ބޯގަންވިލާ މަލުގެ ކުލަތަކުން ހއ.ހޯރަފުށި ޒީނަތްތެރި ކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް ހިންގުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. “ހޯރަފުށީގެ ކޮންމެ ގެއަކުން، ކޮންމެ އިދާރާއަކުން ބޯގަންވިލާގެ ޗާލުކަން” މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމިގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށަކީ ފެހިކަންގަދަ ތިމާވެއްޓެއް ލިބިގެންވާ ރަށަކަށް ހެދުމާއި އެ ރަށަކީ މާމެލާމެލިން ޒީނަތްތެރިވެފައިވާ ރަށަކަށް ހެދުމެވެ. ގޭ ދޮރޯށި މަތިން ފެންނަ ގޮތަށް ބޯގަންވިލާ ހައ...
އިބްރާހިމް ޚަލީލް
ރަމަޟާން މަހުގެ އިނާޔަތް ނުލިބޭނަމަ، ޝަކުވަ ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އެދިއްޖެއެވެ. އެ އޮތޯރިޓީން ބުނީ އެކަމަށް ޝަކުވާ ހުށަހެޅުމަށް އެދޭ ފޯމު އެ އޮތޯރިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި އެ އޮތޯރިޓީއަށް ގޮސްގެން ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް އެތަނެއްގައި ވަޒީފާ އަދާކުރާ މުސްލިމު މުވައްޒަފުންނަށް ދޭ ރަމަޟާން އިނާޔަތުގެ ކޮންމެ މުސްލިމް މުވައްޒަފަކަށް 3000 ރުފިޔާ ދިނުމަށް ގާނޫނު ލާޒިމު ކުރެއެވެ. އެހެންނަމަވެސް ވަޒީފާ ދޭ […]
މުޙައްމަދު އަފްރާޙް
ރާއްޖޭގެ 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑު ޝަމްހާ އަހްމަދު އައު ކޮށްފިއެވެ. އޭނާ މި ރެކޯޑު އައު ކުރީ ނެދަލެންޑްސްގެ ވެންލޫޕް ހާފް މެރަތަންގައި ދުވެ، 39 މިނިޓް 34 ސިކުންތުން ނިންމައިގެންނެވެ. މި ރެކޯޑު މީގެކުރުން ވެސް އޮތީ އުމުރުން 40 އަހަރުގެ ޝަމްހާ އަތުގައެވެ. އެއީ އޮސްލޯ މެރަތަންގައި ދުވެ، 40 މިނިޓް 39 ސިކުންތުން ރޭސް ނިންމައިގެންނެވެ. ޝަމްހާ އަމިއްލަ ރެކޯޑު އައުކޮށްފައިވާއިރު، އޭނާ ވަނީ މި ރޭހުގައި އުމުރުފުރާ ކެޓަގަރީން ރަން […]
މުޙައްމަދު އަފްރާޙް
އިހަވަންދިއްޕޮޅު ޕޯޓު ބަނދަރު މަޝްރޫއު ފެށުމަށް ގަވާއިދުތައް ބަދަލުކުރަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ. އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރުކުރާ އާގުބޯޓުތަކަށް ޚިދުމަތްދޭން ފެށެމުގެ މަސައްކަތްތަކާއި ބެހޭގޮތުން މެމްބަރު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާލުވެފައިވަނީ އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމެންޓް ބަނދަރެއް ތަރައްޤީކުރެވެނ...
މުޙައްމަދު އަފްރާޙް
އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރގެ މަޤާމަށް މޭޖަރ ޙުސައިން ރަޝީދު އައްޔަން ކުރައްވައިފިއެވެ. އޭނާ މި މަގާމަށް އައްޔަން ކުރެއްވީ މި މާރިޗު މަހުގެ 26 ވަނަ ދުވަހުއެވެ. އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކީ، ސިފައިންގެއާ ބެހޭ މަޢުލޫމާތު ރަސްމީކޮށް މީޑިއާތަކަށް ފޯރުކޮށްދޭ ފަރާތެވެ. ސިފައިންގެ މީހަކު އެމީހެއްގެ އަމިއްލަ ފަރުދީ ހައިސިއްޔަތުން އެއްވެސް މީޑިއާއަކަށް މަޢުލޫމާތު ދިނުމަކީ މަނާކަމެކެވެ. މިފަދަ މަޢުލޫމާތު، ދެވޭނީ އެކަމަށް ކަނޑައަޅާފައި ހުންނަ އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކަށް، ނުވަ...
