މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,471 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1173 ވަނަ ޞަފްޙާ

ފަންނީ ގާބިލުކަން އިތުރުކުރުމުގެ އެއްބަސްވުމެއްގައި ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ތިނަދޫ ކައުންސިލުން ސޮއިކޮށްފި

ފަންނީ ގާބިލުކަން އިތުރުކުރުމުގެ އެއްބަސްވުމެއްގައި ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ތިނަދޫ ކައުންސިލުން ސޮއިކޮށްފި

މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލާއި ގދ. ތިނަދޫ ކައުންސިލުން ފަހުމު ނާމާއެއްގައި ސޮއިކޮށްފި އެވެ. މި ފަހުމު ނާމާގައި ސޮއިކޮށްފައި ވަނީ ތިނަދޫ ކައުންސިލުން ކުޅުދުއްފުށި ސިޓީ އަށް މިހާރު ކުރައްވަމުން ގެންދަވާ ތަޖުރިބާ ދަތުރުގެތެރެއިން އިއްޔެ އެވެ. މި ފަހުމު ނާމައިގައި ކުޅުދުއްފުށި ސިޓީގެ ފަރާތުން މޭޔަރު މުހައްމަދު އާތިފް ސޮއި ކުރެއްވިއިރު، ތިނަދޫ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ އެ ކައުންސިލުގެ ރައީސް ސައުދު އަލީ އެވެ. މި ފަހުމު […]

މުޙައްމަދު އަފްރާޙް
އިނގުރައިދޫ ނެރުގެ ބޭރުތޮށިލުމުގެ މަސައްކަތް އެމްޓީސީސީއަށް

އިނގުރައިދޫ ނެރުގެ ބޭރުތޮށިލުމުގެ މަސައްކަތް އެމްޓީސީސީއަށް

ރ. އިނގުރައިދޫ ނެރުގައި ބޭރުތޮށިލުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫގެވެ. އިނގުރައިދޫއަކީ ގާތްގަނޑަކަށް 2082 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އެ ރަށުގެ މީހުންނަކީ މަސްވެރިކަންކުރާ އަދި ވަޑާމުގެ މަސައްކަތް ތަކުގައިވެސް މަސް...

އަޙްމަދު ވަހީދު
ރައީސްގެ އެދިވަޑައިގަތުމަކީ ސުލްހަވެރި، ރީތި ކެމްޕޭނެއްކޮށް ނިންމުން: ނިހާދު

ރައީސްގެ އެދިވަޑައިގަތުމަކީ ސުލްހަވެރި، ރީތި ކެމްޕޭނެއްކޮށް ނިންމުން: ނިހާދު

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގަންނަވަނީ ރީތި، ސުލްހަވެރި ކެމްޕޭނަކުން އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެކަންކަން ނިންމަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް މިހާރު ހުޅުވާލާފައިވާއިރު، އެ ޕާޓީގެ ތެރޭގައި ކެމްޕޭން ފޯރި ދަނީ މެކުހަށް ޖަހަމުންނެވެ. އެ ޕްރައިމަރީގައި ވާދަކުރަށްވާނެކަން އެ ޕާޓީގެ ރައީސް އަދި މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ވަނީ އިޢުލާންކުރަށްވައި، ތާއީދު ފޯމުގައި ސޮއި ކުރުމުގެ މަސަ...

ޔުމްނާ ޢަލީ
"އިހަވަންދިއްޕޮޅު ރަސްތަރި" ގެ އެއްވަނަ އިހަވަންދޫ ޔައިޝާ އަށް

"އިހަވަންދިއްޕޮޅު ރަސްތަރި" ގެ އެއްވަނަ އިހަވަންދޫ ޔައިޝާ އަށް

“އިހަވަންދިއްޕޮޅު ރަސްތަރި 2022” ގެ އެއްވަނަ ހއ. އިހަވަންދޫ / ދޭލިޔާގެ، ޔައިޝާ ޔާސިރު އިބްރާހިމް ހޮވިއްޖެ އެވެ. މިމުބާރާތުގެ 3 ވަނަ ބުރުގެ ފައިނަލް ބުރަށްފަހު، ވަނަތައް އިއުލާންކޮށްފައިވަނީ އިހަވަންދޫ ސްކޫލްގެ ހޯލްގައި ރޭ ބޭއްވި ހަފުލާއެއްގަ އެވެ. ޔައިޝާ އަށް، އަސްކޮއި ހައްޖު އެންޑް އުމުރާ ގުރޫޕުން ދޭ އުމުރާ ދަތުރަކާއި 5000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ލިބިފަ އެވެ. އަދި އެރިސް ޑެކަރ އިން ހުށަހަޅާފައިވާ 5500 ރުފިޔާގެ އަގުރި ޑައިނިންގ […]

