މައި ޚަބަރަށް ދިޔުމަށް

ބައިނަލްއަގުވާމީ

3,677 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 245 ވަނަ ޞަފްޙާ

ހާޓް އެޓޭކެއްޖެހި މުރުސީގެ ހަގު ދަރިކަލުން އަވަހާރަ ވެއްޖެ

ހާޓް އެޓޭކެއްޖެހި މުރުސީގެ ހަގު ދަރިކަލުން އަވަހާރަ ވެއްޖެ

މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީގެ އެންމެ ހަގު ދަރިކަލުން އަބްދުﷲ މުރްސީ ކުއްލި ގޮތަކަށް އަވަހާރަ ވެއްޖެ އެވެ. މީޑިޔާ ރިޕޯޓުތައް ބުނާގޮތުން އަބްދުﷲ މުރުސީ އަވަހާރަ ވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެންކަމަށް އާއިލާއިން ބުނެއެވެ. އަބްދުﷲ މުރުސީ އަވަހާރަވެފައި މިވަނީ ބައްޕާފުޅު އަވަހާރަވިތާ 78 ދުވަސް ފަހުންނެވެ. މިސްރުގެ ސަރުކާރުން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. އުމުރުފުޅުން 24 އަހަރުގައި އަވަހާރަވި އަބްދުﷲ މުރްސީ ފާހަގަ ކުރެވިގެން ގޮސްފައިވަނީ ބައްޕާފުޅު މުރުސީ އަވަހާރަވުމުން އާއިލާ...

އިބްރާހިމް އަސްވާޤް

ޑޯރިއަން ތޫފާނުގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވެއްޖެ

ބަހާމާސްގެ ރަށްތަކަށާއި އެމެރިކާގެ ބައެއް ސްޓޭޓުތަކަށް އަރާފައިވާ ތޫފާން ޑޯރިއަންގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވެފައިވާކަމަށާއި އަދިވެސް މަރުވި މީހުންގެ އަދަދު ބޮޑުތަނުން އިތުރުވުން އެކަށީގެންވާކަމަށް، ބަހާމާސްގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ. މި ތޫފާނާ ގުޅިގެން ޚަބަރު ފަތުރާ ވަސީލަތްތަކަށް މައުލޫމާތު ދެއްވަމުން ބޮޑުވަޒީރު ހުބާޓް މިނިސް ވިދާޅުވީ މިހާތަނަށް މަރުވި މީހުންގެ ގޮތުގައި ރިކޯޑު ކުރެވިފައިވަނީ ހަތް މީހުންކަމުގައެވެ. އެހެންނަމަވެސް، އަދިވެސް މި އަދަދު އިތުރުވުމުގެ ވަރަށް ބޮޑު ފު...

Thiladhun

ޑޯރިއަން ތޫފާނުގެ ބާރު ދަށްވެއްޖެ، އެކަމަކު އަދިވެސް ނުރައްކާ އެބައޮތް

މި ހަފްތާގެ އާދީއްތަ ދުވަހު ބަހާމާސްގެ ރަށްތަކަށް އެރި ތޫފާން ޑޯރިއަން، ބާރުކުޑަވަމުން އަންނަކަމަށާއި އަދި މިހާރު ތޫފާން، ގިންތި ކުރެވިފައިވަނީ ތިންވަނަ ދަރަޖައިގެ ތޫފާނެއްގެ ގޮތުގައިކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. އެންމެ ފުރަތަމަ، ކެޓަގަރީ ފަހެއްގެ ތޫފާނެއްގެ ގޮތުގައި ބަހާމާސްގެ ޖަޒީރާ ރަށްތަކަށް މި ތޫފާން އަރާފައިވާއިރު، އެކަމުގެ ސަބަބުން އެޤައުމަށް ބޮޑެތި ގެއްލުންތަކެއްވެސް ލިބިފައިވެއެވެ. ހަމައެހެންމެ، މީހުން މަރުވެ ބައެއް މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވެސްވެއެވެ. ޑޯރިއަން ތ...

