަރ ކަންސެލޯ އެވެ. ދެވަނަ ގޯލު ފޯޑެން ކާމިޔާބު ކުރީ މެޗުގެ 32 ވަނަ މިނެޓުގައި ޑިބުރައިނާގެ އެހީތެރިކަމާއެކުގައެވެ. ދެވަނަ ހާފު ފަށައިގެންމެޗުގެ 49 ވަނަ މިނެޓުގައި […]
އަލީ ރިޔާޟް
ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ “ހދ.އަތޮޅު ޤުރުއާން މުބާރާތް 2022” ގެ އެއްވަނަ ނޮޅިވަރަމުން ހޯދައިފިއެވެ. މި މުބާރާތުގެ އެއްވަނަ ނޮޅިވަރަމުން ދިފާޢު ކުރިއިރު، މި އަހަރުގެ މުބާރާތުން ދެ ވަނަ ހޯދީ ވައިކަރަދޫ އެވެ. އަދި ތިން ވަނަ ހޯދީ މަކުނުދޫ އެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ނޮޅިވަރަމުގައެވެ. […]
އިބްރާހިމް ޚަލީލް
ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ގެ ފުޓްސަލް މުބާރާތް މިއަދު ފަށައިފިއެވެ. ކުލަގަދަ ހަރަކާތްތަކަކާއިއެކު މިއަދު ހަވީރު ށ. ނަރުދޫގައި މި މުބާރާތް ފަށާފައިވާއިރު، މުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ދިވެހިރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ނަރުދޫއަށް ވަޑައިގެން މެޗު ޝަރަފްވެރި ކޮށްދެއްވާފައެވެ. މިނިސްޓަރު ނަރުދޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާ...
އިބްރާހިމް ޚަލީލް
ހދ. ނޭކުރެންދޫ ގައި ސަރުކާރުން އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ. ހޯމް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަސައްކަތް ހަވާލުކުރީ ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަބްދުއްރަޙްމާން ޞަލާޙް ރަޝީދު އެވެ. ޔުނިކް ޗޮއިސް ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރިޔާޒް އަލީ އެވެ. ނޭކުރެންދޫގެ […]
މުޙައްމަދު އަފްރާޙް
އއ މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނުނު މީހާ ހޯދުމަށް 35 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހައިތަނަށް ބަލާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މި މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއާއި ފާސްޓް އިންޓަސެޕްޓް ކުރާފްޓް “ހަކުރާ” އަދި އެމްއެންޑީއެފް ޑޯނިއަރ ފްލައިޓް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަކަމަށެވެ. ގެއްލިގެން ހޯދަމުން ދަނީ ސ. ހިތަދޫ، މިންހާ, މުޙައްމަދު […]
މުޙައްމަދު އަފްރާޙް
ރ. ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެ އެވެ. އޭސީސީން ވިދާޅުވީ ދުވާފަރު ކައުންސިލުގެ މޮނިޓަރިން ރިޕޯޓުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައިގެ ތަޙުޤީގަށްފަހު ޑިއުޓީ ޕްރޮސިކިއުޝަން ގައި މަޝްވަރާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް އޭސީސީގެ ޓީމެއް މިދިޔަ އޮގަސްޓުމަހުގެ 25 އިން ސެޕްޓެމްބަރ 08 އަށް ދުވާފަރުގަ...
މުޙައްމަދު އަފްރާޙް
ޒަމާނީ ދިރިއުޅުމުގައި މޮބައިލް ފޯނާއި ނުލައި އުޅުން ވަރަށް އުނދަގުލެވެ. ހާއްސަކޮށް ސްމާޓު ފޯނެއް ނެތިއްޖެ ނަމަ އެއީ ދިރިއުޅުމުގެ އަދި ގައިގެ އެއްބައި އުނިވުންފަދަ ދެރަ ކަމެކޭ މިއަދު ހީވާކަހަލަ އެވެ. މޮބައިލް ފޯނުގެ ރަންޒަމާން އައުމާއި އެކު މިއަދު ފޯނު ނުގެންގުޅޭ މީހަކު މަދު ވާނެ އެވެ. “މިހާރު ފޯނާއި ނުލައި އުޅެވިދާނެތަ؟” މި ސުވާލު ކުރުމާއި އެކު ކޮންމެ މީހެއްގެ ހިތުގައި އުފެދޭނެ ސުވާލަކީ މޮބައިލް ފޯނު އާންމު ނުވާ ދުވަސްވަރު އެންމެވެސް […]
މުޙައްމަދު ވަސީމް
ރ. އިނގުރައިދޫ ހެލްތް ސެންޓަރުގެ އެކްޓެންޝަން އިމާރާތުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އަރިހު ދަންނަވައިފި އެވެ. މި މަސައްކަތް އަވަސްކޮށްދިނުމަށް އެރަށު ކައުންސިލުން ދެންނެވީ އިނގުރައިދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ބޭއްވެވި މަޝްވަރާގަ އެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލާއި އ.ތ.މ. ކޮމެޓީއާ އަދި މުއައްސަސާތަކުގެ ވެރިން ވަނީ އެރަށުގެ...