މުޙައްމަދު އަފްރާޙް
ޖަޕާނުން ރާއްޖެއަށް އޮއިލް ބޫމް ވެސެލްއެއް ހަދިޔާކޮށްފި

ޖަޕާނުން ރާއްޖެއަށް އޮއިލް ބޫމް ވެސެލްއެއް ހަދިޔާކޮށްފި

ޖަޕާނު ސަރުކާރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) ކޯސްޓްގާޑަށް އޮއިލް ބޫމް ވެސެލްއެއް ހަދިޔާކޮށްފިއެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން މި ވެސެލް އެމްއެންޑީއެފް ކޯސްޓްގާޑާ ހަވާލުކޮށްދެއްވީ ޖަޕާނުގެ ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، މިސްޓަރ ޓަކައި ޝުންސުކޭއެވެ. ޑިފެންސް މިނިސްޓްރީގެ ފަރާތުން މި ވެސެލްއާ ހަވާލުވެލެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މިކަމަށް ޓަކައި ބަންޑާރަކޮށީގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އަލް...

އަލީ އާދިލް
މި ފޮޓޯތަކުން މިފެންނަނީ ކޯއްޗެއް؟ "ސީ ސްޕައިޓަރސް" ތަކެއްތަ؟

މި ފޮޓޯތަކުން މިފެންނަނީ ކޯއްޗެއް؟ "ސީ ސްޕައިޓަރސް" ތަކެއްތަ؟

މިއީ ދެކުނު އެފްރިކާގެ ހުޅަނގު ދެކުނު އައްސޭރީގައި އޮންނަ ޕްރޮވިންސެއް ކަމަށްވާ ވެސްޓާން ކޭޕްގެ ގޮނޑުދޮށުން ނަގާފައިވާ ފޮޓޯ ތަކެކެވެ. މީސްމީޑިއާ އަށް މި ފޮޓޯތައް ހިއްސާކޮށްފައިވަނީ ދެކުނު އެފްރިކާގެ ފޮޓޯގްރާފަރު ޖޭން ވޯސްޓާ އެވެ. އިރު އޮއްސޭ ވަގުތު ނަގާފައިވާ މި ފޮޓޯތައް މީސްމީޑީއާގައިވަނީ ވަރަށް ބޮޑަށް ވައިރަލްވެ ބޮޑު ބަހުސްއެއް ފެށިފަ އެވެ. އެ ފޮޓޯތައް ނަގާފައިވާ ގޮނޑުދޮށަކީ ޒިޔާރަތް ކުރަން ރައްކާތެރި ގޮނޑުދޮށެއްތޯ ބައެއް މީހުން އަންނަނީ ސުވާލުކުރަމުންނެވެ. އެ ފޮޓޯތައް ފޭސްބުކްގެ އެހެން […]

އަލީ އާދިލް
ބޯވްރިއަ - ސޫފި ކޮންޓްރޯލުކުރަން ހަމަ ސަތޭކަ

ބޯވްރިއަ - ސޫފި ކޮންޓްރޯލުކުރަން ހަމަ ސަތޭކަ

ރާއްޖޭގައި ދަނޑުވެރިކަމާއި ބަގީޗާ ގަސް ހައްދާއިރުވެސް އެންމެ ބޮޑު އެއް މައްސަލައަކީ މާގިނައިން ބަލި ޖެހުމާއި ގަހަށް ތަފާތު މައްސަލަތައް ކުރިމަތިވުމެވެ. ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި އެބަލިތައް ޖައްސާ ކުދި އަދި ބޮޑެތި ސޫފިތައް ނައްތައިލުމަށް ހިތި ފަތާއި އޮށް، ފިޔާ، ލޮނުމެދު އަދި ފަޅޯފަތް ފަދަ ގުދުރަތީ ތަކެތިން ބޭސް ހަދައިގެން ބޭނުންކޮށް އުޅެއެވެ. ހަމަ އެފަދައިން ބަލި ޖައްސާ ދިރުންތަކަށް ހަމަލާދީ ނައްތައިލުމަށް އެފަދަ އެހެން ދިރުމެއް ވެސް ބޭނުންކުރެވިދާނެ އެވެ. މިފަހަރު މިބަލައިލަނީ […]

