މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ބައިނަލްއަގުވާމީ

3,715 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 167 ވަނަ ޞަފްޙާ

ހަމާސްގެ ޕޮލިޓިކަލް ޗީފް އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލައިފި

ހަމާސްގެ ޕޮލިޓިކަލް ޗީފް އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލައިފި

އީރާނުގެ ވެރިރަށް ތެހެރާނުގައި ހަމާސްގެ ޕޮލިޓިކަލް ޗީފް އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލާފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ. އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ނެރުނު ބަޔާނަކާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ހަނިއްޔާ އާއި އޭނާގެ ބޮޑީގާޑަކު މަރުވެފައި ވަނީ އެ މީހުން ތިބި އިމާރާތަށް ހަމަލާދިނުމުންނެވެ. އައިއާރްޖީސީގެ ބަޔާނުގައި ބުނެފައިވަނީ ހަނިއްޔާ ތެހެރާނަށް ވަޑައިގެންނެވީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެ...

އަޙްމަދު ދާއޫދު
ލުބުނާންގެ ވެރިރަށް ބެއިރޫތަށް އިޒްރޭލުން ބޮން އަޅައިފި

ލުބުނާންގެ ވެރިރަށް ބެއިރޫތަށް އިޒްރޭލުން ބޮން އަޅައިފި

ލުބުނާންގެ ވެރިރަށް ބެއިރޫތަށް އިޒްރޭލުން ބޮން އަޅައިފިއެވެ. މި ހަމަލާދިންކަން އިޒްރޭލުން ކަށަވަރު ކޮށްދީފައިވާއިރު، ބޮން އެޅީ، ބެއިރޫތުގެ ދެކުނުގައި ހިޒްބުﷲ ގެ މަރުކަޒެއް ހުންނަ ތަނަކަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ހަމަލާ ދިނީ ހިޒްބުﷲ ގެ ކޮމާންޑަރަކަށް އަމާޒު ކޮށް ކަމަށާއި، އޭނާ އަކީ އިޒްރޭލުން ހިފާފައިވާ ގޯލާންގެ އުސްބިންތަކަށް ހޮނިހިރު ދުވަހު ދިން ހަމަލާގައި އިސް ދައުރެއް އަދާ ކުރި ފަރާތް ކަމަށް ވެސް އިޒްރޭލުން ބުނެފައިވެއެވެ. ހޮނިހިރު ދުވަހުގެ ހަމަލާ […]

އަޙްމަދު ދާއޫދު
އީރާނުގެ އައު ރައީސް ހުވައި ކުރައްވައިފި

އީރާނުގެ އައު ރައީސް ހުވައި ކުރައްވައިފި

އީރާނުގެ އައު ރައީސް މަސްއޫދު ޕެޒެޝްކިއާން ރައީސް މަގާމުގެ ހުވައި ކުރައްވައިފިއެވެ. އުމުރުފުޅުން 69 އަހަރުގެ ޕެޒެޝްކިއާން ރައީސް ކަމުގެ މަގާމުގެ ހުވައި ކުރެއްވީ އަންގާރަ ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އީރާނުގެ އިސް އޮފިޝަލުންގެ އިތުރުން ދުނިޔޭގެ 80 ގައުމަކުން އެ ގައުމުތަކުގެ އިސްވެރިންގެ ފެންވަރުގައި މަންދޫބުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާ އިން ބުނެފައިވެއެވެ. ރާއްޖޭގެ ނައިބު ރައީސް ޙުސެއިން މުޙައްމ...

އަޙްމަދު ދާއޫދު
ކަސްޓަމް އޭއައި ކެރެކްޓާތައް ހެދުމުގެ ފުރުޞަތު މެޓާގެ ޕްލެޓްފޯމްތަކުން ދޭން ނިންމައިފި

ކަސްޓަމް އޭއައި ކެރެކްޓާތައް ހެދުމުގެ ފުރުޞަތު މެޓާގެ ޕްލެޓްފޯމްތަކުން ދޭން ނިންމައިފި

