ސައޫދީއިން އިންޑިއާގައި 75 ބިލިއަން ޑޮލަރު އިންވެސްޓް ކުރަނީ
ސައޫދީ ސަރުކާރުން އިންޑިއާގައި 75 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރުމުގެ އިބްތިދާއީ އެއްބަސްވުމެއްގައި ދެގައުމުން ސޮއިކޮށްފިއެވެ. “ސައޫދީ އަރާމްކޯ” އާއި އިންޑިޔާގެ ރެލިއަންސާ ދެމެދު ސޮއިކުރި “ލެޓަރ އޮފް އިންޓަރެސްޓް” (އެލްއޯއައި) ދަށުން މިކަމާބެހޭ ފަންނީ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު އެ އެއްބަސްވުމުގައި ސޮއިކުރުމުން ރެލިއަންސް އިންޑަސްޓްރީގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް އަރަމްކޯ އިން ދުވާލެއްގެ މައްޗަށް 500 ހާސް ފީފާ ތެޔޮ ފޯރުކޮށްދޭނެއެވެ. އަދި ދެކުނު އޭޝިއާގައި ނެތް...