ހދ. މަކުނުދޫ ގެއެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ. މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް “ތިލަދުން” އަށް ވިދާޅުވީ، އެ ގޭގައި އަލިފާން ރޯވީ މިރޭ 8 ޖަހާކަށްހާއިރު ކަމަށެވެ. ހަތަރު ވަރަކަށް މީހުން އެ ގޭގައި ދިރިއުޅެއެވެ. އެ އެންމެން ވެސް ރައްކާތެރިކަމާއެކު އެހެން ގެއަކަށް ބަދަލުކޮށްފައިވާ ކަމަށް އައުޒަމް ވިދާޅުވިއެވެ. ތިން ކޮޓަރީގެ އެ ގޭގައި ރޯވި އަލިފާނުގެ 70 އިންސައްތަ މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު، އަލިފާން ނިވުމުގެ މަސައްކަތުގައި މަކުނުދޫގެ މުއައްސަސާތަކާއި […]
ޙުސައިން ޝަހުދީ
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” މި އަހަރުގެ އޮކްޓޯބަރ މަހު ފެށުމަށް ތާވަލުކޮށްފިއެވެ. ކުމުންދޫ ކައުންސިލުން ވަނީ ފާއިތުވި އަހަރު އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 49 ވަނަ އާންމު ބައްދަލުވުމުގައި ކޮންމެ އަހަރަކު އެ ކައުންސިލުން އިންތިޒާމް ކޮށްގެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް ނިންމާފައެވެ. އެގޮތުން ކުމުންދޫ ކައުންސިލުން ވަނީ ފާއިތުވި 2022 ވަނަ އަހަރު އެ ކައުންސިލުގެ ފުރަތަމަ ފުޓްސަލް މުބާރާތް […]
އިބްރާހިމް ޚަލީލް
ފައިސާ ޖަމާވެއްޖެ ކަމަށްބުނެ ލިންކަކާއެކު ފޭކު އީމެއިލްތަކެއް ފޮނުވާތީ ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފިއެވެ. ބީއެމްއެލްގެ ނަމުގައި ފޮނުވާ މި އީމެއިލްތަކުގައި ބުނެފައިވަނީ ފައިސާ ޖަމާވެފައިވާ ކަމަށެވެ. އަދި އެ ޓްރާންސެކްޝަން ބަލަން ބޭނުންވާނަމަ ލިންކަކަށް ވަންނަން ވަނީ ބުނެފައެވެ. މީގެ އިތުރުން އީމެއިލްގެ ޖަންކް ނުވަތަ ސްޕޭމް ބައިގައި މެއިލް އިނދެއްޖެނަމަ އިންބޮކްސްއަށް ބަދަލުކުރުމަށްވެސް ބުނެފައިވެއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ނުކުރުމަށް ބީއެމްއެލުން...
އަޙްމަދު ވަހީދު
ކައިވެނިކޮށްގެން އުޅުނުއިރު އަނބިމީހާ ދިން ފައިސާއިން ފިރިމީހާ ގަނެފައިވާ ކާރު އަނބުރާ ހޯދަން އަންހެން މީހާ ދައުވާކޮށްފި އެވެ. ލ. އަތޮޅު އަންހެނަކު އޭނާގެ ކުރީގެ ފިރިމީހާއާ ދެކޮޅަށް ދައުވާކުރީ އޭނާ ކައިވެނިކޮށްގެން އުޅުނުއިރު އޭނާ ފައިސާ ދީގެން ފިރިމީހާ ލައްވައި ބައެއްގެ އަތުން ގަތް އަނބުރާ ހޯދުމަށެވެ. އެ މައްސަލަ ނިމެންދެން ކާރުގެ މިލްކުވެރިކަން ބަދަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އަންހެން މީހާ ސިވިލް ކޯޓުގައި އެދިފައިވެ އެވެ. އެހެންވުމުން ސިވިލް ކޯޓުން މިއަދު […]
ހުސައިން ހަބީބް
ލަނޑުދަނޑިތަކާއެކު ފަސް ވަނަ ޓޫރިޒަމް މާސްޓާ ޕްލޭން ލޯންޗް ކޮށްފިއެވެ. މި މާސްޓާޕްލޭން ލޯންޗުކޮށްދެއްވާފައިވަނީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ޕްލޭންގައި އެންމެ ބޮޑަށް އަލި އަޅުވާލާފައިވަނީ ރާއްޖޭގެ ޓޫރިޒަމްގެ ވާދަވެރިކަން ދެމެހެއްޓޭނެ ޕޮލިސީތައް ގެނައުމާއި އަޅަން ޖެހޭ ފިޔަވަޅުތަކުގެ މައްޗަށް ކަމަށެވެ. އަދި ނުހެދި ހުރި ރަށްތައް ހެދުމާއި މާކެޓިން އަދި އެ ނޫން ވެސް ޓޫރިޒަމްއާ ގުޅުންހުރި ގިނަ މައްސަލަތަކު...
