މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,471 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1050 ވަނަ ޞަފްޙާ

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (29)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (29)

ކުރީގެ އަދަދާއިގުޅޭ، ” އަހަރެން އަބަދުވެސް މަންމައާ ބައްޕައަށް ޤަދަރުކުރަން! އިޙްތިރާމްކުރަން! އެކަމަކު މަންމަ ތި ދައްކާ ވާހަކަތަކުން އަހަންނަށް ވަރަށް އަސަރުކޮށްފި! މިއަދު އަހަރެން ވަރަށް ދެރަވެއްޖެ! މަންމަމެން ވިސްނީ އަހަންނާމެދުއެއް ނޫން! އެދުވަހު މަންމަމެން ވިސްނީ ހަމައެކަނި ނޫޙުއަށް! އެންމެ ރަނގަޅު! އަހަރެން ސުވާލެއްކޮށްލަންތަ؟ އެގޮތަށް ކަންތައް ކުރީމަ، ނޫޙުގެ ބައްޕަގެ ލޯބި ނޫޙުއަށް ލިބުނުތަ؟ ނޫޙުއަށް އެކަމުގެ ސަބަބުން ލިބުނީ ކޮން އުފަލެއްތަ މަންމާ؟ ނޫޙުއަށް އެދުވަހުން ފެށިގެން މިއަދާ ހަމައ...

ސަލާމާ ޢަބްދުލް ޢަލީމް
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މއ. ބޯގަންވިލާ ގޭގަ އެވެ. އެ ސަރަހައްދުގައި ހުރި މީހަކު ”ތިލަދުން” އަށް ބުނީ އެ ގޭތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނާތީ ފެންނަކަމަށެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ދެންމެ ވިދާޅުވީ، މއ. ބޯގަންވިލާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން ވިދާޅުވިގޮތުގައި އެ ގޭގައި ރޯވި އަލިފާން އެމްއެންޑީއެފްގެ ފަޔާ...

ޔުމްނާ ޢަލީ
ޗާލްސް ތަހުތުގައި ވެޑުވުމުގެ އިޙްތިފާލުގައި ރައީސްގެ ދެ ކަނބަލުން ބައިވެރިވެވަޑައިގެންފި

ޗާލްސް ތަހުތުގައި ވެޑުވުމުގެ އިޙްތިފާލުގައި ރައީސްގެ ދެ ކަނބަލުން ބައިވެރިވެވަޑައިގެންފި

އިނގިރޭސި ވިލާތުގެ ރަސްގެފާނު ހިޒް މެޖެސްޓީ ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ އިޙްތިފާލުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ. ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ އިޙްތިފާލު ބާއްވަވާފައި ވަނީ ލަންޑަންގެ ވެސްޓްމިންސްޓަރ އެބީގައެވެ. މި އިޙްތިފާލުގައި ބައިވެރިވެވަޑައިގެންވި ޢިއްޒަތްތެރިންގެ ތެރޭގައި އިނގިރޭސި ޝާހީ ޢާއިލާގެ މެންބަރުންނާއި 203 ޤައުމެއްގެ މަންދޫބުން ހިމެނޭހެން 2200 އަށްވުރެ ގިނަ ޢިތްޒަތ...

ޔުމްނާ ޢަލީ
އދ. ދިއްދޫ ކައުންސިލްގެ ބައި-އިލެކްޝަން އެމްއެންޕީގެ އަނީސް ކާމިޔާބުކޮށްފި

އދ. ދިއްދޫ ކައުންސިލްގެ ބައި-އިލެކްޝަން އެމްއެންޕީގެ އަނީސް ކާމިޔާބުކޮށްފި

އދ. ދިއްދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑީގެ ބައި އިލެކްޝަން، މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް އަނީސް މުޙައްމަދު ކާމިޔާބު ކޮށްފިއެވެ. މިއަދު އޮތް އދ. ދިއްދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑީގެ ބައި އިލެކްޝަންގައި ވާދަކުރީ އެމްއެންޕީގެ ކެންޑިޑޭޓް އަނީސް މުހައްމަދުގެ އިތުރުން އަމިއްލަ ކެންޑިޑޭޓް ރަޝީދާ އާދަމްއެވެ. މި އިންތިޚާބުގެ ވަގުތީ ނަތީޖާ އިލެކްޝަން ކޮމިޝަން (އީސީ) އިން މިހާރު ޢިއުލާންކޮށްފައިވާއިރު، އެމްއެންޕީގެ އަނީސް އަށް ލިބިފައި ވަނީ 62 ވޯޓެވެ. އަމިއްލަ ކެންޑިޑޭޓް ރަޝީދާ...

