ރާއްޖޭގައި މިހައިތަނަށް އެންމެގިނަ ފުލް މެރަތަން ދުވި ދުވުންތެރިޔާ ނަސްރުﷲ އަހްމަދު (ނަސްރު ކޯޗު) ގެ 90 ވަނަ މެރަތަން އަށް ފުރަން ތައްޔާރުވެއްޖެއެވެ. މިކަމާއި ގުޅިގެން ‘ތިލަދުން’ އަށް ނަސްރު ބުނީ މިފަހަރުގެ ދުވުން ޚާއްސަކުރަނީ އެމްއެންޑީއެފްގައި އޭނާ ވަޒީފާ އަދާކުރާ ސެކްޝަންގެ ވެރިޔާއަށް ކަމަށެވެ. އަދި އޭނާއަށް މިހާ ހިސާބަށް މި އާދެވުނީ ސެކްޝަން ވެރިޔާގެ ވަރަށްބޮޑު އެހީތެރިކަމާއެކީގައި ކަމަށެވެ. “އަސްލު މިހާ ހިސާބަށް އައި އިރު، 90 މެރަތަން އަށް އައި އިރު، […]
މުޙައްމަދު އަފްރާޙް
ހދ. ނޮޅިވަރަމްގައި ބާއްވާ ޕަބްލިކް ސްޕީކިން ވޯކްޝޮޕްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. މި ވޯކްޝޮޕާއިގުޅޭގޮތުން ނޮޅިވަރަމް ބްރައިޓް އެސޯސިއޭޝަން ނައިބު ރައީސް ހަސަން ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، މި ވޯކްޝޮޕަކީ ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ”ވެށި- ބާރު” ގެ ނަމުގައި ކުރިއަށް ގެންދާ ކޮމިޔުނިޓީ ޕްރޮގްރާމް ގެ ދަށުން އެރަށުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ. ނޮޅިވަރަމްގައި މި ވޯކްޝޮޕް ހިންގަނީ އެރަށު ބްރައިޓް އެސޯސިއޭޝަން އާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ […]
ޔުމްނާ ޢަލީ
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި މި އަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ހަނިމާދޫ ކައުންސިލުން ނިންމައިފިއެވެ. ހަނިމާދޫ ކައުންސިލުން ވިދާޅުވެފައި ވަނީ މި އަހަރުގެ ޢީދުގައި ހަނިމާދޫގައި ހިންގާނެ ހަރަކާތްތައް އެކަށައެޅުމުގެ މަސައްކަތް އެ ކައުންސިލުން މިހާރު ކުރަމުން އަންނަ ކަމަށެވެ. ޢީދުގައި ހިންގާ ޕްރޮގްރާމްތަކުގައި ހިމަނާނެ ކުޅިވަރުތައް ކަނޑައެޅުމަށް ރައްޔިތުންގެ މަޝްވަރާ ބޭނުންވާތީ އެ ކައުންސިލުން ވަނީ މި އަންނަ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ހަނިމާދޫ އިޖުތިމާޢީ މަރުކަޒުގައި...
