ޖައްވު ސާފު ކުރަން އުޅަނދެއް ފޮނުވައިފި
ޖައްވުގައި ހުރި ކުނި ސާފު ކުރުމަށް ޖަޕާނުން އުޅަނދެއް ފޮނުވައިފިއެވެ. ޖަޕާނުގެ އެސްޓްރޯސްކޭލް ކުންފުނިން މި އުޅަނދު ޖައްވަށް ފޮނުވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެގޮތުން ޖައްވުގައި ހުރި ކުނިތައް ނައްތާލުމަށް ދެ ރޮކެޓެއް ވަނީލޯންޗުކޮށްފައެވެ. މި ރޮކެޓުތަކުގައި ފޮނުވި ދަގައްފާނެއްގެ އެހީގައި ކުރިއަށް އޮތް މަސްތަކުގައި ޖައްވު ސާފު ކުރާނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި މިހާތަނަށް ޖައްވުގައި 900 ޓަނުގެ ކުނި އެބަ ދައުރުކުރެއެވެ. މިއީ ފާއިތުވި އަހަރުތަކުގައި ޖައްވަށް ފޮނުވާފައިވާ ސެޓްލައިޓުތަކ...