ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާއާއި ޖިރޯނާ ބައްދަލުކުރި މެޗު ހަނި ތަފާތަކުން ކާމިޔާބުކޮށް ބާސާއިން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލީޑު ފުޅާ ކޮށްފިއެވެ. މިރޭ ޖިރޯނާގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ބާސާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 61 ވަނަ މިނެޓުގައި ޖޯޑީ އަލަބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޕެޑްރީއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ބާސާގެ ޑެމްބެލޭގެ ފަލަމަސްގަނޑަށް އަނިޔާވުމުން […]
އިބްރާހިމް ޚަލީލް
ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު ބާއްވަން ސްކޫލްތައް ދޫނުކުރާ ވާހަކައަކީ އެ ޕާޓީން ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު ބާއްވަން ސްކޫލްތައް ހޯދަން އެދުމުން އެޑިއުކޭޝަނުން އެންމެ ސްކޫލެއް ވެސް އެޕާޓީއަށް ދޫކޮށްފައިވާ ނުވާ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ކުރައްވާފައިވާ ޓްވީޓަކަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ. ތޮލާލުގ...
މުޙައްމަދު އަފްރާޙް
ކޮންމެ ތަރިއެއް ވެސް އޮއްސޭނެ ކަމަށާއި، ދެން ބޮޑު ގޮނޑީގައި ނީނދެވޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިސްގެ ރައީސް، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ބަހުގެ ހަމަލާ އަމާޒު ކުރައްވައިފިއެވެ. މޮސްޓާ، ނަޝީދަށް ބަހުގެ ހަމަލާ އަމާޒު ކުރެއްވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. މިއަދު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދަށް ނާކާމިޔާބު ވެފައިވަނިކޮށް މޮސްޓާ ވިދާޅުވީ، ކިތައްމެ ގަބޫލު ކުރަން ބޭނުން ނުވިއަސް އަރައިފި ކޮންމެ ތަރިއެއްވެސް އ...
އަލީ އާދިލް
ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ. އެ އިދާރާ އިން ބުނީ ބަލީގެ އަލާމާތަތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ. މީގެ އިތުރުން ބޭރަށް ހިންގާނަމަ ގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށާއި ފާޚާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ބޭރަށް ހިންގުމުގެ އަލާމާތް ނުފެންނަތާ 1 ދުވަސް ވަންދެން ކުދިން...
މުޙައްމަދު އަފްރާޙް
މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި މިހާތަނަށް ސާފުވި ނަތީޖައަށް ބަލާއިރު އެންމެ ތަފާތު ބޮޑު ނަތީޖާއެއް ނުކުމެފައި ވަނީ މިލަދުންމަޑުލު އުތުރުބުރި (ށ. އަތޮޅު) އިން ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ. އެމްޑީޕީން މިހާތަނަށް އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން މިލަދުންމަޑުލު އުތުރުބުރިން މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙަށް ވަނީ ވޯޓުލީ މީހުންގެ 80 އިންސައްތަ ވޯޓު ލިބިވަޑައިގެންފައ...
ޔުމްނާ ޢަލީ
މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރަށްވާނެކަމަށް މިހާތަނަށް އާންމުކުރި ނަތީޖާތަކުން ދައްކައިފިއެވެ. މިއަދުގެ ވޯޓުގެ ނަތީޖާ އެމްޑީޕީގެ ވެބްސައިޓްގައި އަޕްޑޭޓް ކުރަމުން އަންނައިރު، މިހާތަނަށް ސާފުވި ނަތީޖާ ދައްކާގޮތުން ރައީސް ޞާލީހަށް ވަނީ 63 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ. އެއީ 16462 ވޯޓެވެ. މިހާތަނަށް ނަސީދަށް ލިބިވަޑައިގަތީ 37 އިންސައްތަ ވ...
ޔުމްނާ ޢަލީ
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ސާވިސް ސެންޓަރު އެހެން އިމާރާތަކަށް ބަދަލުކުރަން ނިންމައިފިއެވެ. އެ ކުންފުނިން ބުނީ ކަސްޓަމަރ ސަރވިސް ހިދުމަތްތައް ބަދަލުކޮށްފައިވަނީ ހުޅުމާލޭގެ އެޕޯލޯ ޓަވަރަށް ކަމަށެވެ. އެޗްޑީސީ ބިލްޑިންގ ގައި މީގެކުރިން ދެމުންދިޔަ ހުރިހައި ހިދުމަތެއް އައު އޮފީހުން ވެސް ލިބޭނެ ކަމަށާއި މާދަމާއިން ފެށިގެން އެ ހިދުމަތްތައް ދެމުން ގެންދާނީ އެޕޯލޯ ޓަވަރުގެ އެއްވަނަ ފަންގިފިލާގައި ހުންނަ އެކުންފުނީގެ އައު ކަސްޓަމަރ ސަރަވިސް އޮފީހުން ކަމުގައި ސްޓެލްކޯ އިން ބުނެއެވެ. ކަސްޓަމަރުންގެ ސަމާ...
