ގއ. ވިލިނގިލީ ބަނދަރު ތަރައގީ ކުރުމުގެ މަޝްރޫއޫގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، އައު ހާބަ ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ 45 އިންސައްތަ ފުރިހަމަކޮށްފައެވެ. އަދި، އެއްގަމު ތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. މި މަޝްރޫއުގެ ދަށުން، 59,536.80 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަ ބޭސިން ފުންކުރުމާއި، 275 […]
އަޙްމަދު ވަހީދު
އާދެ، “ރޯދަކުރުކުރުމޭ” ބުނުމަކީ އެންމެ ރަނގަޅު ޢިބާރާތަކަށް ފަހަރެއްގައި ނުވެދާނެއެވެ. އެހެނީ، “ރޯދަކުރުކުރުން” ޢާންމުކޮށް ބޭނުންކުރެވެނީ ރޯދަ ހިފައިގެން ހުރެ އެ ދުވަހެއްގެ ވަގުތު ދުއްވައިލުމުގެ މާނައިގައެވެ. ނުވަތަ ރޯދަ ހިފައިގެން ހުރެ މުނިފޫހިފިލުވުމަށް ކުރެވޭ ކަންކަމަށެވެ. އެހެނަސް އެ ޢިބާރާތް ހަމަ އެ ގޮތުގައި ބޭއްވުމަށް ފަހު، މި ތަނުގައި އޭގެ މާނައަށް ބަދަލުތަކެއް ގެނެސް، ރަނގަޅު މާނައެއްގައި ބޭނުން ކުރުމަކީ މައްސަލައެއް ކަމަކަށް ނުފެނެއެވެ. މި ލިޔުމުގައި “ރޯދަކުރުކުރުން” މި މާނަކުރަނީ ރޯދަ...
ޝެއިޚް ޝަފީއު އަބްދުﷲ
ރަނގަބީލްގެ އަޑާއެކު ހުރިހާ ކުދިންވެސް ތެޅިގަތީ، އަވަހަށް ގެއަށްދާށެވެ. އިންޓަވަލަށް ލިބޭ ބައިގަޑި އިރުގެ ތެރޭގައި ރަނގަޅަށް ސައިބޮއިގެން ނާދެވިދާނެތީއެވެ .އަދި ސްކޫލާ ދުރުގައި އުޅޭ ކުދިންނަށް އަވަހަށް ގެއަށް ނުދެވިދާނެތީއެވެ. އެހެން ކުދިން ފަދައިން އަހަރެންވެސް އަވަސް އަވަހަށް ގެއާދިމާލަށް މިސްރާބުޖެހީމެވެ. ފަޔަށް ލެވުނުހާ ބާރެއްލައިފައި އަހަރެން ހިނގީމެވެ. ގެއާއި ހަމައަށް އާދެވޭއިރު ހުންނަނީ ވަރުބަލިވެފައެވެ. އަދި މުޅިމީހާ ދާހިއްލާ ފޯވެސްވެފައެވެ. އެހެންކަމުން އާދައިގެ މަތިން މިއަދުވެސް އަހަރ...
ސަލާމާ ޢަބްދުލް ޢަލީމް
މޯލްޑިވްސް ރީޕޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން ފާޅު ކުރައްވައިފިއެވެ. ފާރިސް މިކަން ހާމަކުރެއްވީ ކްލަބްހައުސްގައި “މާއްދާ27” ގްރޫޕުގައި ވާހަކަ ދައްކަވަމުންނެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާފާނަންތޯ ބައިވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފާރިސް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރޭނަމަ، ވާދަކު...
