ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓް، ގުރައިދޫ، ފިޔާތޮށިގެ، އަލީ އާރިފް (އާރިއްޕެ) ތައާރަފް ކުރުމުގެ ދަތުރުތައް މިއަދު އެ ޕާޓީން ފަށައިފިއެވެ. ކެންޑިޑޭޓް ތައާރަފް ކުރުމުގެ މި ދަތުރުގައި ކެންޑިޑޭޓާއެކު ޕާޓީގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ އެ ޕާޓީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެވެ. އެމްއެންޕީން ބުނި ގޮތުގައި ކެންޑިޑޭޓް […]
ޔުމްނާ ޢަލީ
މާލެ ސިޓީ ކައުންސިލްގެ “ފަންނުވެރިޔާ” ޕްރޮގްރާމް އިފްތިތާޙް ކޮށްފިއެވެ. ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް މާލެ ސިޓީ ކައުންސިލުން މި ޕްރޮގްރާމު އިފްތިތާހު ކޮށްފައިވަނީ ސަސްކެފޭގައި ބޭއްވި ހަފްލާއެއްގައި މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު އެވެ. މި ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ފެށުމަށް ނިންމާފައިވަނީ އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕެކެވެ. އެއްމަސް ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ވޯކްޝޮޕްގެ ފުރަތަމަ ބެޗުގައި މިހައިތަނަށް 45 ޒުވާނުން ވަނީ ބައިވެރިވެފައެވެ. މޭޔަރ ވ...
މުޙައްމަދު އަފްރާޙް
ދިވެހި ނޫސްވެރިންގެ ޓީމެއް ތަމްރީނު ހޯދުމަށް އިންޑިއާއަށް ފުރައިފިއެވެ. މިއީ “އިން ސާރވިސް ޓްރެއިނިންގ އޮފް އެޓިޑާރސް އެންޑް ޖާނަލިސްޓް އޮފް މޯލްޑިވްސް” ގެ ނަމުގައި އިންޑިއާގެ “އެމިޓީ ޔުނިވަރސިޓީ (ނޮއިޑާ)” އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. 8 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް އެޑިޓަރުންނާއި ނޫސްވެރިންގެ ވަފުދު އިންޑިއާ އަށް ފުރީ މިއަދުއެވެ. މީޑިއާ ދާއިރާގައި މަސައްކަތްކުރާ އެޑިޓަރުންނާއި ނޫސްވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޓްރެއިނިންގ ޕ...
އަލީ އާދިލް
މޫދުވިނަ އަދި ހުއިފަތަކީ ދުނިޔޭގެ އެއް ނަންބަރު ގަސްކާނާއެވެ. އަދި ނިސްބަތުން އެންމެ އަގުބޮޑު ގަސްކާނާގެ ބާވަތްތަކަކީ މިތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ގަސްކާނާއެވެ. ހަމައެހެންމެ ‘ކެލްޕް’، ‘ސީ ވީޑް’ އަދި ސީގްރާސް’ ބޭނުންކޮށްގެން ހަދާ ރީތިވާ ސާމާނާއި ސައިބޯންޏާއި ޝޭމްޕޫ ފަދަ ތަކެއްޗާއި ސައި އަދި ބޭހުގެ އަގު، އެފަދަ އެނޫން އެއްޗެހި ބޭނުންކޮށްގެން ހަދާ އެއްޗެއްސަށްވުރެ ބޮޑެވެ. މިކަމުގައި ފޮރުވިފައިވާ ސިއްރަކީ މޫދުވިނައިން ލިއްބައިދޭ ފައިދާތައް އިތުރުވެފައި ބޮޑުވުމެވެ. އެތަކެތި ތައްޔާރ...
ހުބާ ޕްލާންޓްސް
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ “ބިލެއްކަމަނަ” އެވޯޑް ހަ ފަރާތަކަށް އަރުވައިފިއެވެ. މިއީ ކޮންމެ އަހަރެއްގެ އަންހެނުންގެ ދުވަހާއި ގުޅުވައިގެން އެކި ދާއިރާތަކުން އެ ރަށުގެ ކަނބަލުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، އެ ކަނބަލުންގެ މަސައްކަތުގެ މާހައުލުގައި ބާރުވެރިކުރުވުމުގެ ގޮތުން ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުންދޭ ދެމުން އަންނަ އެވޯޑެކެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ނޮޅިވަރަންފަރު ސްކޫލުގައި ބޭއްވި...