މުޙައްމަދު އަފްރާޙް
މިހާރު ކުރިއަށްދާ ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި އިންގްލެންޑުން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފިއެވެ. މި ހަފްތާގައި ޔޫރޯ ކޮލިފައިން ފަށާފައިވާއިރު، ގްރޫޕް ސީގައި އިންގްލެންޑް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ 2-1 ގެ ނަތީޖާއިން އިޓަލީ ބަލިކޮށްފައެވެ. ދެވަނަ މެޗުގައި ރޭ އިންގްލެންޑުން އަމިއްލަ ދަނޑުގައި ނުކުތީ ޔުކްރެއިންއާއި ދެކޮޅަށެވެ. އެ މެޗު 2-0 ގެ ނަތީޖާއިން އިންގްލެންޑުން ވަނީ ކާމިޔާބު ކޮށްފައެވެ. ރޭގެ މެޗުގައި އިންގްލެންޑްގެ ބުކަޔޯ ސަކާ […]
އިބްރާހިމް ޚަލީލް
އަބަދުވެސް ތިބެންވާނީ މަރަށް ތައްޔާރުވެގެން ކަމަށް ޤައުމީ ޔުނިވާސިޓީގެ ޝަރީޢާ ފެކަލްޓީގެ ޑީން ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނު ވިދާޅުވެއްޖެއެވެ. ޑރ. އަބުދުއްސައްތާރު މިހެން ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަވާ މިއަހަރުގެ އިހްޔާ ފޯރަމްގައި އާދީއްތަ ދުވަހުގެ ރޭ ތަޤްރީރު ކުރައްވަމުންނެވެ. އާދީއްތަ ދުވަހުގެ ރޭ ބޭއްވި އިހްޔާ ފޯރަމްގެ މައުޟޫއަކީ ” މަރާއި މަރުހިއްޕެވުން ” އެވެ. މި އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން ޑރ. ޢަބްދުއްސައްތާރު ވިދާޅުވީ، މަރަކީ ކަނޑައެޅިފައިވާ ކަމެއްކަމަ...
ޔުމްނާ ޢަލީ
ހއ.ދިއްދޫ މިޑިލް ސްޕޯރޓްސް ކުލަބުން އިންތިޒާމްކޮށްގެން މި އަހަރުގެ ރަމަޟާން މަހު އެ ރަށުގައި ކުރިއަށް ގެންދާ “ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444” ޤްރުއާން މުބާރާތުގެ އެންމެ މޮޅު 15 ބައިވެރިން އެ އަތޮޅު އުތީމަށް ހާއްސަ ޒިޔާރަތެއް ކޮށްފިއެވެ. މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ފަނަރަ ބައިވެރިން މިއަދު ހަވީރު އުތީމަށް ކުރި ހާއްސަ ޒިޔާރަތުގައި، އެ ބައިވެރިންގެ ބެލެނިވެރިން ވެސް ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން މިޑްލް ސްޕޯޓްސް […]
އިބްރާހިމް ޚަލީލް
ކޮންމެހެން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅެއް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ސެއިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފިޔަވަޅު އެޅުމަކީ ހިތިކަމާއި ފޮނިކަން އެކުލެވިގެންވާ ކަމެއްކަން ރައީސް ޞާލިޙަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ‘’ކޮންމެހެން އަޅުވަން ޖެހިވަޑައިގަންނަވާ ފިޔަވަޅެއް އަޅުއްވާނެކަން ކަން ދަންނަ މީހުންނަށް އެނގޭ’’ އިމްރާން ވިދާޅުވެފަވެއެވެ. އެއަށްފަހު އިމްރާން ވިދާޅުވ...
ޔުމްނާ ޢަލީ
ސްޓޭޓް ޓްރޭޑިން އޯގަނައިނޭޝަން (އެސްޓީއޯ) ގެ ހިންގުން ވަގުތީގޮތުން އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމްއާ ހަވާލުކޮށްފިއެވެ. އެސްޓީއޯ އަށް މި ބަދަލު ގެނެސްފައިވަނީ މިއަދު އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން އަމްރު، މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އެސްޓީއޯއިން ވަނީ އެކަން ހާމަކޮށް ޓްވީޓެއްކޮށްފައެވެ. އެސްޓީއޯ އިން ބުނީ އެ ކުންފުނީގރ ހިންގުން ވަގުތީގޮތުން ނިޒާމްއާ ހަވާލުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސ...
