ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުޞަތު ދެއްވުމަށްޓަކައި “ރައްޔިތުންގެ އަޑު” ގެ ނަމުގައި ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތައް އެމަނިކުފާނު ފައްޓަވައިފިއެވެ. މި ބައްދަލުކުރެއްވުންތަކުގެ ތެރެއިން ބައެއް ވާހަކަތައް ހިމެނިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ރައްޔިތުންގެ އަޑުގެ ފުރަތަމަ އެޕިސޯޑް ރޭ މީސް މީޑިއާގެ މަންސަތަކާއި ޕަބްލިކް ސަރިވިސް މީޑިއާ މެދުވެރިކޮށް ދުރަށްދައްކާފައެވެ. މި ބައްދަލުވުންތަކުގައި ރައީސް ވަނީ އެ...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބެލްޖިއަމްގެ ވިންގަރު ޖެރެމީ ޑޮކޫ، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އިތުރު ފަސް އަހަރަށް އާކޮށްފިއެވެ. މި އާ އެއްބަސްވުމާއެކު އޭނާ 2031 ވަނަ އަހަރުގެ ނިޔަލަށް ސިޓީގައި މަޑުކުރާނެއެވެ. އުމުރުން 22 އަހަރުގެ ޑޮކޫ މެންޗެސްޓާ ސިޓީއާ ގުޅުނީ 2023 ވަނަ އަހަރު ފްރާންސްގެ ރެންސްއިންނެވެ. ސިޓީއަށް ބަދަލުވި ފަހުން އޭނާ ވަނީ ޕްރިމިއާ ލީގުގައި އެންމެ ފާހަގަކޮށްލެވޭ އަދި ބެލުންތެރިން ގަޔާވާފަދަ […]
އަޙްމަދު ވަހީދު
ތިލަދުންމަތިން އުފެދުނު ޤައުމީ ބަދަލު އުތީމު މުޙައްމަދު ތަކުރުފާނުގެ ޤައުމީ ޖިހާދުގައި މުހިންމު ދައުރެއް އަދާކުރި އެއް ރަށް ކަމަށްވާ ހއ. ބާރަށުގައި ވެސް ކުލަގަދަކޮށް ގައުމީ ދުވަސް ފާހަގަކުރުމަށް ތައްޔާރުވެއްޖެއެވެ. ބާރަށަކީ އެތަކުރުފާނުގެ ޖިހާދުގައި ބޭނުންކުރެއްވި އޮޑިކޮޅު، ކަޅުއޮއްފުއްމި ބެންނެވި ރަށެވެ. ޤައުމީ ދުވަހަށް ތައްޔާރުވުމަށް ބާރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ވަނީ ނަމޫނާ މަސައްކަތްތަކެއްކޮށް ރަށް ޒީނަތްތެރިކުރުމުގެ މަސައްކަތްކޮށްފައެވެ. ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރާ އެއް ރަ...
ފާތިމަތު ސަޙާ
އުރީދޫ މޯލްޑިވްސްގެ 21 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެ ކުންފުނިން “މާސްޓަރކާޑު ގިވްއަވޭ” ޕްރޮމޯޝަން އިފްތިތާޙުކޮށް، ދެ ކަސްޓަމަރަކަށް މެލޭޝިޔާއަށް ދެކޮޅު ޓިކެޓު ކާމިޔާބުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އުރީދޫ ސުޕަރއެޕް މެދުވެރިކޮށް 400 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރު އަދަދަކުން މާސްޓަރކާޑު ބޭނުންކޮށްގެން ފައިސާގެ މުޢާމަލާތްކުރާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ. މި ޝަރުޠު ހަމަވާ ކޮންމެ މުޢާމަލާ...
ފާތިމަތު ސަޙާ
މިއަހަރުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދޭނީ ހއ. އުތީމުގައި ބާއްވާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައިކަމަށް ރައީސް އޮފީހުން ބުނެފިއެވެ. މި ޖަލްސާ ބާއްވަން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 10:00 ގައެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި މި އިނާމްތައް ދެއްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ ތިން ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށެވެ. ހިތްވަރު ދިނުމުގެ ޤައުމީ […]
ޔުމްނާ ޢަލީ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، “އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅުގެ ފުރަތަމަ މެޗު ނޮޅިވަރަންފަރު ކާމިޔާބުކޮށްފިއެވެ. ނޮޅިވަރަންފަރު މި މުހިންމު މޮޅު ހޯދީ 1-0ގެ ނަތީޖާއަކުން ހަނިމާދޫ ބަލިކޮށްގެންނެވެ. ހަމަހަމަ ކުޅުމެއް ފެނުނު މިމެޗުގައި ނޮޅިވަރަންފަރުގެ ލަނޑު ފެނުނީ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށެވެ. އެއީ ނޮޅިވަރަންފަރުގެ ޖޯޒީ ނަންބަރު 10 މުހައްމަދު...
