ޕާކިންއެއް ނަގާއިރު ރައްޔިތުންނަށް އިތުރުގޮތެއް ދައްކައިދޭން ޖެހޭ ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާޠިހު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ސްޓިކަރ ޖަހަންޖެހޭ ހާލަތުގައި އެކަންވެސް ކުރަންޖެހޭނެ ކަމަށާއި އެހެންނަމަވެސް ސްޓިކަރ ޖަހަންވާނީ މީހުންނަށް ޕާކު ކުރެވޭނެ ބިލްޑިންގ ތަކެއް ދެއްކުމަށްފަހުކަމަށެވެ. މި ހައްލު ރައްޔިތުންނަށް ގެނެސްނުދީ ހިފަހައްޓަނީ ކޮންބޭނުމަކު ކަމެއް ނޭނގޭ ކަމަށާއި މިއީ ދައުލަތުގެ ބަޖެޓަށް ބުރަވެ، ދަޢުލަތުން ތަކުލީފެއް އުފުލަން ޖެހޭ ކަމެއްނޫން ކަމަށް...
މުޙައްމަދު އަފްރާޙް
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ފުޓްބޯޅަ އެކަޑަމީ އެއް ހިންގަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފިއެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ބުނީ ފުޓްބޯޅަ ކުޅުމަށް ޝައުގުވެރިވާ ހުރުހައި ކުދިންނަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި 100 ކުދިން ހަމަވާ ނަމަ، ރާއްޖެެއިން ބޭރުގެ ކޯޗަކާއި ރާއްޖޭގެ ދެ ކޯޗުންނާއެކު މި އެކަޑަމީ ފެށުމަށް ނިންމާފައިވަނީ މާރޗު މަހު ކަމަށެވެ. މިއީ ގްރޭޑް 1 ން 10 ގެ […]
މުޙައްމަދު އަފްރާޙް
ޑެންމާކުގެ ކޯޕަންހޭގަންގައި ކީރިތި ޤުރްއާން އަންދައިލި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޑެންމާކުގެ ކޯޕަންހޭގަންގައި، ސްވިޑަންގެ ހަރުކަށި ފިކުރުގެ ސިޔާސީ ޕާޓީއަކުން ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް ޤުރްއާނުގެ ކޮޕީއެއް އަންދާލި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިޔަން މުސްލިމުންގެ ދީނީ އިހުސާސްތަކާ ދެކޮޅަށް ހިންގާފައިވާ ދަށު ދަރަޖައިގެ އަމަލެއް ކަމަ...
މުޙައްމަދު އަފްރާޙް
ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި ރެއިމްސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ރެއިމްސް މި މެޗާއި ކުރިމަތިލީއިރު އެ ޓީމް އެންމެ ފަހުން ކުޅުނު 13 މެޗުން ވެސް ބަލިވެފައި ނުވެއެވެ. ޕީއެސްޖީއަށް މި ސީޒަންގައި ރެއިމްސް އަތުން މިހާތަނަށް މޮޅުވެވިފައިނުވާއިރު، މި ދެ ޓީމް […]
އިބްރާހިމް ޚަލީލް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައ ިނާކާމިޔާބުވެވަޑައިގެންނެވިކަން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގަބޫލުފުޅު ކުރައްވައިފިއެވެ. ރައީސް ނަޝީދު ބަލި ގަބޫލުކުރެއްވިކަމަށް ވިދާޅުވެފައިވަނީ މިއަދު ހެނދުނު އެމްޑީޕީގެ ރަސްމީ ވަޓްސްއެޕް ގުރޫޕުތަކަށް ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ވިދާޅުވެފައިވަނީ އިންތިޚާބުގެ އޮޅުވާލުންތައް އެއްކިބާ ކޮށްފިނަމަ، ރައީސް ސާލިހަށް ލިބުނުކަމަށް ބުނާ ވަރަށްގިނަ ވޯޓު އުނިވާނެ ކަމަށެވެ. “އެހެނަސް...