މުޙައްމަދު އަފްރާޙް
މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ހދ. ނޮޅިވަރަންފަރުގެ 100 އިންސައްތަ ވޯޓު ރައީސް ޞާލިޙަށް ލިބިވަޑައިގެންފިއެވެ. އެމްޑީޕީން މިހާތަނަށް އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ނޮޅިވަރަންފަރުން ވޯޓުލީ 40 މީހުން ވެސް ވޯޓު ލާފައި ވަނީ ރައީސް ޞާލިޙަށެވެ. އެ ދާއިރާގައި ހިމެނޭ ނޮޅިވަރަމްގެ ނަތީޖާއަށް ބަލާއިރު އެރަށުން ވެސް ކުރި ހޯއްދެވީ ރައީސް ޞާލިޙެވެ. އެރަށުން ޞާލިޙަށް 108 ވޯޓު ލިބިވަޑައިގެންނެވިއިރު، ނަޝީދަށް ލިބިވަޑައިގަތީ 108 ވޯޓެވެ. މުޅި...
ޔުމްނާ ޢަލީ
މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ކުޅުދުއްފުށީ ދެ ދާއިރާއިން ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ކުރި ހޯއްދަވައިފިއެވެ. ”ތިލަދުން” އަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުގައި ކުޅުދުއްފުށީ އުތުރާއި، ދެކުނު ދާއިރާގައިއިން ނަޝީދު ކުރި ހޯއްދަވާފައި ވަނީ 53 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އެ ދެ ދާއިރާއިން މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ،...
ޔުމްނާ ޢަލީ
ހއ. މާލެ ސާލިޙް ނަޝީދު ހއ. މާލެ 1 155 135 ހއ. މާލެ 2 195 145 ޖުމްލަ 350 280 ހއ. ދިއްދޫ ސާލިޙް ނަޝީދު ދިއްދޫ 240 219 ޖުމްލަ 240 219 ހޯރަފުށި ދާއިރާ ސާލިޙް ނަޝީދު އުލިގަމު 27 7 ތުރާކުނު 55 5 ހޯރަފުށި 203 24 ޖުމްލަ 285 36 އިހަވަންދޫ ދާއިރާ ސާލިޙް ނަޝީދު މޮޅަދޫ 80 6 އިހަވަންދޫ 234 154 މާރަންދޫ 104 […]
ތިލަދުން
މާޅޮސްމަޑުލު ދެކުނު ބުރީ ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްގީރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ. މިއީ އަތޮޅުތެރޭގެ ސިއްހީ ނިޒާމު ފުޅާކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން އެ ރަށުގައި އަލަށް ތަރައްގީކުރާ ހޮސްޕިޓަލެކެވެ. މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ސަތޭކަ ތޭވީސް މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. އަދި މި ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް އެއް އަހަރާއި ފަސް މަހުން ނިންމާ ސަރުކާރާއި ހަވާލުކުރުމަށްވަނީ ކަނޑައާޅާފައެވެ. 3000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ތުޅާދޫ...
މުޙައްމަދު އަފްރާޙް
ދިވެހި ޝެފް މަރްޔަމް ޝިއުނާއަށް “ކޮންޓިނެންޓަލް ޖަޖު” ކަމުގެ ލައިސަންސް ދީފިއެވެ. މި ލައިސަންސް އޭނާއަށް ދިނީ ދުނިޔޭގެ ޝެފުންގެ މައި ޖަމިއްޔާ، “ވޯލްޑް އެސޯސިއޭޝަންސް އޮފް ޝެފްސް ސޮސައިޓީސް” (ވެކްސް) ގެ ފަރާތުންނެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާ ކަލިނަރީ ޗެލެންޖުތަކުގައި ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވުމަށް، ވެކްސްގެ ފަރާތުން އަރުވާ މި ލައިސަންސް ހޯދުމުގެ ކުރިން “ރޫކީ ޖަޖު” (އެސިސްޓެންޓް ޖަޖު) ގެ ގޮތުގައި ވަކި މުއްދަތެއްގެ ތެރޭގައި ވެކްސް އެންޑޯޒްކޮށްފައި ހުންނަ ކަލިނަރީ ޗެލެންޖުތަކުގައި [...
