އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ޝާހިދު ނިންމައި ކެމްޕޭން ފެއްޓެވީ އައްޑޫ ސިޓީން
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި އަބްދުﷲ ޝާހިދު ނިންމަވައިފިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފެށުމަށް އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ޝާހިދު ވަނީ އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާދެއްވާފައިވާކަން ވެސް އިއުލާނުކުރައްވާފައެވެ. އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވި މި ޖަލްސާގައި ރައީސް ޝާހިދު ވިދާޅުވީ، 2...