މުޙައްމަދު އަފްރާޙް
މި ސީޒަންގައި އާދަޔާ ޚިލާފަށް ރަނގަޅު ފޯމެއްގައި އޮތް ނަޕޯލީން ރޭ އިޓާލިއަން ލީގުގައި ރޯމާއާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބޮޑު ލީޑެއް ނަގައިފިއެވެ. ރޭ ނަޕޯލީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ރޯމާގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނެތީޖާއިންނެވެ. ނަޕޯލީގެ ފަރާތުން މި މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ވެސް ނަޕޯލީންނެވެ. މި ލަނޑު […]
އިބްރާހިމް ޚަލީލް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުން ފެބްރުއަރީ މަހު ބާއްވާގޮތަށް ނިންމަފިއެވެ. މިކަން ހާމަކުރީ އެ ޕާޓީގެ ޑެޕިއުޓީ ޗެއާރޕަރސަން އިބްރާހިމް ވަހީދު (އެންސްޕާ އިބުރޭ) ވިދާޅުވީ ކުރިއަށް އޮތް ފަސްވަރަކަށް ދުވަހުގެ ތެރޭގައި ރަސްމީ ނަތީޖާ އިއުލާން ކުރާނެ ކަމަށެވެ. އަދި ރިޔާސީ ޓިކެޓް ހަވާލު ކުރާނީ އަންނަ ފެބްރުއަރީ މަހުގެ މެދުތެރޭގައި ކަމަށެވެ. މި ޖެނުއަރީ މަހުގެ 28 […]
މުޙައްމަދު އަފްރާޙް
ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު އެއްވަރުވެ ޕޮއިންޓް ތާވަލުގައި އެ ޓީމާއި ބާސެލޯނާއާއި ދެމެދު އޮތް ފަރަގު ބޮޑުވެއްޖެއެވެ. ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ސޮސިއެޑާޑްއާއި ދެކޮޅަށް ކުޅުނު މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު ބާސާ އޮތީ ކުޅުނު 18 މެޗުން ލިބުނު 47 ޕޮއިންޓާއި އެކުގައެވެ. ޕޮއިންޓް ތާވަލުގެ ދެވަނާގައި ރެއާލް މިވަގުތު އޮތީ ކުޅުނު 18 މެޗުން ލިބުނު […]
އިބްރާހިމް ޚަލީލް
ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީއަށްފަހު އެޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ސިއްޕެ) މާނަފުން ޓްވީޓެއް މިރޭ ކުރަށްވައިފިއެވެ. ރައްޔިތުންގެ މަޖިލިސްގެ ބާރަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ސިއްޕެ އަކީ އެ ޕްރައިމަރީގައި ވާދަކުރެއްވި ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފަޅީގައި ހުންނެވި، ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. ސިއްޕެ މިރޭ ކުރެއްވި ޓްވީޓްގައި ދޫކޮށްލައްވ...
ޔުމްނާ ޢަލީ
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ލީޑަރުކަމުންނާއި މެމްބަރުކަމުން ވަކިވެ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފިއެވެ. އޭނާ ޕާޓީއެއް އުފައްދަވަން މި އުޅުއްވަނީ ޑީއާރްޕީ އުވައިލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާތީއެވެ. ‘ތިލަދުން’ އިން ޖާބިރަށް ގުޅަން ކުރި މަސައްކަތް ނާކާމިޔާބުވީ ފޯނަށް ޖަވާބު ނުދެއްވާތީއެވެ. އެހެންނަމަވެސް ބައެއް އެހެން މީޑިއާއަށް ޖާބިރު ވިދާޅުވެފައިވަނީ، އޭނާ އުފައްދަވާ ޕާޓީއަށް ކިޔަނީ ގްރީން ޕާޓީ އޮފް ދަ މޯލ...
މުޙައްމަދު އަފްރާޙް
މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ކާމިޔާބުވާނެ ކަމަށް ށ. ފޭދޫ ކައުންސިލްގެ ރައީސް އަދި ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ރައިޝަމް ވިދާޅުވެއްޖެއެވެ. ރައިޝަމް އަކީ ނިމުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. އެ ޕްރައިމަރީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރަށްވާފައިވާއިރު، ރައީސް ޞާލިޙަށް މަރުޙަބާ ދަންނަވަމުން ރައިޝަމް ވިދާޅުވީ މިއަހަރު އޮންނަ ރި...
ޔުމްނާ ޢަލީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އއ. ރަސްދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ. ބީއެމްއެލުން ބުނީ މިއަދު ހިދުމަތް ދޭން ފެށުނު ރަސްދޫ ބްރާންޗުގެ އައު އިމާރާތުގައި ގާއިމުކޮށްފައިވާ އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. ރަސ...