Thiladhun

5400 އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބާނެ: އެމެރިކާ

ޠާލިބާންއާއެކު ވެވޭ އެއްބަސްވުމުގެ ދަށުން އެމެރިކާ ސިފައިންގެ ފަސް ހާސް މީހުން އަފްޣާނިސްތާނުން ފައިބާނެކަމަށް އެމެރިކާއިން ބުނަފިއެވެ. އެމެރިކާއިން މިހެން ބުނެފައި ވަނީ އަފްޣާނިސްތާނުގެ ހަނގުރާމަވެރި ޖަމާއަތް ޠާލިބާންއާ އެމެރިކާއާ ދެމެދު އެއްބަސްވެވިފައިވާ ބައެއް ކަންތައް އެމެރިކާއިން ހާމަކުރަމުންނެވެ. މި ތަފްސީލުތައް ހާމަކޮށްފައި ވަނީ އެމެރިކާއާ ޠާލިބާނުންނާ ދެމެދު އެއްބަސްވުމަކަށް އާދެވުނު ކަންކަމުގެ ތަފްސީލު އަފްޣާނިސްތާނުގެ ރައީސު އަޝްރަފް ޣަނީއަށް ދިނުމަށް ފަހު ނޫސަވެރިންނަށް މަޢުލޫމާތު ދެ...

ޝިއުނާ އާދަމް
ލިވަޕޫލް އަދި މެންޗެސްޓަރ ސިޓީ މޮޅުވިއިރު ޗެލްސީ އަދި މެޗެސްޓަރ ޔުނައިޓެޑް އަށް ހަމަހަމަ ނިމުމެއް

ލިވަޕޫލް އަދި މެންޗެސްޓަރ ސިޓީ މޮޅުވިއިރު ޗެލްސީ އަދި މެޗެސްޓަރ ޔުނައިޓެޑް އަށް ހަމަހަމަ ނިމުމެއް

އިންގްލިޝް ޕްރިމިއަރ ލީގްގައި މިރޭ ކުޅެވުނު މެޗްތަކުން ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަދި ލިވަޕޫލް މޮޅުވި އިރު ޗެލްސީއާއި މެންޗެސްޓަރ ޔުނައިޓެޑް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ. މެންޗެސްޓަރ ސިޓީ މިރޭ ބްރައިޓަންގެ މައްޗަށް ކުރި ހޯދީ 4-0 ގެ ނަތީޖާއަކުންނެވެ. ސިޓީގެ އިއްތިހާދު ސްޓޭަޑިއަމްގައި ކުޅުނު މިމެޗްގެ ފުރަތަމަ ގޯލް މެޗް ފެށުނުތާ މާގިނައިރެއްނުވެ މެޗްގެ ދެވަނަ މިނިޓްގައި ޑޭވިޑް ސިލްވާ ތަނަވަަސްކޮށްދިން ފުރުސަތަކުން ކާމިޔާބް ކޮށްދިނީ ކެވިން ޑެ ބްރުއެންއެވެ. ސިޓީގެ ދެވަނަ ގޯލާއި ތިންވަނަ […]

އަޙްމަދު އަސްފާން
އިންޑިއާ ސިފައިން ޕާކިސްތާންގެ ތިން އަހަރުގެ އަންހެން ކުއްޖަކު ޝަހީދުކޮށްލައިފި

އިންޑިއާ ސިފައިން ޕާކިސްތާންގެ ތިން އަހަރުގެ އަންހެން ކުއްޖަކު ޝަހީދުކޮށްލައިފި

އިންޑިއާ ސިފައިން ޕާކިސްތާންގެ ތިން އަހަރުގެ އަންހެން ކުއްޖަކު ޝަހީދުކޮށްލައިފި އެވެ. ޕާކިސްތާންގެ އަސްކަރިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާ ސިފައިން ދިން ހަމަލާއެއްގައި ޕާކިސްތާންގެ އާއްމުންގެ މީހަކާއި ކުޑަކުއްޖަކު ޝަހީދު ވެފައިވާ ކަމަށެވެ. އެއީ ތިން އަހަރުގެ އަންހެން ކުއްޖަކާއި އުމުރުން 45 އަހަރުގެ ފިރިހެނެކެވެ. ދެމީހުން ވެސް ޝަހީދުވީ އިންޑިއާ ސިފައިންގެ ހަމަލާތަކުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. އ...

