މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,357 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 121 ވަނަ ޞަފްޙާ

ދިއްދޫ ހޭންޑްބޯޅަ މުބާރާތް ސެޕްޓެމްބަރު ހަތަރެއްގައި، ބައިވެރިވާން ހުޅުވާލައިފި

ދިއްދޫ ހޭންޑްބޯޅަ މުބާރާތް ސެޕްޓެމްބަރު ހަތަރެއްގައި، ބައިވެރިވާން ހުޅުވާލައިފި

ހއ. ދިއްދޫ ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ދިއްދޫގެ އަންހެން ބޭފުޅުންނަށް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ “ހއ.ދިއްދޫ ހޭންޑްބޯޅަ މުބާރާތް 2026” ގައި  ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ހަމައެކަނި ދިއްދޫގެ ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިފައިވާ މި މުބާރާތުގެ މަޤްޞަދަކީ ދިއްދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހި ކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމެވެ. މި މުބާރާތަށް...

ފާތިމަތު ސަޙާ
ކުޅުދުއްފުށީގައި ''ޕޮޒިޓިވް ޕޭރެންޓިން ސެޝަން'' އެއް، ބައިވެރިވާން ހުޅުވާލައިފި

ކުޅުދުއްފުށީގައި ''ޕޮޒިޓިވް ޕޭރެންޓިން ސެޝަން'' އެއް، ބައިވެރިވާން ހުޅުވާލައިފި

ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން (ޝީ) އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގުޅިގެން ބާއްވާ މަލްޓިޕަރޕަސް ހެލްތު ޓުރިޕްގައި ބޭއްވުމަށް ހަމަޖެހިފައިވާ  “ޕޮޒިޓިވް ޕޭރެންޓިން ސެޝަން” ގައި ބައިވެރިވުމުގެ ފުރުޞަތު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ( ކޭ.އާރް.އެޗް ) އިން ހުޅުވާލައިފިއެވެ. ޕޮޒިޓިވް ޕޭރެންޓިން ސެޝަންގައި ބައިވެރިވުމަށް ނަންނޯޓު ކުރުމަށް އެ ހޮސްޕިޓަލުގެ ނަމްބަރު 6528864 އަށް މިއަދުގެ 15:00 އިން ފެށިގެން ގުޅުއްވާ ނުވަތަ އެ ހޮސްޕިޓަލްގެ ވެބްސައިޓް www.krh.gov.mv ގެ ޕޭޝަންޓް ޕޯރޓ...

ފާތިމަތު ސަޙާ
ހުޅަނގުގެ ގައުމުތަކަށް އިސްރާއީލް ހިންގާ ޖަރީމާތަކެއް ނުފެނޭ، ދުނިޔެއަށް އިންސާނީ ހައްގު ކިޔައިދިނުން ހުއްޓާލަންޖެހޭ: އީރާން

ހުޅަނގުގެ ގައުމުތަކަށް އިސްރާއީލް ހިންގާ ޖަރީމާތަކެއް ނުފެނޭ، ދުނިޔެއަށް އިންސާނީ ހައްގު ކިޔައިދިނުން ހުއްޓާލަންޖެހޭ: އީރާން

އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ބެހޭގޮތުން ދުނިޔެއަށް ނަސޭހަތްދިނުން ފްރާންސް ފަދަ ހުޅަނގުގެ ޤައުމުތަކުން ހުއްޓާލަންޖެހޭ ކަމަށް އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އިރާނުގެ ދާޚިލީ ކަންކަމާ މެދު ހުޅަނގުގެ ޤައުމުތަކުން ފާޑުކިޔަމުންދާއިރު، ޣައްޒާގައި ނަސްލު ނައްތާލައި، އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކަށް އެ ފަރާތްތަކުން ފިޔަވަޅުު ނާޅާކަމަށް ވިދާޅުވަމުންނެވެ. އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައ...

ނާޒިމާ އަލީ
އެސްޓަން ވިލާ ބަލިކޮށް ޕީއެސްޖީން ޔޫއީއެފްއޭ ސުޕަ ކަޕް ދިފާއުކޮށްފި

އެސްޓަން ވިލާ ބަލިކޮށް ޕީއެސްޖީން ޔޫއީއެފްއޭ ސުޕަ ކަޕް ދިފާއުކޮށްފި

ޔޫރަޕުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޔޫއީއެފްއޭ ސުޕަ ކަޕް މެޗުގައި 2-1 އިން އެސްޓަން ވިލާ ބަލިކޮށް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ޖެހިޖެހިގެން ދެވަނަ އަހަރަކު މި މުބާރާތުގެ ތަށި އުފުލާލައިފިއެވެ. އޮސްޓްރިއާގެ ސާލްޒްބާގްގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވީ ދެވަނަ ހާފުގައި ދެސިރޭ ދުއޭ ޖެހި ލަނޑުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ކްވިޗާ ކްވަރާތުސްކޭލިއާގެ ފުރިހަމަ ލަނޑުން ޕީއެސްޖީން ކުރިހޯދާފައިވަނިކޮށް، އެސްޓަން ވިލާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އުމުރުން […]

