މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,357 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 122 ވަނަ ޞަފްޙާ

ނެއްލައިދޫގައި ގަސްގަހަށްޖެހޭ ބަލިތަކާއި އެ ބަލިތަކުން ސަލާމަތްވާނެ ގޮތްތަކުގެ މައުލޫމާތު ޕްރޮގްރާމެއް

ނެއްލައިދޫގައި ގަސްގަހަށްޖެހޭ ބަލިތަކާއި އެ ބަލިތަކުން ސަލާމަތްވާނެ ގޮތްތަކުގެ މައުލޫމާތު ޕްރޮގްރާމެއް

ހދ. ނެއްލައިދޫގައި، ގަސްގަހަށްޖެހޭ ބަލިތަކާއި އެ ބަލިތަކުން ސަލާމަތްވާނެ ގޮތްތަކާބެހޭ ގޮތުން ދަނޑުވެރިންނަށް ޢަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ. މިއީ ނެއްލައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ނެއްލައިދޫ ކައުންސިލް އަދި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަަޞީލަތްތަކާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި މަޢުލޫމާތު ދެއްވީ މިނިސްރީގެ ފަރާތުން ހދ.ހަނިމާދޫ ސެންޓަރުން، އެގްރިކަލްޗަރ އޮފިސަރ...

ސަލާމާ ޢަބްދުލް ޢަލީމް
ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރީގޭޒް ކައިވެނިކޮށްފިއެވެ. 10 އަހަރު ދުވަހުގެ ގުޅުމަކަށްފަހު މި ދެމަފިރިން ކައިވެނިކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. ރޮނާލްޑޯގެ ޕަބްލިކް ރިލޭޝަންސް ޓީމުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ކައިވެނީގެ ސިވިލް ހަފްލާއަކީ އެ ދެމަފިރިންގެ ފަސް ދަރިންނާއެކު ބޭއްވުނު އާއިލީ އަދި އަމިއްލަ ހަފްލާއެކެވެ. މި ހަފްލާ އޮތީ ޕޯޗުގަލްގެ ވެރިރަށް ލިސްބަން ކައިރީގައި އޮންނަ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ކަސްކާއިސްގައެވެ. ޕޯޗުގަ...

ނާޒިމާ އަލީ
އީރާންދެކެ ބިރުން ކާބޯތަކެތި އުފުލާ ޓްރަކެއްގައި ފިއްލެވިކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންފި

އީރާންދެކެ ބިރުން ކާބޯތަކެތި އުފުލާ ޓްރަކެއްގައި ފިއްލެވިކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންފި

ފާއިތުވި މަހު ތުރުކީއަށް ކުރެއްވި ދަތުރުފުޅަކަށްފަހު، އެއާ ފޯސް ވަން އިން އެހެން މަތިންދާބޯޓަކަށް އެއާޕޯޓުގެ ކާބޯތަކެތި އުފުލާ ޓްރަކެއް ބޭނުންކުރައްވައިގެން އެހެން މަތިންދާބޯޓަކަށް ބަދަލުވެވަޑައިގަތްކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންފިއެވެ. އީރާނުން އަވަހާރަކޮށްލަފާނެކަމުގެ ބިރަށް ތުރުކީގައި ސިއްރު ފްލައިޓަކަށް އެރުމަށް ޓްރަމްޕް ކެޓަރިން ޓްރަކެއްގައި ފިއްލެވިކަމަށް ވޮޝިންޓަން ޕޯސްޓުން އިއްޔެ ވަނީ ރިޕޯޓްކޮށްފައެވެ. އާންމުވެފައިވާ ވީޑިއޯ ފުޓޭޖުން ފެންނަގޮތުގައި ދުވަސްވެފައިވާ އެއާފޯސް ވަން ޖަމްބ...

