އާ ޑިޒައިންތަކުގެ މާސްކު ހެދުމަށް އެމެރިކާ ސަރުކާރުން 500،000 ޑޮަލަރުގެ މުބާރާތެއް
މިހާރު ގެންގުޅޭ މާސްކުތަކަށްވުރެ ފަސެހަ އާ މާސްކުތަކެއް ހެދުމަށް އެމެރިކާގެ ސަރުކާރުން މުބާރާތެއް ފަށައިފިއެވެ. “މާސްކް އިނޮވޭޝަން ޗެލެންޖު”ގެ ނަމުގައި ފެށި މި މުބާރާތުގައި 500،000 ޑޮލަރުގެ ފައިސާގެ އިނާމް ވަނީ ހުށަހަޅައިފައެވެ. މި ޗެލެންޖުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް މި މަހުގެ 21ވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ. އެމެރިކާއިން ބުނާގޮތުގައި އާ މާސްކު ޑިޒައިންތަކާއެކު ގިނަ ބައެއްގެ ޝަކުވާތަކަށް ހައްލު ލިބޭނެއެވެ. މިހާރު ބޭނުން ކުރާ މާސްކު ތަކުގެ ސަބަބުން ކަންފަތުގައި ރިއ...