މުޙައްމަދު އަފްރާޙް
ކުރީގެ ޢަދަދާއިގުޅޭ، ” ސަޕްރައީޒް!….” ހެވިފައި އެތެރެއަށް ވަތް ނަދާފެނި ޒައިންއަށް ތެޅިގަނެވުނެވެ. އުޝާއަށްވެސް ކުއްލިއަކަށް ދުރަށް ޖެހިލެވުނެވެ. ނަދާގެ ފަހަތުން ހެވިފައި އަމީރާއާ ފަހުމީވެސްވަނީ ހެމުންނެވެ. ޒައިންއާ އުޝާ އެހާ ގާތުން ފެނުމުން ނަދާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހެވިފައިވާ އޭނާގެ މޫނުމަތި ބަދަލްވެގެން ދިޔަގޮތް އުޝާއަށް ރަނގަޅަށް ފެނުނެވެ. ޒައިން އަވަސް އަވަހަށް އުޝާއާ ދުރަށް ޖެހިލަމުން ކޮޅަށް ތެދުވިއެވެ. ކުއްލިއަކަށް ނަދާ ފެނުމުން އޭނާއަށް ލިބުނީ ހައިރާންކަމެވެ. ހުއްޓުން އަރާފައި ހ...
ސަލާމާ ޢަބްދުލް ޢަލީމް
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ އޮބްޒާވަރުންނަށް ވުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ. އެ ކޮމިޝަނުން ބުނީ ރިޔާސީ އިންތިޚާބު އޮބްޒާވްކޮށް، މޮނިޓަރ ކުރުމަށް ޝައުގުވެރިވާ ބައިނަލްއަޤްވާމީ އެސޯސިއޭޝަންތަކާއި ސޮސައިޓީތަކާއި ބޭރުގެ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. މިކަމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މާރިޗު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސ...
މުޙައްމަދު އަފްރާޙް
ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވާ ސިޔާސީ ހަރަކާތް، ”ފިކުރެއްގެ ދިރުން” އަކީ އަމާޒެއް ނެތި ދަތުރުކުރާ ބޮއްކުރައެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. ޝަރީފް މި މޭރުމުން ވިދާޅުވީ، ރައީސް ޞާލިޙް ދެވަަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތްޕުޅަށް އެމަނިކުފާނުގެ ވެރިކަންކުރައްވާ މިހާރުގެ އިއްތިހާދުގައި ހިމެނޭ ބައެއް ޕާޓީތައް އާނބަސް ނުބުނުމުން އެކަމާއި ގުޅިގެން މާފަންނު އުތުރު ދާއިރާގެ މ...
ޔުމްނާ ޢަލީ
މިިދިޔަ އަހަރު އެންމެ ހޫނު ގަދަ ދުވަސްތައް އައީ ހދ. ހަނިމާދުއަށާއި ލ. ކައްދު އަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފިއެވެ. އެ އިދާރާ އިން ހާމަކުރި ރާއްޖޭގެ މިދިޔަ އަހަރުގެ މޫސުމީ ރެކޯޑްތަކުން ދައްކާ ގޮތުގައި އެ ދެ ރަށަށް ވެސް އެންމެ ހޫނު ގަދަ ވި ދުވަހު، 33.8 ޑިގްރީ ސެލްސިއަސް އަށް ފިނިހޫނުމިން އަރާފައި ވެއެވެ. ތަފާސް ހިސާބުން ދައްކާ ގޮތުގައި ހަނިމާދުއަށް ހޫނު ގަދަވީ މިދިޔަ އަހަރުގެ އޭޕްރިލް […]
މުޙައްމަދު އަފްރާޙް
ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މޮޓޮކޭޑަށް ހުރަސް އެޅި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. އެ މައްސަލައިގާ މީގެ ކުރުން ވެސް 4 މީހަކު ހައްޔަރުކޮށްފައިވާއިރު، އިއްޔެ ހައްޔަރުކޮށްފައިވަނީ 54 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާގެ ބަންދަށް 5 ދުވަސް ވަނީ ޖަހާފައެވެ. ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެއީ ހުޅުމާލޭގައި ބޭއްވި ރެހެންދި އެވ÷ޑު ހަފުލާއަށް ފަހު، މޭލެ ވަޑައިގަންނަވަނިކޮށެވެ. އިދިކޮޅު މުޒާހަރާގެ ބައިވެރިން ހުރަސްއަޅާ، ސެކިއުރިޓީ ބް...