އިބްރާހިމް ޚަލީލް
ށ. ފޯކައިދޫގައި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ޤުރްއާން އަދި އިނގިރޭސި ކްލާސްތަކެއް ބާއްވަން ނިންމައިފިއެވެ. އެ ކައުންސިލުގެ މެމްބަރު ސަދާ ޝަހީމް ‘ތިލަދުން’ އަށް ވިދާޅުވީ މި ކްލާސްތައް ބޭއްވުމަށް ނިންމާފައިވަނީ އޯގަސްޓު މަހު ކަމަށެވެ. ނަމަވެސް ކްލާސްތައް ބާއްވާނެ ވަކި ތާރީޚެއް އަދިނުނިންމާ ކަމަށެވެ. ބައިވެރިވުން މުޅިން ހިލޭ އޮތް މި ކްލާސްތަކުގައި ކިޔަވައިދެއްވާނީ ރަށުގައި ތިބި، އެކަމުގެ ފަންނީ ބޭފުޅުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ކްލާސްތައް ފަށާނީ ކޮންމެ ކްލާހެއްގައި […]
މުޙައްމަދު އަފްރާޙް
ރ. ފުއްގިރި މައްސަލާގެ އިސްތިއުނާފް ކުރީގެ ރައީސް އަބްދުالله ޔާމީނަށް ސުޕްރީމް ކޯޓުން ނާކާމިޔާބުވި ވާހަކަ މީޑިއާތަކުން ގެނައުމުން ޔާމީންގެ ވަކީލުންގެ ރުޅިގަނޑު ނޫސްވެރިންނަށް ބާލައިފި އެވެ. ފުއްގިރި މައްސަލާގައި ކްރިމިނަލް ކޯޓުގައި ޔާމީންގެ މައްޗަށް މިހާރު ހިންގަމުންދާ ޝަރީއަތުގެ ތެރެއިން އެ ކޯޓުން ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތުން އިސްތިއުނާފްކުރި މައްސަލާގައި ސުޕްރީމް ކޯޓުން އިއްޔެ ނިންމީ ދަށު ކޯޓުގެ ނިންމުން ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ސުޕްރީމް ކޯޓުގެ އެ ހުކުމް […]
ހުސައިން ހަބީބް
ހއ. މޮޅަދޫ “ގްރީން އެނާޖީ” އަށް ދިއުމަށް އެރަށު ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން މިސްކިތުގައި ސޯލާ ހަރުކޮށް ނިމިއްޖެއެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ‘ތިލަދުން’ އަށް ދެއްވަމުން އެރަށު ކައުންސިލުން ބުނީ މިސްކިތުގައި ސޯލާ ހަރުކޮށް، ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއް ކަމަށްވާތީ، އެންމެ އެކަށީގެންވާ ގޮތުގައި ސޯލާ އިން ކަރަންޓު އުފެއްދޭގޮތް ނުވިޔަސް، މިއީ ދުރުމުސަތްގުބަލަށް ބަލާއިރު، ރައްޔިތުންގެ ޖީބަށް ލުޔެއް ލިބޭނެ ކަމެއްކަން...
މުޙައްމަދު އަފްރާޙް
ފުރިހަމަ ސިއްހީ ޚިދުމަތެއް ފޯރުކޮށްދެވޭނީ ހުރިހައި މުވައްސަސާ ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށް ސިއްހަތާއި ބެހޭ ވަޒީރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ކުވައިތު ފަންޑުގެ ދަށުން ރާއްޖޭގައި ބައެއް ރަށްރަށުގައި ތަރައްޤީކުރައްވާ ހޮސްޕިޓަލްތަކެއްގެ މަސައްކަތް ބަޔަކާއި ހަވާލުކުރެއްވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ވަޒީރު ވަނީ ފުރިހަމަ ސިއްޙީ ޚިދުމަތެއް ފޯރުކޮށް ދިނުމަކީ ހަމައެކަނި ހެލްތު މިނިސްޓްރީ އާއި އެމިނިސްޓްރީގެ ދަށުން ހިންގަވާ އިދާ...