ޔުމްނާ ޢަލީ
ފުލުހުންގެ ބަންދުގައި ހުއްޓާ ފިލި މީހާ ރަށެއްގެ ފަޅުތެރޭން ފެނިއްޖެ

ފުލުހުންގެ ބަންދުގައި ހުއްޓާ ފިލި މީހާ ރަށެއްގެ ފަޅުތެރޭން ފެނިއްޖެ

އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލާފައިވާ މީހާ ރަސްދޫ ކައިރީ އޮންނަ ރަށެއްގެ ފަޅުތެރޭގައި ހުއްޓާ ފެނިއްޖެއެވެ. ރަސްދޫ ފުލުހުންގެ އިދާރާގައި ބަންދުގައި ހުއްޓާ ފިލާފައިވަނީ އއ. ހިމަންދޫ، ދަނބުގެ ހުސައިން ޝަޙްބާނެވެ. އޭނާއަކީ އުމުރުން 25 އަހަރުގެ މީހެކެވެ. އޭނާ ފިލާފައިވަނީ މި މެއި މަހުގެ 5 ވަނަ ދުވަހު ގޮޅިން ނެރެފައި ހުއްޓައެވެ. އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ވެސް ފުލުހުން މިއަދު އެދުނެވެ. ފުލުހުން މިރޭ ވިދާޅުވީ، ފުލުހުންގެ […]

ޔުމްނާ ޢަލީ
މުވާސަލާތީ ގުޅުން ކެނޑުނު ލޯންޗް ފެނިއްޖެ

މުވާސަލާތީ ގުޅުން ކެނޑުނު ލޯންޗް ފެނިއްޖެ

މާލެއިން ފުރައިގެން ދ. މީދޫ އަށް ދަތުރުކުރަނިކޮށް ރާޅެއް އަރައި، މުވާސަލާތީ ގުޅުން ކެނޑުނު ލޯންޗް ފެނިއްޖެއެވެ. މާލެއިން ފުރައިގެން ދ. މީދޫ އަށް ދަތުރުކުރި ވިޝަން އެކްސްޕްރެސް ލޯންޗެއް ފ. ފީއަލި އާާއި 7 ނޯޓިކަލް މޭލު ބޭރުން ރާޅެއް އަރައިގެން ދިޔަވާތީ އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ އިދާރާއިން ވިދާޅުވީ އިރުއޮއްސެން ކައިރިވެފައިވަނިކޮށެވެ. އެ ލޯންޗާއި މުވާސަލާތީ ގުޅުން ކެނޑިފައިވާތީ ލޯންޗް އޮތް ހިސާބެއް ދެނެގަނެވިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފަވެއ...

ޔުމްނާ ޢަލީ
30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައި ދިޔަވާތީ ސިފައިން ހަރަކާތްތެރިވަނީ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައި ދިޔަވާތީ ސިފައިން ހަރަކާތްތެރިވަނީ

މާލެއިން ފުރައިގެން ދ. މީދޫ އަށް ދަތުރުކުރި ލޯންޗެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މާލެއިން ފުރައިގެން ދ. މީދޫ އަށް ދަތުރުކުރި ވިޝަން އެކްސްޕްރެސް ލޯންޗެއް ފ. ފީއަލި އާާއި 7 ނޯޓިކަލް މޭލު ބޭރުން ރާޅެއް އަރައިގެން ދިޔަވާތީ އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ލޯންޗުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 30 މީހުން ތިބި ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އެމްއެންޑީއެފުން ވިދާޅުވިގޮތުގައި، މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލ...

ޔުމްނާ ޢަލީ
މި ޒަމާނުގައި ދިރާސާއެއްގައި ތެދު މައުލޫމާތު ހިމެނުމަށް ކުރިއަށް ވުރެ ސަމާލުވާން ޖެހޭ: ޑރ. އިބްރާހިމް ހަސަން

މި ޒަމާނުގައި ދިރާސާއެއްގައި ތެދު މައުލޫމާތު ހިމެނުމަށް ކުރިއަށް ވުރެ ސަމާލުވާން ޖެހޭ: ޑރ. އިބްރާހިމް ހަސަން

މި ޒަމާނުގައި ދިރާސާއެއްގައި ތެދު މައުލޫމާތު ހިމެނުމަށް ކުރިއަށް ވުރެ ސަމާލުވާން ޖެހޭ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީން ކުރިއަށްގެންދާ “އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް” (އައި.ސީ.އައި.އޭ) ފަށްޓަވައިދެއްވައި ދެއްކެވި ވާހަކައިގައެވެ. މިނިސްޓަރ ވިދާޅުވީ ޓެކްނޮލޮޖީ އަކީ ގޯސް މަޢުލޫމާތު ފެތުރުމަށް ވެސް ބޭނުންކުރާ ހަތިޔާރަކަށް ވާތީ އެކަމަށް ސަމާލުވާން ޖެހޭ ކަމަށާއި މިއީ އެއްވެސް ހާލެ...