ހުބާ ޕްލާންޓްސް
އިންސްޓަގްރާމްގައި ބިހަކަށް ލިބިފައި އޮތް ރެކޯޑު މެސީ މުގުރާލައިފި

އިންސްޓަގްރާމްގައި ބިހަކަށް ލިބިފައި އޮތް ރެކޯޑު މެސީ މުގުރާލައިފި

އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކް ހޯދާފައިވާ ކުކުޅު ބިހެއްގެ ފޮޓޯ ފަހަތަށް ޖައްސާލުމަށްފަހު، އިންސްޓަގްރާމްގެ ތާރީހުގައި ވެސް އެންމެ ގިނަ ލައިކް ހޯދި ފޮޓޯގެ ރެކޯޑު ލިއޮނަލް މެސީ ވޯލްޑްކަޕްގެ ތަށި އުފުލާލާ ފޮޓޯ އަށް ލިބިއްޖެ އެވެ. މީގެ ކުރިން އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކް ހޯދާފައިވަނީ ކުކުޅު ބިހެއްގެ ފޮޓޯ އަކަށެވެ. އެއީ 56.1 މިލިއަން ލައިކްސް އެވެ. ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ ފްރާންސް ބަލިކުރުމަށްފަހު ވޯލްޑް ކަޕްގެ […]

އިބްރާހިމް އަސްވާޤް
އެމްއެމްއޭއިން ޝަރީއާ ސްކޯލަރުންގެ ޑައިލޮގެއް

އެމްއެމްއޭއިން ޝަރީއާ ސްކޯލަރުންގެ ޑައިލޮގެއް

“ޝަރިއާ ސްކޮލާސް ޑައިލޮގް” ނަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފޯރަމެއް ބާއްވައިފިއެވެ. އެމްއެމްއޭއިން ބުނީ މިއީ ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާއަށް ދިމާވާ ގޮންޖެހުތަކާއި އެ ގޮންޖެހުންތަކަށް ގެނެވިދާނެ ހައްލުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަގުސަދުގައި ވޭއްވި ފޯރަމެއް ކަމަށެވެ. މި ފޯރަމްގައި އިސްލާމިކް ފައިނޭންސް ދާއިރާގެ ބޭފުޅުން އެމްއެމްއޭ ޝަރިއާ ކައުންސިލާއި ކުރަން ބޭނުންވާ ސުވާލުތައްކޮށް ދާއިރާއާ ގުޅޭ ކަންކަމުގައި ވަނީ މަޝްވަރާކޮށްފައެވެ. އެ އޮތޯރިޓީން ބުނީ މި ފޯރަ...

އަޙްމަދު ވަހީދު
ދިގު ވާހަކަ: ދުލި (1)

ދިގު ވާހަކަ: ދުލި (1)

ކުޑަ ބިއްލޫރި ފުޅިއެއްގައި އެވާ ކޮކާފަނި މަޑުމަޑުން އެ ބަދަލުވަނީ އެހެން ސިފައަކަށެވެ. އަވަދިނެތި ކެއުމުގައި އުޅުނު ދުވަސްތަކުން، ވަގުތީ ނިދިމަޑުކަމަކަށެވެ. ސިފަބަދަލު ކުރުމަކީ ހަމައެކަނި ޖިންނީންނަށް ލިބިފައިވާ ހުނަރެއް ނޫންކަން އެ ކުޑަކުޑަ ފަނި ބުނެދޭ ކަހަލައެވެ. މި އަޖައިބު ކުރުވަނި މަންޒަރު ބަލަން އިން ތޭރަ އަހަރުގެ ނައުރަން ސިއްސައިގެން ދިޔައީ، އޭނާގެ ކޮއްކޮ އައިސް ގޮވާލި އަޑަށެވެ. “ހިނގާބަލަ އަވަހަށްދާން، ބޮޑުބެމެން ވެސް އަތުވެއްޖޭ.”  ދަތުރު ދާން ކެތްމަދުވެފައި ހުރި، ދިހަ އަހަރުގެ […]

ރޫހީ މިތުރު
ނިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ނިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ފ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ. ފ. ނިލަންދޫއަކީ 2300 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އެ ރަށުގެ މީހުންނަކީ މަސްވެރިކަންކުރާ އަދި ކޮންސްޓްރަކްޝަން މަސައްކަތް ތަކުގައިވެސް މަސް...

