ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ އަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެއްވެސް ޝައުގެއް ނެތްކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި އިއްޔެ އއ. މާޅޮހަށް ވަޑައިގެން ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ދެއްކެވިވާހަކަފުޅުގައި ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެހެން ޕާޓީއަކަށް ވެރިކަމަށް އައުމުގެ ފުރުސަތެއް ކިރިޔާ ވެސް އޮތީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގަޑުބަޑުކޮށްގެން ކަމަށާއި، އެކަމު...
ޔުމްނާ ޢަލީ
ގއ.ވިލިނގިލި އަދި އައްޑޫ ސިޓީ ހިތަދޫގައި އަލަށް އާބާދުވި ސަރަހައްދާއި ހިއްކި ބިމުގައި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުއެވެ. ވިލިނގިލީގެ ނަރުދަމާގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސަ...
އަޙްމަދު ވަހީދު
“ގްރޯ ވިތް އުރީދޫ” މި ޝިއާރުގެ ދަށުން ރާއްޖޭގައި އާންމުކޮށް ހެދޭ ގަސްގަހުގައި އަޅާ ރީތި މާތައް ދައްކުވައިދޭ އުރީދޫ މޯލްޑިވްސް ގެ 2023 ވަނަ އަހަރުގެ ޑެސްކް ކަލަންޑަރު މިއަދު އިފްތިތާހުކޮށްފިއެވެ. ގްރޯ ވިތް އުރީދޫ ޝިއާރު މި އަހަރުގެ ކެލެންޑަރ އަށް ހަމަ ޖައްސާފައިވަނީ 2023 ވަނަ އަހަރަކީ އުރީދޫ އަށް 18 އަހަރު ފުރޭ އަހަރުކަމުންނާއެކުގައި ކަމަށްވެސް އެކުންފުނިން ބުންޏެވެ. މިއަދު ލޯންޗުކުރެވުނު މި ކަލަންޑަރުގައި ރާއްޖެއިން އާންމުކޮށް ފެންނަ މާމެލާމެލި އީޖާދީ […]
އަޙްމަދު ވަހީދު
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ 18:30 އިން ފެށިގެން މެންދަމު 00:00 އާއި […]
ޔުމްނާ ޢަލީ
ރ. ދުވާފަރު ބަނދަރު ފުންކުރުމާއި ބޭރުތޮށީގައި ކޮންކްރީޓް ޖެޓީއެއް ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދ ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ. 2,920 މީހުންގެ އާބާދީގެ ދުވާފަރަކީ މުރާލި މަސްވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. އެގޮތުން ރަށު...
އަޙްމަދު ވަހީދު
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ އެންމެ އިސް ދެ ލީޑަރުންކަމަށްވާ، އެޕާޓީގެ އިސް ލީޑަރު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި، އެ ޕާޓީގެ ރައީސް، މަޖިލިސް ރައީސް މުޙައްމަދު ނަޝީދާ ދެ ބޭފުޅުންނަކީ ވެރިކަންކުރުމުގެ ގާބިލުކަން ހުރި ދެބޭފުޅުން ނޫންކަމަށާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ސަރުކާރެއް ހިންގާނީ ގާބިލު މީހުން ކަމަށް އެ ޕާޓީގެ ނައިބު ރައީސް، ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ. ދުންޔާ ވިދާޅުވީ، ރައީސް ނަޝީދާއި، ރައީސް ޞާލިޙްގެ ތަފާތެއް ނެތް ކަމަށެވެ. އަދި […]
ޔުމްނާ ޢަލީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ތާއީދު ކުރައްވަނީ އަމިއްލަ މަންފާއެއް އޮވެގެން ނޫން ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީ ޕްރައިމަރީ ކެމްޕެއިންގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ، އެމަނިކުފާނާއެކު ކެމްޕެއިން ދަތުރުގައި އައްޑޫ ސިޓީއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ދިޔާނާ ވިދާޅުވީ ނަޝީދަށް ތާއީދު ކުރައްވަން ނިންމެވީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައި ވާތީ ކަމަށެވެ. އެގޮތުން އެކަނިވެރި މައިންނަށާއި ނުކުޅެދ...