ޝިއުނާ އާދަމް
ރޮހިންޖާގެ ދެލައްކައެއްހާ ރެފިއުޖީން "ގަތުލްއާއްމުގެ ދުވަސް" ފާހަގަކޮށްފި

ރޮހިންޖާގެ ދެލައްކައެއްހާ ރެފިއުޖީން "ގަތުލްއާއްމުގެ ދުވަސް" ފާހަގަކޮށްފި

ރަކީން ސްޓޭޓުން ނެރެލައި ބަންގްލަދޭޝް އަށް ފޮނުވާލި އަނިޔާވެރި ހަނދާންތައް އާ ކުރުމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ “ގަތުލްއާއްމުގެ ދުވަސް”  ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގެ ރެފިއުޖީ ކޭމްޕްގައި މިއަދު ފާހަގަކޮށްފި އެވެ. މިއެއްވުމުގައި ޖޮހިންޖާ މުސްލިމުންގެ ދެލައްކައެއްހާ މީހުން ބައިވެރިވެފައިވާކަމަށް މައުލޫމާތުލިބިފައިވެއެވެ. މިއީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ރެފިއުޖީ ކޭންޕެވެ. މިއަންމާގެ ރަކީން ސްޓޭޓުގައި 2017 ވަނަ އަހަރު ހިނގާދިޔަ ގަތުލްއާއްމުތަކުގައި 740،000 ވުރެގިނަ ރޮހިންޖާ މުސްލިމުނ...

އިބްރާހިމް އަސްވާޤް

އެނބުރި ދާނީ ފުރިހަމަ ރަށްވެހިންނަށް ހެދުމުން: ރޮހިންޖާ މުސްލިމުން

“އަހަރުމެން އެނބުރި ދާނީ އަހަރުމެންނަކީ ފުރިހަމަ ރަށްވެހިންނަށް ހެދުމުން.” “އެންމެ ކުޑަމިނުން ބޯހިޔާކޮށްލާނެ ތަނެއް މިތަނުގައި އަހަރުމެންނަށް ލިބޭ.” އުމުރުން 35 އަހަރުގެ ފަރްހާނާ ބޭގަމް ބުންޏެވެ. ރޮހިންޖާ މުސްލިމުން ވަނީ އެ މީހުންގެ ހާލަތު ބަދަލުކުރުމަށް މިޔަންމާ ސަރުކާރުން އެއްބަސް ނުވަނީސް އެނބުރި ދިއުމަށް ދެކޮޅުހަދާފައެވެ. ބަންގްލާދޭޝްގައި ދިރިއުޅޭ ރޮހިންޖާ ރެފިއުންޖީންގެ ތެރެއިން ބަޔަކު މިޔަންމާއަށް އަނބުރާ ގެންދަން، ބަންގްލާދޭޝް ރެފިއުޖީ ކޮމިޝަނާއި އދ. ގުޅިގެން އިއްޔެ ކުރި މަސައްކަތްވަނީ ނާ...

އިބްރާހިމް އަސްވާޤް
އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު ހައްޔަރުކޮށްފި

އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު ހައްޔަރުކޮށްފި

އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު ޗިދަމްބަރަމްއަށް، ކޮރަޕްޝަނާއި މަނީލޯންޑްރިންގެ ތުހުމަތުކޮށް ހައްޔަރުކޮށްފިއެވެ. އިންޑިއާގެ ސެންޓަރަލް އިންޓަލިޖެންސް ބިއުރޯ (ސީއައިބީ) ގެ އޮފިޝަލުން އޭނާ ހައްޔަރު ކޮށްފައިވަނީ ނިއުދިއްލީގައި ހުންނަ އޭނާގެ ގެކޮޅުންނެވެ. އިންޑިއާގެ ފައިސާއާބެހޭ ކުށްތަކާއި ދެކޮޅަށް މަސައްކަތްކުރާ ސީއައިބީއާއި ތަންފީޒީ ޑައިރެކްޓްރޭޓުން ތުހުމަތުކުރާ ގޮތުގައި ޗިދަމްބަރަމް ފިނޭންސް މިނިސްޓަރަކަށް ހުރި ދުވަސްވަރު މަޤާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން މަނީލޯންޑްރިންގ ހަރަކާތްތަކެއްގ...