ކަސްޓަމް އޭއައި ކެރެކްޓަރުތައް ހެދުމުގެ ފުރުޞަތު މެޓާގެ ޕްލެޓްފޯމްތަކުން ދޭން ނިންމައިފިއެވެ. މެޓާ އިން ބުނީ އެ ކުންފުނީގެ ޕްލެޓްފޯމްތަކުގައި އޭއައި ސްޓޫޑިއޯ ކިޔާ އައު ޓޫލެއް ތަޢާރަފުކުރަން ނިންމާފައިވާ ކަމަށެވެ. މިއީ ބޭނުންކުރާ ފަރާތްތަކަށް އަމިއްލައަށް އޭއައި ޗެޓްބޮޓްތައް ހަދައި، ޑިޒައިންކޮށް އަދި ޙިއްޞާކުރުމުގެ ފުރުޞަތު ދޭ ޓޫލެކެވެ. މެޓާއިން ބުނާ ގޮތުގައި މި އޭއައި ސްޓޫޑިއޯއިން ބޭނުންކުރާ ފަރާތްތަކަށް އަމިއްލައަށް ކަސްޓަމައިޒްކޮށްފައިވާ އޭއައި ކެރެކްޓަރުތައް ހެދުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި...

އަޙްމަދު ދާއޫދު
ޣައްޒާގެ 86 އިންސައްތަ މިހާރު އޮތީ އިސްރާއީލުގެ ބާރުގެ ދަށުގައި: އދ.

ޣައްޒާގެ 86 އިންސައްތަ މިހާރު އޮތީ އިސްރާއީލުގެ ބާރުގެ ދަށުގައި: އދ.

ޣައްޒާގެ 86 އިންސައްތަ މިހާރު އޮތީ އިސްރާއީލުން މީހުން ހުސްކުރުމުގެ އަމުރުގެ ދަށުގައި ކަމަށް އދ. އިން ބުނެފިއެވެ. ޔޫއެންއިން އިއްޔެ ހާމަކުރި ގޮތުގައި ޣައްޒާގެ 86 އިންސައްތަ ސަރަހައްދުން ދަނީ ފަލަސްތީނުގެ ރައްޔިތުން ފައިބަމުންނެވެ. އަދި މިހާރު އެ ސަރަޙައްދުތައް ވަނީ އިސްރާއީލުގެ ބެލުމުގެ ދަށުގައެވެ. ޔޫއެންގެ އެޖެންސީ ޔޫއެންއާރްޑަބްލިއޫއޭގެ ވެރިޔާ ވަނީ މި މަޢުލޫމާތު ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މެދު ޣައްޒާގެ ރެފިއުޖީ ކޭމްޕްތަކުން އެތައް ހާސް މީހުން ވަނީ އައު އިންޒާރުތަކާ […]

އަޙްމަދު ދާއޫދު
އެމެރިކާއިން ޔޫކްރެއިނަށް 200 މިލިއަން ޑޮލަރުގެ ހަނގުރާމައިގެ އެހީ ފޯރުކޮށްދޭން ނިންމައިފި

އެމެރިކާއިން ޔޫކްރެއިނަށް 200 މިލިއަން ޑޮލަރުގެ ހަނގުރާމައިގެ އެހީ ފޯރުކޮށްދޭން ނިންމައިފި

އެމެރިކާއިން ޔޫކްރެއިނަށް 200 މިލިއަން ޑޮލަރުގެ ހަނގުރާމައިގެ އެހީ ފޯރުކޮށްދޭން ނިންމައިފިއެވެ. ޔޫއެސް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ސްޕޯކްސްޕަރސަން ޖޯން ކާރބީ ވިދާޅުވީ ޔުނައިޓެޑް ސްޓޭޓްސް އިން ޔޫކްރެއިނަށް 200 މިލިއަން ޑޮލަރުގެ ހަތިޔާރާއި، ވަޒަނާއި އަދި އެހެނިހެން ހަނގުރާމަވެރި އެހީ ފޯރުކޮށްދޭން ނިންމައިފައިވާ ކަމަށެވެ. މި އެހީ ފޯރުކޮށްދެވޭނީ ޔޫއެސް ރައީސްގެ ޑްރޯޑައުން އޮތޯރިޓީގެ ދަށުން ކަމަށާއި، މިގޮތުން ޔޫއެސްގެ މިލިޓަރީ ސްޓޮކްޕައިލްތަކުން ހަތިޔާރާއި އެހެނިހެން ތަކެތި ނެގިގެންދާނެ...