މުޙައްމަދު އަފްރާޙް
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022” ފަށައިފިއެވެ. މި މުބާރާތް އިއްޔެ ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބާވީސް ސްޕޯޓްސް ކުލަބާއި ޓީމް މާރަންދޫއެވެ. މި މެޗު 14-13 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ބާވީސް ސްޕޯޓްސް ކުލަބެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބާވީސް ސްޕޯޓްސް ކުލަބުގެ ޖޯޒީ ނަމްބަރު […]
އިބްރާހިމް ޚަލީލް
ކީރިތި ރަސޫލާގެ ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި އެއް ފިލާވަޅަކީ، ތަފާތު ވިސްނުންތަކާއި ތަފާތު ޚިޔާލުތަކުގެ މީހުންނާ އެކުގައި، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ތަހުނިޔާގެ ޚިޠާބުގަ އެވެ. ރައީސްގެ ޚިޠާބުގައި ވިދާޅުވީ، މައުލިދުއް ނަބަވީގެ ވަސްމީރު ޒިކުރާ އަޅުގަނޑުމެން އާކުރަނީ، އެކަލޭގެފާނުގެ ނ...
މުޙައްމަދު އަފްރާޙް
ގދ. ނަޑެއްލާ ކަރިން ބޭރުގެ ބޯޓެއް ފަރަށް އަރައިގެން ފުލުހުންނާއި އެމްއެންޑީއެފް ހަރަކާތްތެރިވާން ފަށައިފި އެވެ. މިކަން ސާފުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ދެއްނެވުމުން، އެ ޚިދުމަތުން ”ތިލަދުން” އަށް ވިދާޅުވީ، އެ ހާދިސާގެ މައުލޫމާތު އިއްޔެ އިރުއޮއްސި 18:21 ހާއިރު ލިބިފައިވާ ކަމަށެވެ. އެ ބޯޓުގައި ތިބީ ޕާކިސްތާނަށް ނިސްބަތްވާ 10 މީހުން ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އެ މީހުން މިވަގުތު ތިބީ ނަޑެއްލާގައި ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން […]
މުޙައްމަދު އަފްރާޙް
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުގެ އެއްވަނަ ވެޓްރެންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގައި ރަޖިސްޓަރީ ކޮށްފައިވާ ދިއްދޫގެ ކުލަބް ޖަމިއްޔާތަކަށެވެ. އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކާއި ދިއްދޫގެ...
އިބްރާހިމް ޚަލީލް
މިއަހަރުގެ މިހައިތަނަށް 1.2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހައިތަނަށް 1،214،544 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ދައްކ އެވެ. އަދި މި އޮކްޓޯބަރ މަހުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި ވެސް 23،923 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކަ އެވެ. އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް އަޅާބަލާ 38.3 ޕަސަންޓް […]
މުޙައްމަދު އަފްރާޙް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަޑައިގަންނަވާނީ އެއަތޮޅު އިނގުރައިދޫ، އިންނަމާދޫ، މާކުރަތު އަދި ދުވާފަރަށެވެ. މިރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީތަކާއި ބައްދަލުކުރައްވައި، ސިއްޙީމަރުކަޒުތަކަށާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާނެ އެވެ. މީގެ އިތުރުން ރ.ދުވާފަރުގައި އޮންނަ “ރ. ޓޫރިޒަމް އެކްސްޕޯ 2...
މުޙައްމަދު އަފްރާޙް