މުޙައްމަދު އަފްރާޙް
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 31 ގައި ބާއްވަން އެ ކުންފުނިން ނިންމައިފިއެވެ. މި ޖަލްސާ ބާއްވަން އެ ކުންފުނިން ނިންމާފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ 8:30 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކްގަ އެވެ. މި ޖަލްސާގައި ބައިވެރިވެވޭނީ 24 އޭޕްރިލް 2023 ވީ ހޯމަ ދުވަހުގެ ނިޔަލަށް ކުންފުނިގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހިއްސާދާރުންނަށްކަމަށް އެ ކުންފުނިން ވަނީ ކަނޑައަޅާފައެވެ. މި […]
ޔުމްނާ ޢަލީ
ހދ. ހަނިމާދޫ ގައި ކޮމިއުނިޓީ ސްކައުޓް ތައާރަފް ކުރަން ނިންމައިފިއެވެ. އެރަށު ކެތިއަރާ ޖަމިއްޔާއިން ނެރެފައިވާ އިއުލާނެއްގައި ބުނީ މި މަސައްކަތް ކުރަމުންދަނީ އެ ޖަމިއްްޔާ އާއި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކަމަށެވެ. އެގޮތުން ފުރަތަމަ މި ގްރޫޕު ހެދުމަށްޓަކައި ބޭނުންވާ ރޯވަރ ސްކައުޓަށް ބޭޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި މި ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 26 އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަމަށް ވެސް […]
މުޙައްމަދު އަފްރާޙް
ކުރީގެ އަދަދާއިގުޅޭ، ” އެއީ މާނިޙޭ! އުޝާގެ ވާހަކަ ދައްކާކަށް ބޭނުމެއްނޫން! އެހެން ނޫނަސް ޒައިންއަކަށްވެސް އެ ކައިވެންޏެއް ނުހުއްޓުވޭނެދޯ! އަހަރެން މި ބަލާލީ މަގޭ ދަރިފުޅު ހެޔޮޙާލުގައި ހުރިތޯއޭ! ” ފަހުމީ ތަންކޮޅެއް ބާރަށް އެހެން ބުނުމުން އަމީރާ ވަގުތުން މައިތިރިވެއްޖެއެވެ. ” އަހަރެން ދެން ބޭނުމެއްނޫން އުޝާގެ އެއްވެސް ނިންމުމަކަށް ނޫނެކޭ ބުނާކަށް! އަދި ނުފޫޒު ފޯރުވާކަށްވެސް ބޭނުމެއްނޫން! އޭނާއާމެދު ރަނގަޅު ގޮތަކަށް ވިސްނައިފިނަމަ ޙަޤީޤަތުގައި އުޝާއަކީ ކެތްތެރި ކުއްޖެއްކަން އަމީރާއަށްވެސް އެނގޭނެ....
ސަލާމާ ޢަބްދުލް ޢަލީމް
ހަތް ރަށެއްގައި ހޮސްޕިޓަލް އަޅަން ދެ ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި ހޮސްޕިޓަލްތައް އަޅަން ހަވާލުކޮށްފައި ވަނީ ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑް އަދި އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާއެވެ. މި ހޮސްޕިޓަލްތައް އަޅަނީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިނގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައެވެ. މިއީ ކުވެއިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ)ގެ އެހީގެ ދަށުން އިމާރާތްކުރާ 30 […]
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނެއް އަރބަންކޯއިން ތައާރަފުކޮށްފިއެވެ. ސްމާޓް ޕާކިންގެ ގޮތުގައި އާބަންކޯއިން ހަދާފައިވަނީ ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދު ކައިރީގައިވާ ފިތުރޯނު ޕާކިން ޒޯނެވެ. މި ޒޯނުން ކާރު ޕާކު ކުރާނެ ޖާގަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އާބަންކޯއިން ބުންޏެވެ. އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭހެން ފަރުމާކޮށްފައިވާ މި ސްމާޓް ޕާކިންގައި ތަފާތު ކަންކަން ހުންނާނެކަމަށް އާބަންކޯއިން ބުންޏެވެ. އެގޮތުން، ޕާކިން ޖާގަ ކަށަވަރުކޮށްގެން ޕާކު ކުރަން އަން...
އަޙްމަދު ވަހީދު
ރާއްޖޭގެ އާބާދީގެ 37 އިންސައްތައަށްވުރެ މަތީ ނިސްބަތަކީ ޒުވާނުން ކަމަށާއި އެއީ ގައުމުގެ ތަރައްގީގެ ހުންގާނުގައި ހިފަން ތިބި މީހުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް ހަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ. ދަރުބާރުގޭގައި ބޭއްވި މި ޖަލްސާގައި ރައީސް ވިދާޅުވީ ތައުލީމީ ދާއިރާއިން ފަހިކޮށްދޭ ފުރުސަތުތަކުގެ އަމާޒަކީ ގައުމަށް ބޭނުންތެރި، ގައުމީ ޒިންމާތައް އުފ...