ނާޒިމާ އަލީ
ގޯލާން ހައިޓްސްއަކީ އިސްރާއީލުގެ ތަނެއްގެ ގޮތުގައި ކޮލަމްބިއާއިން ބަލައިގަތް ދުވަހު ބާރުގަދަ ބިންހެލުމެއް

ގޯލާން ހައިޓްސްއަކީ އިސްރާއީލުގެ ތަނެއްގެ ގޮތުގައި ކޮލަމްބިއާއިން ބަލައިގަތް ދުވަހު ބާރުގަދަ ބިންހެލުމެއް

ކޮލަމްބިއާގެ އާ ސަރުކާރުން ގޯލާން ހައިޓްސްއަކީ އިސްރާއީލުގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެން ދުވަހު އެ ގައުމުގެ ހުޅަނގު ސަރަހައްދަށް ރިކްޓަރ މިންގަނޑުން 7.4 ގެ ބާރުގަދަ ބިންހެލުމެއް ވަނީ އައިސްފައެވެ.   ކޮލަމްބިއާގެ އާ ރައީސް އަބެލާޑޯ ޑި ލާ އެސްޕްރިއޭލާގެ ސަރުކާރުން ގޯލާން ހައިޓްސްއަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތީ 10 އޮގަސްޓް 2026 ގައެވެ. މިއީ ކޮލަމްބިއާއަށް ބާރުގަދަ ބިންހެލުން އައި ދުވަހާ ދިމާވި ނިންމުމެކެވެ. މީޑިއާ […]

ނާޒިމާ އަލީ
އައިލެންޑް އެވިއޭޝަނުން ޓްވިން އޮޓާ މަރުކާގެ ދެ ބޯޓު ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އައިލެންޑް އެވިއޭޝަނުން ޓްވިން އޮޓާ މަރުކާގެ ދެ ބޯޓު ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)އިން މުޅިން އަލަށް ދެ ޓްވިން އޮޓާ ކްލާސިކް 300-ޖީ މަރުކާގެ ބޯޓު ގަތުމަށްޓަކައި ޑި ހެވިލަންޑް އެއާކްރާފްޓް އޮފް ކެނެޑާ ލިމިޓެޑާއެކު ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ދެ ބޯޓު ގަތުމުގެ ސަބަބުން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން އަދި ފުރޮޅުލީ ބޯޓުތަކުގެ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އައިލެންޑް އެވިއޭޝަނުން ބުނެއެވެ. މި ބަދަލާއެކު އޮޕަރޭޝަނަލް އެފިޝަންސީ ނުވަތ...

ޔުމްނާ ޢަލީ
މި އަހަރުގެ ދެ ވަނަ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށައިފި

މި އަހަރުގެ ދެ ވަނަ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށައިފި

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ހިންގާ މި އަހަރުގެ ދެ ވަނަ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް މިއަދު ފަށައިފިއެވެ. މި ޕްރޮގްރާމަކީ ވޯލްޑް ބޭންކްގެ އެހީގައި، މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިޔުޓާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަންސް ރިސޯސަސްއިން ހިންގާ ޕްރޮގްރާމެކެވެ. ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިން ފެސިލިޓީގައި ކުރިއަށްދާ މި ކޯހުގައި ކަނޑުގެ އެކި ދިރުންތައް އާލާކުރުމަ...

ފާތިމަތު ސަޙާ
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ޑިޖިޓަލައިޒޭޝަން އެންޑް އޮޓޮމޭޝަން ވޯކްޝޮޕެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ޑިޖިޓަލައިޒޭޝަން އެންޑް އޮޓޮމޭޝަން ވޯކްޝޮޕެއް

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް އަމާޒުކޮށްގެން “ޑިޖިޓަލައިޒޭޝަން އެންޑް އޮޓޮމޭޝަން ވޯރކްޝޮޕް 2026” ގެ ނަމުގައި ވޯރކްޝޮޕެއް އިއްޔެ ބާއްވައިފިއެވެ. މިއީ އެ ކައުންސިލްގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް، އޮޓޮމޭޓްކޮށް، ކަރުދާހާއި ނުލާ މަސައްކަތްކުރާ އިދާރާއަކަށް ހެދުމަށް އެކުލަވާލާފައިވާ ޑިޖިޓަލައިޒޭޝަން އެޖެންޑާގެ ތެރެއިން ހިންގާފައިވާ ވޯކްޝޮޕެކެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ވޯކްޝޮޕްގައި އެ ކައުންސިލްގެ ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ އިދާރީ މުވައ...