އިބްރާހިމް އަސްވާޤް
ޕާކިސްތާނުން ކަޝްމީރު މައްސަލަ އިންޓަނޭޝަން ކޯޓް އޮފް ޖަސްޓިސްއަށް ހުށައަޅަނީ

ޕާކިސްތާނުން ކަޝްމީރު މައްސަލަ އިންޓަނޭޝަން ކޯޓް އޮފް ޖަސްޓިސްއަށް ހުށައަޅަނީ

ގާނޫނު އަސާސީން ކަޝްމީރަށް ދީފައިވާ ހައްޤުތަކަށް އަރައިގަނެފައިވާ ކަމަސްބުނެ، މި މައްސަލަ އިންޓަނޭޝަން ކޯޓް އޮފް ޖަސްޓިސްއަށް ހުށައަޅާނެކަމަށް އަވަށްޓެރި ޕާކިސްތާނުން ބުނެފި އެވެ. އިންޑިއާގެ އެ ނިންމުމަކީ ސީދާ މުސްލިމުންނަށް އަމާޒުކޮށް ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނުތަކާ ހިލާފު ނިންމުމެއްކަމަށް ޕާކިސްތާނުން ވަނީ ބުނެފަ އެވެ. ޖަންމު އަދި ކަޝްމީރުގެ ބައެއް ޕާކިސްތާނުން ކޮންޓްރޯލްކުރާއިރު، އިންޑިއާގެ ކޮންޓްރޯލްގެ ދަށުގައިއޮތް ސަރަހައްދާ އޮތް ވިޔަފާރީގެ ގުޅުމާއި، ދަތުރުކުރުމުގެ ހުއްދަ ވަނީ އު...

އަބްދުﷲ ޝަފީޢު

ޓްރަންޕް ބޭނުންވީ ގްރީން ލޭންޑް ގަންނަން

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕަކީ އަބަދުވެސް ކޮންމެވެސް ކަމެއްގައި މީސްމީޑިޔާގައި ވައި ހިފާފައި ހުންނަ ރައީސެކެވެ. މިފަހަރުވެސް ޑޮނާލްޑް ޓްރަންޕްގެ ތަފާތު ވާހަކައެކެވެ. ޓްރަންޕް ޤައުމެއް ގަންނަން އުޅޭ ވާހަކައެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕް ގްރީންލޭންޑް ގަތުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން ވޯލް ސްޓްރީލް ޖާނަލް އިންވަނީ ކަށަވަރުކޮށްދީފައެވެ. އެނޫހުން ބުނެފައިވަނީ ޑޮނާލްޑް ޓްރަންޕް މިހާތަނަށް ދެ ފަހަރެއްގެ މަތިން އެމެރިކާގެ ވައިޓް ހައުސްގެ ލަފާދޭ ކޮމިޓީ ކުރެން ގްރީން ލޭންޑް ގަނެވ...

Thiladhun
ދުނިޔެއަށް އެންމެ ހޫނުވީ މިދިޔަ މަހުގައި، ވިސްނާލަންވީ ކަމެއް!

ދުނިޔެއަށް އެންމެ ހޫނުވީ މިދިޔަ މަހުގައި، ވިސްނާލަންވީ ކަމެއް!

ދުނިޔެ ހޫނުވުމުގެ ވާހަކަ އަބަދުވެސް ދައްކައެވެ. ނަމަވެސް އެކަމުގެ ނުރައްކާތެރި ކަމުގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް، އެކަން ހައްލު ކުރަން ބަޔަކު މަސައްކަތް ކުރިޔަސް، އެމަކާ ދެކޮޅު ހަދާ ގިނަ ބަޔަކު އުޅޭކަން ފާހަގަ ކޮށްލެއެވެ. ނަމަވެސް މިހާރުގެ ތަފާސް ހިސާބުތަކުން ބަލާލާއިރު، ދުނިޔެ ހޫނުވުމަކީ އިންތިހާއަށް ކަންބޮޑު ވާން ޖެހޭ ކަމެއްކަން ހާމަވެގެންދެއެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ފިނި ހޫނުމިން ރަނގަޅު ގޮތުގައި މޮނިޓަރ ކުރެގެން ފެށީއްސުރެ، މިދިޔަ މަހަކީ ދުނިޔެ […]

Thiladhun
ކަޝްމީރު މައްސަލައަށް ނަޒަރެއް!

