ޓްރަމްޕަށް ނޯތުކޮރެއާއިން ހަރުކަށި ރައްދެއް
ނޯތް ކޮރެއާގެ ސަރުކާރުން ޑޮނަލްޑް ޓްރަމްޕްގެ ބަސްތަކަށް ހަރުކަށި ރައްދެއް ދީފިއެވެ. އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާ ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯއްދަވައިފިނަމަ، ނޯތް ކޮރެއާއާ އެކު އޮންނަ ގުޅުން ރަނގަޅުވާނެ ކަމަށެވެ. އަދި ނޯތް ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އޭނާއަށް އެއބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. ނޯތް ކޮރެއާގެ ސަރުކާރުގެ ނޫސް އޭޖެންސީ، ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ (ކޭސީއެންއޭ) އިން ނެރުނު އެޑިޓޯރިއަލްގައި ބުނެފައިވަނީ އެމެރިކާގެ ސަރުކާރު ބަދަލުވިޔަސ...