މުޙައްމަދު އަފްރާޙް
ތިން ރަށެއްގެ ބައި އިލެކްޝަން ބާއްވާ ތާރީޚު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކޮށްފިއެވެ. އީސީ އިން އިއުލާން ކޮށްފައިވަނީ ވ. ރަކީދޫ، ވ. ތިނަދޫ އަދި އދ. ދިއްދޫ ގެ ބައި އިލެކްޝަން މެއި 6 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރަކީދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި ވ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ […]
މުޙައްމަދު އަފްރާޙް
ބ. އަތޮޅު ފަރެސްގައި ތަރައްގީކުރާ ރިސޯޓު މެއި މަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ. އަވާނީ ހޮޓެލްސް އިން ތަރައްގީ ކުރާ މި ރިސޯޓު ހުޅުވުމަށް ތާވަލުކޮށްފައިވަނީ އަންނަ މެއި މަހުގެ ފުރަތަމަ ދުވަހުއެވެ. ގާތްގަޑަކަށް 70 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާ މި ރިސޯޓުގައި ސްޓޫޑިއޯ، ބީޗު ވިލާ އަދި އޯވަރ ވޯޓަރ ވިލާތައް ހުންނާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މީގެ އިތުރުން ތަފާތު ކެއުންތައް ލިބޭ ރެސްޓޯރެންޓަކާއި، އަވާނީ ސްޕާ އަދި ބޮޑު ސްވިމިންގ ޕޫލެއް […]
މުޙައްމަދު އަފްރާޙް
ޔޫރޯ 2024، ކޮލިފައިން ގްރޫޕް ބީގެ ފުރަތަމަ މެޗުތައް ރޭ ކުޅެފައިވާއިރު، މި ގްރޫޕުގައި ނެދަލެންޑްސްއާއި ފްރާންސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ފްރާންސުން ކާމިޔާބު ކޮށްފިއެވެ. ރޭ މެޗަށް ނެދަލެންޑްސް ނުކުމެފައި ވަނީ ކާނާ ވިހަވުމުގެ ސަބަބުން އެ ޓީމްގެ މުހިންމު ބައެއް ކުޅުންތެރިން ނުލައެވެ. ކާނާވިހަވެ މެޗުގެ ކުރިން ޓީމްގެ ކޭމްޕް ދޫކޮށް ދިޔަ ކުޅުންތެރިންގެ ތެރޭގައި ކޯޑީ ގަކްޕޯ، މަތައިސް ޑި ލިޓް، ޖޯއީ ވާމެން، ބާޓް ވާބްރުގެން ހިމެނެއެވެ. ރޭ ފްރާންސްގައި ކުޅުނު […]
އިބްރާހިމް ޚަލީލް
އުރީދޫ މޯލްޑިވްސް އިން މި ރޯދަމަހު ކޮންމެ ހުކުރު ދުވަހަކު އާއްމުންނަށް ރޯދަ ވީއްލުމެއް ދޭން ނިންމައިފިއެވެ. އެ ކުންފުނިން ވަނީ”ކޮމިއުނިޓީ އިފްތާރު” ގެ ފުރަތަމަ ރޯދަވީއްލުން އިއްޔެ ސަލްމާން މިސްކިތުގައި ބާއްވާފައިފައެވެ. “ކޮމިއުނިޓީ އިފްތާރު” އަކީ ރޯދަމަހަށް ހާއްސަކޮށްގެން ބާއްވާ “ހަދިޔާ” ދިނުމާއި ބަދަލުކުރުމުގެ ކެމްޕެއިންގެ ދަށުން އާއްމުންނަށް ހުޅުވާލައިގެން އުރީދޫން ބާއްވާ ހަރަކާތެކެވެ. އެ ކުންފުނިން ނިންމާފައި ވަނީ މި ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހެއްގައި އާންމުންނަށް ހުޅުވާލައިގެން ރޯދަވީއްލު...