މުޙައްމަދު އަފްރާޙް
ނ. ހެނބަދޫގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ. ހެނބަދޫގެ ފެނުގެ ނިޒާމްގެ މަޝްރޫއު އެމްޑަބްލިއުއެސްސީ އިން ފެށީ ޖޫން 2021 އެވެ. މި މަޝްރޫއުގެ ދަށުން ހެނބަދޫގައި 4.83 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް ވަނީ ގާއިމުކޮށްފައެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބަހައްޓައި، ގޭގެއަށް ފެން ގުޅައިދިނުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ. މީގެ އިތުރުން ފެން ޕްލާންޓް ބެހެއްޓުމަށް ފެސިލިޓީ ބިލްޑިންއެއް އިމާރާތްކޮށް، އާރުއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް […...
އަޙްމަދު ވަހީދު
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި ހދ އަތޮޅުގެ ހަތަރު ރަށަކުން ބައިވެރިވެއްޖެއެވެ. މި މުބާރާތަކީ ޖުމްލަ އަށް ޓީމަށް ފުރުޞަތު ދޭ ގޮތަށް ސިޓީ ކައުންސިލުން ފަރުމާކޮށްފައިވާ މުބާރާތެކެވެ. މި މުބާރާތް ފުރަތަމަ ބާއްވާފައިވަނީ ފާއިތުވި އަހަރުއެވެ. އެ އަހަރު މި މުބާރާތް ހުޅުވާލީ ކުޅުދުއްފުށީގެ ކުލަބް ޖަމިއްޔާތަކަށެވެ. މި އަހަރުވެސް ފުރަތަމަ މި މުބާރާތް ހުޅުވާލީ ކުޅުދުއްފުށީގެ ކުލަބް ޖަމިއްޔާތަކަށެވެ. ހުޅުވާލި ފުރުޞަތުގެ ދަށު...
އިބްރާހިމް ޚަލީލް
ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ ކަމަށް ރާއްޖޭގެ އިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލް ގޮވާލައްވައިފިއެވެ. އޭނާ މިފަދައިން ގޮވައިލެއްވީ އަލް-އަޤްސާ މިސްކިތަށް އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އޯ.އައި.ސީ.ގެ މައި މަރުކަޒުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ. އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުން އޭނާ ވިދާޅުވީ އެ އަ...
މުޙައްމަދު އަފްރާޙް
ކައިޒީން އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަންގައިފި އެވެ. ބޯޓެެއްގެ މައްސަލާގައި ބައްޕައާ ދެކޮޅަށް ކައިޒީން ދައުވާކުރަނީ އޭނާގެ ފައިސާއިން ގަތް ބޯޓެއް އޭނާގެ ހުއްދަ ނެތި ބައްޕަގެ ނަމުގައި ރަޖިސްޓްރީކުރި ކަމަށް ބުނެ އެވެ. ބައްޕަގެ ޣައިރު ހާޒިރުގައި ހުކުމްކޮށްދޭން ކައިޒީންގެ ފަރާތުން ސިވިލް ކޯޓުގައި އެދުމުން އެ ކޯޓުން މިދިޔަ ފެބްރުއަރީ މަހު ނިންމީ އެގޮތަށް ހުކުމް ނުކުރެވޭނެ ކަމަށެވެ. އެ ނިންމުން […]
ހުސައިން ހަބީބް
ވަރިވާން ދިޔަ އަންހެނަކަށް ހދ. އަތޮޅުގެ ކޯޓެއްގެ ގާޒީއަކު ގުޅާ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ. ހދ. އަތޮޅުގެ ރަށެއްގެ ކޯޓަކަށް ވަރިވާން އެދި ކޯޓަށް ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެން މީހާއަށް އެ ކޯޓުގެ މެޖިސްޓްރޭޓް ފޯނުން ގުޅާ ކަމަށް ތުހުމަތުކޮށް ހުށަހެޅީ ކޮން ފަރާތަކުން ކަމެއް ސާފެއް ނުވެ އެވެ. އެ މައްސަލަ ޖޭއެސްސީން މިހާރު ދަނީ ބަލަމުންނެވެ. މައްސަލަތަކާ ގުޅިގެން އެ މައްސަލަތަކުގައި ހިމެނޭ މީހުންނާ […]
ހުސައިން ހަބީބް
ރާއްޖެ- ޗާގޯސް މައްސަލާގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކައުންސިލަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ. މި ގަރާރަކީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން 28 އޭޕްރިލް 2023 ގައި ނިންމި މައްސަލާއާއި ގުޅިގެން ހުށަހެޅި ގަރާރެކެވެ. ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ހުށަހެޅުއްވި މި ގަރާރުގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާގާނޫނުގެ ދަށުން ކުރިން ބޭނުން ކުރަމުން […]
މުޙައްމަދު އަފްރާޙް
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ރ. އިންނަމާދޫގެ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ. އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫއުގެ މަސައްކަތް ނިންމައި، ޓެސްޓުކޮށް، ކޮމިޝަންކޮށްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ފެން ޕްލާންޓު ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންއެއް ވަނީ އިމާރާތް ކޮށްފައެވެ. އަދި 8.33 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމު ކޮށް، އާރުއޯ ފެސިލިޓީ ބިލްޑިންއެއް އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރުއޯ […]
އަޙްމަދު ވަހީދު
ސިފައިންގެ މުސާރައަށް ހެޔޮބަދަލު ގެންނެވުމުގެ މަސައްކަތް ފަށާފައިވާކަމަށް ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. ސިފައިންގެ އެޖޫޓަންޓް ޖެނެރަލް ކޯޕްސް، އޭޖީ ކޯރގެ 3 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން އިނީޝިއޭޓިވްގެ ތެރެއިން ސިފައިންގެ މުސާރައަށް ހެޔޮބަދަލު ގެންނެވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި އެ ބަދަލު އައިސް، އެކަމުގެ ފައިދާ ސިފައިންނަށް ވަރަށް އަވަހަށް ލިބޭނެ ކ...