އަޙްމަދު ދާއޫދު
އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 39،300 އަށްވުރެ އިތުރުވެއްޖެ

އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 39،300 އަށްވުރެ އިތުރުވެއްޖެ

އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 39،300 އަށްވުރެ އިތުރުވެއްޖެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ސިފައިންގެ ހަމަލާތަކުގައި 66 މީހުން މަރުވެ، 241 މީހުން ޒަޚަމްވެފައިވާ ކަމަށް އެ އެ ސަރަޙައްދުގެ ސިއްޙީ އިދާރާތަކުން ބުނެފައިވެއެވެ. މިއާއެކު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު ފެށުނު މި ހަނގުރާމައިގައި މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދު 39،324 އަށް އަރާފައިވާއިރު، 90،830 މީހުން ޒަޚަމްވެފައިވެއެވެ. މީގެ އިތުރުން ޣައްޒާގެ ދެކުނުގައިވާ ޚާނ...

އަޙްމަދު ދާއޫދު
އެޕަލްއިން ނެރުމަށް ތައްޔާރުވަމުންދާ އޭއައި ފީޗާތައް ލަސްވެދާނެ

އެޕަލްއިން ނެރުމަށް ތައްޔާރުވަމުންދާ އޭއައި ފީޗާތައް ލަސްވެދާނެ

އެޕަލްއިން ނެރުމަށް ތައްޔާރުވަމުންދާ އާޓިފިޝަލް އިންޓެލިޖެންސް ފީޗަރތައް ލަސްވާނެކަމަށް ބްލޫމްބާގް ނިއުސްއިން ރިޕޯޓުކޮށްފިއެވެ. އެޕަލްއިން ނެރުމަށް ރާވާފައިވާ އައިފޯނާއި އައިޕެޑްގެ ސޮފްޓްވެއަރ އަޕްޑޭޓްތަކުގައި މި ފީޗަރތައް ހިމެނިފައި ނުވާނެކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ދިން ފަރާތްތަކަކާ ހަވާލާދީ ބްލޫމްބާގް ނިއުސްއިން ބުނެފައިވަނީ “އެޕަލް އިންޓެލިޖެންސް” ކަސްޓަމަރުންނަށް ތަޢާރަފުކުރަން ފަށާނީ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށެވެ. އައިއޯއެސް 18 އަދި އައިޕެޑްއ...

އަޙްމަދު ދާއޫދު
އީރާނުގެ ސުޕްރީމް ލީޑަރު އެ ޤައުމުގެ އައު ރައީސް ރަސްމީކޮށް ޤަބޫލުކުރައްވައިފި

އީރާނުގެ ސުޕްރީމް ލީޑަރު އެ ޤައުމުގެ އައު ރައީސް ރަސްމީކޮށް ޤަބޫލުކުރައްވައިފި

އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުއްލާ އަލީ ޚަމެނީ އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، އިންތިޚާބުވި ރައީސް މަސްއޫދު ޕެޒެޝްކިއަން އިސްލާމީ ޖުމްހޫރިއްޔާގެ ވެރިއަކަށް ރަސްމީކޮށް ޤަބޫލުކުރައްވައިފިއެވެ. ޚަމެނީ ވަނީ ޕެޒެޝްކިއަންއަށް “ޤަބޫލުކުރިކަމުގެ ލިޔުން” ހަވާލުކުރައްވައި، އޭނާގެ މަޤާމު ބަލައިގަތްކަން އަންގަވާފައެވެ. ޚަމެނީގެ މި ބަލައިގަތުމަށްފަހު، ދެ ދުވަސް ފަހުން އީރާނުގެ ޕާލިމަންޓުގައި ޕެޒެޝްކިއަންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. މި ރަސްމިއްޔާތުގައި 70 ބޭރު ޤައުމުތަކާއި ބައިނ...

