ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ބުރުގެ ފުރަތަމަ ލެގުގައި ފަސޭހަކަމާއިއެކު ސްޕެއިންގެ ރެއާލް ބެޓިސް ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ އުންމީދު މެންޗެސްޓާ ޔުނައިޓެޑުން ބޮޑުކޮށްފިއެވެ. ރޭ މެންޗެސްޓާގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މި މެޗުގައި ޔުނައިޓެޑުން ވަނީ 4-1 ގެ ނަތީޖާއިން ބެޓިސް ބަލިކޮށްފައެވެ. ޔުނައިޓެޑް ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން 7-0 ގެ ނަތީޖާއިން ލިވަޕޫލް އަތުން ބަލިވެފައިވުމާއިއެކު، ރޭގެ މެޗަށް އެ ޓީމް ނުކުތީ މީޑިއާގެ ގިނަ ފާޑުކިއުންތަކެއް […]
އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ޔޫތު ސެންޓަރުގެ 2 ބެޑްމިންޓަން ކޯޓު މަރާމާތުކުރުމަށް ފަހުމުނާމައިގާ ސޮއި ކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރީ ބެންޒީ ޕްރައިވެޓް ލިމިޓެޑާ އެވެ. މިކަމުގެ އެއްބަސްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބެންޒީ ޕްރައިވެޓް ލިމިޓެޑް އާއި އެކު ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 08 މާރޗް 2023 ގައެވެ. މި މަސައްކަތް ހަވާލު ކުރެވިފައިވަނީ 784,080.00ރ (ހަތް ލައްކަ އަށްޑިހަ ހަތަރު ހާސް އަށްޑިހަ ރުފިޔާ) އަށް، 90 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މި އެއްބަސްވުމުގެ […]
މުޙައްމަދު އަފްރާޙް
އަންނަ މަހުން ފެށިގެން ކުނި ނެގުމުގެ ފީ ކަރަންޓު ބިލުގައި ހިމަނަން އެންވަޔަރަމަންޓް މިނިސްޓްރީން ނިންމައިފިއެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މާލޭގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދެމުންދާ ވެމްކޯ އަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތަށް ބައެއް ފަރާތްތަކުން ފައިސާ ނުދެއްކުން ކަމަށެވެ. ފައިސާ ނުދެއްކުމުގެ ސަބަބުން އެ ކުންފުނިން ކުނި އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ކުނި ޕްރޮސެސްކުރުމަށް ބޭނުންކުރާ އިކުއިޕްމެންޓުތައް އެކަށީގެންވާ ވަރަށް މަ...
އަޙްމަދު ވަހީދު
ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން 52 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 30,933 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 5,085 ކިއުބިކް […]
އަޙްމަދު ވަހީދު
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި އެ އަތޮޅު ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޕްރޮގްރާމްތަކާއި ގުޅޭ އެއްބަސްވުންތަކުގައި އެ ދެފަރާތުން މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ، އެ އަތޮޅުގެ ޑަބްލިއުޑީސީގެ ރައީސާއިންނާއި އެކު މިއަދު އެކަމަށްޓަކައި އަތޮޅު ކައުންސިލުގައި ބޭއްވު ހާއްސަ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ ޑަބްލިއުޑީސީތަކުން ވަނީ ބައިވެ...