ކަޝްމީރު މައްސަލައަށް ނަޒަރެއް!

އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮންނަ ކަޝްމީރަކީ، އިނގިރޭސީންގެ އަޅުވެތިކަމުން އިންޑިއާއާއި ޕާކިސްތާނު މިނިވަންކުރި އިރު، ވަކިގޮތެއް ނުނިންމައި އޮތް މުސްލިމް އާބާދީއެކެވެ. އަދި މިހާތަނަށް ކަޝްމީރު ދެބަޔަކަށް ބަހާލައި އިންޑިއާއާއި ޕާކިސްތާނުން ދަނީ އެ ދެބައި ކޮންޓްރޯލްކުރަމުންނެވެ. ކަޝްމީރު ދެބައިކޮށްލިއިރު އޭގެތެރޭން އިންޑިއާގެ ބާރުގެ ދަށުގައި އޮތް ފަޅިއަށް ކިޔަނީ ޖައްމޫ އެންޑް ކަޝްމީރެވެ. އަދި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ފަޅިއަށް ކިޔަނީ އާޒާދު ކަޝްމީރެވެ. ކަޝްމީރުގެ މައްސަލަޔަކީ އިންޑިޔާއާއި...

ޝިއުނާ އާދަމް
ބަންގުދަލޭސްގައި ޑެންގޫ ޖެހިގެން 40 މީހުން މަރުވެއްޖެ

ބަންގުދަލޭސްގައި ޑެންގޫ ޖެހިގެން 40 މީހުން މަރުވެއްޖެ

ބަންގުދަލޭސްގައި ޑެންގޫޖެހިގެން 40 މީހުންމަރުވެއްޖެއެވެ. އާދަޔާހިލާފަށް ޑެންގޫ ފެތުރެމުންދާ މިދުވަސްވަރުގައި ޑެންގޫ ޖެހިގެން 40 މީހުން މިހާތަނަށް މަރުވެފައިވާކަމަށް އެގައުމުގެ އިދާރާތަކުން ހާމަކޮށްފިއެވެ. 40 މީހުން މަރުވެފައިވާކަމަށް ބަންގުލަދޭސް އިދާރާތަކުން ހާމަކޮށްފައިވީނަމަވެސް އެގައުމުގެ ނޫސްތަކުން ބުނާގޮތުން މިއަދަދު 100 އަށްވުރެއް މައްޗަށް އަރާނެކަމަށް ގިނަ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. ކޮންމެ އަހަރެއްގެވެސް ވިއްސާރަ ދުވަސްވަރާއި ދިމާކޮށް ބަނގުލަދޭގައި އަންނަނީ ޑެންގޫފެތުރެމުންނެވެ. އެ...

ޝިއުނާ އާދަމް

ފަލަސްތީން މުސްލިމުންގެ ކެކުޅުމަށް ނިމުމެއްނާދެ

މިދުވަސްވަރު ފަލަސްތީނަށް ހަމަލާދިނުން މެދުކަނޑާލާފައި އޮތަސް، ފަލަސްތީން މުސްލިމުންގެ ކެކުޅުމަށް ނިމުމެއްނާދެއެވެ. ދުނިޔޭގެ މީޑިޔާގެ ސަމާލުކަމަށް ނަޔަސް ކޮންމެ ދުވަހަކީ ފަލަސްތީނު ރައްޔިތުންނަށް އިޒްރާއިލްގެ ކިބައިން އެތަކެއް ދުއްތުރާތަކާ ތަހައްމަލްތައް ލިބެމުން އަންނަ ދުވަހެކެވެ. ހައްދުފަހަނަ އަޅާފައިވާ ޔަހޫދީންގެ ކޮންމެ ފިޔަވަޅަކީ ފަލަސްތީންގެ މުސްލިމް އަޙުންނަށް އަނިޔާ ކުރުމާ ދުއްތުރާ ކުރިމަތިވާނެހެން ރާވާ ހިންގާ ޖަރީމާތަކެކެވެ. ދުނިޔޭގެ މީޑިޔާގެ ސަމާލުކަމަށް ނަޔަސް ކޮންމެ ދުވަހަކީ ފަލަސްތީނ...

ޝިއުނާ އާދަމް