މުޙައްމަދު އަފްރާޙް
ރާއްޖެ އައި ދެ ޓޫރިސްޓަކުން ދިވެހި ފޮޓޯގްރާފަރަކު ލައްވައި ކުރުވި މަސައްކަތަށް ފައިސާ ނުދޭ ކަމަށް ބުނެ ފޮޓޯގްރާފަރު ކޯޓަށް ދިއުމުން އެ ދެ ޓޫރިސްޓުން ރާއްޖެއިން ނުފުރޭ ގޮތަށް ސިވިލް ކޯޓުން އިއްޔެ އަމުރެއް ނެރެފި އެވެ. މިމަހު ރާއްޖެ އައި ރަޝިއާގެ ދެ ފަތުރުވެރިއަކު ފުރުން މަނާކުރީ އެ މީހުން ރާއްޖެ އައިސް، ދިވެހި ފޮޓޯގްރާފަރަކު ލައްވައި ފޮޓޯ ނެގުވުމަށްފަހު އެއްބަސްވި އަގުގެ ތެރެއިން 1،100 އަށް ވުރެ ގިނަ ޑޮލަރު ނުދޭ ކަމަށް […]
ހުސައިން ހަބީބް
ކުޑަކުދިން ލައްވާ ކުރުވުން މަނާކޮށްފައިވާ މަސައްކަތްތަކުގެ ލިސްޓަށް ބަދަލު ގެނެސްފިއެވެ. ސަރަކާރުގެ ގެޒެޓުގައި ޝާއިއުކުރި އިސްލާހުގައި ބަދަލު ގެނެސްފައިވަނީ ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތައް ބަޔާންކުރާ މާއްދާ ކަމަށްވާ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ އާއްމު ގަަވައިދުގެ 10 ވަނަ މާއްދާ އެވެ. އެ މާއްދާ ކުރިން އޮތް ގޮތުން، ކުޑަކުދިން ބައިވެރިކުރުން މަނާ 17 ބާވަތެއްގެ މަސައްކަތް އޮވެ އެވެ. އެހެންނަމަވެސް އިސްލާހުގައި އޮތީ ހަތް ބާވަތެއްގެ މަސައްކަތްތަކެވެ. ކުޑަކުދިން ބައިވެރިކުރ...
މުޙައްމަދު އަފްރާޙް
އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނާއި ލާޒިއޯ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ލާޒިއޯ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ. ރޭ ލާޒިއޯގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މި މެޗުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ލިބުނު ފުރުޞަތުތަކުގެ ބޭނުން ހިފައި ލާޒިއޯއިން ވަނީ ތަފާތު ދައްކާފައެވެ. މެޗުގެ ވަރަށް ކުރީކޮޅު ލާޒިއޯއިން ވަނީ ލަނޑޖަހައި ލީޑު […]
އިބްރާހިމް ޚަލީލް
ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މއ. މަނާގެ، ޢަލީ ފާއިޒު މިއަދު ޢައްޔަންކުރައްވައި އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާއަށް ދިވެހިރާއްޖެއިންް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މިއަދު ޢައްޔަންކުރެއްވި، ޢަލީ ފާއިޒަކީ 2022 ވަނަ އަހަރު މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބުކަމުގެ މަޤާމާއި، 2021 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ބޯޑުގައި މެންބަރުކަން ކުރައްވާފައިވާ ބޭފ...
ޔުމްނާ ޢަލީ
ޝުއޫރު ފާޅުކުރަން ކުރަންވާނީ އެހެން މީހުންނަށް ވެސް ދުއްތުރާއަކަށް ނުވަގޮތަށް، އެހެން މީހުންނަށް ވެސް ފުރުސަތު ދީގެން ކަމަށް އެމްޑީޕީގެ އެންމެ އިސްލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި އިއްޔެ އއ. މާޅޮހަށް ވަޑައިގެން ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ދެއްކެވިވާހަކަފުޅުގައި ރައީސް ވިދާޅުވީ، ޚިޔާލުފާޅު ކުރުމާއި، ޝުއޫރު ފާޅުކުރުމާއި އެއްވެ އުޅުމަކީ މި ސަރުކާރު ވެރިކަމަށް އައިއިރުގައި ބޮޑު ބިރެއްގެ ގޮތުގައި އޮތް ކަމެއް ކަމަށެވެ. އެހެންނަމަވ...