އަޙްމަދު ވަހީދު
80 އިންސައްތައަށްވުރެ ގިނަ ވޯޓާއެކު އިލްހާން އުމަރު ޕްރައިމަރީ ކާމިޔާބު ކުރަށްވައިފި

80 އިންސައްތައަށްވުރެ ގިނަ ވޯޓާއެކު އިލްހާން އުމަރު ޕްރައިމަރީ ކާމިޔާބު ކުރަށްވައިފި

އެމެރިކާގެ މިނެސޯޓާ ނެގުމުގެ 5 ވަނަ ކޮންގްރެޝަނަލް ޑިސްޓްރިކްޓްގެ ޑިމޮކްރެޓިކް ޕްރައިމަރީ، އެ ދާއިރާގެ ގޮނޑި މިހާރުވެސް ފުރައްވަމުން ގެންދަވާ އިލްހާން އުމަރު ކާމިޔާބު ކުރައްވައިފިއެވެ. މި އިންތިޚާބު އިލްހާން ކާމިޔާބު ކުރައްވާފައިވާ ކަން އެމެރިކާގެ މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. ސީބީއެސް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިނިއާޕޮލިސް ހިމެނޭ މި ދާއިރާއިން ހަތަރު ވަނަ ދައުރަކަށް ވާދަކުރައްވާ އިލްހާން ވަނީ ވާދަވެރި އެހެން ކެންޑިޑޭޓުންނާ ވާދަކުރައްވައި ވޯޓުގެ 80 އިންސައްތައަށްވުރެ ގިނަ...

ނާޒިމާ އަލީ
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް ހދ.އަތޮޅުގެ މެޗުތައް މާދަމާ ފަށަނީ

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް ހދ.އަތޮޅުގެ މެޗުތައް މާދަމާ ފަށަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، “އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅުގެ މެޗުތައް މާދަމާ ފަށާނެއެވެ. މި މުބާރާތުގެ ހދ. އަތޮޅުގެ މެޗުތައް ހޯސްޓްކުރާ ރަށަކީ ނޮޅިވަރަންފަރެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ ހދ. އަތޮޅުގެ ބުރުގައި ގްރޫޕް އޭގައި ހިމެނެނީ ހޯސްޓްކުރާ ރަށް ނޮޅިވަރަންފަރު، ހަނިމާދޫ އަދި ކުމުންދޫއެވެ. ގްރޫޕް ބީގައި ހިމެނެނީ ރާއްޖޭގެ މިވަގުތު ފުޓްސަލް ރަސްގެފާނ...

ޔުމްނާ ޢަލީ
ކޭއާރުއެޗުގައި ބާއްވާ މަލްޓިޕަރޕަސް ހެލްތު ޓުރިޕްގައި ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓުކުރުމަށް ހުޅުވާލައިފި

ކޭއާރުއެޗުގައި ބާއްވާ މަލްޓިޕަރޕަސް ހެލްތު ޓުރިޕްގައި ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓުކުރުމަށް ހުޅުވާލައިފި

ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން (ޝީ) އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގުޅިގެން ބާއްވާ މަލްޓިޕަރޕަސް ހެލްތު ޓުރިޕްގައި ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހެލްތު ޓްރިޕްގެ ތެރެއިން ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން އެ ހޮސްޕިޓަލުގެ ނަންބަރު 6528864 އަށް ގުޅައިގެން ނުވަތަ އެ ހޮސްޕިޓަލުގެ ވެބްސައިޓް www.krh.gov.mv ގެ ޕޭޝަންޓް ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރެވޭނެއެވެ. މި މަލ...

