މޫނު ބުރުގާ މަނާކުރަން ލަންކާގެ ކެބިނެޓުން ރުހުންދީފި
އާއްމު ތަންތަނުގައި އުޅޭއިރު މޫނު ބުރުގާ އަޅައިގެން ނުވަތަ މޫނު ނިވާކޮށްގެން އުޅުން މަނާކުރުމަށް ޑްރާފްޓްކޮށްފައިވާ ބިލަށް ސްރީ ލަންކާގެ ކެބިނެޓުން އިއްޔެރުހުން ދީފިއެވެ. ކެބިނެޓުގެ ތަރުޖަމާން، މިނިސްޓަރ އޮފް މާސް މީޑިއާ އެންޑް އިންފޮމޭޝަން ކެހެލިޔާ ރަމްބުކްވެއްލާ ވިދާޅުވީ އާއްމު ތަންތަނުގައި އުޅޭ އިރު މޫނު ބުރުގާ މަނާކުރަންކެބިނެޓުގެ ރުހުން ދިނީ މޫނު ނިވާ ކުރުމުން އެއީ ކާކުކަން ދެނެގަންނަން ދަތިވާނެތީ ކަމަށެވެ. އަދި އެއީ ގައުމީ ސަލާމަތަށް ކުރިމަތިވާނެ ނުރައްކަލެއް ކަމަށްވެސްއޭނާ ވިދާޅުވިއެވެ. އ...