މުޙައްމަދު އަފްރާޙް
ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. މި މަޝްރޫއުގެ ދަށުން ސައިޓުގައި މިހާރު ކުރިއަށްދަނީ ޕޭވްމެންޓް އެޅުމުގެ މަސައްކަތެވެ. އަދި، ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ 95 އިނަސައްތަ ފުރިހަމަކޮށްފައެވެ. މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހަދާނެއެވެ. […]
އަޙްމަދު ވަހީދު
ގދ. ތިނަދޫ ބަނދަރުގައި އޮތް ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ޙާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 11:30 ހާއިރުއެވެ. އެ ބޯޓުގައި ރޯވި އަލިފާން މިހާރު ނިއްވާލާފައިވާއިރު، މި އަލިފާން ނިއްވާލީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުންނެވެ. މިހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ޔުމްނާ ޢަލީ
ގަހަށް ކާނާ ދޭން ޖެހޭ ހާލަތްތަކުގައި ދިނުމަށް ގިނަ ދަނޑުވެރީން އޮށްކާނާ އިޚުތިޔާރުކުރެއެވެ. އޮށްކާނާ އަށް އެނަމުން ނަންދީގެން ބޭނުންކުރަމުން ދަނީ އޮށްއޮށަށް ނުވަތަ މިނާފުށް ވަރުގެ ކުދި ގުޅަ ތަކެއްގެ ގޮތުގައި ހުންނާތީ އެވެ. އޮށްކާނާއަކީ އޭގައި ގަހަށް ބޭނުންވާ ކަނާދުތައް ހިމެނޭގޮތަށް ފެކްޓްރީގައި ތައްޔާރުކޮށްފައި ހުންނަ މަސްނޫއީ ކެމިކަލް ކާނާއެވެ. އޭގައި މައިގަނޑު 3 ކަނާދު ކަމުގައިވާ ނައިޓްރޯޖަން، ފޮސްފޮރަސް އަދި ކޭލިޔަމް ނުވަތަ ޕޮޓޭސިއަމް އެކުލެވިފައި ވެއެވެ. އަދި އޮށްއޮށަށް ބެހެެއްޓުމަށް އެކަމަށ...
ހުބާ ޕްލާންޓްސް
އުމުރުން 12 އަހަރުގެ ޒާން ޒަބީރުއަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭއެސްޑީ) ތަހަންމަލް ކުރަމުންދާ ކުއްޖެކެވެ. މިއީ ކުއްޖާގެ ހެދިބޮޑުވުމުގައި ހުންނަ ނުކުޅެދުންތެރިކަމެކެވެ. މިއީ ނިއުރޮލޮޖިކަލް ޑިސްއޯޑާއެއް ކަމަށްވާތީ ކުއްޖާގެ ސިކުނޑިއަށް އަސަރުކުރެއެވެ. ވުމާއެކު ކުއްޖާގެ ވާހަކަ ދެއްކުމުގެ ބާރަށާއި އެހެން މީހުންނާއި އޮންނަ ގުޅުމުގެ ބާރަށް ހުރަސްއެޅެއެވެ. ޒާންގެ މަންމަ އައިމިނަތު އިހުސާނާ ބުނީ، ޒާން ކުޑައިރު ވެސް އެހެން ކުދިންނާއި ތަފާތުތަކެއް ފާހަގަ ކުރެވުނު ކަމަށާއި ނަމަވެސް އޭރު އެއީ އޯޓިޒަމް...
މުޙައްމަދު އަފްރާޙް
ނ. މާފަރު އެއާޕޯޓުގައި އެކްސްކަވޭޓަރެއް ފުރޮޅާލައިގެން އަނިޔާވި މީހަކު ނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި އެކްސްކަވޭޓަރަކީ އެ އެއާޕޯޓު ގެ މަސައްކަތަށް ބޭނުންކުރަމުންދިޔަ އެއްޗެއް ކަމަށެވެ. އެކްސްކަވޭޓަރު ފުރޮޅާލައިގެން އަނިޔާ ލިބުނުު މީހާ މާފަރު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މިއަދު ހެނދުނު 9:27 ހާއިރު، ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއެވެ. އަދި ނިޔާވެފައިވަނީ އެކްސްކަވޭޓަރު ދުއްވި ޑްރިވަރު ކަމަށް ވެސް ވިދާޅުވިއެވެ....
މުޙައްމަދު އަފްރާޙް