އިބްރާހިމް ޚަލީލް
ހއ. ދިއްދޫގައި އަޅާ ޖޫނިއާ ކޮލެޖާއި ރ. އަލިފުށީގައި އަޅާ ޓިވެޓް ސެންޓަރ ހިންގާނެ ފަރާތްތަކެއް ހޯދަން އިއުލާން ކޮށްފިއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ މި މަސައްކަތަށް ސައުގުވެރިކަން ހުރިފަރާތްތަކުން ރިކުއެސްޓް ފޯރ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް 27 މާރޗް ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ހުށައެޅުމަށް އެދޭ ކަމަށެވެ. ރިކުއެސްޓް ފޯ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ބުނެއެވެ. […]
މުޙައްމަދު އަފްރާޙް
ރޯދަމަހު އުފެދޭ ޑިމާންޑާ އެއްވަރަށް އެސްޓީއޯ އިން ތަކެތި ބާޒާރަށް ނެރޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ކޮންމެ ހަފުތާއަކު ވެސް ބްރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިއުވާން ވިދާޅުވީ ޑިމާންޑާ އެއްވަރަށް ބާޒާރަށް ތަކެތި ނެރެން އެސްޓީއޯ އިން ޖުމްލަ ހަ ޝިޕްމަންޓެއް ގެންނާނެ ކަމަށާއި އޭގެ ތެރޭގައި، ރޯދަ މަހު އެންމެ ގިނައިން ބޭނުންކުރާ ފިޔާ، އަލުވި އަދި ބިސް ހިމެނޭ ކަމަށެވެ. އަދި […]
މުޙައްމަދު އަފްރާޙް
ސްޓެލްކޯގެ 4 މުވައްޒަފަކު މިއަހަރުވެސް ހައްޖާއި އުމްރާއަށް ފޮނުވަން ނިންމައި، އެ ފަރާތްތައް ގުރުއަތުން ހޮވައިފިއެވެ. އެފަރާތްތައް ހިވާފައިވަނީ ބުދަ ދުވަހުގެ ރޭ ކުޑަގިރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށާއި، ރަމަޟާން މަހަށް މަރުހަބާ ކިއުމާއި އެ ކުންފުނިން ދޭ ހައްޖާއި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށް ބޭއްވި ރަސްމިއްޔާތެކެވެ. ސްޓެލްކޯ އިން ބުނީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުޞަތަށް އިޖާބަދ...
މުޙައްމަދު އަފްރާޙް
“ޒަކާތު ނަފާ” ޕްރޮގްރާމްގެ ދަށުން ހދ. ނޮޅިވަރަމްގައި ގާއިމުކުރި 4 ގްރީންހައުސް (ފެހިގެ) އާއި ފެންދޭ ނިޒާމުގެ މަސައްކަތް ނިންމާލައިފިއެވެ. ޒަކާތު ނަފާ ޕްރޮގްރާމަކީ އިސްލާމިކް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ އިން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފަށާ ފުރަތަމަ ރަށަކަށް ނޮޅިވަރަމް ވާއިރު، މި ދަނޑުތަކަކީ 5000 އަކަފޫޓުގެ ބިމެއްގައި ހަދާފައިވާ ދަނޑުތަކެކެވެ. އެގްރޯނެޓުން ބުނީ މި 4 ގްރީންހައުސްއަކީ ފަރޓިގޭޝަން ސިސްޓަމްއާއެކު ބޮޑުމިނުގައި 16 ފޫޓް 50 ފޫޓުގެ ހިމެނޭ 4 ގްރީންހައުސް ކަމަށެވެ. […]
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް އިސްލާހު ކުރުމަށްޓަކައި ހައި ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ. ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ ހުކުމް އިސްތިއުނާފްކުރަން ޔާމީންގެ ފަރާތްޕުޅުން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އިސްތިއުނާފް އިސްލާހު ކުރުމަށްފަހު އަލުން ހުށަހަޅަން ޔާމީންގެ ވަކީލުންނަށް ކޯޓުން އެންގީ […]
ހުސައިން ހަބީބް
ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުސައިން ރިޒާއަށް ދީފިއެވެ. ހުސައިން ރިޒާ އަކީ، އެ ދާއިރާ ތަމްސީލްކުރައްވަނިކޮށް އަވަހާރަވި މެމްބަރު އިބްރާހިމް ރިޒާގެ ކޮއްކޮ އެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ބޭނުންވާ ޕީޕީއެމްގެ މެމްބަރުންނަށް ހުޅުވައިލުމުން އެކަމަށް ކުރިމަތިލައްވާފައިވަނީ ވެސް ހުސައިން ރިޒާ އެކަންޏެވެ. ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެޕާޓީގެ އާންމު މެމްބަރެއްގެ ގޮތުގައި މިހައިތަނަށް ހުނ...
މުޙައްމަދު އަފްރާޙް
އުރީދޫ މޯލްޑިވްސްއިން 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.04ރ. ބަހަން ފާސްކޮށްފިއެވެ. އެކުންފުނީގެ ބޯޑުން މިއަދު ކަނޑައަޅައި އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން ނިންމާފައިވަނީ މިދޔަ މަހުގެ 3 ވަނަ ދުވަހު ބޭއްވި ބޯޑުގެ ބައްދަލުވުމުގައެވެ. ހިއްސާއަށް ބަހާ ފައިސާގެ އަދަދު ފާސްކޮށްފައިވަނީ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ. މި ޖަލްސާގައި އެކުންފުނީގެ 125 ހިއްސާދާރުން ބައިވެރިވިއެވެ. އެގޮތުން، ހިއްސާއަކަށް 3.04ރ. ބަހަން ފާސްވީ ހިއްސަ...