ޝިއުނާ އާދަމް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް އީރާނުން ރާވަމުންދާ ކަމަށް ބުނެ އިސްރާއީލުގެ އިންޓެލިޖެންސުން ދިން މައުލޫމާތަކީ އިތުބާރު ކުޑަ މައުލޫމާތެއްގެ ގޮތުގައި އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) ގެ އެނަލިސްޓުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އިސްރާއީލުގެ އިންޓެލިޖެންސުން އެމެރިކާގެ އޮފިޝަލުންނަށް އިންޒާރު ދީފައިވަނީ، ތުރުކީގެ އަންކާރާގައި ބޭއްވި ނޭޓޯ ސަމިޓަށްފަހު ރައީސް ޓްރަމްޕް ފުރާވަޑައިގަންނަވަނިކޮށް، އެމަނިކުފާނު ދަތުރުކުރައްވާ އެއާ ފޯސް ވަން ބޯ...
ހުސައިން ހަބީބް
ށ. މަރޮށީ ކައުންސިލުން އިންތިޒާމްކޮށްގެން، އެރަށަށް ނިސްބަތްވާ އަލްމަރްޙޫމް ޙުސައިން ޢަބްދުﷲ (މަރޮށީ ޙުސައިން ކަލޭފާނު / ޙުސެންބެ)ގެ ހަނދާނުގައި ބާއްވާ “އަލްމަރްޙޫމް ޙުސައިން ޢަބްދުﷲ ގެ ހަނދާނީ ޤުރްއާން މުބާރާތް 2026″ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާއިފިއެވެ. މި މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ޖުމްލަ 9 އުމުރު ފުރާއަކަށް ބަހާލައިގެންނެވެ. އެއީ 6 އަހަރުން ދަށް، 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް، […]
ފާތިމަތު ސަޙާ
ށ. ނަރުދޫ ކައުންސިލުން، އެ ރަށުގައި ހޭންޑްބޯލް ޓްރެއިނިން ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށް ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަޤްޞަދަކީ ހޭންޑްބޯލްގެ ހުނަރު ކުޅުންތެރިންނަށް އިތުރުކޮށްދީ، ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް އުފެއްދުންކަމުގައި ނަރުދޫ ކައުންސިލްގެ ނައިބްރައީސް އަޙްމަދު މާހިރު ވިދާޅުވިއެވެ. އަދި ރަށުގެ ކަނބަލުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން އުފެއްދުމަކީ ވެސް ކައުންސިލްގެ އަމާޒެއްކަމުގައި މާހިރު ވިދާޅުވ...
ފާތިމަތު ސަޙާ
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ދެވަނަ ސަރުކާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށް މަޝްވަރާތައް ފައްޓަވާފައިވާކަމުގެ ރިޕޯޓާއެކު، އެ ޕާޓީގެ ފުރަތަމަ ސަރުކާރުގެ ރައީސް މުޙައްމަދު ނަޝީދު ”ނަނާ ހުވަފެން” ޅެން މީސް މީޑިއާއަށް ދޫކޮށްލައިފިއެވެ. ރިޔަސީ ޓިކެޓަށް ވާދަކުރެއްވުމަށް އިބޫ ފުޅާދާއިރާއެއްގައި މަޝްވަރާކުރަށްވަމުންގެންދަވާކަމަށް އަޑުތައް ފެތުރުނީ މިއަދުއެވެ. އިބޫ ފެކްޝަންގެ ބައެއް...
އަލީ އާދިލް
ގައުމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައެޅުމާއި ކަންކަން ނިންމާ މަރުހަލާތަކުގައި އަންހެނުންގެ ޚިޔާލާއި މަޝްވަރާ ހިމެނުމަށްޓަކައި ކުރިއަށްގެންދާ “ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ” ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި މަންސައަކީ އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އެފަރާތްތަކުގެ އަޑު ސަރުކާރުގެ އެކި ފެންވަރުގެ ސިޔާސަތުތަކާ ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމަކީ އިޖުތިމާއީ އަދާލަތާއި ރައްކާތެރިކަމާ ގުޅޭ މަޝްވަރާތަކުގައި އަންހެނުންގެ ޚިޔާލު ފާޅުކަން ބޮޑު ގޮތެއްގައި ހިމަނ...
އިބްރާހިމް އަސްވާޤް
އުރީދޫ ފިންޓެކްގެ “އެމް-ފައިސާ” މެދުވެރިކޮށް “ޓާސްކިން” އެޕްލިކޭޝަންގައި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިކަން އެ ކުންފުނިން އިޢުލާނުކޮށްފިއެވެ. އެމް-ފައިސާގެ ޚިދުމަތް ގުޅުވާލުމާއެކު، އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް ޓާސްކިން މެދުވެރިކޮށް ހޯދާ ކޮންމެ ޚިދުމަތަކަށްވެސް އެމް-ފައިސާ ވޮލެޓު ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ކަމަށް އުރީދޫ ފިންޓެކުން ބުންޏެވެ. ޓާސްކިން ފަދަ ޕްލެޓްފޯމްތަކުގައި ޑިޖިޓަލް މުޢާމަލާތްތައް ފަސޭހައިން ކުރެވޭނެ މަގުފަހިކޮށްދިނުމަކީ، ދުވަހެއް ދުވަހަކަށް ކ...