މުޙައްމަދު އަފްރާޙް
މިއަހަރުގެ މިހައިތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 7 ލައްކައަށްވުރެ މައްޗަށް އަރައިފި

މިއަހަރުގެ މިހައިތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 7 ލައްކައަށްވުރެ މައްޗަށް އަރައިފި

މިއަހަރުގެ މިހައިތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 7 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މެއި މަހުގެ 5 ގެ ނިޔަލަށް ޖުމްލަ 710،645 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ކޮވިޑްގެ ކުރިން 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 667،729 ފަތުރުވެރިންނެވެ. އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މެއި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރ...

މުޙައްމަދު އަފްރާޙް
މަކުނުދޫ މަގުތައް އަލިކުރުމުގެ މަޝްރޫއުގެ ތެރެއިން މަގުބައްތި ޖަހައިފި

މަކުނުދޫ މަގުތައް އަލިކުރުމުގެ މަޝްރޫއުގެ ތެރެއިން މަގުބައްތި ޖަހައިފި

ހދ. މަކުނުދޫ މަގުތައް އަލިކުރުމުގެ މަޝްރޫއުގެ ތެރެއިން މަގުބައްތި ޖަހައިފިއެވެ. މިކަމާއި ގުޅިގެން އެރަށު ކައުންސިލުގެ ރައީސް އައުޒަމް އާދަމް ‘ތިލަދުން’ އަށް ވިދާޅުވީ ރަށުތެރޭގައި 106 ބައްތި އަދި ޖެޓީ ސަރަހައްދުގައި 32 ބައްތި ހަރުކޮށްފައިވާނެ ކަމަށެވެ. މި މަސައްކަތް ކުރީ ރަށު ކައުންސިލުގެ މުވައްޒަފުން ކަމަށާއި މިކަމުގައި ރަށުގެ ބައެއް ފަރާތްތަކުގެ އެހީތެރިކަން ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ރަށުތެރޭގައި ބައްތި ޖެހުމަށް 34،000 ރުފިޔާ އަދި ޖެޓީ ސަރަހައްދުގައި […]

މުޙައްމަދު އަފްރާޙް
ރަސްދޫގައި ފުލުހުންގެ ހައްޔަރުގައި ހުއްޓާ ފިލި މީހާގެ ވަނަވަރު ހާމަކޮށްފި

ރަސްދޫގައި ފުލުހުންގެ ހައްޔަރުގައި ހުއްޓާ ފިލި މީހާގެ ވަނަވަރު ހާމަކޮށްފި

އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލި މީހާގެ ވަނަވަރު ހާމަކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި ރަސްދޫ ފުލުހުންގެ އިދާރާގައި ބަންދުގައި ހުއްޓާ ފިލާފައިވަނީ އއ. ހިމަންދޫ، ދަނބުގެ ހުސައިން ޝަޙްބާން އެވެ. އޭނާއަކީ އުމުރުން 25 އަހަރުގެ މީހެކެވެ. ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނާއަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބަންދ...

މުޙައްމަދު އަފްރާޙް
ތައިލޭންޑް ޕެރާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރާ ޓީމު ފުރައިފި

ތައިލޭންޑް ޕެރާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރާ ޓީމު ފުރައިފި

ތައިލޭންޑް ޕެރާ އިންޓަރނޭޝަނަލް ބެޑްމިންޓަން 2023 ” ގައި ވާދަކުރުމަށް، ރާއްޖޭގެ ޕެރާ ބެޑްމިންޓަންގެ ޓީމެއް ތައިލޭންގެ ބެންކޮކަށް މިއަދު ފުރައިފިއެވެ. މި މުބާރާތަކީ މިމަހު 9 ން 14 ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މަހުގެ 8 ވަނަ ދުވަހު ކުޅުންތެރިންގެ ކްލަސިފިކޭޝަން ގައި ރާއްޖޭގެ ޕެރަ އެތުލީޓުން ބައިވެރިވާނެއެވެ. މިޓީމުގައި ހިމެނެނީ އެސްއެޗް6 ގެ ދެ ޕެރާ އެޓްލީޓުންނާއި އެސްއެލް ކެޓަގަރީގެ ދެ ކުޅުންތެރިންނެވެ. އެގޮތުން އެސްއެޗް6 ގެ ކެޓަގަރީގައި ވާދަކުރަނީ ހައްވާ ޢީޝަލް […]

މުޙައްމަދު އަފްރާޙް
އައިޔޫއެމްގެ ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސް ފަށައިފި

އައިޔޫއެމްގެ ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސް ފަށައިފި

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް (އައި.ސީ.އައި.އޭ) ގެ މި އަހަރުގެ ކޮންފަރެންސް ފަށައިފިއެވެ. ރާއްޖެ އާއި ރާއްޖޭން ބޭރުގެ 200 އަށްވުރެ ގިނަ ރިސާޗަރުން ބައިވެރިވާ ކި ކޮންފަރެންސް ފަށާފައިވަނީ މިއަދު ހެނދުނުއެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގެ ޝަރަފްވެރިކޮށްދެއްވީ މަތީ ތައުލީމާއި ބެހޭ ވަޒީރު ޑރ. އިބްރާހީމް ހަސަން އެވެ. ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ އ...