ޔުމްނާ ޢަލީ
އުރީދޫ ނޭޝަންއާ ގުޅިގެން ބާއްވާ ޕީއެމްއެންސީ މޯލްޑިވްސް ފޯލް ނޭޝަނަލް ފައިނަލްސްގައި 16 ޓީމެއް

އުރީދޫ ނޭޝަންއާ ގުޅިގެން ބާއްވާ ޕީއެމްއެންސީ މޯލްޑިވްސް ފޯލް ނޭޝަނަލް ފައިނަލްސްގައި 16 ޓީމެއް

އުރީދޫ ނޭޝަން މުބާރާތުގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ބައިވެރިވާ ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް (ޕީއެމްއެންސީ) މޯލްޑިވްސް ފޯލް ނޭޝަނަލް ފައިނަލްސްގައި ރާއްޖޭގެ އެންމެ މޮޅު 16 ޓީމު ވާދަކުރުމަށް ތައްޔާރުވެއްޖެއެވެ. ރާއްޖޭގައި އީ-ސްޕޯޓްސްގެ މާހައުލު ކުރިއަރުވައި، ހުނަރުވެރި ދިވެހި ގޭމަރުންނަށް ޤައުމީ ފެންވަރުގެ މުބާރާތްތަކުން ފެށިގެން ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމަށް އުރީދޫ ނޭޝަނުން ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާ...

އިބްރާހިމް އަސްވާޤް
އެމެރިކާއިން އީރާނަށް ނިއުކްލިއާ ބޮމެއް އަޅައިފިނަމަ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހިފާނަން: އައިއާރުޖީސީ

އެމެރިކާއިން އީރާނަށް ނިއުކްލިއާ ބޮމެއް އަޅައިފިނަމަ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހިފާނަން: އައިއާރުޖީސީ

އެމެރިކާއިން އީރާނާ ދެކޮޅަށް ނިއުކްލިއާ ބޮމެއް ބޭނުންކޮށްފިނަމަ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތައް އީރާނުގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އިންޒާރު ދީފިއެވެ. މި އިންޒާރާއެކު އައިއާރުޖީސީން ވަނީ މިއަދުގެ މަޝްރަހަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރާ މުޅިން ތަފާތު މަޝްރަހެއްކަން ފާހަގަކޮށްފައެވެ. އައިއާރުޖީސީގެ ބަޔާނުގައި ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރާއި މިހާރުގެ އަސްކަރީ އުސޫލުތަކުގެ...

ނާޒިމާ އަލީ
މުދަލުގެ އަގުތަކާ ބެހޭ މަޢުލޫމާތު ލިބޭ އަގުމަގު ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ ފިހާރަތަކަށް

މުދަލުގެ އަގުތަކާ ބެހޭ މަޢުލޫމާތު ލިބޭ އަގުމަގު ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ ފިހާރަތަކަށް

ކަސްޓަމަރުންނަށް މުދަލުގެ އަގުތަކާ ބެހޭ މަޢުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހަދާފައިވާ “އަގުމަގު” ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ފިހާރަތަކަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މަޢުލޫމާތުދޭ ގޮތުގައި، މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް ހާސް ކަސްޓަމަރުންނަކަށް، ފިހާރަތަކުގައި ހުރި މުދަލުގެ އަގުތަކާ ބެ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ޕޯޓުން ހަފްތާއެއްގެ ތެރޭގައި 35 ހާހަށްވުރެ ގިނަ ކާގޯ ޕެކޭޖް ކްލިއަރ ކޮއްފި

ކުޅުދުއްފުށީ ޕޯޓުން ހަފްތާއެއްގެ ތެރޭގައި 35 ހާހަށްވުރެ ގިނަ ކާގޯ ޕެކޭޖް ކްލިއަރ ކޮއްފި

ހދ. ކުޅުދުއްފުށީ ޕޯޓުން ހަފްތާއެއްގެ ތެރޭގައި 35 ހާހަށް ވުރެ ގިނަ ކާގޯ ޕެކޭޖް ކްލިއަރ ކޮއްފައިވާކަމަށް އެ ކުންފުނިން ނެރުނު “ވީކްލީ ސްޓެޓިސްޓިކްސް” ގައި ބުނެފިއެވެ. ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް (ކޭޕީއެލް)ގެ މި ރިޕޯޓުގައި ބުނާ ގޮތުން އޯގަސްޓް 2 އިން 8 އަށް ހިނގި ހަފުތާގައި އުތުރުގެ ޕޯޓުން ވަނީ 9،592 ޕެކޭޖުގެ ޖެނެރަލް ކާގޯ، 23،628 ޕެކޭޖުގެ ސްޕެއާ ޕާޓްސް އަދި 2834 ކާޓަން ޑްރިންކްސްގެ އިތުރުން 254 މޮޓޯސައިކަލާއި 1 ހެވީ ވެހިކަލް ކްލިއާ […]

ފާތިމަތު ސަޙާ
ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީ 26.5 ބިލިއަން ރުފިޔާއަށް، އާމްދަނީ 9.3 އިންސައްތަ މައްޗަށް

ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީ 26.5 ބިލިއަން ރުފިޔާއަށް، އާމްދަނީ 9.3 އިންސައްތަ މައްޗަށް

މިއަހަރުގެ އޯގަސްޓް 06 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 26.5 ބިލިއަން ރުފިޔާއަށް އަރައި، އާމްދަނީ 9.3 އިންސައްތަ މައްޗަށް ގޮސްފައިވާކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވިކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 24.2 ބިލިއަން ރުފިޔާއެވެ. އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބ...