އަޙްމަދު ވަހީދު
އިނިގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި މިރޭ ބްރައިޓަންއާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ލިވަޕޫލް މުބާރާތުން ކަޓައިފިއެވެ. މިރޭ ބްރައިޓަންގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ލިވަޕޫލުންނެވެ. މި ލަނޑު 30 ވަނަ މިނެޓުގައި އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ސަލާހް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެލިއޮޓް […]
އިބްރާހިމް ޚަލީލް
އިޓާލިއަން ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނާއި ސަސުއޯލޯ ބައްދަލުކުރި މެޗުގައި، ސަސުއޯލޯ އަތުންތަފާތު ބޮޑުކޮށް މިލާން ބަލިވެ ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް އެ ޓީމް ވެއްޓިއްޖެއެވެ. މިއަދު މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމް ބަލިވެފައި ވަނީ 5-2 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ދިހަ މިނެޓްގެ ތެރޭ މިލާނުގެ ތަޖުރިބާކާރު ފޯވާޑް ޖިރޫޑް ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ބޯޅަ ލިބުނުއިރު އޭނާ އޮފްސައިޑްގައި ހުރުމުން […]
އިބްރާހިމް ޚަލީލް
އަހަރުގެ ފުރަތަމަ ގްރޭންޑްސްލޭމް ޓެނިސް މުބާރާތްކަމަށްވާ، އޮސްޓްރޭލިއަން އޯޕަން މި އަހަރުގެ މުބާރާތް ސާބިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް ކާމިޔާބު ކޮށްފިއެވެ. މިއަދު ކުޅުން ފައިނަލް މެޗު ޖޮކޮވިޗް ކާމިޔާބު ކޮށްފައި ވަނީ ގްރީސްގެ ސިޓްސިޕާސްއާއި ބައްދަލުކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. ޖޮކޮވިޗް ސެޓްތައް ގެންގޮސްފައި ވަނީ 3-6، 6-7، 6-7 އިންނެވެ. މިއީ އުމުރުން 35 އަހަރުގެ ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް އޭނާގެ ކެރިއާގައި ކާމިޔާބުކުރި […]
އިބްރާހިމް ޚަލީލް
މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ރަމްޒުކޮށްދޭނެ މޮނިއުމަންޓް ފަރުމާ ކުރުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ ރަށު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އެ ރަށް ރަމްޒުކޮށްދޭ މޮނިއުމެންޓެއް ހެދުމުގެ މަޤުޞަދަކީ އެ ރަށަށް އަރާފައިބާ ފަރާތްތަކަށް ރަށް ފަސޭހައިން ދެނެގަނެވޭނޭ މަގު ފަހިކޮށްދިނުމާއިއެކު އެ ރަށުގެ މަސައްކަތްތެރިކަން ދައްކުވައިދިނުމެވެ. ފޭދޫއަކީ މަސްވެރި، މަސައްކަތްތެރި، ހިތްހެޔޮ ހީވާގި ރައްޔިތުން ދިރިއުޅެމުން އަންނަ ރަށެކެވެ. އެ ރަށުގެ ގިނަ ޒުވާނުން ޓްއަރިޒަމް ދާއިރާތަކުގަ...
އިބްރާހިމް ޚަލީލް
މާލެއިން ގެއްލިގެން މިއަދު ހޯދި އަންހެންކުއްޖާ ފެނިއްޖެއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ތ. ދިޔަމިގިލި، އާޤިސާމަންޒިލް، އުމުރުން 15 އަހަރުގެ ޒީކް ބިންތި މުޙައްމަދު ރިޔާޒެވެ. އެ ކުއްޖާ ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަވާކަން ހާމަކުރައްވައި، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެކަމުގައި އާންމުންގެ އެހީތެރިކަމަށް މިއަދު 3:37 ހާއިރު އެދިލައްވާފައެވެ. މިރޭ 18:17 ހާއިރު ފުލުހުން ވަނީ އެ ކުއްޖާ ފެނިފައިވާކަން ހާމަކުރަށްވާފައެވެ. ގެއްލިގެން ހޯދަމުންދިޔަ ޒީކް ބިންތި...
ޔުމްނާ ޢަލީ
ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ރަމަޟާން މަހު ކުރިއަށް ގެންދިޔުމަށް ރާވާފައިވާ “ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444” ޤުރުއާން މުބާރާތުގެ އޮޑިޝަން ނިންމައި މުބާރާތަށް 20 ބައިވެރިން ހޮވައިފިއެވެ. މި މުބާރާތުގެ އޮޑިޝަންގައި ވަނީ 33 ފަރާތެއް ބައިވެރިވެފައެވެ. މި މުބާރާތުގެ އިޑިޝަން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 27، 28 މި ދެ ދުވަހުއެވެ. މި […]
އިބްރާހިމް ޚަލީލް