އަޙްމަދު ވަހީދު
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ރީ ރެޖިސްޓްރީ ވުމަށް މި މަހުގެ 30ގެ ނިޔަލަށް ހުޅުވާލައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ގުރައިދޫ، މާފުށި އަދި ގުޅީގެ ރައްޔިތުންގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން ކަމަށެވެ. މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެ ކަމަށާއި އެހެން ނޫނ...
މުޙައްމަދު އަފްރާޙް
މިއަހަރުގެ ފުރަތަމަ ތިން މަހު ބައިލައްކަ އާ ގާތަށް ފަތުރުވެރިން އަތުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖެނިއަރީން މާރިޗު މަހުގެ 24 ވަނަ ދުވަހާއި ހަމައަށް 483،624 ޓޫރިސްޓުން ވަނީ ރާއްޖެއަށް އައިސްފައެވެ. އެ މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް ރާއްޖެއަށް އެވްރެޖްކޮށް 5،794 ޓޫރިސްޓުން އަންނައިރު، މިއަހަރުގެ ބައިލައްކަ ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެއަށް އަންނާނެއެވެ. ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ 1.8 މިލިއަން...
މުޙައްމަދު އަފްރާޙް
ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި ރަމަޟާން މަހު ކުރިއަށް ގެންދާ “ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444” ޤުރުއާން މުބާރާތުގެ ފުރަތަމަ ބުރު ނިންމައި ދެވަނަ ބުރަށް ބައިވެރިން ހޮވައިފިއެވެ. މި މުބާރާތުގެ އޮޑިޝަން ބާއްވާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އޮޑިޝަނުން މުބާރާތަށް ހޮވާފައި ވަނީ 20 ބައިވެރިންނެވެ. މި 20 ބައިވެރިންނާއިއެކު މުބާރާތުގެ […]
އިބްރާހިމް ޚަލީލް
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރި 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރި އަމުރުގެ އިސްތިއުނާފު ހައި ކޯޓުން ބަލައިގެންފި އެވެ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރަށް އެ މައްސަލާގައި ލޯންޑާ ކުރި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައުލަތަށް ދޭން ކޯޓުން މިދިޔަ މަހު އަމުރެއް […]
ހުސައިން ހަބީބް
ގދ. މަޑަވެލި – ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ ދަށުން، ބްރިޖް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މިހާރު ކުރަމުން ދަނީ ބްރިޖުގެ ފައުންޑޭޝަން ޕައިލް ޖެހުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 260 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ކޯޒްވޭގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި، 285 ސްޕަން ޕައިލް ހަރުކުރުމާއި، 4596 […]
އަޙްމަދު ވަހީދު
ޖަލުގެ އާބާދީގެ 80 އިންސައްތަ ގައިދީންނަކީ އެންޑީއޭގެ ފަރުވާނުލިބި ތިބި މީހުން ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝަމާޢު ޝަރީފް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ގުޅިގެން ކުރި މަސައްކަތުން، ޖަލުތަކުގައި ހިންގާ ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރަން ޖެހޭ 300 މީހުން، އެ ޕްރޮގްރާން ފުރިހަމަނުކޮށް އެބަތިބިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މަސްތުވާތަކެތި ހާލަތު ގެނެގަތުމަށް ހެލްތު މިނިސ...
މުޙައްމަދު އަފްރާޙް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަކޮށް ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ. ބީއެމްއެލުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން، ކަސްޓަމަރުން ކުރާ މުއާމަލާތްތަކަށް ފައިސާ އަނބުރާ ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެމެރިކަން އެކްސްޕްރެސް ކާޑުތަކުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް މި ޕްރޮމޯޝަނުގެ ގުރުއަތުގައި ބައިވެރިކުރެވޭނެ ކަަމަށް އެ ބޭންކުން ބުނެއެވެ. ބީއެމްއެލުން ބުނި ގޮތުގައި...
އަޙްމަދު ވަހީދު
މިދިޔަ އަހަރު ފަހުކޮޅު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ސްޕެއިން ކެޓުމާއި ގުޅިގެން އޭރު ކޯޗުގެ މަގާމުގައި ހުރި ލުއިސް އެންރީކޭ އެ މަގާމުން އިސްތިއުފާ ދިނުމާއިއެކު ސްޕެއިންގެ އައު ކޯޗަކަށް ހަމަޖެއްސި ފުއެންޓޭގެ އިރުޝާދުގެ ދަށުން ސްޕެއިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ. ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް އޭގައި ރޭ ސްޕެއިންއާއި ނޯވޭ ބައްދަލުކުރި މެޗު ސްޕެއިނުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. ރޭގެ […]
އިބްރާހިމް ޚަލީލް