ޔުމްނާ ޢަލީ
ކ. ވާވެއްދިފަރަށް އެރި ބާޖަކާއި ޓަގު ބޯޓު 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ. މި ބާޖާއި ޓަގު ބޯޓު އެ ފަރަށް އަރާފައިވަނީ ފައިބެއަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ޖޫރިމަނާ ކުރީ ދި މިޑްލްއީސްޓް މެރިން އެލްއެލްސީގެ، އޭއެމް އަލްޕިޓް ޓަގު ބޯޓާއި، އޭއެމް އާގަމް ބާޖު ފަރަށް އެރުމާއި ގުޅިގެން ފަރުގެ މާހައުލަށް ލިބުނު ގެއްލުންތައް ބެލުމަށް ފަހު ކަމަށެވެ. އެ […]
މުޙައްމަދު އަފްރާޙް
ދަންވަރު ގޯއްޗަށް އިއުލާން ކުރުމަކީ ކަޑަޖެހުމުގެ އިތުރު މަރުހަލާއެއް ފެށުންކަމަށް އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންނަށް އެމަނިކުފާނު މިހާރު އައްޑޫ އަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އައްޑޫ ސިޓީގެ ފޭދޫގައި ވާހަކަފުޅުދައްކަވަމުންނެވެ. ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖެ ބަދަލުކުރުމުގެ އެންމެ ބޮޑު ހިއްސާ ދާ...
ޔުމްނާ ޢަލީ
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ހދ. ހަނިމާދޫގައި ހިންގުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ އެކަޑަމީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ނިއުރޭޑިއަންޓުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުލަބްގެ ފުޓްބޯޅަ އެކަޑަމީތައް ހިންގުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ކްލަބުގެ ފަރާތުން ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީ ކުރުމާއި ފުޓްބޯޅައަށް މޮޅު ކުޅަދާނަ ދަރިންތަކެއް އުފެއްދުމެވެ. މި އެކަޑަމީގެ ތަމްރީންތައް އަންނަ މާޗު މަހު ފެށުމަށް ތާވަލު ކޮށްފައިވާއިރު، މި އެކަޑަމީން ފުރުޞަތު ދިނުމަށް ހަމަޖެ...
އިބްރާހިމް ޚަލީލް
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް 356 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ. ކަސްޓަމްސް އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ދެ އިންސައްތަ ދަށްވެފައެވެ. 2021 ވަނަ އަހަރު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނީ 364 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު އިމްޕޯޓު އަދި އެކްސްޕޯޓު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، 299 މިލިއަން […]
އަޙްމަދު ވަހީދު
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރާނެ ކުންފުންޏެއް ކަނޑައަޅައި އެކުންފުންޏަށް އެކަން އަންގައިފިއެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ހަވާލު ކުރާނެ ކުންފުންޏެއް ކަނޑައެޅި ނަމަވެސް އެ ކުންފުންޏާ ބެހޭ ތަފްސީލު އިކޮނޮމިކް މިނިސްޓްރީން ހާމައެއް ނުކުރެއެވެ. މި މަޝްރޫއަށް ހަތް ކުންފުންނަކުން ބީލަން ހުށަހެޅިއެވެ. ރޭ އިކޮނޮމިކް މިނިސްޓްރީން ބުނީ އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބީލަން ކާމިޔާބު ކުރި ފަރާތަށް ނޮޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި...
އަޙްމަދު ވަހީދު
ރިސޯޓު ތަރައްގީ ކުރުމަށްޓަކާ ޓޫރިޒަމް މިނިސްޓްރީ 14 ރަށެއް ބީލަމަށް ހުޅުވާލައިފިއެވެ. އެ ރަށްތައް ބީލަމަށް ހުޅުވާލީ އިއްޔެއެވެ. ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި ރަށްތަކުގެ ތެރޭގައި ކުރިން ބީލަމަށް ހުޅުވާލި ރަށްތައް ވެސް ހިމެނެއެވެ. އަލަށް ހުޅުވާލި ރަށްތަކަށް ބީލަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި ވަނީ ކުރިއަށް އޮތް މާޗް 21 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ރަށްތައް އަލުން ބީލަމަށް ހުޅުވާލާފައި ވަނީ ބިޑް ތަކުގެ ޝަރުތު ފުރިހަމަ ނުވުމާއި، އެ ރަށްތަކަށް ބިޑް ނުލިބި […]
އަޙްމަދު ވަހީދު