އިބްރާހިމް އަސްވާޤް
މި އަހަރުގެ ޤައުމީ ދުވަހަށް، ޤައުމީ ބަތަލު އުތީމު މުޙައްމަދު ތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ ހއ. އުތީމު ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، އެއް މަހާއި 15 ދުވަހުގެ އުތީމުގެ ރަށްޔިތުންގެ ބުރަ މަސައްކަތުން ޤައުމީ ދުވަހަށް އެރަށް ތައްޔާރުވެފައިވާކަމަށެވެ. ޢަބުދުﷲ ރަޝީދު ވަނީ އެމަސައްކަތުގައި އުތީމު ރައްޔިތުން ދެއްކެވި ނަމޫނާ އެއްބައިވަންތަކަމާއި، ހިތްވަރަށް ވަރަށް ބޮޑަށް ތަޢުރީފް ކުރަށްވާފައެވެ....
ޙުސައިން ޝަހުދީ
ލ. މުންޑޫގައި މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ މުހައްމަދު ޝަނޫންގެ މަރުގެ ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ. މުންޑޫގައި 2015 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި އެ ރަށު ނޫވިލު، ޒިޔަދަމަށް ހަމަލާދީ މަރާލި މައްސަލާގައި އެ ރަށު ހީނާވިލާ ޝަނޫނާއި އެ ރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް ކުށް ސާބިތުވި އެވެ. އަދި ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވުމުން ޝަނޫން މެރުމަށާއި އަދި އެކަމުގައި […]
ހުސައިން ހަބީބް
އިރާގުގެ ބިމާއި ވައިގެ ސަރަހައްދު އަވައްޓެރި އެއްވެސް ގައުމަކަށް ހަމަލާދިނުމުގެ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު އަލީ އަލްޒައިދީ ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު އަލްޒައިދީ މިހެން ވިދާޅުވީ އިރާގުގެ އެއާ ډިފެންސް ކޮމާންޑް އޮޕަރޭޝަންސް ސެންޓަރަށް ކުރެއްވި ޒިއާރަތެއްގައެވެ. އިރާގުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޮޑުވަޒީރު އަލްޒައިދީ ވަނީ އިރާގުގެ ސިޔާދަތާއި ވައިގެ ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާ...
ނާޒިމާ އަލީ
ޑޮލަރާއި ގުޅުވައިގެން ”ދޮގު ވާހަކަތައް ދެއްކުމުން” މާކެޓްގައި ނުތަނަވަސްކަން އުފައްދައި، ބްލެކް މާކެޓަށް އިތުރަށް ހިތްވަރުލިބި ވިޔަފާރިވެރިންނަށާއި ރާއްޖޭގެ އިގްތިސޯދަށް ނުރައްކާ ކުރިމަތިވަމުންދާ ކަމަށް އިގްތިސޯދާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މީސްމީޑިއާއަށް ދޫކޮށްލެއްވި ވީޑިއޯ މެސެޖެއްގައި ސައީދު ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުން ޑޮލަރާއި ގުޅުވައި ދޮގު ވާހަކަތައް ދައްކަމުން އަންނަކަމަށެވެ. އަދި އެވާހަކަތައް ދައްކާ މައިގަނޑު މަގްސަދަކީ މުޒާހަރާއަށް މީހުން ޖަމާކުރުން ކަމަށ...
އަލީ އާދިލް
ދިވެހި ރާއްޖޭގެ މިނިވަންކަމުގެ މޭސްތިރިޔާ، އައްސުލްޠާން މުޙައްމަދު ތަކުރުފާނު އުޅުއްވި ބިނާއަށް ވަނުމަކީ ކޮންމެ ދިވެއްސެއްގެ ހިތުގައި ވެސް ފަޚުރުވެރިކަމުގެ އިޙްސާސްތައް އުފެދޭނެ ކަމެއްކަން ގައިމެވެ. ގަނޑުވަރުގެ އެތެރޭގެ ހަމަހިމޭންކަމާއި، އެ ތަނުގެ މާތްކަން ހިތަށް ވަނުމުން ކުރެވޭނީ އިޙްތިރާމްގެ އިޙްސާސެކެވެ. ގަނޑުވަރުގެ އެތެރޭގެ ފަރުމާއާއި އަތްތެރި މަސައްކަތްތައް ބަލައިލުމުން އެތައް އަހަރެއް ކުރީގެ ދިވެހިންގެ ވައްޓަފާޅި ހިތަށް ތަޞައްވުރު ކުރެވޭނެއެވެ. އަދި ގަނޑުވަރުގެ އެތެރޭގެ އަޖައިބު ކުރަނިވި ކ...
ސަލާމާ ޢަބްދުލް ޢަލީމް
ހއ. ދިއްދޫ ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ދިއްދޫގެ އަންހެން ބޭފުޅުންނަށް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ “ހއ.ދިއްދޫ ހޭންޑްބޯޅަ މުބާރާތް 2026” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ހަމައެކަނި ދިއްދޫގެ ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިފައިވާ މި މުބާރާތުގެ މަޤްޞަދަކީ ދިއްދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހި ކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމެވެ. މި މުބާރާތަށް...
ފާތިމަތު ސަޙާ