އިބްރާހިމް ޚަލީލް
އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން މީޑިއާ އަށް މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެ އޮޕްރޭޝަން ހުއްޓައިލީ 72 ގަޑިއިރަށް ފަހު ކަމަށެވެ. މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ޖުމްލަ 2164ސކމ ގެ ސަރަޙައްދެއް މިހައިތަނަށް ބަލާފައިވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފިއެވެ. ކޮމަންވެލްތު ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރުގެ މިނިސްޓަރުންނާއި ބައްދަލުކުރެއްވުމަށް ނިންމާފައިވާ ކަމަށް ޚާރިޖީ އޮފީހުން ވިދާޅުވެއެވެ. އަދި އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާގުޅޭއި މުހިއްމު މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ލަންޑަނަށް ވަޑައިގ...
މުޙައްމަދު އަފްރާޙް
އިޓާލިއަން ލީގުގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނަޕޯލީން ރޭ އެތުލާންޓާއާއި ދެކޮޅަށް ކުޅުނު މެޗު ވެސް ކާމިޔާބު ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ނަޕޯލީން ވަނީ 2-0 ގެ ނަތީޖާއިން އެތުލާންޓާ ބަލިކޮށްފައެވެ. ލީގުގައި މިހާތަނަށް ނަޕޯލީން 26 މެޗު ކުޅެފައިވާއިރު އޭގެ ތެރެއިން 22 މެޗުން އެ ޓީމް ވަނީ މޮޅުވެފައެވެ. ދެ މެޗުން ބަލިވިއިރު ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ރޭ އެތުލާންޓާ އަތުން ލިބުނު ތިން ޕޮއިންޓާއިއެކު […]
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ ކުޅުނު މެޗުން ހަނިގޮތަކަށް އެ ޓީމް މޮޅުވިއިރު، ޗެލްސީ ވެސް އެ ޓީމް ކުޅުނު މެޗު ކާމިޔާބު ކޮށްފިއެވެ. ރޭ ރަށުން ބޭރުގައި ސިޓީ ބައްދަލު ކޮށްފައި ވަނީ ކްރިސްޓަލް ޕެލަސްއާއެވެ. މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ވެސް ނުރައްކާތެރި ތިން ހަމަލާއެއް ފޮނުވާލާފައެވެ. […]
އިބްރާހިމް ޚަލީލް
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ލިބޭ ޙައްޖު ކޯޓާތަކުގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޙާއްސަ ޙައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުންޏަށް 1444 ވަނަ އަހަރުގެ ޙައްޖަށް މީހުން ގެންދަން ލިބޭ ކޯޓާގެ ތެރެއިން %5، އެ ކުންފުނި މެދުވެރިކޮށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ، އަދި ޙައްޖު ޖާގަ ކަށަވަރުވާ ކަމަށް ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް […]
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޓޮޓެންހަމުން ފުރުޞަތުގެ ބޭނުން ހިފައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމުން ވަނީ 3-1 ގެ ނަތީޖާއިން ފޮރެސްޓްގެ މައްޗަށް ކުރި ހޯދާފައެވެ. ޕޮއިންޓް ތާވަލުގެ ފަސްވަނާގައި އޮތް ލިވަޕޫލް ރޭ ބޯންމައުތު އަތުން ބަލިވިއިރު، ހަތަރުވަނާގައި އޮތް ޓެޓެންހަމް މޮޅުވުމުން މި ދެ ޓީމްގެ ދެމެދު އޮތް ފަރަގުވަނީ ހަ ޕޮއިންޓަށް ބޮޑުވެފައެވެ. ޓޮޓެންހަމް ހަތަރުވަނާގައި އޮތީ ކުޅުނު 27 މެޗުން ލިބުނު […]
އިބްރާހިމް ޚަލީލް
ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ސަހައްދުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހިންގާ އާބަން ބޮލެވާޑް މަޝްރޫއުގައި ހިމެނޭ ކެފޭ/ރެސްޓޯރެންޓްތައް ހަދަން ހަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މީރުމާ ހޮޓެލްގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން ކެފޭ/ ރެސްޓޯރެންޓުތައް ހަދަން ހަވާލުކުރި ކުންފުނިތަކާއެކު އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ފައިނޭންޝަލް އޮފިސަރު އަހުމަދު ޝާމްއެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ: * ބްރަދާސް ކޭޓަރިން * ރެފްކޫލް * ސެލްސިއަސް ޕްރަ...