އަޙްމަދު ދާއޫދު
ފަލަސްތީނަށް އެހީވުމަށްޓަކައި ތުރުކީ އިސްރާއީލަށް ވަންނަން ޖެހިދާނެ: އުރުދުޣާން

ފަލަސްތީނަށް އެހީވުމަށްޓަކައި ތުރުކީ އިސްރާއީލަށް ވަންނަން ޖެހިދާނެ: އުރުދުޣާން

ފަލަސްތީނަށް އެހީވުމަށްޓަކައި ތުރުކީ އިސްރާއީލަށް ވަންނަން ޖެހިދާނެ ކަމަށް ވިދާޅުވެ ރައީސް އުރުދުޣާން ވަރުގަދަ އިންޒާރެއް އިސްރާއީލަށް ދެއްވައިފިއެވެ. ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވީ ލިބިޔާ އަދި ނަގޯރްނޯ-ކަރަބާޚްއަށް މީގެ ކުރިން ވެސް ތުރުކީން ވަދެފައިވާ ފަދައިން އިސްރާއީލަށް ވެސް ވަދެދާނެ ކަމަށެވެ. ނަމަވެސް އެ ވަނުމަކީ ކޮން ބާވަތެއްގެ ވަނުމެއްކަން އެމަނިކުފާނު ސާފުކޮށް ވިދާޅެއް ނުވިއެވެ. “އަހަރުމެން ވަރަށް ވަރުގަދަ ވާން ޖެހޭ. އެއީ އިސްރާއީލުން ފަލަސްޠީނަށް މިކުރާ ބޭއަދަބީ ކަނ...

އަޙްމަދު ދާއޫދު
ގްރޮކް އޭއައި ޗެޓްބޮޓް ތަމްރީނު ކުރުމުގައި އެކްސްގެ ޕޯސްޓްތައް ޔޫޒަރުންގެ ހުއްދަނެތި ބޭނުން ނުކުރަން ނިންމައިފި

ގްރޮކް އޭއައި ޗެޓްބޮޓް ތަމްރީނު ކުރުމުގައި އެކްސްގެ ޕޯސްޓްތައް ޔޫޒަރުންގެ ހުއްދަނެތި ބޭނުން ނުކުރަން ނިންމައިފި

ގްރޮކް އޭއައި ޗެޓްބޮޓް ތަމްރީނު ކުރުމުގައި އެކްސްގެ ޕޯސްޓްތައް ޔޫޒަރުންގެ ހުއްދަނެތި ބޭނުން ނުކުރަން ނިންމައިފިއެވެ. އީލޮން މަސްކްގެ އެކްސް ޕްލެޓްފޯމުން މީގެ ކުރިން ބުނެފައިވަނީ އެ ކުންފުނީގެ ޔޫޒަރުންގެ ޕޯސްޓްތަކާއި އިންޓަރެކްޝަންތައް ގްރޮކް އޭއައި ޗެޓްބޮޓް ތަމްރީނު ކުރުމަށް ބޭނުން ކުރުމުގެ ފުރުޞަތު ދީފައި ވާނެކަމަށެވެ. ނަމަވެސް، “އެކްސްގެ ހުރިހާ ޔޫޒަރުންނަށްވެސް އެމީހުންގެ ޕަބްލިކް ޕޯސްޓްތައް ގްރޮކް ތަމްރީނު ކުރުމަށް ބޭނުން ކުރަން ހުއްދަ ދިނުމާއި ނުދިނުން މިހާރު އޮންނާނީ ޔޫޒަރުންގެ އަތްމަތީގައި...

އަޙްމަދު ދާއޫދު
ޣައްޒާގެ ސްކޫލަކަށް އިޒްރޭލުން ހަމަލާދީ ފަލަސްތީނުގެ 30 މީހުން ޝަހީދު ކޮށްލައިފި

ޣައްޒާގެ ސްކޫލަކަށް އިޒްރޭލުން ހަމަލާދީ ފަލަސްތީނުގެ 30 މީހުން ޝަހީދު ކޮށްލައިފި

ޣައްޒާގެ ސްކޫލަކަށް އިޒްރޭލު ސިފައިން ހަމަލާދީ ފަލަސްތީނުގެ 30 މީހުން ޝަހީދު ކޮށްލައިފިއެވެ. ހޮނިހިރު ދުވަހު ދިން މި ހަމަލާ ގައި 100ށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައި ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ. މި ސްކޫލަކީ ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރާ އިމާރާތެއް ކަމަށް ޣައްޒާގެ އޮފިޝަލުން ވަނީ ބުނެފައެވެ. ޣައްޒާ ގެ މީޑިއާ އޮފީހުން ބުނެފައިވަނީ އިޒްރޭލުގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 15 […]