މުޙައްމަދު އަފްރާޙް
ޒުވާން މަސްވެރިޔާގެ ލެންސުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢު

ޒުވާން މަސްވެރިޔާގެ ލެންސުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢު

މުޅި އުތުރުގެ އުންމީދާއި ގުޅިފައިވާ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު، 2019 ގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.2 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް އިތުރަށް […]

ޙުސައިން ޝަހުދީ
ކޯވިޑް-19 ގެ ކުއްލި ހާލަތު ނިމުމަކަށް ގެނެސްފި

ކޯވިޑް-19 ގެ ކުއްލި ހާލަތު ނިމުމަކަށް ގެނެސްފި

2019 ވަނަ އަހަރުގެ ފަހުކޮޅު މުޅި ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާ، ކޯވިޑް-19 އަކީ މިހާރު، ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފިއެވެ. އެ ޖަމިއްޔާއިން ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސޫސް ވިދާޅުވީީ މިގޮތަށް ނިންމީ އިމަޖެންސީ ކޮމިޓީން 15 ވަނަ ފަހަރަށް ބައްދަލުކޮށް، ބައިނަލްއަގްވާމީ ގޮތުން ކަންބޮޑުވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށް އޭނާއަށް ލަފާ ދީފައިވާތީ ކަމަށެވެ. […]

މުޙައްމަދު އަފްރާޙް
ރަސްދޫގައި ފުލުހުންގެ ހައްޔަރުގައި ހުރި މީހަކު ފިލައިފި

ރަސްދޫގައި ފުލުހުންގެ ހައްޔަރުގައި ހުރި މީހަކު ފިލައިފި

އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެއީ ރަސްދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހައްޔަރުކޮށްފައިހުރި މީހެއް ކަމަށެވެ. އަދި އެއީ 25 އަހަރުގެ ދިވެއްސެއް ކަމަށެވެ. އޭނާ ފިލާފައިވަނީ މި މެއި މަހުގެ 5 ވަނަ ދުވަހު ގޮޅިން ނެރެފައި ހުއްޓާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެެވެ. ފުލުހުން ބުނީ އެމީހާއަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި […]

މުޙައްމަދު އަފްރާޙް
މާލެއިން ބޭރުގައި ބޭއްވި އުރީދޫގެ ފުރަތަމަ ފަންރަން އަށްވެސް ބޮޑު ތަރުހީބެއް!

މާލެއިން ބޭރުގައި ބޭއްވި އުރީދޫގެ ފުރަތަމަ ފަންރަން އަށްވެސް ބޮޑު ތަރުހީބެއް!

އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވާ “ފަން ރަން” އަށް މިއަހަރުވެސް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. އެހެން އަހަރުތަކުގައި މި ހަރަކާތް އުރިދޫއިން ބާއްވާފައިވަނީ މާލެ ސަރަހައްދުގައެވެ. ނަމަވެސް މިއަހަރު ފުރަތަމަ ފަހަރަށް މި ހަރަކާތް ވަނީ އަތޮޅުތެރެއަށް ބަދަލުކޮށްފައެވެ. އެގޮތުން، މިއަހަރުގެ ހަރަކާތް ބާއްވާފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ. މާލެއިން ބޭރުގައި ބޭއްވި މި ފުރަތަމަ “ފަން ރަން” އަށް އާއްމުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން ކުދި ބޮޑު އެންމެން […]

އަޙްމަދު ވަހީދު
ފިނޭގައި ބާއްވާ މޭކަޕް ކުރަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ފިނޭގައި ބާއްވާ މޭކަޕް ކުރަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. ފިނޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މޭކަޕްކުރަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޖުމްލަ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯސް ފެށުމަށް ނިންމާފައި ވަނީ މި ހިނގާ މެއި މަހުގެ ތެރޭގައެވެ. މި ކޯހުގައި ކޮންމެ ބައިވެރިއެއްގެ އަތުން 500 (ފަސްސަތޭކަ) ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައިވާއިރު، ކޯސް ކުރިއަށް ގެންދަން ނިންމާފައިވަނީ އެންމެ މަދުވެގެން ދިހަ ބައިވެރިން ހަމަވާ ނަމައެވެ....

އިބްރާހިމް ޚަލީލް