ފާތިމަތު ސަޙާ
ފަލަސްތީނުގެ ކޮންވޯއީގައި ބައިވެރިވި ފަރަންސޭސި އެކްޓިވިސްޓް ސެބަސްޓިއަން އިސްލާމްވެއްޖެ

ފަލަސްތީނުގެ ކޮންވޯއީގައި ބައިވެރިވި ފަރަންސޭސި އެކްޓިވިސްޓް ސެބަސްޓިއަން އިސްލާމްވެއްޖެ

ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމަށް ފްރާންސުން ފެށި “ޕަލެސްޓައިން ކޮންވޯއީ” ގައި ބައިވެރިވި ފަރަންސޭސިވިލާތުގެ އެކްޓިވިސްޓެއް ކަމަށްވާ ސެބަސްޓިއަން މިޝެލޮޓް އިސްލާމްދީން ގަބޫލުކޮށްފިއެވެ. އިސްލާމްވުމަށްފަހު އޭނާ މިހާރު ވަނީ އޭނާގެ ނަން ޔޫސުފް ސަލާހުއްދީން ގެ ނަމަށް ބަދަލުކޮށްފައެވެ. ބޮސްނިއާ އެންޑް ހެރްޒެގޮވީނާއިން ފެށިގެން ތުރުކީ މަގުން ހުޅަނގު އައްސޭރިއަށާއި އުރުދުންއަށް ދަތުރުކުރާ މި އެއްގަމު ކޮންވޯއީ ތުރުކީއަށް ފޯރުމާއެކު، ސެބަސްޓިއަން ވަނީ އޭނާ އިސްލާމްވިކަން ރަސްމީކޮށް އިއުލާންކޮށްފައ...

ނާޒިމާ އަލީ
އިންވެސްޓަރުންނަށް އޮޅުވާލަން ސީއެމްޑީއޭގެ ނަމުގައި ފޭކް ޕޭޖެއް ހިންގަނީ: ސަމާލުވުމަށް އިލްތިމާސްކޮށްފި

އިންވެސްޓަރުންނަށް އޮޅުވާލަން ސީއެމްޑީއޭގެ ނަމުގައި ފޭކް ޕޭޖެއް ހިންގަނީ: ސަމާލުވުމަށް އިލްތިމާސްކޮށްފި

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ނަމާއި ނިޝާން (ލޯގޯ) އަދި އެ އޮތޯރިޓީން ހުއްދަދީފައިވާ މުއައްސަސާތަކުގެ ބްރޭންޑިންގ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ފޭސްބުކްގައި ހިންގަމުންދާ ފޭކް ޕޭޖަކަށް ސަމާލުވުމަށް އިންވެސްޓަރުންނާއި އާންމު ރައްޔިތުންނަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ. ސީއެމްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ފޭސްބުކް ޕޭޖަކީ އެ އޮތޯރިޓީގެ ރަސްމީ ޕޭޖެއް ނޫން ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ސީއެމްޑީއޭ އިން ހަދާފައިވާ، ހ...

އިބްރާހިމް އަސްވާޤް
ޑޮލަރުގެ ތާށިކަމަށް ހައްލެއް ހޯދުމަށް، ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި

ޑޮލަރުގެ ތާށިކަމަށް ހައްލެއް ހޯދުމަށް، ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި

ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމަށާއި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ފިއްތުންތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ބޭންކުތަކަށް ހަފުތާއަކު ދޫކުރާ އެމެރިކާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ. މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ހާމަކުރި ގޮތުގައި، މި ހަފުތާއިން ފެށިގެން ކުރިއަށް އޮތް ތިން ހަފުތާގެ މުއްދަތަށް ގެނެވުނު މި ބަދަލަކީ ރާއްޖެއަށް މުދާ އިމްޕޯޓްކުރުމުގައި ވިޔަފާރިތަކަށް ދިމާވ...

އިބްރާހިމް އަސްވާޤް
ށ.ފޭދޫ އިން ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ށ.ފޭދޫ އިން ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ދަނޑުބިމަށް ކުރިމަތިލުމުގެ ފުރުޞަތު ށ. ފޭދޫ ކައުންސިލުން ހުޅުވާލައިފިއެވެ. ދަނޑުވެރިކަމަށް ބިން ދޫކުުރުމުގެ މަޤްޞަދަކީ އެ ރަށުގައި ދަނޑުވެރިކަން ކުރުމަށް ފުރުޞަތު ފަހިކޮށްދީ، ދަނޑުވެރިކަމުން ލިބޭ ނަފާ އިތުރުކުރުމާޢި ފުދުންތެރި ރައްޔިތުން އުޅޭ ރަށަކަށް ހެދުންކަމުގައި ކައުންސިލުން މަޢުލޫމާތު ދެއެވެ.  އަދި އެ އުޞޫލުގެ ދަށުން ކޮންމެ ބިމެއް ވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހަތް އަހަރު ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުން އެ ބިމެއް އެ މީހެއްގެ ކިބައި...