އަޙްމަދު ވަހީދު
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ޤަޠަރާއި ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ފުރަތަމަ ރައީސް ވަޑައިގަތީ ޤަޠަރަށެވެ. އެ ޤައުމަށް ވަަޑައިގެން އެ ޤައުމުގެ ދޯހާގައި ކުރިޔަށްދިޔަ އެކުވެރި ދައުލަތްތައް (އ.ދ)ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ޖެނެރަލް ޑިބޭޓްގައި އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ކޮންފަރެންސްގެ ހަވާސާގައި އެމަނިކުފާނު ވަނީ އ.ދގެ ސެކްރެޓަރީ ޖެނެރަލ...
ޔުމްނާ ޢަލީ
ކުރީގެ ޢަދަދާއިގުޅޭ، ” ތެދެއްތަ ނަދާ؟ ކިހިނެއްވީ ކުއްލިއަކަށް ދާން ބޭނުންވީ؟ އަނެއްކާ މަންމަމެން ގޯހީތަ؟ ނޫނީ މިގޭތެރެއިން ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް ހިނގީތަ؟ ” އަވަސް އަވަހަށް އަމީރާ ސުވާލު ކުރަމުން ދިޔައިރު ފަހުމީވެސް އިނީ ޖަވާބު ބޭނުންވާފަދަ ގޮތަކަށް ނަދާއަށް ބަލަހައްޓައިގެންނެވެ. ” ނޫނޭ މަންމާ! އެއްވެސްކަމެއް ނުވޭ! އަހަރެން ހަމަ މަންމަމެން ދެކިލާހިތްވީ! ޒައިންވެސް ކޯސް ދޫކޮށްލީމަ، ދެމީހުންވެސް މިކޮޅުގައެއްނު އަބަދުވެސް އުޅޭނީ! އެހެންވެ، ކުޑަކޮށް ޝޮޕިންގ ކޮށްލާށާއެކު މަންމަމެން ގާތަށް […...
ސަލާމާ ޢަބްދުލް ޢަލީމް
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ “އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023” ގައި އުންމީދު ޓީމުން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށް ކުރިއަށް ޖެހިލައިފިއެވެ. މި މުބާރާތުގެ ދެވަނަ ދުވަހުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލު ކޮށްފައި ވަނީ ޓީމް ހިޔަލައާއި ރޫޙް ޓީމެވެ. މި މެޗު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައި ވަނީ ހިޔަލަ ޓީމުންނެވެ. އެ ޓީމުން ސެޓްތައް ގެންގޮސްފައި […]
އިބްރާހިމް ޚަލީލް
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ”އިންޑިއާ ފަސްޓް” ޕޮލިސީ އަކީ ދިވެހި ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރުމަށާއި، ސަލާމަތްތެރިކަން ދެމެހެއްޓުމަށް މުހިންމު ސިޔާސަތެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ. މީސް މީޑިއާގައި ޚިޔާލު ފާޅު ކުރައްވަމުން ޝަރީފް ވިދާޅުވީ، ޤައުމުގެ ޚާރިޖީ ސިޔާސަތު ބައްޓަންވާން ޖެހޭނީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމުގެ މައްޗަށް ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ޚާރިޖީ ސިޔާސަތު ބިނާވެފައި ވަނީ އެ ގޮތައް ކަމަށް ވ...
ޔުމްނާ ޢަލީ
ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ދިއްދޫ ކައުންސިލާއި ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކަނބަލުންގެ ވާދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން އޭއާރު ޓީމުން ހޯދައިފިއެވެ. މި މުބާރާތް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، އޭއާރު ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ސްކޫލް ޓީމް ބަލިކޮށްގެންނެވެ. މި މުބާރާތުގައި ދިއްދޫގައި ހުރި މުއައްސަސާތަކާއި ކުލަބް ޖަމިއްޔާތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށް ވެސް ޓީމް ރަޖިސްޓަރީ ކުރުމުގެ ފުރު...
އިބްރާހިމް ޚަލީލް
ސްޕެނިޝް ލީގުގައި މިރޭ ޗެމްޕިއަން ރެއާލް މެޑްރިޑާއި އެސްޕަނިޔޯލް ބައްދަލުކުރި މެޗު ފަހަތުން އަރައި ރެއާލުން ކާމިޔާބު ކޮށްފިއެވެ. މިރޭ ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދާފައި ވަނީ އެސްޕަނިޔޯލުންނެވެ. މި ލނަޑު މެޗުގެ 8 ވަނަ މިނެޓުގައި އެސްޕަނިޔޯލްގެ ފަހަތުން ކުޅުނު ދިގު ބޯޅައެއް ހޯދައި އެ ޓީމްގެ ސަންޗޭޒް ސައޭޒް ރެއާލުގެ ގޯލު ކުރިމައްޗަށް […]
އިބްރާހިމް ޚަލީލް