އަޙްމަދު ދާއޫދު
އޮލިމްޕިކްސް އަށް ދިޔަ ސަމޯއާގެ ބޮކްސިން ކޯޗް ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެ

އޮލިމްޕިކްސް އަށް ދިޔަ ސަމޯއާގެ ބޮކްސިން ކޯޗް ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެ

އޮލިމްޕިކްސް އަށް ދިޔަ ސަމޯއާގެ ބޮކްސިން ކޯޗް ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ. ދެކުނު ޕެސިފިކްގެ ޖަޒީރާ ގައުމެއް ކަމަށްވާ ސަމޯއާގެ ބޮކްސިންގ ކޯޗް ލަޔަނެލް އެލީކާ މަރުވީ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތު ފެށުމަށް ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ހުކުރު ދުވަހުއެވެ. އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީ އިން ބުނެފައިވަނީ އޭނާ އަށް އިމެޖެންސީ ކޮށް ފަރުވާ ދިން ނަމަވެސް ފުރާނަ ސަލާމަތް ކުރެވޭ ގޮތް ނުވި ކަމަށެވެ. މި އަހަރުގެ އޮލިމްޕިކްސްގެ ބޮކްސިން އިވެންޓްތައް ފެށުނީ […]

އަޙްމަދު ދާއޫދު
ސެމްސަންގް ގެލެކްސީ ރިންގް: އައު ވިއަރަބަލް ޓެކްނޮލޮޖީގެ ދުވަސްވަރެއް ފެށިދާނެތަ؟

ސެމްސަންގް ގެލެކްސީ ރިންގް: އައު ވިއަރަބަލް ޓެކްނޮލޮޖީގެ ދުވަސްވަރެއް ފެށިދާނެތަ؟

ސެމްސަންގުން އެންމެ ފަހުން ތަޢާރަފުކުރި ގެލެކްސީ ރިންގަކީ ޓެކްނޮލޮޖީ ދާއިރާގައި އައު ޞަފްޙާއެއް ހުޅުވައިފާނެ އުފެއްދުމެއްކަމަށް ޓެކްނޮލޮޖީ މާހިރުން ދެކެއެވެ. ދި ވަރޖް މަޖައްލާއިން ބުނެފައިވަނީ މި ރިންގަކީ އެކި ބާވަތުގެ ވިއަރަބަލް އުފެއްދުންތަކަށް މީހުން ޝައުޤުވެރިވާ މިންވަރު ބެލުމަށް ކުރެވޭ ތަޖުރިބާއެއް ކަމަށެވެ. މަޝްބަލް މަޖައްލާގެ ކިމްބަރލީ ގެޑިއަން ބުނެފައިވަނީ ގެލެކްސީ ރިންގަކީ ސެމްސަންގ ގެލެކްސީ ފޯނު ބޭނުންކުރާ މީހުންނަށް ނުހަނު މުހިންމު އުފެއްދުމެއް ކަމަށެވެ. އޭނާ ވަނީ މި ރިންގ އަކީ 2024 ވ...

އަޙްމަދު ދާއޫދު
ތޫފާން ގައިމީގެ ސަބަބުން ޗައިނާގެ އިރުމަތީ ސަރަޙައްދުން އެތައްލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ތޫފާން ގައިމީގެ ސަބަބުން ޗައިނާގެ އިރުމަތީ ސަރަޙައްދުން އެތައްލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ޗައިނާގެ އިރުމަތީ ސަރަހައްދަށް އެރި ތޫފާން ގައިމީގެ ސަބަބުން އެ ގައުމުގެ 300،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ. މި ތޫފާނަކީ ވޭތުވެދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި ޗައިނާއަށް އެރި އެންމެ ބާރުގަދަ ތޫފާން ކަމަށް ބެލެވެއެވެ. ތޫފާން ގައިމީ ފުރަތަމަ އަރާފައިވަނީ ބުރާސްފަތި ދުވަހު ޓައިވާނަށެވެ. އަދި އޭގެ ފަހުން ބުރާސްފަތި ދުވަހުގެ ރޭ ޗައިނާއަށް އެރިއިރު އޭގެ ބާރު ކުޑަވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ނަމަވެސް، ތޫފާން އެރުމުގެ […]

އަޙްމަދު ދާއޫދު