އަޙްމަދު ވަހީދު
ހޮޅުދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ނިންމަން ހަވާލުކޮށްފި

ހޮޅުދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ނިންމަން ހަވާލުކޮށްފި

ނ. ހޮޅުދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ކުރުމަށް އިއްޔެ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން ވިދާޅުވި ގޮތުގައި ހޮޅުދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ކުރުމަށް ވަނީ އިއްޔެ ބަޔަކާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފަވާ ކަމަށެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ލައިކޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ. 3,641,766.02 ރުފިޔާ ( ތިން މިލިއަން ހަލައްކަ ސާޅީސްއެއްހާސް ހަތްސަތޭކަ ފަސްދޮޅަސް ހަރުފިޔާ ދެލާރި) އަށް ހަވާލުކ...

ޔުމްނާ ޢަލީ
''ކަން ނިމުނަސް ގުޅުމަށް ހީނަރުކަމެއް ނާންނާނެ، ހުރިހާ ގައުމަކާ ވެސް ގާތްކަން އޮންނާނެ''

''ކަން ނިމުނަސް ގުޅުމަށް ހީނަރުކަމެއް ނާންނާނެ، ހުރިހާ ގައުމަކާ ވެސް ގާތްކަން އޮންނާނެ''

ގައުމަކާއެކު ގުޅުން ބަދަހިކުރުމަކީ މަސައްކަތެއް ނިމުމުން އެ ޤައުމަކާ ގުޅުން ކަނޑާލުމެއް ނޫންކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޖަޕާން ސަރުކާރުގެ އެހީގައި މާލޭގައި ވަށައި ތޮށި ލުމަށް ކުރިއަށްގެންދިޔަ މަޝްރޫއުގެ މޮނިއުމަންޓް އުސްފަސްގަނޑުގައި އަލުން ބެހެއްޓުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. ޝާހިދު ވިދާޅުވީ ރާއްޖެއާ ބޭރުގެ ގައުމުތަކާއި ގުޅުން ބަދަހިކުރަމުން ރައީސް ސާލިހުގެ ހާރިޖީ ސިޔާސަތަކީ ގައުމުތަކާއެކު އޮންނ...

މުޙައްމަދު އަފްރާޙް
''ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް''

''ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް''

ޖަޕާނުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ތަކެއި ޝުންސުކެ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި ޖަޕާނުގެ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ. މިއަހަރަކީ ރާއްޖެއާއި، ޖަޕާނާއި ދެ ޤައުމުގެ ގުޅުމަށް 55 އަހަރު ފުރޭ އަހަރެވެ. މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުން ޝައުގުވެރިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވ...

ޔުމްނާ ޢަލީ
ތިލަދުންމަތީ ހުނަރުވެރިން: މަކުނުދޫ ފަޅުގައި މުރަކައިގެ ބަގީޗާތައް ދިރުވާ އާލާކުރަމުންދާ ތިން ޒުވާނުން

ތިލަދުންމަތީ ހުނަރުވެރިން: މަކުނުދޫ ފަޅުގައި މުރަކައިގެ ބަގީޗާތައް ދިރުވާ އާލާކުރަމުންދާ ތިން ޒުވާނުން