އަޙްމަދު ވަހީދު
“ޤިބްލަ ހައްޖު އެންޑް އުމްރާ” ގެ ޑިސެމްބަރ މަހުގެ އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ އަގަކާއިއެކު ފުރުސަތު ހުޅުވާލައިފިއެވެ. ރާއްޖެއިން، އުމްރާ އަދި ހައްޖަށް މީހުން ގެންދާ ގްރޫޕުތަކުގެ ތެރެއިން ގިނަ ބައެއްގެ އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ މި ގްރޫޕުން މިއަހަރުގެ ޑިސެމްބަރު މަހުގެ އުމްރާއަށް އެދޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ 40 ޖާގައަށް އެދޭ ފަރާތްތަކުން ދައްކަޖެހެނީ 27،000 ރުފިޔާ ކަމަށް އެ ގްރޫޕުން ބުނެއެވެ. މިއީ 14 ދުވަހުގެ އުމްރާއެއް ކަމަށާއި އެ […]
މުޙައްމަދު އަފްރާޙް
ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ހުރިހާ ޝިޕްމަންޓެއް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރުތޮށި ލުމުގެ މަސައްކަތާއި މޫރިންގ ބްލޮކްސް ހަރުކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 73,120 ކިއުބިކް މީޓަރުގެ […]
އަޙްމަދު ވަހީދު
މިއަހަރުގެ ރަމަޟާން މަހަށް މަރުހަބާ ކިޔުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ ފޭސް2 ގައި ދަރުހެއް ބާއްވަން ނިންމައިފިއެވެ. އެޗްޑީސީ އިން ބުނީ މި ދަރުސް ބާއްވަނީ “ރަމަޟާން މަހަށް އިސްތިޤްބާލު ކުރުން” މިނަމުގައި ކަމަށެވެ. އަދި ދަރުސް ދެއްވާނީ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް ކަމަށެވެ. މި މާރޗު މަހުގެ 10 ވާ ހުކުރު ދުވަހުގެރޭ ހުޅުމާލެ ފޭސް 2 ގައި ހިޔާ ފިލެޓް އެޗް 12 ވަނަ ޓަވަރުގެ އުތުރުން […]
މުޙައްމަދު އަފްރާޙް
އަހަރުތަކަކަށް ފަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އޭސީ މިލާން ޖާގަ ހޯދައިފިއެވެ. މިލާން އެންމެ ފަހުން މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅެފައި ވަނީ 2011/12 ސީޒަންގައެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ފުރަތަމަ ލެގުގައި މިލާންގެ ދަނޑުގައި އެ ޓީމުން ވަނީ 1-0 ގެ ނަތީޖާއިން ޓޮޓެންހަމް ބަލިކޮށްފައެވެ. ދެވަނަ ލެގުގެ މެޗު ރޭ ޓޮޓެންހަމްގެ ދަނޑުގައި ކުޅުނުއިރު މި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް […]
އިބްރާހިމް ޚަލީލް
އިސްލާމިކް އިކޮނޮމިކްސްއާ ގުޅޭ ބައިނަލްއަގްވާމީ ކޮންފަރެންސް ފަށައިފިއެވެ. މި ކޮންފަރެންސް ކުރިއަށްދަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައެވެ. އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. މިނިސްޓަރ އަމީރު ވިދާޅުވީ އިސްލާމިކް ޓްރެޝަރީ މާކެޓް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށާއި އަމާޒަކީ އިސްލާމިކް ފައިނޭންސިންގެ ދާއިރާއިން ހުރި ފުރުސަތުތައް ބެލުން ކަމަށެވެ....
މުޙައްމަދު އަފްރާޙް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގައި ބަޔާން މިއުނިކާއި ޕީއެސްޖީ ބައްދަލުކުރި މެޗު، ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ބަޔާން ޖާގަ ހޯދައިފިއެވެ. މި ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ބަޔާނުންނެވެ. ބަޔާން ވަނީ ރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއިން ޕީއެސްޖީ ބަލިކޮށް، އެގްރިގޭޓް ނަތީޖާ 3-0 އިން ކުރި ހޯދައި މުބާރާތުގެ ކުއާޓާއިން ޖާގަ ކަށަވަރު […]
އިބްރާހިމް ޚަލީލް