އަޙްމަދު ވަހީދު
އިންސާނެއްގެ އަޅަކަށްވުމަކީ ނިކަމެތިކަމެއް، ދެރަކަމެއް ކަމަށާއި އެހެންނަމަވެސް މުޅި ކާއިނާތުގެވެރި އިލާހުގެ އަޅަކަށްވުމަކީ އެ އަޅަކަށް ލިބޭ މަތިވެރިކަމެއް އަދި ޝަރަފެއްކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ”ލޮބުވެތި ނަބިއްޔާގެ ޙަޔާތްޕުޅުން” މި މައުޟޫޢަށް، އައްޑޫ ހައި ސްކޫލު ހޯލުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި އިޙްޔާ ފޯރަމުގައި ތަޤްރީރު ކުރައްވަމުންނެވެ. ޑރ. އަލީ ޒާހިރު ވިދާޅުވީ ނަބިއްޔާގެ ސީރަތުން ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެ ކަމަށެވެ....
މުޙައްމަދު އަފްރާޙް
“ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން ފީޗަރ ފިލްމެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން ޖެންޑަރ މިނިސްޓްރީން އިއުލާން ކޮށްފިއެވެ. އެ މިނިސްޓްރީން ވިދާޅުވީ، އެ ފިލްމު ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުމަށް އަންނަ މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 10 ޖެހުމާއި ހަމައަށް ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވެއެވެ. މި ފިލްމަކީ ދެމަފިރިންގެ ފުރިހަމަ ބައިވެރިވުމާ އެކު ކުރެވޭ މަސައްކަތުން އާއިލާއަކަށް ލިބޭ ހަމަޖެހުމާއި […]
މުޙައްމަދު އަފްރާޙް
ރާއްޖެ ޓީވީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރަމެންޓް ގުޅިގެން މިރޯދަމަހު ކުރިޔަށް ގެންދާ “ރަންތާޖު” ޤުރުއާން މުބާރާތް މިރޭ އިފްތިތާޙްކޮށްފިއެވެ. މިއީ ރިއަލިޓީ ޝޯވއެއްގެ ގޮތުގައި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޤުރުއާން މުބާރާތެވެ. މިމުބާރާތުގެ ފުރަތަމަ ޝޯވ މިރޭ ވަނީ ރާއްޖެޓީވީން ދައްކާފައެވެ. ރަންތާޖު ޤުރުއާން މުބާރާތް މިރޭ އިފްތިތާހްކޮށް ދެއްވީ، ނައިބު ފައިޞަލް ނަސީމްމެވެ. މި މުބާރާތް ހުޅުއްވައި ދެއްވައި، ނައިބު ރައީސް ފައިސ...
ޔުމްނާ ޢަލީ
ޝަރީޢަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް އަވަހަށް ނިންމައިދޭން ގޮވައިލާ މޯލްޑިވިސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހަށް ސިޓީއަކުން ދަންނަވައިފިއެވެ. މިދިޔަ ބުދަ ދުވަހު ފޮނުއްވާފައި މި ސިޓީގައި އެމްއެންޕީން ބުނެފައި ވަނީ، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމުގެ ސަގާފަތެއް ރާއްޖޭގެ ކޯޓުތަކުން ކުރިއަށް ގެންދާތީ އެ ސަގާފަތަށް ނިމުމެއް ގެންނަން ޖެހޭކަމަށް ދެކޭ ކަމަށެވެ. މި ސިޓީއާއި ގުޅިގެން އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ސިޓީއަކީ ޝަރީޢަތް ނިމެން...
ޔުމްނާ ޢަލީ
އައްޑޫ ސިޓީގައި އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު މެންދުރުފަހު އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި ރަސްމިއްޔާތުގައި އައްޑޫސިޓީގެ އިސްލާމީ މަރުކަޒު ތަރައްޤީކުރުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައި ވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. މަސައްކަތުގެ ކޮންޓްރެކްޓަރ ފެޑޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިނ...
ޔުމްނާ ޢަލީ