ޔުމްނާ ޢަލީ
ޒުވާނުންގެ ޚިޔާލުތަކާއި، އަޑާއި، އުންމީދުތަކަކީ، ޤައުމީ ތަރައްޤީއަށް އަގުހުރި އުންސުރުތަކެއް: ރައީސް

ޒުވާނުންގެ ޚިޔާލުތަކާއި، އަޑާއި، އުންމީދުތަކަކީ، ޤައުމީ ތަރައްޤީއަށް އަގުހުރި އުންސުރުތަކެއް: ރައީސް

ޒުވާނުންގެ ޚިޔާލުތަކާއި، އަޑާއި، އުންމީދުތަކަކީ، ޤައުމީ ތަރައްޤީއަށް އަގުހުރި އުންސުރުތަކެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ. ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ މެސެޖުގައި ރައީސް ވަނީ، ތަފާތު ޙާލަތްތަކުން އަންނަ ޒުވާނުންގެ މެދުގައި ހުރި އުންމީދުތަކުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގެ އާބާދީގެ 45 އިންސައްތައަކީ ޒުވާނުންކަ...

ޔުމްނާ ޢަލީ
ނޭކުރެންދޫގައި ޒުވާނުންގެ ފޯރަމަކާއި ތިންމުގޯލި ކުޅުމުގެ ހަރަކާތެއް

ނޭކުރެންދޫގައި ޒުވާނުންގެ ފޯރަމަކާއި ތިންމުގޯލި ކުޅުމުގެ ހަރަކާތެއް

މިއަހަރުގެ ޒުވާނުންގެ ދުވަހަށް ޚާއްސަކޮށް ހާއްސަ ހަރަކާތްތަކެއް ގެންދަން ހދ. ނޭކުރެންދޫ ކައުންސިލުން ތައްޔާރުވެއްޖެއެވެ. ނޭކުރެންދޫގައި މި ދުވަސް ފާހަގަކުރުމަށް ގެންދަން ތައްޔާރުވެފައިވާ އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ ޒުވާނުންގެ ފޯރަމް އެވެ. “މުޖުތަމަޢު ބިނާކުރުމުގައި ޒުވާނުންގެ ދައުރު” މި ޝިޔާރުގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ ހާއްސަ ފޯރަމެއް އޮންނާނީ މިރޭ 20:45 ގައި އެރަށު ކައުންސިލް އިދާރާ އާއި ދެމެދު ބީޗު ސަރަހައްދުގައެވެ. މި ފޯރަމްގައި ދަރުސްދެއްވަން ހަމަޖެހިފައި ވަނީ އައްސައިޚް މ...

ފާތިމަތު ސަޙާ
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (14)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (14)

9 އޯގަސްޓްގެ އަދަދާއި ގުޅޭ: ” ލޯބިވަނީތަ އަހަރެންދެކެ؟” މާޔާގެ ސުވާލުން އާއިޒަށް ސިހުން ލިބުނެވެ. އެހާ ސީދާކޮށް މާޔާ އެ ސުވާލު ކުރާނެ ކަމަށް އާއިޒް ހިތަކަށް ވެސް ނާރައެވެ. ދޭނެ ޖަވާބެއް ނޭނގިފައި އާއިޒަށް އިނދެވުނީ މާޔާގެ މޫނަށް ބަލާށެވެ. ” އަހަރެން މަތިން މިސްވާން ޖެހޭ ސަބަބެއް އޮންނާނެ އެއްނު.” އަނެއްކާ ވެސް މާޔާ ބުންޏެވެ. ހިތަށް އަރާ އެއްޗެހި ފަސޭހައިން ދުލުން ބޭރުކޮއްލަން މާޔާ ޖެހިލުމެއް ނުވެއެވެ. އަނެކާ ކޮންމެ އެއްޗެއް […]

ސަލާމާ ޢަބްދުލް ޢަލީމް
އިސްރާއީލަށް ގެންދަން އުޅުނު ކާގޯ ކޮންޓޭނަރެއް މެލޭޝިޔާއިން ހިފަހައްޓައިފި