ފާތިމަތު ސަޙާ
އިންފަންޓީނޯ މަގާމުން ވަކިކުރުމަކީ ހެދޭނެ "ބޮޑު ގޯހެއް": ޓްރަމްޕް 

އިންފަންޓީނޯ މަގާމުން ވަކިކުރުމަކީ ހެދޭނެ "ބޮޑު ގޯހެއް": ޓްރަމްޕް 

ފިފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން ވަކިކުރުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ، އިންފަންޓީނޯއާ ދެކޮޅަށް ފިފާގެ ތެރޭގައި ޕްރެޝަރުތަކެއް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އިންފަންޓީނޯއަށް ޓްރަމްޕް ތާއީދު ކުރައްވާފައި މިވަނީ، ޔޫއެފާ، ކޮންކާކަފް އަދި އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) ގުޅިގެން ނެރުނު ބަޔާނެއްގައި، އިންފަންޓީނޯ “އޮޅުވާލުންތަކެއްގެ” ތެރެއިން އިތުބާރު ގެއްލުވާލާފައިވާ ކަމަށް ތުހުމަތުކޮށްފައި...

ނާޒިމާ އަލީ
ސީރިއާގެ ކުރީގެ ރައީސް އަސަދުގެ މައްޗަށް ޣައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވައިފި

ސީރިއާގެ ކުރީގެ ރައީސް އަސަދުގެ މައްޗަށް ޣައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވައިފި

ސީރިއާގައި ހިނގި ދާޚިލީ ހަނގުރާމައިގައި މީހުން މެރުމާއި، އަނިޔާކުރުމާއި، އަދި ނާޖާއިޒު ގޮތުގައި މީހުން ހައްޔަރުކުރުމުގެ ކުށް ސާބިތުވެ، އެގައުމުން ފިލައިގެން ގޮސްފައިވާ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ މައްޗަށް ސީރިއާގެ ކޯޓަކުން އަންގާރަ ދުވަހު ޣައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވައިފިއެވެ. މިއީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިދިކޮޅު ހަނގުރާމަވެރިންގެ ވަރުގަދަ ހަމަލާތަކާއެކު ވެރިކަމުން ދުރުކުރެވުނު އަސަދުގެ މައްޗަށް ސީރިއާގެ ކޯޓަކުން މިފަދަ ހުކުމެއް އިއްވި ފުރަތަމަ ފަހަރެވެ. މި ޝަރީއަތުގައ...

ނާޒިމާ އަލީ
ހުއިފިލަނޑާ މަސްވެރިން ޕްރޮސެސިންގ ލައިސަންސް ނެގުމަށް ހުޅުވާލައިފި

ހުއިފިލަނޑާ މަސްވެރިން ޕްރޮސެސިންގ ލައިސަންސް ނެގުމަށް ހުޅުވާލައިފި

ހުއިފިލަނޑާ އެކްސްޕޯޓްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ޕްރޮސެސިންގ ލައިސަންސް ނަގާފައި ނުވާ ފަރާތްތަކުން ލައިސަންސް ނެގުމުގެ ފުރުޞަތު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. އެ ވުޒާރާއިން ހާމަކުރި ގޮތުގައި، ހުއިފިލަނޑާ ޕްރޮސެސިންގ ލައިސަންސް ނެގުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މި ހިނގާ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ކުރިންނެވެ. މި ލައިސަންސް ނެގުމަށް އެދި ހުށަހަޅަން ޖެހެނީ މިނިސްޓްރީގެ “ކެޔޮޅު” ޕޯޓަލް (keyolhu...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ އުތުރު ބަނދަރުގެ ވަގުތީ އޮފީސް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފި

ކުޅުދުއްފުށީ އުތުރު ބަނދަރުގެ ވަގުތީ އޮފީސް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފި

ކުޅުދުއްފުށި ސިޓީގެ އުތުރު ބަދަނރު ސަރަހައްދުގައި ވަގުތީ ޖާގައިގައި ހިންގަމުންދިޔަ ބަނދަރު އޮފީސް، މިހާރު ވަނީ ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކަށް ބަދަލުކޮއްފައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި އޮފީސް ޒަމާނީކޮށް ތަރައްގީކޮށްފައި ވަނީ ޚިދުމަތް ދިނުމަށް ޚާއްޞަ ކައުންޓަރަކާއި، އޮފީސް ބަޔަކާއި އަދި ގުދަނެއް ހިމެނޭގޮތަށެވެ. ކުޅުދުއްފުށީ ސިޓީއަކީ ގިނަ ޚިދުމަތްތަކެއް ގާއިމުވެފައިވާ އުތުރުގެ ވިޔަފާރީގެ ވެސް މައި ހަބުކަމުން އެ ސިޓީއަށް ޚިދުމަތްތައް ހޯދަން ކޮންމެ ދުވަހަކުވެސް ގިނަ އަދަ...

ފާތިމަތު ސަޙާ
އިސްރާއީލުން ޝަހީދުކޮށްލި އެތުލީޓުންގެ ހަނދާނުގައި ފަލަސްތީނުން '1000 ޝަހީދުންގެ ކަޕް' ލޯންޗުކޮށްފި

އިސްރާއީލުން ޝަހީދުކޮށްލި އެތުލީޓުންގެ ހަނދާނުގައި ފަލަސްތީނުން '1000 ޝަހީދުންގެ ކަޕް' ލޯންޗުކޮށްފި

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ 1،014 އެތުލީޓުންގެ ހަނދާނުގައި “1000 ޝަހީދުންގެ ކަޕް” ނަމުގައި މުބާރާތެއް ބޭއްވުމަށް ފަލަސްތީނުން ނިންމައިފިއެވެ. މި މުބާރާތް ލޯންޗުކުރިކަން އިއުލާން ކުރެއްވީ ފަލަސްތީނުގެ ސުޕްރީމް ކައުންސިލް ފޯ ޔޫތު އެންޑް ސްޕޯޓްސްގެ ރައީސް ޖިބްރީލް ރާޖޫބް އެވެ. ހިފާފައިވާ ހުޅަނގު އައްސޭރީގެ އަލް ބީރޭގައި ހުންނަ ޖޯސެފް ބްލެޓާ ފުޓްބޯޅަ އެކަޑަމީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރާޖޫބް ވިދާޅުވީ، މި މުބާރާތު...

ނާޒިމާ އަލީ
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފިއެވެ. މިއީ ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން ބަލާފައިވާ މައްސަލައެކެވެ. މި މައްސަލާގައި އެ ކޯޓުން ހުކުމްކޮށްފައި ވަނީ އެރަށު ފެހިވިލާގެ، މުޙައްމަދު ފާރިޤު (28އ)ގެ މައްޗަށެވެ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން މި ހުކުމް އިއްވާފައިވަނީ 10 އޮގަސްޓު 2026 ވަނަ ދުވަހުއެވެ. މި މައްސަލައަކީ 2020 ނޮވެމްބަރު 24ވަނަ ދުވަހު ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު […]

ޔުމްނާ ޢަލީ
ޕީޖީ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު، ''ޕީޖީއޯ 2.0'' ލޯންޗުކޮށްފި

ޕީޖީ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު، ''ޕީޖީއޯ 2.0'' ލޯންޗުކޮށްފި

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު، “ޕީޖީއޯ 2.0” މިއަދު ލޯންޗުކޮށްފިއެވެ. މިއަދު ހެނދުނު މާލޭގެ  ބަރސެލޯ ނަސަންދުރާގައި ގައި އޮތް ޙަފްލާއެއްގައި ޕީޖީއޯ 2.0 ލޯންޗުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި އެ އޮފީހުގެ އައު ވެބްސައިޓް pgoffice.gov.mv ވެސް އެ ޙަފްލާގައިވަނީ ލޯންޗް ކޮއްފައެވެ. މީގެ އިތުރުން  ރައްޔިތުންނާއި، ދައުލަތުގެ އިދާރާތަކަށް ދޭ އެންމެހައި ޚިދުމަތްތައް އެ އޮފީހުން ޑިޖިޓަލްކޮށް ލިބޭގޮތަށް ތަޢާރަފްކޮށްފައިވާ “އީ-ދޮރޯށި”  ވެސް ރަސްމީކޮށް މި...

ފާތިމަތު ސަޙާ