މުޙައްމަދު އަފްރާޙް
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް މިއަދު ކުރިއަށްދާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓާސް ލިސްޓުގައި ނަން ނެތް ބަޔަކު ވޯޓު ލާފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ ގއ. ވިލިނގިލީގެ އެމްޑީޕީ މެމްބަރުން ވޯޓުލާން ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ފޮށްޓަކަށެވެ. މި މައްސަލައާ ގުޅިގެން އެޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު (އެންސްޕާ އިބްރޭ) ވިދާޅުވީ އެ ފޮށްޓަށް ލިސްޓްގައި ނަން...
މުޙައްމަދު އަފްރާޙް
މިއަދު ކުރިއަށްދާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ގދ. ގައްދޫ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިނގައި ވޯޓުލުން ހުއްޓުމަކަށް އަތުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަރުކަޒުގައި ހަމަނުޖެހުން ހިންގައި ވަނީ ވޯޓު ކަރުދާސްތައް ވެސް ހަލާކުކޮށްލާފައެވެ. ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ހަމަނުޖެހުން ހިނގާފައި ވަނީ ބޮޑީ ކެމެރާ ބޭނުންކޮށްގެން ވޯޓުލަމުން ދިޔުމާއި ގުޅިގެން ހިނގި ނުތަނަވަސްކަމެއްގައި ކަމަށެވެ. ” ބޮޑީ ކ...
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ ކެލާ ރަމްޒުކޮށްދޭ މޮނިއުމަންޓު ފަރުމާ ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ކެލާ ކައުންސިލުން ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ، މޮނިއުމެންޓް ފަރުމާ ކުރުމުގައި ވިސްނަންވީ ކަންކަމުގެ މަޢުލޫމާތު ވަރަށް ތަފްސީލްކޮށް ހިމަނާފައެވެ. މިގޮތުން ހުށަހަޅާ ޑިޒައިން އޮރިޖިނަލް ޑިޒައިނަކަށް ވާނެ ޖެހޭނެކަމަށާއި، މޮނިއުމެންޓެއްގެ ކޮޕީއަކަށް ނުވަތަ މޮނިއުމެންޓެއްގެ ބައެއްގެ ކޮޕީއެއް ހިމަނައިގެން ނުވާނެ ކަމަށާއި އަދ...
އިބްރާހިމް ޚަލީލް
ވެެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ. މިއަދު ހެނދުނު 9 ޖެހިއިރު ފެށި މި ޕްރައިމަރީގެ ވޯޓުލުން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ. އެމްޑީޕީ އިން ބުނެފައި ވަނީ މި އިންތިޚާބުގައި 200 އަށް ވުރެ ގިނަ ވޯޓު ފޮށި މާލެއާއި އަތޮޅުތަކުގައި ބަހައްޓާފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުގައި 49 ވޯޓު ފޮއްޓާއި އަތޮޅުތެރޭގައި 194 ވޯޓު ފޮށި ކަމަށް ވަނީ މައުލޫމާތު ދީފައެވެ. އެ […]
މުޙައްމަދު އަފްރާޙް
އިނގިރޭސި އެފްއޭކަޕް ހަތަރުވަނަ ބުރުގައި މެންޗެސްޓާ ސިޓީއާއި އާސެނަލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ފަސްވަނަ ބުރުން ސިޓީ ޖާގަ ހޯދައިފިއެވެ. ރޭ ސިޓީގެ އިއްތިހާދް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ވަނީ ސިޓީގެ ގޯލަށް ނުރައްކާ ވެސް ކޮށްފައެވެ. މިގޮތުން އާސެނަލްގެ ޓްރޮސާޑް ސިޓީގެ ގޯލު ކުރިމައްޗަށް ތިރިން […]
އިބްރާހިމް ޚަލީލް
ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަކީ ރާއްޖޭގެ ސިޔާސީ މަޝްރަޙް ދެން އެނބުރޭން އޮތް ގޮތުގެ ފެށުމަށް ނުވެ ނުދާނެއެވެ. މާދަމާގެ ނަތީޖާއިން ދިވެހި ރާއްޖޭގެ ސިޔާސީ ކުޅިބައި އެތުރެންފަށާނެއެވެ. އެ ނަތީޖާއިން ރާއްޖޭގެ ސިޔާސީ މަންޒަރު އަލުން ކުރެހެން ފަށާނެއެވެ. ކެމްޕެއިން ކުރުމުގެ އެންމެ ފަހު ވަގުތާއި ހަމައަށް ވެސް މި ޕްރައިމަރީގައި ވާދަކުރަށްވާ ދެ ކެންޑިޑޭޓުން ކަމަށްވާ މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙާއި، ކ...
ޔުމްނާ ޢަލީ