އިސްރާއީލަށް ގެންދަން އުޅުނު ކާގޯ ކޮންޓޭނަރެއް މެލޭޝިޔާއިން ހިފަހައްޓައިފި

އިސްރާއީލަށް ގެންދިއުމަށް ތައްޔާރުކޮށްފައިވާ އަސްކަރީ ބޭނުންތަކަށް ބޭނުންކުރެވިދާނެ ފަދަ މުދާތަކެއް އެކުލެވޭ ކާގޯ ކޮންޓޭނަރެއް މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ހިފަހައްޓައިފިއެވެ. މި ކޮންޓޭނަރު ހިފަހައްޓާފައިވަނީ ޖޯހޯރުގައި އޮންނަ ޕޯޓް އޮފް ތަންޖުންގް ޕެލެޕަސްއިންނެވެ. މެލޭޝިޔާގެ ބޯޑަރު ކޮންޓްރޯލް އެންޑް ޕްރޮޓެކްޝަން އޭޖެންސީ (އޭކޭޕީއެސް) އިން މި ކޮންޓޭނަރު ހިފެހެއްޓީ ލިބުނު އިންޓެލިޖެންސް މައުލޫމާތުތަކަކަށް ބަލައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އިބްތިދާއީ ތަހުގީގުތަކުން ދައްކާ ގޮތުގައި މި މު...

ނާޒިމާ އަލީ
ސުޕަ ކަޕް: ޕީއެސްޖީ އާއި އެސްޓަން ވިލާ، ހެއްކެއް ނެތި ވޯލްޑްކަޕުން ބޭރުކުރި އާރްތަން

ސުޕަ ކަޕް: ޕީއެސްޖީ އާއި އެސްޓަން ވިލާ، ހެއްކެއް ނެތި ވޯލްޑްކަޕުން ބޭރުކުރި އާރްތަން

ވޯލްޑް ކަޕް ފައިނަލަށްފަހު އެންމެ ތިން ހަފުތާ ފަހުން، އައު ޔޫރޯޕިއަން ސޮކާ ސީޒަންގެ ފުރަތަމަ ތަށި ކާމިޔާބުކުރުމަށް ޕެރިސް ސެއިންޓް-ޖާމަން (ޕީއެސްޖީ) އާއި އެސްޓަން ވިލާ ބުދަ ދުވަހު އޮސްޓްރިއާގެ ސާލްޒްބާގްގައި ބައްދަލުކުރާނެއެވެ. މިއީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޕީއެސްޖީ އާއި ޔޫރޯޕާ ލީގު ކާމިޔާބުކުރި އެސްޓަން ވިލާގެ މެދުގައި ކުޅެވޭ ޔޫއީއެފްއޭ ސުޕަ ކަޕް މެޗެވެ. މި މެޗުގެ ރެފްރީކަން ކުރުމަށް ހަމަޖެހިފައިވަނީ ސޯމާލިއާގެ ރެފްރީ އުމަރު އާރްތަންއެވެ. އާރްތަން ވަނީ ޓެރަރިސްޓް ޖަމާއަތްތަކާ […]

އަޙްމަދު ވަހީދު
އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ޕްލެޓްފޯމެއް ގާއިމުކުރުމަށް ހަނިމާދޫގައި މަހާސިންތާ ބޭއްވުމަށް ހުށަހަޅައިފި

އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ޕްލެޓްފޯމެއް ގާއިމުކުރުމަށް ހަނިމާދޫގައި މަހާސިންތާ ބޭއްވުމަށް ހުށަހަޅައިފި

އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް، ހުރިހާ ރަށެއްގެ ޚިޔާލު ހޯދައި ރަނގަޅު ޕްލެޓްފޯމެއް އެކުލަވާލުމަށް ހަނިމާދޫގައި މަހާސިންތާ ބޭއްވުމަށް އެރަށު ކައުންސިލުން ފެމިލީ އެންޑް ވެލްފެއަރ މިނިސްޓްރީގެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ހުށަހަޅައިފިއެވެ. މި ހުށަހެޅުން ހުށަހަޅާފައި ވަނީ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ހެލްތު، ފެމިލީ އެންޑް ވެލްފެއަރ މިނިސްޓްރީއާއި ކައުންސިލްތައް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްސާ ކުރުމަށް ބާއްވާ ސިލްސިލާ ބައްދަލްވުންތަކުގެ ތެރެއިން...

ސަލާމާ ޢަބްދުލް ޢަލީމް