ކުޑައިރު، ފީނަން ގޮސް އުޅޭއުޅުމުގައި ފެނިފައިހުރި މުރަކައިގެ ރީތި ބަގީޗާތައް މިހާރު އެޒުވާނުންނަށް ފެންނަނީ ދިރުމެއްނެތް ތަނެއްގެ ގޮތުގައެވެ. އޭރު ފެނުނު ބޮޑެތި ގާތަކުގައި ހުރި، ރީތި ޗާލު މުރަކަތައް މިހާރު ހުރީ މަރުވެ، ފުނޑުފުނޑުވެފައެވެ. ގާތަކުގައި ހުރި، ކުލަކުލައިގެ ތަފާތުވައްތަރުގެ މުރަކަތައް ނެތްކަމީ، އެޒުވާނުން މާޔޫސްވެ، މިކަމާއިމެދު ވިސްނަން މަޖުބޫރުކުރިވި ކަމެކެވެ. ގާތަކުގެ ވަށައިގެންހުރި، މުރަކަތަކުގެ ތެރޭގައި އޭރު ދުވެލަ ދުވެލާ އުޅު ކުދި ރީތި މަސްތައް، މިހާރަކު ނޫޅެއެވެ. ޤުދުރަތުން ދެއް...

ސަލާމާ ޢަބްދުލް ޢަލީމް
ޔާމީންގެ ފުއްގިރި މައްސަލަ ބެލުން އިސްގާޒީ ދޫކޮށްލައިފި

ޔާމީންގެ ފުއްގިރި މައްސަލަ ބެލުން އިސްގާޒީ ދޫކޮށްލައިފި

ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް މައްސަލަ ބެލުމުން ތަނާޒުލްވެއްޖެ އެވެ. ރ. ފުއްގިރި ކުއްޔަށް ދިން މައްސަލާގައި ޔާމީނާއި ސަން އިންވެސްޓްމަންޓް ކުންފުންޏާއި ސަން ކޮންސްޓްރަކްޝަނާއި މއ. ކުރިކީލަހިޔާ ކްރިކް ރިޒާގެ މައްޗަށް ކުރާ ދައުވާ ބެލުމުން އިސްގާޒީ ޝަކީލް ތަނާޒުލްވި ސަބަބެއް ނޭނގެ އެވެ. އެ މައްސަލަ ބެލުން މިހާރު ހަވާލުކޮށްފައިވަނީ ގާޒީ އަލީ ނަދީމާ އެވެ. އިސްގާޒީ […]

ހުސައިން ހަބީބް
1.6 މިލިޔަން ވަނަ ފަތުރުވެރިޔާ އާއެކު މިއަހަރުގެ އަމާޒު ހާސިލުވެއްޖެ

1.6 މިލިޔަން ވަނަ ފަތުރުވެރިޔާ އާއެކު މިއަހަރުގެ އަމާޒު ހާސިލުވެއްޖެ

މިއަހަރު ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ސަރުކާރުން ހިފި އަމާޒަށް ވާޞިލްވެއްޖެއެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައި ވަނީ މި އަހަރު ޖުމްލަ 1.6 މިލިޔަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެކަމަށް ސަރުކާރުން އަންދާޒާކުރާކަމަށެވެ. މި އަމާޒަށް މިއަދު ވާސިލް ވެވިފައިވާއިރު، މިއަދު ޒިޔާރަތްކުރި 1.6 މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރްޙަބާ ދެންނެވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ. މިކަމަށްޓަކައި މިއަދު މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ...

ޔުމްނާ ޢަލީ
މާލޭގެ ވަށައިގެން ލާފައިވާ ތޮއްޓަކީ ރާއްޖެއާއި ޖަޕާނުގެ ގުޅުމުގެ ރަމްޒެއް: އަސްލަމް

މާލޭގެ ވަށައިގެން ލާފައިވާ ތޮއްޓަކީ ރާއްޖެއާއި ޖަޕާނުގެ ގުޅުމުގެ ރަމްޒެއް: އަސްލަމް

މާލޭގެ ވަށާލެވިފައިވާ ތޮއްޓަކީ ރާއްޖެއާއި ޖަޕާނުގެ ގުޅުމުގެ ރަމްޒެއް ކަމުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ޖަޕާން ސަރުކާރުގެ އެހީގައި މާލޭގައި ވަށައި ތޮށި ލުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ މޮނިއުމަންޓް އަލުން ބެހެއްޓުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގަ އެވެ. އުސްފަސްގަނޑުގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ މިއީ ހަމައެކަނި އުމްރާނީ ތަރައްގީ ނޫން ކަމަށާއި، މިއީ މާ...

މުޙައްމަދު އަފްރާޙް