މުޙައްމަދު އަފްރާޙް
ރައީސްގެ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް 155 ދަރިވަރަކަށް ރޭ ދެއްވައިފިއެވެ. މިގޮތުން މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިޙާނުން އެންމެ މޮޅު ދަރިވަރުންގެ މަޤާމު ޙާޞިލުކޮށް، ރައީސްގެ ޚާއްޞަ ސްކޮލާޝިޕް 17 ދަރިވަރަކު އަދި، ހައި އެޗީވާސް ސްކޮލާޝިޕް 138 ދަރިވަރަކު ޙާޞިލުކޮށްފައިވެއެވެ. މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވި 17 ދަރިވަރުންނަށް ރައީސް ދެއްވާ ޚާއްޞަ ސްކޮލާޝިޕްގެ ލިއުން ރޭގެ ޖަލްސާގައި އެދަރިވަރުންނާ ހަވާލުކޮށްދެއްވީ ރައީސް […]
ޔުމްނާ ޢަލީ
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީ ދިނުމަށް ރާއްޖެއިން 616 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމުކުރުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން “އެސްއެމްއީ އިމްޕެކްޓް ފަންޑް” ގާއިމުކުރުމަށް އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ސައުދީ އަރަބިއާގެ ޖިއްދާގައި އިއްޔެ ބޭއްވި އައިއެސްޑީބީގެ އަހަރީ ބައްދަލުވުންތަކުގެ ހަވާސާގެ ތެރެއިންނެވެ. މި އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް...
އަޙްމަދު ވަހީދު
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ލިވަޕޫލުން ގަދަހަތަރެއްގެ އުންމީދު ބޮޑުކުރިއިރު ލެސްޓާ ސިޓީއަށް ރެލިގޭޓް ވުމުގެ ބިރާއި ކުރިމަތިލާން ޖެހިއްޖެއެވެ. ރޭ ލެސްޓާގެ ދަނޑުގައި ކުޅުނު މެޗުގައި ލިވަޕޫލުން ވަނީ 3-0 ގެ ނަތީޖާއިން ލެސްޓާ ބަލިކޮށްފައެވެ. 2016 ވަނަ އަހަރު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ލެސްޓާ ސިޓީން މި ސީޒަންގައި ނެރެމުން އަންނަނީ ދަށް ނަތީޖާތަކެކެވެ. އެ ޓީމުން ލީގުގައި އެންމެ ފަހުން ކުޅުނު 14 […]
އިބްރާހިމް ޚަލީލް
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ޕްލރައިވެޓް ލިމިޓެޑް (އާރުއޭސީއެލް) ގެ އެއާޕޯޓް ރެސްކިއު އެންޑް ފަޔަފައިޓިން ކޯސް ފަށައިފިއެވެ. މި ކޯސް ފަށާފައިވަނީ 7 މެއިވީ އާދީއްތަ ދުވަހު ހަނިމާދޫގައެވެ. މިއީ އާރުއޭސީއެލްގެ މިއަހަރުގެ މިފަދަ ފުރަތަމަ ކޯހެވެ. މި ކޯހުގައި 20 ދަރިވަރުން ބައިވެރިވާ ކަމަށް އާރުއޭސީއެލުން ބުންޏެވެ. މިއީ އާރުއޭސީއެލާ ގުޅުނު ފަޔަރުގެ ސްޓާފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ބޭސިކް ލެވެލްގެ ކޯހެކެވެ. މި ކޯހުގައި އާރުއޭސީއެލުން ހިންގާ އެއާޕޯޓުތަކުގައި އަމަލު ކުރުމަށް ގާއިމުކޮށްފައިވާ އެ...
އަޙްމަދު ވަހީދު
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލަ ދިރާސާކޮށް ރައުޔެއް ނެރެން ދިވެހިރާއްޖޭގެ ބާ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބަހާފައިވާގޮތުގެ ދިރާސާއެއް ކުރަން ނިންމައި، މި މައްސަލަ ދިރާސާ ކުރުމަަށް އެ ކައުންސިލުގެ ލޯ ރިފޯމް އެންޑް ރިސާޗް ކޮމިޓީއަށް ފޮނުވުމަށް […]
މުޙައްމަދު އަފްރާޙް